"ޕަދްމާވަތު"ގެ ކާމިޔާބީއަށް ފަހު ރަންވީރު ފިލްމު ކުޅެދޭ އަގު ބޮޑު ކޮށްފި

"ޕަދްމާވަތު"ގެ ޕޯސްޓަރެއް---

ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ޕަދްމާވަތު"ގެ ކާމިޔާބީއަށް ފަހު ރަންވީރު ސިންހް ފިލްމު ކުޅެދޭ އަގު ބޮޑުކޮށްފިއެވެ.

ފިލްމީ ވިޔަފާރިވެރިން ބުނެފައި ވަނީ، "ޕަދްމާވަތު" އަށް ލިބޭ ކާމިޔާބީގެ ސަބަބުން އެ ފިލްމުގެ ތަރިން ފިލްމު ކުޅޭ އަގު ބޮޑު ކުރާނެކަން ކުރިން ވެސް އެނގޭ ކަމަށެވެ. ނަމަވެސް "ޕަދްމާވަތު"ގެ ކާމިޔާބީއަށް ފަހު ފިލްމުގެ ލީޑުން ފެނިގެން ދިޔަ ބަތަލާ ދީޕިކާ ޕަދުކޯން ފިލްމު ކުޅޭ އަގު ބޮޑު ކޮށްފައެއް ނުވެއެވެ. ރަންވީރު މިހާރު ފިލްމެއް ކުޅެދެނީ 130 މިލިއަން ރުޕީސް އަށެވެ.

ޕަދްމާވަތު އަކީ އިންޑިއާގެ ހިންދޫންގެ ރާނީއަކާއި މުސްލިމް ރަސްކަލަކާ ދެމެދު ހިނގާފައިވާ ލޯބީގެ ގުޅުންތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމަކަށްވާތީ ފިލްމުގެ މައްސަލަ އިންޑިއާގައި ވަރަށް ހޫނުވި އެވެ.

އެއް ބިލިއަން ރުޕީސްގެ ބަޖެޓަކުން ހެދި މިފިލްމުގެ ލީޑުން ފެނިގެންދާނީ ޝާހިދު ކަޕޫރު، ދީޕިކާ ޕަދްކޯން އަދި ރަންވީރު ސިންހް އެވެ.

މައުލޫމާތު: އިންޑިއާ ޓުޑޭ

comment ކޮމެންޓް