ޕާކިސްތާނުގައި "ޕެޑްމޭން" ދެއްކުން މަނާކޮށްފި

ޕެޑްމޭންގެ ޕޯސްޓަރެއް ---

އަކްޝޭ ކުމާރު ލީޑް ރޯލުން ފެނިގެންދާ ބަޔޮގްރެފިކަލް ކޮމެޑީ ފިލްމު "ޕެޑްމޭން" ޕާކިސްތާނުގައި އެޅުވުން މަނާކޮށްފިއެވެ.

އެ ގައުމުގެ ސެންސަރު ބޯޑުގެ މެންބަރުން ބުނީ އެ ފިލްމަކީ އެ ގައުމުގެ އާދަކާދަ އާއި ސަގާފަތާ މުޅިން ނުގުޅޭ ފިލްމަކަށް ވާތީ އެ ފިލްމު އެ ގައުމުގައި ދެއްކުން މަނާކުރީ ކަމަށެވެ.

ޕެޑްމޭން އަކީ ޓްވިންކަލް ކަންނާގެ ވާހަކަ، "ދަ ލެޖެންޑް އޮފް ލަކްޝްމީ ޕްރަސާދް" އަސްލަކަށް ބަލައިގެން އަރޫނާޗަލަމް މުރުގަނަންތަމްގެ ދިރިއުޅުމުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. އަރޫނާ އަކީ ޓެމިލް ނާޑޫގެ ސޯޝަލް އެކްޓިވިސްޓެކެވެ.

މިއީ މައްސަރު ދުވަސްވަރު އަންހެނުން އެމީހުންގެ ސާފުތާހިރުކަމަށް ސަމާލުކަންދޭން ޖެހޭ ކަން އަންގައިދޭ ފިލްމެކެވެ. މި ފިލްމުގައި ދައްކައިދެނީ ހެޔޮ އަގުގައި އެންމެންނަށްވެސް ގަނެވޭފަދަ ސެނިޓަރީ ނެޕްކިންސް ލިބެން ހުރުމުގެ މުހިއްމު ކަމެވެ.

އާރް. ބާލްކޭ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ލީޑުން އަކްޝޭ ކުމާރު ފެނިގެން ދެއެވެ. އަދި ފިލްމުން ސޯނަމް ކަޕޫރު އަދި ރާދިކާ އާޕްޓޭވެސް ފިލްމުން ފެނިގެން ދެއެވެ.

އަކްޝޭގެ ފިލްމު ޓޮއިލެޓް ފަދައިން އިންޑިއާގެ މުޖުތަމައަށް މުހިއްމު މެސެޖެއް ރައްދުކޮށްދޭނެ ފިލްމެއް ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ.

މައުލޫމާތު: ދަ އެކްސްޕްރެސް ޓްރިބިއުން

comment ކޮމެންޓް