ސައުތުހޭމްޓަން ބަލިކޮށް ލިވަޕޫލް ތިންވަނައަށް

ސައުތުހޭމްޓަން ކޮޅަށް ލިވަޕޫލްގެ ދެވަނަ ލަނޑު ޖެހުމަށް ފަހު އެޓީމުގެ މުޙައްމަދު ޞަލާޙް އުފާފާޅުކުރަނީ. ލިވަޕޫލް މޮޅުވީ 2-0 ލަނޑުން -- ފޮޓޯ: އޭއެފްޕީ

ސައުތުހޭމްޓަން ބަލިކޮށް ލިވަޕޫލްއިން އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ.

ރޭގެ މެޗަށް ނުކުތްއިރު ލިވަޕޫލްއޮތީ ލީގު ތާވަލުގެ ހަތަރުވަނައިގައެވެ. އެއީ ތިންވަނައިގައި އޮތް ޓޮޓެންހަމްއަށްވުރެ މެޗެއް މަދުން ކުޅެގެންނެވެ. ލީގުގެ ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑުން ރޭ ކުޅުނު މެޗުން ބަލިވެފައިވުމާއެކު ލިވަޕޫލްވަނީ އެޓީމާ ދޭތެރޭ އޮތް ޕޮއިންޓްގެ ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފައެވެ.

ރަށުން ބޭރުގައި ލިވަޕޫލް ކުޅުނު މެޗުގައި ސައުތުހޭމްޓަން ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ކުރީ ކޮޅުގައި ލިވަޕޫލްއިންވަނީ މެޗުގެ ލީޑު ނަގައިފައެވެ. އެގޮތުން ހަވަނަ މިނެޓުގައި މުހައްމަދު ސަލާހުގެ ބޯޅައިން ލިވަޕޫލަށް ލީޑު ނަގައިދިނީ ބްރެޒިލް ފޯވާޑް ރޮބާޓް ފިރްމީނޯއެވެ. ލިވަޕޫލުން އެ ގޯލްޖެހީ ހަލުވި ކައުންޓާ އެޓޭކެއްގައެވެ.

ލިވަޕޫލްގެ ގޯލަށްފަހު ސައުތުހޭމްޓަންއިން ވަނީ ރަނގަޅު ދެ ހަމަލާއެއް އުފައްދާފައެވެ. ނަމަވެސް އެ ދެ ހަމަލާގެ ހުރަހަކަށްވީ ލޮރިސް ކޭރިއަސްއެވެ. މެޗުގެ ހާފް ނިމެން ތިން މިނެޓަށް ވެފަވަނިކޮށް ލިވަޕޫލުން ވަނީ މެޗުގެ ލީޑުވެސް ފުޅާކޮށްފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މިސްރުގެ ތަރި ޞަލާހެވެ. މިއީ މި ސީޒަންގައި އޭނާ ޖެހި 29 ވަނަ ގޯލެވެ.

މެޗުގެ ދެވަނަ ހާފްގައިވެސް މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީވެސް ލިވަޕޫލުންނެވެ. އެހެން ނަމަވެސް ސައުތުހޭމްޓަންއިންވަނީ މެޗުގެ ނަތީޖާ 2-0 ގައި ހިފަހައްޓައި މެޗު ނިންމައިލައިފައެވެ.

comment ކޮމެންޓް