ސިއްރު ލިޔުންތަކެއް ފަޅާއަރުވާލި އިންޑިއާ އޮފިސަރަކު ހައްޔަރުކޮށްފި

ލަދުވެތި ފޮޓޯތަކެެއްގެ ބަދަލުގައި ސިއްރު ލިޔުންތަކެއް ފޮނުވި އިންޑިއާގެ މިލިޓަރީ އޮފިސަރު އަރުން މަރުވާހާ--

ނިއުދިއްލީ (11 ފެބްރުއަރީ): ލަދުވެތި ފޮޓޯތަކެއްގެ ބަދަލުގައި ސިއްރު ލިޔުންތަކެއް ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުވި އިންޑިއާގެ މިލިޓަރީ އޮފިސަރަކު އެގައުމުން ހައްޔަރުކޮށްފި އެވެ.

ފަންސާސް އެއް އަހަރުގެ އަރުން މަރުވާހާ ސިއްރު ލިޔުންތައް ފޮނުވީ ޕާކިސްތާނުގެ ޖާސޫސީ އިދާރާ އައިއެސްއައިގެ ޖާސޫސެއްގެ އަވައިގައި ޖެހިގެންނެވެ. ޖާސޫސު އޭނާ ހައްދާލައިފައި ވަނީ އަންހެނުންތަކަށް ހެދިގެންނެވެ.

"އަންހެނުން" ލަދުވެތި ފޮޓޯ ފޮނުވުމުން އަރުން ވަނީ އިންޑިއާގެ މިލިޓަރީގެ ބޮޑެތި ސިއްރުތައް އެމީހުންނާ ހިއްސާކޮށްފަ އެވެ.

އިންޑިއާގެ އެއާފޯސްގައި ޓްރެއިނިންދޭން އުޅުނު އަރުންގެ އެ އަމަލު ފަޅާއެރި އިރު އޭނާ އޮތީ އަންނަ އަހަރު ރިޓަޔާ ވެސް ކުރާ ގޮތަށެވެ.

ޕާކިސްތާނުގެ ޖާސޫސުން އަރުންއާ ފުރަތަމަ މުއާމަލާތު ކުރަން ފެށީ ފޭސްބުކް މެދުވެރިކޮށެވެ. ނަމަވެސް ފަހުން ވަޓްސްއެޕު މެދުވެރިކޮށް އަރުން ވަނީ އިންޑިއާ ސިފައިން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންތަކުގެ ތަފްސީލް ވެސް ޖާސޫސުންނަށް ފޯރުކޮށްދީގަ އެވެ.

އަރުން ފުރަތަމަ ހައްޔަރުކުރީ އިންޑިއާގެ އެއާފޯސްގެ މައި މަރުކަޒުގެ ތެރޭގައި ފޯނު ގެންގުޅެނިކޮށެވެ. އެތަނުގައި ފޯނު ބޭނުންކުރުމަކީ މަނާ ކަމެކެވެ.

އެ މައްސަލައިގެ ތަހުގީގުތަކުން އަރުން މުޅިން ބޭޒާރުވެގެން ދިޔަ އެވެ.

އަރުންގެ މައްޗަށް ހަތް އަހަރު ދުވަހުގެ ހުކުމެއް އަންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

މަސްދަރު : އޭބީސީ

comment ކޮމެންޓް