ކަނޑު އިބިލީސްގެ ފުރަތަމަ ޓީޒާ އާންމުކޮށްފި

ކަނޑު އިބިލީސްގެ ޝޫޓިންގެ ތެރެއިން --- ފޮޓޯ: ފޭސްބުކް

އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އާއި އަހުމަދު ޒިޔާ ގުޅިގެން ހަދާ ކުޑަކުދިންގެ ފިލްމު "ކަނޑު އިބިލީސް"ގެ ފުރަތަމަ ޓީޒާ ދައްކާލައިފި އެވެ.

ކޮޕީ މުހައްމަދު ރަޝީދުގެ ސްކްރީން ޕްލޭއަކަށް ހަދާ މި ފިލްމުގައި ކުޅުދުއްފުށީގެ ގިނަ ކުޑަދިންތަކެއް ފެނިގެން ދާނެ އެވެ.

ފިލްމުގެ ހުރިހާ މަންޒަރެއް ނަގާފައި ވަނީ ކުޅުދުއްފުށީގަ އެވެ. ފިލްމުގެ މުހިއްމު ރޯލުތަކުން ފެންނާނީ އިއްސެ އަދި ޒިޔާ އެވެ. ޒިޔާގެ ކެރެކްޓާ އަކީ "ވަސްވާސް"ގައި އޭނާ ފެނުނު ކެރެކްޓާ ކަމަށާއި އިއްސެގެ ކެރެކްޓާ ވެސް ވަރަށް ހާއްސަ ވާނެ ކަމަށް ޒިޔާ ބުންޏެވެ.

ފިލްމުގެ މަސައްކަތަށް ކުޅުދުއްފުށީ ކައުންސިލާއި ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަމަށް ޒިޔާ ބުންޏެވެ.

އަމިއްލަ ރާގުގެ އެއް ލަވަ ހިމެނޭ މި ފިލްމު އެންމެ ފުރަތަމަ އަޅުވާނީ ކުޅުދުއްފުށީގަ އެވެ. މިއީ ކޮޕީ މުހައްމަދު ރަޝީދުގެ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ. ފިލްމުގެ ކެމެރާމަނަކީ ދަބާއެވެ.

އެ ފިލްމުގެ ޕްރޮޑިއުސަރުންނަކީ އިއްސެ އާއި ޒިޔާގެ އިތުރުން ލަވަ ކިޔުމުގެ ދާއިރާއިން އަރަމުން އަންނަ ތަރި ރިފްއަތު އެވެ. މިއީ ރިފްއަތު ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމަށްވާ އިރު ފިލްމު ނެރޭނީ އިއްސެ އާއި ޒިޔާ އެކުވެގެން ހަދާފައިވާ ޕްރޮޑަކްޝަން ހައުސްއެއްގެ ކުޑައިގެ ދަށުންނެވެ.

comment ކޮމެންޓް