އަތޮޅުތެރޭގައި ހިންގާ އިޖްތިމާއީ ހަރަކާތްތަކަށް އެހީތެރިވުމަށް ބީއެމްއެލްއިން ޚާއްސަ ޕްރޮގްރާމެއް

އަތޮޅުތަކަށް ޚާއްސަކޮށްގެން ބީއެމްއެލްއިން އިފްތިތާޚްކުރި ސީއެސްއާރު ޕްރޮގްރާމް އިފްތިތާޙުކުރުމަށް މިއަދު ފ. ނިލަންދޫގައި ބޭއްވި ރައްމިއްޔާތުގެ ތެރޭން. ގައުމީ ބޭންކުން ވަނީ، ނިލަންދޫގެ އާންމުން ބޭނުންކުރާ ލައިބްރަރީއަށް ފޮތްތަކެއް ހަދިޔާކޮށްފައި -- ފޮޓޯ: ބީއެމްއެލް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ކުރިއަށް ގެންދާ މުޖުތަމައަށް ފައިދާހުރި ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ސީއެސްއާރު ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ.

"އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުން ބީއެމްއެލްގެ ޚާއްސަ ސީއެސްއާރް ޕްރޮގްރާމް އިފްތިތާހުކޮށްފައިވަނީ މިއަދު ހަވީރު ފ. ނިލަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިއަދު ގައުމީ ބޭންކުން ވަނީ ފ. ނިލަންދޫގެ އާންމުން ބޭނުންކުރާ ލައިބްރަރީއަށް ބޭންކުން ވަނީ ފޮތްތަކެއް ހަދިޔާކޮށްފައެވެ.

ބީއެމްއެލްގެ މެނޭޖަރ، ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ، މިއަދު އިފްތިތާހު ކުރެވުނު ޕްރޮގްރާމްގެ ދަށުން، ބޭންކުގެ ކޮންމެ ބްރާންޗަކަށްވެސް އެ ބްރާންޗެއް ހިމެނޭ ސަރަހައްދެއްގައި ހިންގާ ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން، ބޭންކުގެ އެހީތެރިކަން ފޯރުކޮށްދޭ މައިގަނޑު ދާއިރާ ތަކަކީ ހިލޭ ސާބަހަށް ކުރެވޭ މަސައްކަތްތަކާއި، ތައުލީމް، ކުޅިވަރު އަދި ތިމާވެށީގެ ދާއިރާކަމަށް ސައީދު ވިދަޅުވިއެވެ.

"އަމިއްލަ ފަރުދުންނާއި މަދަނީ ޖަމިއްޔާތަކުން، ރަށްރަށުގައި ހިންގާ މުޖުތަމައަށް ފައިދާ ހުރި ހަރަކާތްތަކުގެ ޕްރޮޕޯސަލް އެއަތޮޅެއްގައި ގާއިމްކޮށްފައިވާ، ބޭންކުގެ ބްރާންޗަކަށް ނުވަތަ [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފައި" ސައީދު ވިދާޅުވިއެވެ.

"އަހަރެންގެ ބޭންކް" ޕްރޮގްރާމަކީ ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ ބީއެމްއެލްއާ އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ބޭންކުގެ ހިދުމަތްތައް ލިބޭ މުޖުތަމައު ތަކަށް އެހީތެރިވުމުގެ ގޮތުން މިއަހަރުތެރޭ 300 މިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހީންގެ ގައުމީ ބޭންކުން ދަނީ، މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 34 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 93 އޭޓީއެމް، 4900 ޕީއޯއެސް މަރޗަންޓުން، 230 ކޭޝް އޭޖެންޓުންގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

މީގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ.

comment ކޮމެންޓް