"ނެސްޓް"ގެ ކޯފައުންޑަރު އިސްތިއުފާދެނީ

ނެސްޓްގެ ކޯ ފައުންޑަރު މެޓް ---

ގޫގުލްގެ ސްމާޓް ހޯމް ކޮމްޕެނީ "ނެސްޓް"ގެ ކޯފައުންޑަރު މެޓް ރޮޖާސް އިސްތިއުފާދޭން ނިންމައިފިއެވެ.

ރޮޖާސް އަކީ އެންމެ ފުރަތަމަ ނެސްޓު ވުޖޫދަށް ގެނައުމުގައި ހަރަކާތްތެރިވި އެކަކެވެ. ދެން އޭނާއާއެކު އުޅުނީ ޓޯނީ ފެޑެލްއެވެ. ޓޯނީ އަކީ އެންމެ ފުރަތަމަ ނެސްޓްގެ ސީއީއޯއެވެ. އޭނާ ކުންފުނިން ވަކިވީ ގޫގުލްއިން ނެސްޓު ގަތްތާ އަހަރެއް ނުވަނީސް، 2016 ވަނަ އަހަރުގެ ތެރޭގައެވެ.

ނެސްޓްއަކީ މިހާރު އަލްފަބެޓްގެ ދަށުން ހިންގާ ސްޓޭންޑް އެލޯން ކުންފުންޏެކެވެ. އެކުންފުނީގެ ހިންގުމަށް ބަދަލުތަކެއް ގެންނަން އުޅޭކަން މިދިޔަ ބުދަ ދުވަހު ވަނީ އިއުލާނުކޮށްފައެވެ.

ނެސްޓްއަކީ މިހާރު ގޫގުލްގެ ހާޑްވެއާ ޑިވިޜަންގެ ބައެކެެވެ. އެކުންފުނިން އަންނަނީ ސްމާޓް ސްމޯކް ޑިޓެކްޓާސް އާއި ސެކިއުރިޓީ ކެމެރާ ފަދަ ތަކެތި އުފައްދަމުންނެވެ.

ކުރިއަށް އޮތް ދެތިން މަހުގެ ތެރޭގައި ނެސްޓުގެ ކޯ ފައުންޑަރު މެޓް އެކުންފުނިން ވަކިވެ ދެން މަސައްކަތް ކުރާނީ އޭނާގެ ސިޔާސީ ގޮތުން އެކްޓިވް ވެންޗާ ފާމެއް ކަމަށްވާ އިންސައިޓް.އޯގް ގައެވެ.

comment ކޮމެންޓް