ފެބްރުއަރީ އެކެއް: ނެގި ބިޔަ ރާޅާ އެކު ބޮޑެތި ތުހުމަތުތަކެއް!

ފެބްރުއަރީ 1، 2018: އިދިކޮޅު ސިޔާސީ ލީޑަރުންނާއި ސިޔާސީ އެކި ސަބަބުތަކަށް ޓަކައި ހައްޔަރުކޮށްފައި ތިބި މީހުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އަމުރުކުރުމާ ގުޅިގެން އިދިކޮޅުފަރާތްތަކުން މަގުމައްޗަށް ނިކުމެ އުފާފާޅުކުރުން: ފުލުހުން ވަނީ ގިނަ އަދަދަކަށް ކަރުނަގޭސް ބޭނުންކޮށްގެން އެއްވުން ރޫޅާލާފައި -- ސަން ފޮޓޯ

ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހަކީ މި ގައުމުގެ ޝަރުއީ ހަޔާތުގައި ކަޅު ލައްގަނޑެއް ޖެހިގެން ދިޔަ ދުވަހެއްގެ ގޮތުގައި ސިފަ ކުރެވިދާނެ ދުވަހެކެވެ. ހިމޭން ވައިރޯޅި ޖެހިޖެހި، އިންޑިއާ ކަނޑުގައި އޮތް ރާއްޖޭގެ "ސިޔާސީ ކަނޑު" ހަލަބޮލިކޮށްލީ އެ ކަނޑުން ނެގި ބިޔަރާޅަކާ އެކު އެވެ. އެ ރާޅު އައީ ސުޕްރީމް ކޯޓާ ހިސާބުންނެވެ. ބިންދާލީ ދައުލަތުގެ އެންމެ އިސްވެރިއާ ހިސާބަށެވެ.

އެ ރާޅުގެ ބިޔަކަން އަންދާޒާ ކޮށްލަން ލިބުނީ އެކަން ހައްލު ކުރުމަށް ކުއްލި ހާލަތު ނެރެން ޖެހުނު ހިސާބުންނެވެ. ރާޅުގެ ބާރު ދަށްވެ ލިބުނު ގެއްލުންތަކަށް ބަލާލި އިރު އެކަމުގެ ސީދާ އަސަރު ނުކުރާ އެކަކު ވެސް ނެތެވެ. އެންމެ ބޮޑަށް ފެނިގެންދިޔައީ ދައުލަތް ހިންގަން ތިބި މީހުންނަށް ލިބުނު ކުއްލި ހައިރާން ކަމެވެ. "ބޮޑު އަމުރު" ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އިރު އެއީ މީގެ ކުރިން ހިނގައިފާނެ ކަމަށް ގަބޫލު ކުރެވުނު ކަމެއް ނޫންކަން ސަރުކާރުގެ އެކިއެކި ވެރިން ދައްކާފައިވާ ވާހަކަތަކުން އެނގެ އެވެ.

ޖޫން 25، 2017: އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ރައީސް އަބްދުﷲ ޔާމީންއާއެކު-- ފޮޓޯ/ ރައީސް އޮފީސް

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެސް ވިދާޅުވީ އެ އަމުރަކީ އެމަނިކުފާނަށް ކުއްލި ހައިރާން ކަމެއް ގެނުވި ކަމެއް ކަމަށެވެ. އަދި އެހާހިސާބަކުން ނިމުނީއެއް ނޫނެވެ. އެމަނިކުފާނު ވިދާޅުވީ އެ އަމުރާ އެކު ފަނޑިޔާރުންނަށް ފޯރީ ކޮންކަހަލަ ނުފޫޒެއްތޯ ބެލުމަށް މަސައްކަތް ކުރެވުނު ކަމަށެވެ.

ގާނޫނު ތަންފީޒު ކުރާ ފަރާތްތައް އަމަލު ކުރުމަށް ލާޒިމް ކުރަނީ ގާނޫނާއި ގަވައިދުގެތަކުގެ އަލީގައި ގާނޫނީ އަމުރުތަކަށެވެ. ނަމަވެސް ފެބުރުއަރީ މަހުގެ އެއް ވަނަ ދުވަހުގެ އަމުރުގައި ޖުމުލަ މަހުފޫމަށް ނަޒަރު ހިންގާ އިރު އަމުރުގައި ގާނޫނީ އަމުރެއްގައި ހުންނަން ޖެހޭސިފަތަކެއް އޮޅުން ބޮޅުންވެ ބައެއް ބައެއް ސިފަތައް ނެތް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ފެބްރުއަރީ 5، 2018: ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާން އާއި ދަނގަތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެފަދަ ހާލަތެއްގައި މައުލޫމާތު ހިއްސާކޮށް ޝައްކު ފިލުވަން ޖެހެނީ ދައުލަތުގެ ގާނޫނީ ވަކީލު ނުވަތަ ބަންޑާރަ ނައިބު ފަރާތުން ކަން ސަރުކާރުން ގަބޫލުކުރެވެ އެވެ. އަދި ހިލާފުތަކަށް ހައްލެއް ހޯދައި ޖަވާބެއް ހޯދަން ޖެހޭނީ ވެސް އެ ފަރާތުން ކަމަށް ގަބޫލުކުރެވޭ ކަމަށް ސަރުކާރާއި އަދި ގާނޫނީ ދާއިރާގެ ފުންނާބު އުސް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

ފަނޑިޔާރުންގެ މައްޗަށް ނުފޫޒު ފޯރާފައި އޮތް ވަރު އަންދާޒާކޮށްލަން ޖެހެ އެވެ. ސުވާލު އުފެދެ އެވެ. ހުކުމާ އެކު އެންމެ އިސް ދެ ފަނޑިޔާރާ މެދު ދެން ކުރެވުނު ތުހުމަތުތަކަކީ ވެސް ނުފޫޒް ފޯރާފައިވާވަރު އަންދާޒާ ކޮށްލަން ޖެހޭ ވަރުގެ ކަމެކެވެ.

ހުކުމް އަންނަ ކަން ކުރިން އެނގޭ ފަދަ އިޝާރާތެއް

މި މަހުގެ އެއް ވަނަ ދުވަހުގެ އިރުއޮއްސުނު ވަގުތު ތަފާތު އާދަޔާ ހިލާފު ކަމެއް ހިނގިކަން ދިވެހިން ދަންނާނެ އެވެ. އިރާކޮޅު މިފަދަ އަމުރެއް ނެރެން އުޅޭކަން ބަޔަކަށް އެނގޭހެން ވެސް ހީވި އެވެ. ޓުވީޓާގައި ބޮޑު ކަމެއް ވާން އުޅޭ ކަމުގެ އިޝާރާތެއް ހިލަމެއް ވަމުން ދިޔަ އެވެ. އަދި އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ހަރުގެ ދޮށަށް ޖަމާވުމަށް އެ ޕާޓީގެ ސަޕޯޓަރުންނަށް ގޮވަމުން ދިޔަ އިރު މިފަދަ "ރާޅެއް" ނަގާނެ ފަދަ އިޝާރާތެއް އެ ޕާޓީގެ އިސްވެރިންނަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

ފެބްރުއަރީ 1، 2018: އިދިކޮޅު ސިޔާސީ ލީޑަރުންނާއި ސިޔާސީ އެކި ސަބަބުތަކަށް ޓަކައި ހައްޔަރުކޮށްފައި ތިބި މީހުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އަމުރުކުރުމާ ގުޅިގެން އިދިކޮޅުފަރާތްތަކުން މަގުމައްޗަށް ނިކުމެ އުފާފާޅުކުރުން: ފުލުހުން ވަނީ ގިނަ އަދަދަކަށް ކަރުނަގޭސް ބޭނުންކޮއްގެން އެއްވުން ރޫޅާލާފައި -- ސަން ފޮޓޯ

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވަނީ ހުކުމް އަންނަކަން އެނގޭ ފަދަ އިޝާރާތެއް ބައެއް ފަރާތްތަކަށް ވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި މީހަކު ކުރި ދެ ޓުވީޓެއްގެ ވާހަކަފުޅު ފާހަގަ ކުރެއްވި އެވެ. ޖެނުވަރީ 31 ވަނަ ދުވަހު ހިފި ހަނދު ކޭތައާ ގުޅުވައިގެން ޖެހިގެން އަންނަ ދުވަހު ބޮޑު ކޭތައެއް ހިފާނެ ވާހަކަ ސިޔާސީ ބޭފުޅަކު އަދި ސަރުކާރު ވައްޓާލަން އުޅުމުގެ ކުށުގައި މިހާރު ހައްޔަރުކޮށްފައި ހުރި ބޭފުޅަކު ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ. އެ ވިދާޅުވުން ރައީސް ގުޅުވާފައި ވަނީ އެކަން ކުރިން ހުކުމް އަންނަކަން ކުރި އެނގޭ ފަދަ ޓުވީޓެއްގެ ގޮތުގަ އެވެ.

މިފަދަ ހުކުމެއް އަންނަ ކަން ފުލުހުންގެ ވެރިންނަށް އެނގޭ ކަމުގެ ތުހުމަތު

ރައީސް ޔާމީން ވިދާޅުވަނީ މިއީ 1988 އަށް ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ގައުމާ ކުރިމަތިވި އުދުވާނީ ހަމަލާއަށް ވުރެ ވެސް ނުރައްކާތެރި ހަމަލާއެއް ކަމަށެވެ. އެހެން ކަމަށްވާ ނަމަ މި ފަދަ ކަމެއްގެ މައުލޫމާތު ކުރިން ވެސް ލިބިފައި އޮތުން އެކަށީގެންވެ އެވެ.

މިފަދަ ކަމެއް ހިނގަން އުޅޭ ކަން ފުލުހުންނަށް އެނގިފައި އޮތް ކަމުގެ އިޝާރާތެއް ކުރެއްވީ ރައީސް ޔާމީނެވެ. ރައީސް ވިދާޅުވީ އަމުރު ނެރުމާ އެކު އޭރު ބަންދުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ލޯންޗަކަށް އަރުވައި މިނިވަންކުރަން މަސައްކަތް ކުރި ކަމަށެވެ.

ފެބްރުއަރީ 1، 2018: އިދިކޮޅު ސިޔާސީ ލީޑަރުންނާއި ސިޔާސީ އެކި ސަބަބުތަކަށްޓަކައި ހައްޔަރުކޮށްފައި ތިބި މީހުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އަމުރުކުރުމާ ގުޅިގެން އިދިކޮޅުފަރާތްތަކުން މަގުމައްޗަށް ނިކުމެ އުފާފާޅުކުރުން: ފުލުހުން ވަނީ ގިނަ އަދަދަކަށް ކަރުނަގޭސް ބޭނުންކޮއްގެން އެއްވުން ރޫޅާލާފައި -- ސަން ފޮޓޯ

އެކަމުގެ މައުލޫމާތު އެނގި ހުރި ފުލުހުންގެ އިސް އޮފިސަރަކު "ސަން"އަށް ވަނީ އެއީ އެކަން ހިނގައި ދިޔަ ގޮތްކަން ސާފުކޮށްދެއްވައިފަ އެވެ. އެގޮތުން ހުކުމް ނެރުމުގެ ކުރިން ވެސް އަދީބް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ ހެދުންކޮޅުތައް ޕެކް ކުރުމަށް އަންގާފައިވާ ކަމަށް އެ އޮފިސަރު ވަނީ ބުނެފަ އެވެ.

ފުލުހުންގެ އިދާރާގެ އިންޓަލިޖަންސް ޑިޕާޓްމަންޓް އެ ދުވަސްވަރު ހިންގަމުންދިޔައީ ސީދާ ކަމިޝަނާރު އޮފް ޕޮލިސްގެ ދަށުން ކަމަށް ވަނީ އެނގިފަ އެވެ. އަދި މި ހުކުމުގެ ކުރިން ޖެނުވަރީ މަހުގެ ފަހުކޮޅު ބައެއް ރަށްރަށުގައި ތިބި ފުލުހުންގެ އޮފިސަރުން މާލެ ގެނެސް ސުޕެސިލިސްޓް އޮޕަރޭޝަންސް (އެސްއޯ)ގެ ކޮމާންޑިންގް އޮފިސަރުން ވެސް ބަދަލުކޮށްފައިވާ ކަމަށް އެކަމުގެ މައުލޫމާތު އެނގޭ ފުލުހަކު ވަނީ ކިޔައިދީފަ އެވެ.

"މީގެ ކުރިން އެސްއޯ އިން އެކި ގޮތްގޮތުން ދުރުކޮށްފައިތިބި ފުލުހުން ވެސް ގެނެސް ޔުނީފޯމް ލައްވާފައި އެ ދުވަހަށް ތައްޔާރު ކުރީ." މައުލޫމާތު އެނގޭ ފުލުހަކު ކިޔައިދިނެވެ.

ފެބްރުއަރީ 1، 2018: އިދިކޮޅު ސިޔާސީ ލީޑަރުންނާއި ސިޔާސީ އެކި ސަބަބުތަކަށް ޓަކައި ހައްޔަރުކޮށްފައި ތިބި މީހުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އަމުރުކުރުމާ ގުޅިގެން އިދިކޮޅުފަރާތްތަކުން މަގުމައްޗަށް ނިކުމެ އުފާފާޅުކުރުން: ފުލުހުން ވަނީ ގިނަ އަދަދަކަށް ކަރުނަގޭސް ބޭނުންކޮއްގެން އެއްވުން ރޫޅާލާފައި -- ސަން ފޮޓޯ

އަދި ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ހުކުމް އައުމުގެ ކުރިން އެ ކޮމާންޑިންގް އޮފިސަރުންގެ ބެލުމުގެ ދަށުން އެސްއޯގެ ޓީމްތަކެއް ތައްޔާރުކޮށްފައިވާ ކަމަށް ވެސް އެ ފުލުސް މީހާ ވަނީ ކިޔައިދީފަ އެވެ. އަދި ހުކުމް ނެރުމާ އެކު އެކަން ތަންފީޒުކުރަން އޭރުގެ ސީޕީ މަސައްކަތް ކުރެއްވުމުން އެކަމަށް ދެކޮޅު ހެއްދެވީ އޭރުގެ ޑީސީޕީ އަހްމަދު ސައުދީ ކަމަށް ވެސް އެ ފުލުސް މީހާ ވަނީ ކިޔައިދީފަ އެވެ.

މި ތުހުމަތުތަކާ ގުޅިގެން އޭރުގެ ކޮމިޝަނަރު އަހްމަދު އަރީފަށް ގުޅަން މަސައްކަތް ކުރި ނަމަވެސް ޖަވާބު ނުދެއްވާތީ، ވަނީ އެނާގެ ބަސް ގެނެސްދެވޭ ގޮތް ނުވެފަ އެވެ.

ކަންކަން ގޯސްވަމުން ގޮސް ދެން ސަރުކާރު ބަދަލުވެގެންދާނެ ހެން ހީވި ވަގުތު "ގުޅާ ގުޅާ ފޯނު ނުނަންގަވާ ކަމަށް ބުނެ" ސީޕީ އަރީފް މަގާމުން ވަކިކުރި އަޑު އިވިގެންދިޔަ އެވެ. ނަމަވެސް އާންމުން މީސް މީޑީއާގައި ބުނެފައި ވަނީ ފޯނު ނުނަގާތީ ކަމަށް އެކަނި ބުނެ އެވަރުގެ މަގާމަކުން ވަކިކޮށްފާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

އަދި މިފަދަ ތުހުމަތުތަކާ ގުޅޭ ގޮތުން ފުލުހުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.

ފަނޑިޔާރުންގެ މައްޗަށް ސިއްސައިގެންދާ ވަރުގެ ތުހުމަތުތަކެއް

މި ކަންކަމާ ގުޅިގެން ރައީސް ޔާމީން ވިދާޅުވީ ފަނޑިޔާރުންގެ ނިންމުމަށް އެ ވަރުގެ ބަދަލެއް އައީ ކީއްވެތޯ ބަލަން ޖެހޭ ކަމަށެވެ. އެއީ ކޮން ނުފޫޒެއްތޯ ތަހުގީގު ކުރަން ޖެހުނު ކަމަށެވެ.

ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެކްޓިންގް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށްފައި ވަނީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށް ފަހު ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުމާއި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ބަދަލުކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަސައްކަތް ކުރުމުގެ ތުހުމަތުގައި ކަމަށެވެ.

އެ ބޭފުޅުންގެ މައްޗަށް ދައުލަތް ހިންގުމަށް ހުރަސްއަޅައި ޖިނާއީ އަދުލުގެ ނިޒާމު ހިންގުމަށް ހުރަސް އެޅުމުގެ ތުހުމަތު ވެސް ކުރެ އެވެ.

"މި ތުހުމަތު ކުރެވުނު ކަންތައްތަކުގައި މި މައްސަލައާ ގުޅޭ ގޮތުން ހެކިބަސް ލިބި މި މައްސަލައާ ގުޅުން ހުރި އިތުރު ހެކިތައް މިވަނީ ލިބިފައި،" ނަވާޒް ވިދާޅުވި އެވެ.

އެފަދަ ތުހުމަތުތަކެއް އިސް ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވެސް ފުލުހުން ވަނީކޮށްފަ އެވެ. ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ބަދަލުކުރުމަށް މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން މަސައްކަތް ކުރުމުގެ ތުހުމަތާއި ދައުލަތް ހިންގުމަށް ހުރަސްއަޅައި ޖިނާއީ އަދުލުގެ ނިޒާމު ހިންގުމަށް ގަސްތުގައި ހުރަސްއެޅުމުގެ ތުހުމަތު އަލީ ހަމީދުގެ މައްޗަށްވަނީކޮށްފަ އެވެ.

ނަވާޒް ވިދާޅުވީ ފުލުހުންގެ ތަހުގީގަށް އެ މައްސަލާގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި އަލީ ހަމީދާ ގުޅުން ހުރި ފައިސާތަކެއް ވެސް ހޯދާފައިވާ ކަމަށެވެ.

"މި މައްސަލަ އާ ގުޅިގެން އަލީ ހަމީދާ ގުޅުން ހުރި ކަމަށް ގަބޫލު ކުރެވޭ ގިނަ އަދަދެއްގެ ފައިސާ ވެސް ފުލުހުން ކުރި މަސައްކަތަކުން މިވަނީ ހޯދިފައި. އޭގެ އިތުރުން މިކަމާ ގުޅުން ހުރި އިތުރުހެކިތައް ވެސް ލިބިފައިވާ ވާހަކަ ދަންނަވަން،" ނަވާޒް ވިދާޅުވި އެވެ.

ރައީސް މައުމޫންގެ މައްޗަށް ވެސް ވެރިކަން ވައްޓާލުމަށް އުޅުމުގެ ތުހުމަތު

ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ނަވާޒް ވިދާޅުވީ ރައީސް މައުމޫނަށް ކުރެވޭ ތުހުމަތަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދީ، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު ކަމަށެވެ. އަދި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ވަކިގޮތަކަށް ހުކުމެއް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތު ދިނުން ވެސް އެ މަނިކުފާނަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ހިމެނެ އެވެ. މީގެ އިތުރުން ސަރުކާރާ ދެކޮޅަށް ސަލާމަތީ ބާރުތައް ނިކުތުމަށް ހިތްވަރުދީ ރޭވުންތައް ރޭވުން ވެސް ހިމެނޭ ކަމަށް ނަވާޒް ވަނީ ވިދާޅުވެފަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ފާރިސް ދިރިއުޅުއްވާ ގެ އަށް ވަޑައިގަންނަވަނީ ފައިލް ފޮޓޯ ---

ނަވާޒް ވިދާޅުވީ ތުހުމަތު ކުރެވިފައިވާ ކަންތައްތަކުގެ ހެކިތައް ލިބިފައިވާ ކަމަށާއި މިހާރު ވެސް އިތުރު ހެކި ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މީގެ ކުރިން ވެސް ޝަރުއީ ދާއިރާގައި ނުފުޒު އޮތް ކަމުގެ އިޝާރާތެއް

ފަނޑިޔާރުންގެ މައްޗަށް ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ނުކުތް "ބޮޑު އަމުރާ" އެކު ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ޢިރު ސަރުކާރުން މިހާރު ވަނީ އެކަމުގެ ތަހުގީގެއް ފަށައިފަ އެވެ. އޭރު ވެސް އިންސާފު ހޯދުމުގެ ނިޒާމުގައި މައްސަލަތަކެއް އުޅޭ ކަމުގެ ވާހަކަތައް ވަނީ އަޑުއިވިގެންގޮސްފަ އެވެ. އިންސާފު ހޯދަންދާ ފަނޑިޔާރުގެ މިނިވަން ނޫން ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ އޭރު ވެސް ތުހުމަތުކޮށްފަ އެވެ.

ސުޕްރީމް ކޯޓު --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

އެންމެ ފަހުން އޭރު ދެއްކި ވާހަކަތައް ހަގީގަތަކަށް ވެފައިވާ ކަމުގެ މަލަމަތި މިއޮތީ ފެންނާށެވެ. ފަހު ބަސް ބުނާ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ ކޮރަޕްޝަން މައްސަލަތަކެއް ބަލަމުންދާ އިރު އެކަމަކީ ކުރިން ނެރުނު ހުކުމްތަކުގެ ސައްހަ ކަމާ މެދު ސުވާލު އުފައްދަން ޖެހޭ ވަރުގެ ކަމެކެވެ. މިއަދު ބޮޑެތި އަދަދުތަކުން ރިޝްވަތު ނެގި ބަޔަކު އެފަދަ ރިޝްވަތު ނަންގަވައިގެން އެހެން ހުކުމްތައް ވެސް ކޮށްފައި ހުރުން އެކަށިގެންވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް