ޔޫތު ޗެލެންޖު މިރޭ ފަށަނީ

2016 ވަނަ އަހަރުގެ ޔޫތު ޗެލެންޖުގެ ތެރެއިން ކުރުނބާ މޯލްޑިވްސްގެ ސްޓޯލް --- ފޮޓޯ/ ޔޫތު މިނިސްޓްރީ

މިނިސްްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ކުރިއަށް ގެންދާ ޔޫތު ޗެލެންޖު މިރޭ ފެށާނެއެވެ.

ދަރުބާރުގޭގައި މިރޭ ފެށުމަށް ހަމަޖެހިފައިވާ ޔޫތު ޗެލެންޖު ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. މިރެއިން ޔޫތު ޗެލެންޖް ކުރިޔަށް ދާނީ 11 ޖަހަންދެނެވެ. އަދި ކުރިއަށް އޮތް ދެދުވަހު ހަވީރު ހަތަރަކުން ހަޔަކަށް، އަދި ރޭގަނޑު އަށަކުން 11 އަށެވެ.

ޔޫތު ޗެލެންޖްގެ މަގްސަދަކީ ޒުވާނުންނަށް ހުރި ވަޒީފާއާއި ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް، އަދި ވިޔަފާރިކުރަމުން ގެންދާ ޒުވާނުންގެ ވިޔަފާރިތައް އަދި ވިޔަފާރީގެ ބާޒާރަށް ތައާރަފްކުރަން ބޭނުންވާ އާ އުފެއްދުންތައް ޕްރޮމޯޓު ކުރުމެވެ.

މިފަހަރުގެ ޔޫތު ޗެލެންޖުގައިވެސް ފަންނުވެރިންގެ ހުނަރުތައް ދައްކާލުމުގެ އިތުރުން ޒުވާނުންގެ ތަފާތު ހުނަރުތަކުން އާމްދަނީ ހޯދުމާ ގުޅޭ ލަފާ ހޯދުމަށްވެސް ފުރުސަތު ފަހިވެގެންދާނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

ކުރީ އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ޔޫތު ޗެލެންޖުގައިވެސް ގިނަ ފަރާތްތަކަކުންވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ދިވެހި ފަންނާނުންނާއި، މިނިވަން މުއައްސަސާތަށް، ސަރުކާރުގެ ބައެއް ވުޒާރާތަކާއި، ތައުލީމީ އެކިއެކި ފަރާތްތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ބައެއް ރިސޯޓްތަކާއި ޑައިވް ސްކޫލްތައްވެސް ހިމެނެއެވެ.

މިއަހަރުގެ ޔޫތު ޗެލެންޖުގައިވެސް ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހިމެނިފައިވާއިރު، ތަފާތު އިނާމުތައްވެސް ހުށައެޅިފައިވެއެވެ. ޔޫތު ޗެލެންޖު ފަށާނީ މިރޭ 8:45 ގައެވެ.

ޔޫތު ޗެލެންޖް އެންމެ ފަހު ބާއްވާފައިވަނީ 2016 ވަނަ އަހަރުއެވެ.

comment ކޮމެންޓް