ޕެޑްމޭން މާދަމާ ޝްވެކް ސިނަމާގައިވެސް އަޅުވާނެ

ޕެޑްމޭންގެ ޕޯސްޓަރެއް ---

އަކްޝޭ ކުމާރު ލީޑްރޯލުން ފެނިގެންދާ ބަޔޮގްރެފިކަލް ކޮމެޑީ ފިލްމް ޕެޑްމޭން މާދަމާ ޝްވެކް ސިނަމާގައިވެސް ޕްރެމިއާ ކުރާނެއެވެ.

ޕަދްމާވަތުގެ ޝެޑިއުލަށްއައި ބަދަލާ ގުޅިގެން ޕެޑްމޭން ރިލީޒްކުރަން ހަމަޖެއްސި ދުވަހަށްވެސް ވަނީ ބަދަލު އައިސްފައެވެ. މީގެ ކުރިން ޕެޑްމޭން ރިލީޒްކުރަން ހަމަޖައްސާފައިއޮތީ މިދިޔަ މަހުގެ 25 ގައެވެ.

ޕެޑްމޭން އަކީ ޓްވިންކަލް ކަންނާގެ ވާހަކަ، "ދަ ލެޖެންޑް އޮފް ލަކްޝްމީ ޕްރަސާދް" އަސްލަކަށް ބަލައިގެން އަރޫނާޗަލަމް މުރުގަނަންތަމްގެ ދިރިއުޅުމުގެ މައްޗަށް އުފައްދާ ފިލްމެކެވެ. އަރޫނާ އަކީ ޓެމިލް ނާޑޫގެ ސޯޝަލް އެކްޓިވިސްޓެކެވެ.

އިންޑިިއާގައިވެސް ޕެޑްމޭން ރިލީޒްކުރާނީ މާދަމާ އެވެ.

މިއީ މައްސަރު ދުވަސްވަރު އަންހެނުން އެމީހުންގެ ސާފުތާހިރުކަމަށް ސަމާލުކަންދޭން ޖެހޭ ކަން އަންގައިދޭ، ފިލްމެކެވެ. މި ފިލްމުގައި ދައްކައިދެނީ ހެޔޮއަގުގައި އެންމެންނަށްވެސް ގަނެވޭފަދަ ސެނިޓަރީ ނެޕްކިންސް ލިބެން ހުރުމުގެ މުހިއްމު ކަމެވެ.

ފިލްމުގެ ލީޑުން ފެންނާނީ އަކްޝޭ ކުމާރެވެ. މީގެ އިތުރުން ސޯނަމް ކަޕޫރު އަދި ރާދިކާ އާޕްޓޭވެސް ޕެޑްމޭނުގެ މުހިއްމު ރޯލުތަކުން ފެންނާނެއެވެ.

ފިލްމު އުފެއްދި އިރު އަރޫނާޗަލަމް ވަނީ ފިލްމުގެ ކްރޫއާ އެކު މަސައްކަތް ކޮށްފައެވެ. މިއީ އަކްޝޭގެ ފިލްމު ޓޮއިލެޓް ފަދައިން އިންޑިއާގެ މުޖުތަމައަށް މުހިއްމު މެސެޖެއް ދޫކޮށްލާނެ ފިލްމެކެވެ.

comment ކޮމެންޓް