ތައިލެންޑުގެ ޓްރެވަލް ފެއާއެއްގައި މަޓާޓޯ ބައިވެރިވެއްޖެ

ތައި އިންޓަނޭޝަނަލް ޓްރެވަލް ފެއާ -- ފޮޓޯ/ މަޓާޓޯ

ތައިލެންޑްގެ ބެންކޮކްގައި ކުރިޔަށް ދާ ތައި އިންޓަނޭޝަނަލް ޓްރެފަކް ފެއާ (ޓީއައިޓީއެފް)ގައި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަރސް (މަޓާޓޯ)އިން ބައިވެރިވެއްޖެއެވެ.

މިއަދުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް ބެންކޮކްގެ ކުއީން ސިރިކިޓްނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި ކުރިިޔަށްދާ މި ފެއާ އިންތިޒާމުކުރަނީ ތައިލެންޑުގެ ޓްރެވަލް އޭޖެންޓުންގެ ޖަމިއްޔާއެއް ކަމުގައިވާ، ތައި ޓްރެވަލް އޭޖެންޓްސް އެސޯސިއޭޝަން (ޓީޓީއޭއޭ)އިންނެވެ.

ތައި އިންޓަނޭޝަނަލް ޓްރެވަލް ފެއާ -- ފޮޓޯ/ މަޓާޓޯ

ޓީއައިޓީއެފްގައި ބައިނަލްއަގުވާމީ 35 މަންޒިލަކުން 500 އަށް ވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވާ އިރު، ރާއްޖޭގެ ފަރާތުން ރިސޯޓުތަކާއި ގެސްޓްހައުސްތައް އަދި ޓްރެވަލް އޭޖެންޓުން ހިމެނޭ ގޮތަށް، މަޓާޓޯއާ ގުޅިގެން ރާއްޖޭގެ 10 ކުންފުންޏަކުން ބައިވެރިވެއެވެ.

މަޓާޓޯއިން ބުނީ، ޓީއައިޓީއެފް ފެއާ ކުރިޔަށްދާ ހަތަރު ދުވަހުގެ ތެރޭގައި ބައި މިލިޔަނެއްހާ މީހުން އެތަނަށް ޒިޔާރަތް ކުރާނެކަމަށް ބެލެވޭ ކަމަށެވެ.

މަޓާޓޯއިން މަސައްކަތް ކުރަނީ މިއަހަރުގެ ކޮންމެ މަހެއްގައިވެސް، ބައިނަލްއަގުވާމީ ބޮޑު އިވެންޓެއްގައި ބައިވެރިވުމަށެވެ.

comment ކޮމެންޓް