ކައިލީގެ ދަރިފުޅަށް ނަން ކިޔައިފި

ކައިލީ އިސްޓަގްރާމް އަށް ލާފައިވާ ފޮޓޯ---

މަޝްހޫރު އެމެރިކަން މޮޑެލް ކައިލީ ޖެނާ މި މަހު އެއް ވަނަ ދުވަހު އަންހެން ކުއްޖެއް ވިހާފައިވާ އިރު އޭނާގެ ދަރިފުޅަށް މިހާރު ވަނީ ނަން ކިޔައިފި އެވެ.

ކައިލީ ވަނީ އިންސްޓަގްރާމު މެދުވެރިކޮށް އެކަން ކަށަވަރުކޮށްދީފަ އެވެ. އިސްޓަގްރާމްގައި ކައިލީ ބުނީ ދަރިފުޅަށް ކިޔާނީ ސްޓޯމީ ވެބްސްޓާ ކަމަށެވެ.

ކާޑޭޝިއަން އާއިލާގެ އެންމެ ހަގު، އުމުރުން 20 އަހަރުގެ ކައިލީ ވިހާފައި ވަނީ މަޝްހޫރު ރެޕާ ޓްރާވިއާ ސްކޮޓްގެ ދަރިއަކަށެވެ.

މި އަހަރަކީ އެ އާއިލާ އަށް ގިނަ ކުދިންތަކެއް އުފަންވާ އަހަރަކަށް ވާއިރު އަހަރުގެ އެންމެ ކުރީކޮޅު ކިމް ވިހާފައިވާ އިރު މިހާރު ވަނީ ކައިލީ ވިހެއުމަށް ފަހު ދަރިފުޅަށް ނަން ވެސް ކިޔައިފަ އެވެ. އަންނަ މަސް ތެރޭ ކްލޯއީ ވިހާނެ އެވެ.

ކައިލީ ކުރިން ބުނީ ދަރިއަކު ހޯދުމަށް އަދި އަވަސް ކަމަށެވެ. ދަރިފުޅަށް ބޭނުންވާ ހުރިހާ ތަކެތި ހަމަކޮށްފައިވާ ކަމަށް ވެސް ކައިލީ ބުންޏެވެ.

comment ކޮމެންޓް