އެސްޓާސްއިން ވިއްކާ އޭސީތަކުން ބޮޑު ޑިސްކައުންޓެއް

އަލަށް އޭސީ ހަރުކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން އެސްޓާސް އިން ޚާއްސަ ޑިސްކައުންޓެއް ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

އެސްޓަރސްގެ މާކެޓިން މެނޭޖަރު މުހައްމަދު އަސްލަމް ވިދާޅުވީ، އަލަށް އޭސީ ހަރުކުރާ ފަރާތަތަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނޭ ކަމަށެވެ.

"މިއީ ވަރަށް ރަނގަޅު ފުރުސަތެއް. މިހާރު ބާޒާރުގައި އޭސީ ގަންނަން ލިބެން ހުރި އަގުތަކާ ބަލާފައި ހަމަ ވަރަށް ބޮޑަށް އަގުހެޔޮވާނެ. އަދި ގެންގޮސްދިނުން ހިލޭ ލިބޭނެ،" އަސްލަމް ވިދާޅުވިއެވެ.

މިހާރު ކުރިއަށްދާ ޕްރޮމޯޝަންގެ މުއްދަތުގައި، އެސްޓަރސްއިން ރާއްޖޭގެ ބާޒާރަށް ނެރެފައިވާ ދެ ބްރޭންޑް ކަމަށްވާ، އޯކްސް އަދި ވޯލްޓާސްގެ އޭސީއާއެކު އިންސްޓޮލޭޝަން ކިޓާއި ބްރެކެޓްވެސް ހިލޭ ފޯރުކޮށްދޭއިރު، އެ ކުންފުނީގެ ތަޖްރިބާކާރު ޓީމަކުން އޭސީ އިންސްޓޯލްކޮށްދިނުމުގެ ހިދުމަތް ވެސް ފޯރުކޮށްދޭނެކަމަށް އަސްލަމް ވިދާޅުވިއެވެ.

ޕްރޮމޯޝަން މުއްދަތުގައި އޭސީ ވިއްކާ އަގުތައް:

  • ވޮލްސްޓަސް: 9000 ބީޓީޔޫ- 6490 ރުފިޔާ (ޑިސްކައުންޓް އަގު: 5999ރ)
  • އޯކްސް: 9000 ބީޓީޔޫ- 5695 ރުފިޔާ (ޑިސްކައުންޓް އަގު:5499ރ)
  • ވޮލްސްޓަސް: 12000 ބީޓީޔޫ- 7590 ރުފިޔާ (ޑިސްކައުންޓް އަގު: 6999ރ)
  • އޯކްސް: 12000 ބީޓީޔޫ- 7590 ރުފިޔާ (ޑިސްކައުންޓް އަގު:6699ރ)
  • ވޮލްސްޓަސް: 18000 ބީޓީޔޫ- 11490 ރުފިޔާ (ޑިސްކައުންޓް އަގު: 9999ރ)
  • އޯކްސް: 18000 ބީޓީޔޫ- 9495 ރުފިޔާ (ޑިސްކައުންޓް އަގު:8999ރ)
  • ވޮލްސްޓަސް: 24000 ބީޓީޔޫ- 13990 ރުފިޔާ (ޑިސްކައުންޓް އަގު: 12499ރ)
  • އޯކްސް: 24000 ބީޓީޔޫ- 11995 ރުފިޔާ (ޑިސްކައުންޓް އަގު:10999ރ)

އަސްލަމް ވިދާޅުވީ، މިހާރު އެސްޓާސްއިން ވިއްކާ އޭސީތަކަށް އެއް އަހަރު ދުވަހުގެ ވޮރަންޓީއެއް ދޭއިރު، ކޮމްޕްރެޝަރަށް ފަސް އަހަރު ދުވަހުގެ ވޮރެންޓީއެއް ލިބޭނޭ ކަމަށެވެ.

comment ކޮމެންޓް