ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި

ސިވިލް ސާވިސްއިން 2015 ވަނަ އަހަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރުގެ ޕްލޭން އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ފޮޓޯ: ރައީސް އޮފީސް

ދިވެހި ސިވިލް ސާރވިސް މުވައްޒަފުންނަށް ދެވޭ މުސާރައާއި އިނާޔަތްތައް ބޮޑުކޮށްފިއެވެ. މިގޮތަށް ހަމަޖައްސާފައި ވަނީ، 1 ފެބްރުއަރީ 2018 އިންފެށިގެންނެވެ.

ސިވިލް ސަރވިސް ކޮމިޝަނުން މިއަދު ބުނީ، ދިވެހި ސިވިލް ސަރވިސްގެ މުއައްސަސާ ތަކަކީ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދޭ އިދާރާތަކަށް ހެދުމަށްޓަކައި، އެ އިދާރާތަކުގެ މުވައްޒަފުންނަށް މިހިނގާ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މުސާރައާއި އިނާޔަތްތައް ބޮޑުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަަމަށެވެ.

"އިދާރާތަކުގެ މުވައްޒަފުންނަށް މަސައްކަތާ ގުޅުންހުރި ދާއިރާތަކުން ތައުލީމާއި ތަމްރީނާއި ތަޖުރިބާ ހޯދައި، ޚިދުމަތުގައި ދެމިތިބުމަށް، ސިވިލް ސަރވިސްގެ ޓެކްނިކަލް މަސައްކަތްކުރާ މުވައްޒަފުންނާއި، އެ މަސައްކަތްތަކަށް އެހީތެރިކަންދޭ އިދާރީ މުވައްޒަފުންނާއި ސިވިލް ސަރވިސްގެ ސަޕޯޓް ސަރވިސް ރޭންކުތަކުގެ މުވައްޒަފުންނަށް 1 ފެބްރުއަރީ 2018 އިންފެށިގެން ތިރީގައިވާ ގޮތުގެ މަތިން އިނާޔަތްތައް ސަރުކާރުން ވަނީ ހަމަޖައްސަވައިފައި،" ސިވިލް ސަރވިސް އިން ނެރުނު ސަރކިއުލަރގައި ވެއެވެ.

1- ޓެކްނިކަލް ކޯ އެލަވަންސް:

  • ސިވިލް ސަރވިސް މުވައްޒަފުންގެ ތެރޭން ޓެކްނިކަލް ކޯ މަގާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ޝަރުތު ހަމަވާ މުވައްޒަފުންނަށް، އަސާސީ މުސާރައިގެ 28 އިންސައްތަ ކުރިއެރުމެއް.

2- ސަޕޯޓިންގ ކޯ އެލަވަންސް 1

  • ސަޕޯޓް ސަރވިސް (އެސްއެސް ރޭންކް) ގައި ތިބި މުވައްޒަފުންނަށް 1200 ރުފިޔާގެ އެލަވަންސެއް

3- ސަޕޯޓިންގ ކޯ އެލަވަންސް 2

  • ސިވިލް ސަރވިސްގެ ޖެނެރަލް ސަރވިސް (ޖީއެސް ރޭންކް)އިން ފެށިގެން މަތީ ރޭންކު ތަކުގައި ތިބި މުވައްޒަފުންގެ ތެރޭން ޓެކްނިކަލް ކޯގައި ނުހިމެނޭ މުވައްޒަފުންނަށް ސަޕޯޓިންގ ކޯ2 ގެ ނަމުގައި ވަނީ އެލަވަންސްތަކެއް ހަމަޖައްސާފައި. އެއީ
    • ޑިރެކްޓަރ ޖެނެރަލް - އީއެކްސް5، އަދި 6، އަށް 1500ރ
    • ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް - އީއެކްސް4، އަދި 3، އަށް 1300ރ
    • ޑިރެކްޓަރ/އެގްޒެކެޓިވް ޑިރެކްޓަރ/މެނޭޖަރ - އީއެކްސް2 އަދި 1އަށް 1100ރ
    • އެމްއެސް4 ރޭންކް- 900ރ
    • އެމްއެސް3 ރޭންކް- 900ރ
    • އެމްއެސް2 ރޭންކް- 900ރ
    • އެމްއެސް1 ރޭންކް- 700ރ
    • ޖީއެސް4 ރޭންކް - 700ރ
    • ޖީއެސް3 ރޭންކް- 700ރ
    • ޖީއެސް2 ރޭންކް- 700ރ
    • ޖީއެސް1 ރޭންކް- 700ރ

ސިވިލް ސަރވިސް އިން ބުނީ، 2009 ވަނަ އަހަރުން ފެށިގެން މިހާތަނަށް ވަޒީފާގެ ޚާއްސަ އޮނިގަނޑެއް އެކުލަވާލައި، މުސާރައާ އިނާޔަތްތަކަށް ބަދަލު ގެނެސްފައިވާ މަގާމުތަކުގައި ތިބި މުވައްޒަފުން، އެލަވަންސް ދިނުމުގައި އިސްތިސްނާ ވާނޭ ކަމަށެވެ.

މީގެ އިތުރުން ސިވިލް ސަރވިސްގެ ކޮންޓްރެކްޓް މުވައްޒަފުންނާއި ސިވިލް ސަރވިސްގެ ޒެޑްވީ7 ރޭންކުގައި ތިބި މުވައްޒަފުންވެސް އެލަވަންސް ދިނުމުގައި އިސްތިސްނާ ވާނޭ ކަމަށެވެ.

comment ކޮމެންޓް