އެސް8 އާ އަޅާބަލާއިރު އެސް9ގެ އަގު ބޮޑުވާނެ

މިމަހުގެ ފަހުކޮޅު ސްޕެއިންގެ ބާސެލޯނާގައި އޮންނަ މޮބައިލް ވޯލްޑް ކޮންގްރެސްގައި ރިލީޒްކުރަން ހަމަޖެހިފައިވާ ސެމްސަންގެ އެންމެ ފަހުގެ ފޯނު ގެލެކްސީ އެސް9 އާ ގުޅޭ ގިނަ ވާހަަކަތަކެއް މިހާރު ވަނީ އާންމުވެފަ އެވެ. އެ ފޯނުގެ ސްޕެކްސް، ބެޓެރީ، ޑިސްޕްލޭ އަދި ޑިޒައިންގެ މައުލޫމާތު ވެސް މިހާރު ވަނީ އާންމުވެފަ އެވެ.

އެސް9 އާ ގުޅޭ އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން މިދިޔަ އަހަރު ނެރުނު އެސް8 އާ އަޅާބަލާއިރު އެސް9 ގެ އަގު ބޮޑުވާނެ އެވެ. އެސް8 ވިއްކަން ފެށި އަގަކީ 720 ޑޮރަރެވެ. އެސް9 ވިއްކަން ފަށާނެ އަގަކީ 875 އާއި 925 ޑޮލަރާ ދެމެދުގެ އަގެއްގައި ކަމަށް ޓެކް ހަބަރުތައް ބުނެ އެވެ.

ސެމްސަންގުން ބުނަމުން ދަނީ އެސް9 ވެގެންދާނީ އެ ކުންފުނިން މިހާތަނަށް ނެރޭ އެންމެ ފެންވަރު ރަނގަޅު ފޯނަށް ކަމަށެވެ. އެގޮތުން ފޯނުގެ ކޮލެޓީ އާއި ސްޕެކްސް އާ އަޅާބަލާއިރު އަގަކީ އެންމެ ހެޔޮވަރު އަގު ކަމަށް ސެމްސަންގުން ބުނެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެސް 9ގެ ޑިސްޕްލޭގައި ހުންނާނީ 5.8 އިންޗިއެވެ. ހަތަރު ޖީބީގެ ރެމްއަކާ 64 ޖީބީގެ ސްޓޯރޭޖް އެސް9ގައި ހިމެނޭނެ ކަމަށާއި އެސް9 ޕްލަސްގައި 6.2 އިންޗީގެ ޑިސްޕްލޭއަކާ އެކު ހަ ޖީބީގެ ރެމްއެއް އަދި 128 ޖީބީ ސްޓޯރޭޖް ހިމެނޭނެ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

comment ކޮމެންޓް