ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރަޖިސްޓްރާ މަގާމުން ވަކިކޮށްފި

ޓެކްސް އެޕީލް ޓްރައިބިއުނަލް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރަޖިސްޓްރާ މާޖިދާ މަޖުދީ މަގާމުން ވަކިކޮށްފި އެވެ.

އެ ޓްރައިބިއުނަލުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރާ މެދު ސުވާލު އުފައްދައި އެއްވެސް ފަރާތަކުން ޓެކްސް ނުދެއްކުމަށް މީސް މީޑިއާގައި މާޖިދާ ގޮވާލާފައިވާ ކަމަށެވެ.

އެކަމަކީ ޓެކްސް ދައްކާ ފަރާތްތަކާއި ޓެކްސް ބަލައިގަންނަ މުއައްސަސާއާ ޖެހޭ މައްސަލަތައް ބަލާ މުއައްސަސާގެ ރަޖިސްޓްރާގެ މަގާމުގައި ހުރި މުވައްޒަފެއްގެ ފަރާތުން އެއްވެސް ހާލެއްގައި އެއްވެސް މިންވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެހެންކަމުން އެ ޓްރައިބިއުނަލްގެ ގަވާއިދުގެ 43 ވަނަ މާއްދާގެ ދަށުން އޭނާ ވަޒީފާ އިން ވަކިކުރުމަށް ޓްރައިބިއުނަލްގެ މެމްބަރުންގެ މަޖިލީހުގެ އިއްތިފާގުން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް