"އައިމިނާބީ"، ޝޮޕިން ކޮށްލަން ޚާއްސަ ދިވެހި އެޕެއް!

"އައިމިނާބީ"، ޝޮޕިންއަށް ޚާއްސަ ދިވެހި އެޕްލިކޭޝަނެއް --

ދިވެހިންނަކީ އަބަދުވެސް ވިޔަފާރި ކުރުމަށް ވަރަށް ފޯރި ހުންނަ ބައެކެވެ. ރާއްޖޭން ބޭނުންވާ އެއްޗެއް ނުލިބޭ ކަމަށްވާނަމަ ބޭރު ގައުމުތަކުން ކިތަންމެ ބޮޑު ހޭދައެއް ކޮށްގެންވެސް އެ ހޯދުމުގެ މަސައްކަތް ކުރާ މީހުން މިއަދު މަދެއް ނޫނެވެ.

މުޅި ދުނިޔެއަށް ވެސް އެކި ކަހަލަ ވިޔަފާރި ކުރުމަށް ހާއްސަ އެޕްލިކޭޝަންތައް ތައާރަފް ވަމުން އަންނަ ޓެކްނޮލޮޖީ ޒަމާނުގައި ބޭނުން ކިތަންމެ ކަމެއް ވެސް އޭގެ އެހީގައި ކޮށްލެވެއެވެ. ފިހާރަތަކަށް ނުގޮސް އެއްޗެހި އޯޑަރު ކޮށްގެން ގަތުމުގެ އާދަ އަކީ މިއަދު ދިވެހީންގެ ގައިގައި އަށަގަނެފައިވާ ކަމެކެވެ.

ވިޔަފާރި ކުރުމަށް އެކި ކަހަލަ އެޕްލިކޭޝަންތައް މިއަދު ތައާރަފު ވަމުން އަންނައިރު އެޕްލިކޭޝަންތައް ތައާރަފް ކުރާ ކުންފުނިތަކުން އަބަދުވެސް ބަލަނީ އެހެން ކުންފުނިތަކުން ތައާރަފް ކުރާ އެޕްލިކޭޝަން އަށް ވުރެ ތިމާގެ ކުންފުނިން އުފައްދާ އެޕްލިކޭޝަން ފުރިހަމަވެ ވަރުގަދަ ކުރުމަށެވެ.

ދާދި ފަހުން މި ވަނީ "އައިމިނާބީ"ގެ ނަމުގައި ވިޔަފާރި އެޕްލިކޭޝަނެއެއް ތައާރަފް ކޮށްފައެވެ. ދިވެހި ޑިވެލޮޕަރުންތަކެއްގެ އަމިއްލަ މި މަސައްކަތަކީ، މަޝްހޫރު މީސްމީޑިއާ އެޕްލިކޭޝަން އިންސްޓަގްރާމާ ދާދި އެއްގޮތަކަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ. އެހެން ނަމަވެސް މި އެޕް ޚާއްސަވަނީ ވިޔަފާރިކޮށްލަން ބޭނުންވާ ފަރާތްތަކަށެވެ.

އެޕް ސްޓޯރުން ޑައުންލޯޑުކޮށްލަން މިހާރު ލިބެންހުރި "އައިމިނާބީ"ގެ ފިޗާސް ތަކުގެ ތެރޭގައި އިންސްޓަންޓް ނޮޓިފިކޭޝަން، އެޕްލިކޭޝަން ބޭނުންކުރާ އެހެން ރަހްމަތްތެރިންގެ ލައިކްތައް ފެންނަންހުރުމާއި، އެޕްލިކޭޝަން ބޭނުންކުރާ އެހެން ރަހްމަތްތެރިންނަށް އެޕްލިކޭޝަންގައި ހުނަން ޕްރޮޑަކްޓްސްތައް ރިކަމެންޑްކުރުމާއި، ޝޮޕިން ކާޓްގެ އިތުރުން އިންސްޓަންޓްކޮށް ސްޓޮކް އެވެއިލަބަލިޓީ ޗެކްކޮށްލެވެން ހުރެއެވެ.

ހަމައެއާއެކު އެ މީހަކު ބޭނުންވާ ސާމާނު އެ މީހެއްގެ ނިއުސްފީޑުން ދެއްކުމުގެ ގާބިލްކަން އެޕްލިކޭޝަނަށް ލިބިފައިވެއެވެ.

"އައިމިނާބީ" އިން ވިޔަފާރިކުރަން ބޭނުންވާ އެހެން މީހުންނަށްވެސް ވަރަށް ގިނަ ފަސޭހަތަކާއެކު ހިމެނޭ ސެލާސް ޕޯޓަލް އަކާ އެކު އެ މެދުވެރިކޮށް ވިޔަފާރުކުރަން ބޭނުންވާ މީހުންނަށް ފުލް އިންވެންޓްރީ އެއް ލިބިގެން ދާނެއެވެ.

'އައިމިނާބީ" ޝޮޕިން އެޕްލިކޭޝަން---

އޯޑަރު ޓްރެކްކުރުމާ އެކު އޯރޑަރެއް ލިބުމުން އެސްއެމްއެސްގެ ޒަރިއްޔާއިން އޯޑަރެއް ލިބުނުކަމުގެ މައުލޫމާތު އެ ގަތް މީހުންނަށް ލިބިގެން ދާނެއެވެ.

އިސްޓަގްރާމް އާ ދާދި އެއްގޮތަށް ފަރުމާ ކޮށްފައިވާ "އާމިނާބީ" އެޕްލިކޭޝަން އަކީ ތަފާތު އަދި ވަރުގަދަ އެޕްލިކޭޝަނެކެވެ

comment ކޮމެންޓް