ކަރުގައި ރިއްސުމުން ކަން ކުރާނީ ކިހިނެއް؟

ކަރުގައި ރިއްސުމުން ބޭނުން ކުރެވިދާނެ ބައެއް ތަކެތި----

ރޯގާ ޖެހި މޭގައި އަރިދަފުސް ހިފާފައި ހުރުމުގެ ސަބަބުން ނުވަތަ 'ޓޮންސިލް' ދުޅަވެފައި ހުރުމުގެ ސަބަބުން ކަރުގައި ރިއްސަން މެދުވެރިވެ އެވެ. ރޯގާ ޖެހި ގަދަޔަށް ކެއްސުމުން ވެސް ކަރުގައި ރިއްސާ ގޮތް މެދުވެރިވެ އެވެ. ނަމަވެސް މި ކަމަކީ ގޭގައި ތިބެގެން ވެސް ހައްލުކުރަން ފަސޭހަ ކަމެކެވެ.

ތާފަނާ ފެނުން ކަރު ތެރެ ދޮވުމަކީ ޒަމާނުއްސުރެ ދިވެހީން ކުރަމުން އަންނަ ކަމެކެވެ. ތާފަނާ ފެނަށް ކުޑަ ލޮނުކޮޅެއް އެޅުމަށް ފަހު ކަރުތެރެ ރަނގަޅަށް ސާފުކޮށްލުމުން ކަރުތެރޭގައި ހުންނަ ޖަރާސީމުތައް ނެތިކޮށްލާ ކަރުގައި ރިއްސުން ކުޑަކޮށްދެ އެވެ.

މާމުއި އަކީ ބައެއް މީހުންނަށް ނުބައި އަދި އަނެއްބައި މީހުންނަށް މިރު އެއްޗެކެވެ. މާމުއި އަކީ ކަރުތެރެ އަށް ވަރަށް ރަނގަޅު ފަރުވާ އެކެވެ. މާމުއީގައި ހިމެނޭ ޕްރޮޓީންސްގެ ސަބަބުން ކަރުގައި ރިހުން ކުޑަކޮށްދީ ކަރުތެރެ އެއްކޮށް ސާފުކޮށްލަދެ އެވެ.

ކަރުތެރޭގައި ރިއްސުމުން ދުރުކޮށްދިނުމަށް ލުނބޯ ފަނި ބޯން އާދަކުރާށެވެ. ދެ ތިން ދުވަހު އާދަކޮށް ލުނބޯ ފަނި ބޯ ކަމަށްވާ ނަމަ ޖަރާސީމުތައް ނައްތާލާ ކަރު ދުޅަވުމުން ސަލާމަތްކޮށްދެ އެވެ. ފަނީގައި ހިމެނޭ ވިޓަމިން ސީގެ ސަބަބުން ކަރުތެރޭގައި ރިއްސުން ދުރުކޮށްދޭ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ހާބަލް ސަޔަކީ ކަރުތެރެ އަށް ފަރުވާ އެކެވެ. 'ހާބަލް ޓީ' ތެރެއަށް ދެ ސަމްސާ ވަރު މާމުއި ނުވަތަ އިނގުރު ކޮޅެއްލައިގެން ސައިތަށި ބޯލުމުން ކަރުތެރެއަށް ލުއިކަން ލިބެ އެވެ.

މަސްދަރު: މެޑިކަލް ނިއުސް ޓުޑޭ

comment ކޮމެންޓް