ބީއެމްއެލްއާ ކެންސަރ ސޮސައިޓީ ގުޅިގެން މ. އަތޮޅުގައި ސްކްރީނިންގް ޕްރޮގްރާމެއް ހިންގަނީ

ކެންސަރު ދުވަހާ ގުޅިގެން ބީއެމްއެލްއިން މ. ދިއްގަރުގައި ބޭއްވި ހާއްސަ ހަރާކާތުގެ ތެރެއިން-- ފޮޓޯ: ބީއެމްއެލް

ދުނިޔޭގެ ކެންސަރު ދުވަހުގެ މުނާސަބަތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) ގުޅިގެން މ. އަތޮޅުގައި ކެންސަރ ސްކްރީނިންގް ޕްރޮގްރާމެއް ބޭއްވުމަށް ނިންމައިފިއެވެ.

ދުުނިޔޭގެ ކެންސަރު ދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ މ. ދިއްގަރުގައި ވަނީ ހާއްސަ ހަރަކާތްތަކެއް ހިންގައިފައެވެ. އެގޮތުން އިއްޔެ ދިއްގަރު ސްކޫލްގެ ދަރިވަރުންނާއި، މުއައްސަސާސތަކުގެ މުވައްޒަފުންގެ އިތުރުން އާންމު ރައްޔިތުން ކެންސަރަށް ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ބޭއްވިއެވެ. އަދި ކެންސަރާ ބެހޭ މައުލޫމަތު ދިނުމާއި، ކަސްރަތުކުރުމުގެ މުހިންމުކަމުގެ މައުލޫމާތު ދިނުމަށް ހަވީރެއްވެސް ބާއްވާފައިވެއެވެ.

ކެންސަރު ދުވަހާ ގުޅިގެން . ދިއްގަރު ގައި ބޭއްވި ހާއްސަ ހަރާކާތުގެ ތެރެއިން-- ފޮޓޯ: ބީއެމްއެލް

"އަހަރެންގެ ބޭންކް" ކެމްޕޭނުގެ ދަށުން ބޭންކް އޮފް މޯލްޑިވްސްއިން ކެންސަރ ސޮސައިޓީއާ އެކު ހިންގާ ހަރަކާތްތަކުގެ ތެރޭގައި، މ. އަތޮޅުގައި އަނގައިގެ ކެންސަރާއި އުރަމަތީގެ ކެންސަރ ސްކްރީނިންގ ޕްރޮގްރާމެއް ހިންގުމަށް ވަނީ ނިންމާފައެވެ.

އެ ޕްރޮގްރާމް އޮންނާނީ ފެބްރުއަރީ 15 އިން 17 އަށް، މ. ދިއްގަރުގައެވެ.

ކެންސަރަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ބީއެމްއެލް އާއި ސީއެސްއެމް އިން މިދިޔަ އަހަރު ބޭއްވި މިދިޔަ އަހަރު "ޕިންކް ރިބަން ރަން- ވޯކް" މި އަހަރު އޮކްޓޯބަރު މަހު ބޭއްވުމަށް ހަމެޖެހިފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

comment ކޮމެންޓް