ހެލްތުގެ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު އިސްތިއުފާ ދެއްވައިފި

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު-- ފޮޓޯ: ރައީސް އޮފީސް

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު އިސްތިއުފާ ދެއްވައިފިއެވެ.

ރައީސް އަބްދުﷲ ޔާމީނަށް މިއަދު ހުސައިން ރަޝީދު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ އޭނާ އިސްތިއުފާ ދެނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުން ލަސްވެ، އެކަމާ ގުޅޭ ސުވާލުތަކަށް ޖަވާބު ލިބެމުން ނުދާތީ ކަމަށެވެ.

"އެންމެ މަތީ ކޯޓަން ކުރެވުނު އަމުރާ ގުޅިގެން ކަންތައް ކުރެވެމުންދާ ގޮތުން ސުވާލު އުފެދޭ މައްސަލަތަކަށް ޖަވާބު ނުލިބި ދިގުލައިގެން ދިއުމަކީ އަޅުގަނޑު ޟަމީރަށް ގަބޫލު ކުރަން ދަތި ކަމަކަށް ވާތީ މިއަދުން ފެށިގެން ހެލް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުންނާއި ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑު މެންބަރެއްގެ އިތުރުން މަސްތުވާތަކެތި ކޮންޓްރޯލް ކުރުމުގެ ގައުމީ ފަންޑުގެ ގަވަނިން ބޯޑުގެ ވައިސް ޗެއާގެ މަގާމުން އަޅުގަނޑު އިސްތިއުފާދީފީމެވެ،" ހުސައިން ރަޝީދު ރައީސަށް ފޮނުވި ސިޓީގައި ވެއެވެ.

ހުސައިން ރަޝީދު ވަނީ ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑު މެމްބަރުކަމުންނާއި މަސްތުވާތަކެތި ކޮންޓްރޯލް ކުރުމުގެ ގައުމީ ފަންޑުގެ ގަވަނިން ބޯޑުގެ ވައިސް ޗެއާމަން ކަމުން އިސްތިއުފާ ދެއްވައިފައެވެ.

comment ކޮމެންޓް