މެންބަރު ސިނާން އާއި އިލްހާމް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމަރުކޮށްފި

ކްރިމިނަލް ކޯޓުން މިއަދު ސިނާން މިނިވަންކުރުމުން ނިކުމެވަޑައިގެން އިދިކޮޅު ސަޕޯޓަރުންނާއި އެކު --- ސަން ފޮޓޯ: ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި ދަނގަތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ސީނާން އާއި އިލްހާމް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރި އަމުރަށް އެ ދެ ބޭފުޅުން މިހާރު ވަނީ ދޫކޮށްލާފައެވެ.

ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު އިއްޔެ މާލެ ވަޑައިގަތުމުން އެ ދެ ބޭފުޅުން ވަނީ އެއާޕޯޓުން ހައްޔަރުކޮށްފައެވެ.

އެ ދެ ބޭފުޅުންގެ މުއްދަތު މަޖިލީސް ކުރިއަށްގެންދިޔައީ ވަކިވަކިންނެވެ.

ސިނާން އާއި އިލްހާމްގެ މައްޗަށް ވެސް ތުހުމަތުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުދީގެން ގާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތެވެ.

މިއަދުގެ މުއްދަތުގެ މަޖިލީހުގައި ދައުލަތުން އެފިފައި ވަނީ ޝަރީއަތް ނިމެންދެން ސިނާން އާއި އިލްހާމް ބަންދުގައި ބެހެއްޓުމަށެވެ.

ސިނާނާއި އިލްހާމް ދޫކޮށްލި ސަބަބުތަކުގެ ތެރޭގައި އެ ދެ ބޭފުޅުންގެ މައްޗަށް ތުހުމަތު ކުރާ މައްސަލައަކީ މެމްބަރު ފާރިސް މައުމޫންގެ މައްޗަށް ވެސް ކުރެވޭ ތުހުމަތު ކަމުގައިވާއިރު، އެ މައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅާފައިވުން ހިމެނެއެވެ.

ސިނާން ވިދާޅުވީ އޭނާއާ ދެކޮޅަށް ފުލުހުން ކުރަމުން ދަނީ އެއްވެސް ތާކުން ތާކުނުޖެހޭ ތުހުމަތުތަކެއް ކަމަށާއި ތުހުމަތުކުރާ މައްސަލާގައި އެއްވެސް ހެއްކެއް ދެއްކިފައިނުވާ ކަމަށެވެ.

comment ކޮމެންޓް