ނިޔަފަތި ވަރުގަދަކޮށް ބަހައްޓާނީ ކިހިނެއް؟

ނިޔަފަތި ހަލާކުވެ ދިޔަ ނުދީ ބެހެއްޓުމަށް ސަމާލުކަމެއް ދޭން ޖެހޭ----

ނިޔަފައްޗަކީ އަވަހަށް ހަލާކުވާ ވަރަށް ވެސް ނިކަމެތި އެއްޗެކެވެ. ނިޔަފަތި ތެރެއަށް ހަޑި އެއްޗެހި ވަނުމަކީ އާންމު ކަމަކަށްވާއިރު ބައެއް މީހުންނަކީ ނިޔަފައްޗަށް ހާއްސަ ސަމާލުކަމެއްދީގެން ގެންގުޅޭ އެއްޗެކެވެ.

ނިޔަފަތި ރީތިކޮށް ވަރުގަދަ ކުރުމަށް ޓަކައި ކިރަކީ ވަރަށް މުހިއްމު އެއްޗެކެވެ. ހަށިގަނޑުން ވިޓަމިންސް މަދުވުމުގެ ސަބަބުން ނިޔަފަތީގައި ހުދު އެއްޗެއްހިތަކެއް ހުރެ އެވެ. ކިރު ބުއިމުން ނިޔަތި ރީތިވުމުގެ އިތުރުން ނިޔަފަތި ވަރުގަދަވެސްވެ އެވެ.

'ނެއިލް ޕޮލިޝް' ހޭކުމަކީ މިއަދު ޒުވާނުންގެ މެދުގައި ކުރުން ވަރަށް އާންމު ކަމެކެވެ. ނަމަވެސް ނިޔަފަތީގައި ނެއިލް ޕޮލިޝް ހޭކުމަކީ ނިޔަފަތިތައް ބަލިކަށިވާން މެދުވެރިވާ އެއް ސަބަބެވެ. ނިޔަފަތި ރީތިކޮށް ބެހެއްޓުމަށް ޓަކައި ކެމިކަލްތަކުން ދުރުވުން މުހިއްމެވެ.

ހަންގަނޑަށް ހާއްސަ ސަމާލުކަމެއްދޭ ފަދައިން ނިޔަފައްޗަށް ވެސް ހާއްސަ އިސްކަމެއް ދޭން ޖެހޭނެ އެވެ. އެ ގޮތުން ނިޔަފައްޗަށް ހާއްސަ މޮއިސްޓަރައިޒާއެއް ބޭނުން ކުރުން މުހިއްމެވެ. ނިޔަފަތި އަވަހަށް ބިންދައިގެން ނުވަތަ 'މަރު' ވާ ނަމަ މޮއިސްޓަރައިޒާ އެއް ނުވަތަ ކާށި ތެޔޮ ހާކާލާށެވެ.

އަތުން އެއްޗެއް ދޮންނަ އިރު މާ ވިހަގަދަ ކެމިކަލް ހިމެނޭ ސައިބޯނި ބޭނުން ނުކުރާށެވެ. ސަބަބަކީ ބަދިގެ ތެރޭ އުޅޭ އިރު ތަށިތައް ދޮވުމަކީ ކޮންމެ އަންހެނަކުވެސް ކުރާނެ ކަމަކަށްވާއިރު ނިޔަފަތީގައި ވިހަގަދަ ކެމިކަލް ހިމެނޭ ސައިބޯނި ބޭނުން ކުރުމުން ނިޔަފަތި ބަލިކަށް ވެގެންދެ އެވެ. އޭގެ ބަދަލުގައި ކެމިކަލް މަދު އެއްޗެއް ބޭނުން ކުރުން މުހިއްމެވެ.

މައުލޫމާތު؛ ވެބް އެމްޑީ

comment ކޮމެންޓް