ޖޯން އަބްރަހަމްގެ "ޕަރްމާނޫ" ފަސްކޮށްފި

މަޝްހޫރު ބަތަލު ޖޯން އަބްރަހަމް---

މަޝްހޫރު ބަތަލު ޖޯން އަބްރަހަމް ލީޑުން ފެނިގެންދާ ފިލްމު "ޕަރްމާނޫ" ރިލީޒްކުރުން ފަސްކޮށްފި އެވެ.

ކުރިން އެ ފިލްމު އަންނަ މާޗް މަހުގެ ދެ ވަނަ ދުވަހަށް ރިލީޒްކުރަން ހަމަޖެހިފައިވީ ނަމަވެސް އެ ދުވަހަކީ އަނުޝްކާ ޝަރްމާގެ "ޕަރީ" ރިލީޒްކުރާ ދުވަހެވެ.

އެއާ އެކު ޖޯންގެ ފިލްމު ލަސްކޮށްލީ އަންނަ އޭޕްރިލް މަހުގެ ހަ ވަނަ ދުވަހަށެވެ. ކްރިއަރްޖް އެންޓަޓައިންމަންޓުން ކޯ-ޕްރޮޑިއުސްކުރާ އެ ފިލްމަކީ ޖޯންގެ އެންމެ ތަފާތު އެއް ފިލްމަށް ބެލެވެ އެވެ.

މީގެ ކުރިން ޖޯންގެ ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހުގަ އެވެ. ނަމަވެސް އެ ފަހަރު ވެސް ފިލްމު ލަސްކޮށްލީ ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތު" އާ ހެދި އެވެ.

މައުލޫމާތު: ހިންދުސްތާންޓައިމްސް

comment ކޮމެންޓް