ގާނޫނީ ސަރުކާރު ހިމާޔަތް ކުރުމުގައި ސާބިތުވެ ތިބޭނަން: އެމްއެންޑީއެފް

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ކުރިޔައްގެންދިޔަ ވިކްޓްރީ ރަން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގައި އުފެދިފައިވާ ގާނޫނީ ސަރުކާރު ހިމާޔަތް ކުރުމަށް، ގާނޫނުއަސާސީން ލާޒިމްކުރާ އެންމެހާ ކަންކަން ތަންފީޒުކުރުމުގައި ސާބިތުކަމާއެކު ސަލާމަތީ ބާރުތައް ދެމި އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އޭގެ އިތުރުން މާލޭގައި ހަމަނުޖެހުން ހިންގުމަށް، އިޖުތިމާއީ ހަމަޖެހުމަށް ބުރޫ އަރާ ގޮތަށް ސޯޝަލް މީޑިއާއާއި އަދި މީހުން އެއްކޮށްގެން ހިންގަމުންދާ ހަރަކާތްތައް ހުއްޓުވުމަށް ފުލުހުންނާއި ސިިފައިން މަސައްކަތް ކުރަމުން ދާ ކަަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ނޮވެމްބަރ 23، 2017: ހަތިޔާރާއި ގޮވާތަކެތި ބޭނުން ކޮށްގެން ރާއްޖޭގެ ދިފާއީ ބާރު އެމްއެންޑީއެފްއިން ކޮންމެ އަހަރަކު ހިންގާ އަސްކަރީ ތަމްރީން، "ރަންނަމާރި ހަންޓް"ގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ރާއްޖޭގެ ޤާނޫނު އަސާސީން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަމަން އަމާންކަމާ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ސަލާމަތީ ބާރުތަކުން ސާބިތުކަމާއި ބަދަހި ކަމާއެކު ދެމިއޮތް ވާހަކަ ދިވެހި ލޮބުވެތި ރައްޔިތުންނަށް މި ފުރުޞަތުގައި ދަންނަވަން،" އަސްކަރިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ބަންޑާ ނައިބު މުހައްމަދު އަނިލް މިއަދު ވަނީ ސަލާމަތީ ބާރުތަކުން ސުޕްރީމް ކޯޓުގެ ހުކުމަށް ތަބާ ނުވާން ލަފާ ދެއްވައިފައެވެ. އެއާ އެކު ފުލުހުންގެ ޑީސީޕީ އަބްދުﷲ ނަވާޒު އަދި މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ވިދާޅުވެފައި ވަނީ ބަންޑާރަނައިބުގެ ލަފާފުޅާ އެއްގޮތަށް އަމަލު ކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް