އޭޖީ އަދި ޕީޖީގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް

ބަންޑާރަ ނައިބު މުހައްމަދު އަނިލް އަދި ޕީޖީ ބިސާމް --- ސަންފައިލް ފޮޓޯ

ބަންޑާރަ ނައިބު މުހައްމަދު އަނިލް އަދި ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި އެވެ.

އިދިކޮޅު ހުރިހާ މަޖިލިސް މެމްބަރުން ސޮއިކޮށް މިއަދު އެ މައްސަލަ ހުށަޅާފައިވާކަން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޕީޖީ ގުރޫޕުން ވަނީ ކަށަވަރު ކޮށްދީފަ އެވެ. އެމައްސަލަ މަޖިލީހަށް ހުށަހެޅީ މިއަދު ހެނދުނު އެވެ.

އިދިކޮޅު މެމްބަރުން މިއަދު ވަނީ މަޖިލީހުގެ އިދާރާއަށް ވަޑައިގެންފަ އެވެ. އަދި ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުންގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު ވަނީ ދެކަމެއް ނިންމައިފަ އެވެ.

އިދިކޮޅު މެމްބަރުން ނިންމި ކަންކަން

  • މަޖިލީހުގެ ގަވައިދާ އެއްގޮތަށް ޖަލްސާތައް ބޭއްވުމަށް ގޮވާލުން.
  • ގާނޫނީ އިމުގެ ބޭރުން އަމަލުކުރަމުންދާ ފަރާތްތަކުގެ އިތުބާރު ނެތްކަމުގެ މައްސަލަތައް ހުށަހެޅުމަށް

މަޖިލީހުގެ އަމީން އާންމު މިއަދުގެ ވަގުތެއްގައި މަގާމުން އިސްތިއުފާ ދެއްވާފައިވާ އިރު މާދަމާ ބޭވުމަށް މީގެ ކުރިން ތާވަލު ކުރި މަޖިލީހުގެ ޖަލްސާ ވަނީ ކެންސަލް ކޮށްފަ އެވެ.

މަޖިލީހުގެ އިދާރާއިން ބުނެފައި ވަނީ ސަލާމަތީ ސަބަބުތަކަށް ޓަކައި ޖަލްސާ ކެންސަލް ކުރީ ކަމަށެވެ.

comment ކޮމެންޓް