މާލޭގައި ވަޅި ޖަހަން އުޅުނު މީހަކު ހައްޔަރުކޮށްފި

މާލޭގައި މިއަދު ވަޅިޖަހަން އުޅުނު މީހާ ހައްޔަރު ކުރި ސަރަހައްދު --- ފޮޓޯ/ ސޯޝަލް މީޑިއާ

މާލޭގައި ވަޅި ޖަހަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު ހަވީރު 4:48 ހާއިރު، މާވެޔޮމަގުގައި ހުންނަ ޖުވޭސް ކެފޭ ކައިރިން ކަމަށެވެ.

ވަޅިން ހަމަލާ ދޭން އުޅުނު މީހާ ހިފަހައްޓައި، ހައްޔަރުކުރީ އެސަރަހައްދުގައި ހަރަކާތްތެރިވި ޓްރެފިކް ފުލުހުން ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ހައްޔަރު ކުރީ ޒުވާން ފިރިހެނެކެވެ.

އެ މީހާ ހައްޔަރު ކުރި އިރު އޭނާގެ އަތުގައި ވަޅިއެއް ވެސް އޮތް ކަމަށް ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް