އެއްވަނައަށް ހޮވޭ ފަރާތަކަށް 25،000 ރުފިޔާ ލިބޭ އިންސްޓަގްރާމް ފޮޓޯމުބާރާތެއް

ބީއެމްއެލްގެ އަހަރެންގެ ބޭންކު ކެމްޕޭންގެ ދަށުން ކުރިއަށް ގެންދާ އިންސްޓަގްރާމް ފޮޓޯ މުބާރާތް މި މަހުގެ ނިޔަލަށްކުރިއަށް ގެންދާނެ-- ފޮޓޯ ބީއެމްއެލް

އެއްވަނައަށް އަންނަ ފަރާތަކަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭގޮތަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިންސްޓަގްރާމް ފޮޓޯ މުބާރާތެއް ފަށައިފިއެވެ.

އަހަރެންގެ ބޭންކް ކެންޕޭންގެ ދަށުން، ބީއެމްއެލް އިން ވަނީ މި ހިނގާ ފެބްރުއަރީ މަހުގެ ކޮންމެ ދުވަހަކުވެސް ހާއްސަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމައިފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހަވީރު، ބީއެމްއެލް މައި އޮފީހުގެ ޓެރަހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ސޯޝަލް މީޑިއާގެ މަޝްހޫރު އެއް ޕްލެޓްފޯމް ކަމަށްވާ އިންސްޓަގްރާމްގައި "އަހަރެންގެ ރާއްޖެ ޗެލެންޖް"ގެ ނަމުގައި ފޮޓޯ މުބާރާތެއް އިފްތިތާހުކޮށްފައެވެ.

ގައުމީ ބޭންކުން ބުނީ، އަހަރެންގެ ކެމްޕޭންގެ ދަށުން، އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އިންސްޓަގްރާމް ފޮޓޯ މުބާރާތުން ދައްކުވައިދޭން ޖެހޭނީ ރާއްޖޭގެ ރީތިކަން ކަމަށެވެ.

މުބާރާތުގައި ބައިވެރިކުރާ ކޮންމެ ފޮޓޯއެއްވެސް އިންސްޓަގްރާމްގައި ޝެއާކުރާއިރު، AharengeRaajje# ހޭޝްޓެގް ހިމަނަން ޖެހެއެވެ. މިމަހުގެ 28 ވަނަ ދުވަހާ ހަމައަށް މުބާރާތުގައި ބައިވެރިވެވޭނެއެވެ.

ބީއެމްއެލްގެ އަހަރެންގެ ބޭންކު ކެމްޕޭންގެ ދަށުން ކުރިއަށް ގެންދާ އިންސްޓަގްރާމް ފޮޓޯ މުބާރާތް މި މަހުގެ ނިޔަލަށްކުރިއަށް ގެންދާނެ-- ފޮޓޯ ބީއެމްއެލް

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ، "މުޅި ރާއްޖެ އަށް އަމާޒުކޮށް އަޅުގަނޑުމެން ހިންގާ 'އަހަރެންގެ ބޭންކް' ޕްރޮގްރާމް އިން ބުނެދެނީ އަޅުގަނޑުމެން ޚިދުމަތް ދެމެންދާ ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް ނުހަނު ބުރަކޮށް މަސައްކަތްކުރަމުންދާ ބޭންކެއްގެ ވާހަކަ." ކަމަށެވެ.

އެންޑްރޫ ވިދާޅުވީ، ބީއެލްއެލްގެ އަމާޒަކީ މުޅި ރާއްޖެ ޝާމިލްވާ ގޮތަށް މިއަހަރުތެރޭ މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ 60 ޕްރޮގްރާމް ހިންގުން ކަމަށެވެ.

"މިއަދުން ފެށިގެން ފެބްރުއަރީ މަހުގެ ކޮންމެ ދުވަހެއްގައި އަދި މުޅި އަހަރުތެރޭގައި ތައުލީމް، ކުޅިވަރު، ތިމާވެށީގެ އެކިއެކި ހަރަކާތްތަކަށާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތަކަށް އަޅުގަނޑުމެންގެ އެހީތެރިކަން ލިބިގެންދާނެ،" އޭނާ ވިދާޅުވިއެވެ.

އަހަރެންގެ ބޭންކް ކެމްޕޭންގެ ދަށުން ކުރިއަށް ގެންދާ އިންސްޓަގްރާމް ފޮޓޯ މުބާރާތުން އެއްވަނަ އަށް އަންނަ ފަރާތަކަށް ފަންސަވީސް ހާސް ރުފިޔާ ކަނޑައެޅިފައިވާއިރު ދެވަނައަށް އަންނަ ފަސް ފަރާތަކަށްވެސް އިނާމު ކަނޑައެޅިފައިވާ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

ބީއެމްއެލްގެ ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ، މި މުބާރާތާ ބެހޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓުން ލިބެން ހުންނާނޭ ކަމަށެވެ. އަދި ޕަބްލިކް ރިލޭޝަންސް ޑިޕާރޓްމަންޓުގެ ފޯން: 3015315 ގުޅައިގެން މައުލޫމާތު ސާފުކުރެއްވޭނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް