ދިއްފުށީ ފަޅުގައި އަޅާފައި އޮއްވާ ގެއްލިގެން ހޯދަމުންދިޔަ ޑިންގީ ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ "އީކުއޭޓަރ ސްޓާރ 01" ސަފާރީގެ ޑިންގީ ވަނީ ފެނިފައި -- އެމްއެންޑީއެފް ފައިލް ފޮޓޯ

ކ. ދިއްފުށި ހުޅަނގު ފަރާތު ފަޅުތެރޭގައި އަޅާފައި އޮއްވާ ގެއްލިގެން ކޯސްޓްގާޑުން އިއްޔެ ހޯދަމުންދިޔަ "އީކުއޭޓަރ ސްޓާރ 01" ސަފާރީގެ ޑިންގީ ފެނިއްޖެއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު އިބްރާހިމް އާޒިމް ވިދާޅުވީ މިއަދު ހަވީރު 5:15ގައި ޑިންގީ މާލެ އައިސްފައިވާ ކަމަށާއި އަދި އެކަން ޑިންގީގެ ވެރިފަރާތުން ޔަގީން ކޮށްދީފައިވާ ކަމަށެވެ.

ޑިންގީ ފެނުނު އިރުވެސް އޭގެން ދަތުރުކުރި ތިން މީހުންވެސް ތިއްބެވެ. އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ޑިންގީއަކީ 18 ފޫޓް ދިގު، ނޫކުލައިގެ ބަރު ފަށަކާއި، ފަންސާސް ހޯސްޕަވަރުގެ ޔަމަހާ އިންޖީނެއް އަޅާފައިވާ ހުދު ކުލައިގެ ޑިންގީއެކެވެ.

ޑިންގީ ގެއްލިގެން ވެރިފަރާތުން ރިޕޯޓްކޮށްފައިވަނީ އިއްޔެ ހަވީރު 6:50 ގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

comment ކޮމެންޓް