ކޮންމެ ބަޔަކުވެސް ކޮޕީކުރަންވީ އައިފޯން އެކްސްގެ ގެސްޗާސް ފީޗާ!

އައިފޯނު އެކްސް--- ސަން ފޮޓޯ: ފަޔާޒު މޫސާ

އެޕަލްގެ އެންމެ ފަހުގެ ފޯނު އައިފޯނު އެކްސް އަކީ އެކުންފުންޏަަށް ވަފާތެރި ކަސްޓަމަރުންނަށް ދިން އަގުބޮޑު ހަދިޔާއެކެވެ. ނަމަވެސް އެ ފޯނުގެ ބައެއް ފީޗާސްތައް އެހާ ގަޔާ ނުވާކަމަށް ބުނާ ފަރާތްތައްވެސް މަދެއް ނޫނެވެ. ހާއްސަކޮށް އޭގެ ޑިސްޕްލޭ އާ ކެމެރާ، ފޯނުގެ އަގާ ބަލާއިރު ފެންވަރު ދަށްކަމަށް ގިނަބަޔަކު ބުނެއެވެ.

އައިފޯނު އެކްސްގެ އެންމެ ކަމުދާ ކަމަކަށް ފެނުނީ އޭގެ ހާޑްވެއާ އާ އެއްވެސް ގުޅުމެއް ނެތް ފީޗާއެކެވެ. އެއީ ފޯނުގެ ގެސްޗާސްއެވެ. އައިފޯނު އެކްސްގެ އެއްވެސް ފީޗާއެއް ބަޔަކުު ކޮޕީކުރަން ބޭނުންނަމަ ކޮޕީކުރަންވީ ގެސްޗާސް ފީޗާ އެވެ.

އައިފޯނުގެ ގެސްޗާސް ފީޗާއަކީ ހޯމް ބަޓަންގެ ބަދަލުގައި ހިމެނި ފީޗާއެކެވެ. އައިފޯނު އެކްސްގެ ގެސްޗާސް ފީޗާ ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައެވެ.

އައިފޯނު އެކްސް ދޫކޮށް އެންޑްރޮއިޑަށް ނޫނީ އެހެން އައިފޯނަކަށް ބަދަލުވާމީހާވެސް މި ފީޗާ މަތިން މިސްވާނެ ކަމަށްވެއެވެ. އެޕް ސްވިޗް ކުރާއިރު ކުރިމަތިވާ ބޮލުގައި ރިހުންވެސް ގެސްޗާސްއާއެކު ކެނޑުނު ކަމަށް އައިފޯނު އެކްސް ބޭނުންކުރާ މީހުން އަންނަނީ ބުނަމުންނެވެ.

ވަން ޕަލްސް 5ޓީ އަށް އަަލަށް ލިބުނު އަޕްޑޭޓާއެކު ވަންޕްލަސް5ޓީގައި ވެސް މި ކަހަލަ ފީޗާއެއް ވަނީ މިހާރު ހިމަނައިފައެވެ. ނަމަވެސް އަދި ވަން ޕްލަސްގައި މިފީޗާ އެހާ ފުރިހަމަ ނޫންކަމަށް ޓެކް ހަބަރުތައް ބުނެއެވެ.

comment ކޮމެންޓް