ކަލާފާނު ސްކޫލު ކައިރީގައި އޮތް ކާރެއްގައި ރޯކޮށްލައިފި

ކަލާފަނު ސްކޫލު ކައިރީގައި އޮތް ކާރެއްގައި އަލިފާން ރޯކޮށްލުމުން އެމްއެންޑީއެފް އިން ހަރަކާތްތެރި ވަނީ-- ސަންފޮޓޯ/ ފަޔާޒު މޫސާ

ބުރުޒުމަގު ކަލާފާނު ސްކޫލު ކައިރީގައި އޮތް ކާރެއްގައި ރޯކޮށްލައިފިއެވެ.

މި ހާދިސާ ހިނގުމާއެކު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ވަނީ އެ ސަރަހައްދަށް ގޮސް ކާރުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައެވެ. އަދި މި ސަރަހައްދުގައި މިހާރު ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި މިރޭ 4:20 އެހައިކަންހާއިރު ރޯކޮށލާފައި ވަނީ ޓެކްސީއެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ކާރެއްގައެވެ. އަލިފާން ރޯކޮށްލުމުން އެ ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން ކާރުގެ ކުރީކޮޅު ވަރަށް ބޮޑަށް އަނދާފައިވާއިރު އޭގެ ބިއްލޫރިގަނޑު ވަނީ ތަޅާލާފައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

ކަލާފަނު ސްކޫލު ކައިރީގައި އޮތް ކާރެއްގައި އަލިފާން ރޯކޮށްލުމުން ފުލުހުން ހަރަކާތްތެރި ވަނީ-- ސަންފޮޓޯ/ ފަޔާޒު މޫސާ

މީގެ ކުރިން މިދިޔަ އަހަރު ހަމަ އެ ސަރަހައްދުގައި ކާރެއްގައި ރޯކޮށްލާފައިވެއެވެ. އަދި ބުރުޒުމަގުގައި ޕާކްކޮށްފައި އޮތް އެހެން ކާރެއްގައި ވެސް މިދިޔަ އަހަރު ރޯކޮށްލިއެވެ. ހަމައެހެންމެ ޖަނަވަރީ މަގުގައި ޕާކްކޮށްފައި އޮއްވައި ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ ކާރުކޮޅުގައި ހުޅުޖަހައި ވަނީ އަންދާލާފައެވެ. މިއިން އެއްވެސް މައްސަލެއްގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެއެވެ.

comment ކޮމެންޓް