ކ. ދިއްފުށި ހުޅަނގު ފަރާތު ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގެ ޑިންގީއެއް ތިން މީހުންނާ އެކު ގެއްލިއްޖެ އެވެ.
"އީކުއޭޓަރ ސްޓާރ 01" ނަމަކަށްކިޔާ މި ޑިންގީގެ ހަބަރެއް ނުވެގެން އެ ޑިންގީ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގުން މިހާރު ވަނީ ފަށައިފަ އެވެ.
އެމްއެންޑީއެފް އިން ބުނީ އެ ޑިންގީ ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ އިއްޔެ ހަވީރު 18:50 އެހައިކަންހާއިރު ކަމަށެވެ. އެ ޑިންގީގެ ހަބަރެއް ނުވެގެން ހޯދުމުގެ މަސައްކަތް އެސަފާރީގެ ވެރިފަރާތުން ފަށާފައި ވަނީ އިއްޔެ ހެނދުނު 06:00 ހާއިރުން ފެށިގެންނެވެ.
ތިން މީހުންނާ އެކު ހަބަރެއް ނުވެގެން ހޯދަމުންދާ އެ ޑިންގީ އަކީ 18 ފޫޓް ދިގު، ނޫކުލައިގެ ބަރު ފަށަކާއި ފަންސާސް ހޯސްޕަވަރުގެ ޔަމަހާ އިންޖީނެއް އަޅާފައިވާ ހުދު ކުލައިގެ ޑިންގީއެއް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ބުނެފަ އެވެ.