Last Updated: 6 year 2 month ago

ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރުކުރުމަށް ހުށަހަޅުއްވައިފި

  • ގަރާރާ މެދު ގައުމީ ސަލާމަތު ކޮމިޓީގައި މަޝްވަރާކުރަނީ
  • ގަރާރު މަޖިލީހުން ފާސްކުރާ އިރު 43 މެމްބަރުން ތިބޭނެ: ނިހާން
  • ގޮނޑި ގެއްލުނުކަމަށް ބުނާ 12 މެމްބަރުންނަށް ޖަލްސާއަށް ނުވަދެވޭ
ބުލޮގު ޚުލާސާ

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނީ 15 ދުވަހުގެ މުއްދަތަށް. މިއާއެކު ގާނޫނު އަސީން ލިބިދީފައިވާ ބައެއް ހައްގުތަކާއި ބައެއް ގާނޫނުތައް ވަނީ ހިފަހައްޓައިފައި.

އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް

މަޖިލިސް ތެރޭގައި ސަރުކާރުގެ އަގުލަބިއްޔަތު ގެއްލިގެނެއް ނުދޭ
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު

ރައީސް އައިސް ބަޔާން ނުއިއްވާ ހިނދަކު މަޖިލީހެއް ނުހުޅުވޭނެ
14:45 ފާތިމަތު ސައީދު
ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު

ގަރާރާ މެދު ހިތްހަމަ ނުޖެހޭ ބަޔަކު މަޖިލީހުގެ ތަޅުމަށް ހާޒިރުވެ ނޫނެކޭ ބުނާނެ. އިދިކޮޅު މެމްބަރުން މަޖިލީހަށް ހާޒިރު ނުވާތީ އޭގެ މާނައަކީ އެބޭފުޅުން ހިތްހަމަ ނުޖެހެނީއޭ ވެސް ނޫނޭ
14:42

ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު

ޕީޕީއެމްގެ އެއް މެމްބަރު ފިޔަވައި ހުރިހާ މެމްބަރުން މަޖިލީހަށް މިއަދު ހާޒިރުވި
14:41 އައިޝަތު ފަރީޙާ

https://sun.mv/101572

ކުއްލި ނުރައްކަލުގެ ހާލަތު ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި މައްސަލަ މަޖިލީހުގެ ގައުމީ ސަލާމަތީ ކޮމެޓީގެ އަގުލަބިއްޔަތުން ފާސްކޮށްފި

ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ

މަޖިލިސް ޗުއްޓީގައި އޮންނަ އިރު އިދިކޮޅު ފަރާތްތަކަށް އަގުލަބިއްޔަތު އޮންނާނެ. މަޖިލިސް ހިނގާއިރު އަޣުލަބިއްޔަތު އޮންނާނީ އަޅުގަނޑުމެންގެ.
14:32 މާހިލް މުހައްމަދު

ޕީޕީއެމްއިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް ފަށައިގެން ކުރިޔަށް އެބަދޭ.

ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު

ކޮމިޓީން ގަރާރާ ގުޅޭ މަސައްކަތް ނިންމައި މަޖިލީހަށް ހުށަހަޅައިގެން ފާސްކުރާއިރު 43 މެމްބަރުން މަޖިލީހުގެ ތަޅުމުގައި ތިބޭނެ
14:18 ފާތިމަތު ސައީދު

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކުރާއިރު ނުވަތަ ބަަދަލެއް ގެނެސް މުއްދަތު އިތުރުކޮށް މަޖިލީހުން ފާސްކުރާއިރު 43 މެމްބަރުން މަޖިލީހުގައި ހާޒިރުވެ ތިބެންޖެހޭނެކަން ގަބޫލުކުރައްވާ ކަމަށް ނިހާން ވިދާޅުވި

14:18 ފާތިމަތު ސައީދު

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު 'ސަން' އަށް ވިދާޅުވީ މިއަދު މަޖިލީހުން ބޭއްވީ އާންމުކޮށް މަޖިލީހަށް ހުށަހަޅާ ކަމެއް ބަލައިގަތުމަށް ބާއްވާ ޖަލްސާއެއް ކަމަށް. އަދި އެއީ ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބުނާ ފަދަ ނިންމުމެއް ނިންމަން ބޭއްވި ޖަލްސާއެއް ނޫން ކަމަށް.

14:09 މުޙައްމަދު ސަމާޙު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން

ގައުމީ ސަލާމަތު ކޮމިޓީ ބައްދަލުވުން ފަށައިފި. ކޮމިޓީ ކުރިޔަށް ދަނީ ސިއްރުކޮށްގެން.

14:00 އަފްރާހް އަބްދުއްރަޝީދު

އިދިކޮޅު މެމްބަރުން ވިދާޅުވަމުން ދަނީ މިއަދުގެ ޖަލްސާއަށް ނުދިޔައީ ގާނޫނާ ޚިލާފަށް ކުރާ ކަމަކަށް ގާނޫނީ ހައިސިއްޔަތު ދޭން ބޭނުން ނުވާތީ ކަމަށް. އަދި ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ 12 މެމްބަރުން މަޖިލީހަށް ނުވައްދަން މަސައްކަތްކުރި ހުރިހާ ފަރާތަކުން ތިބީ ގާނޫނާ ޚިލާފުވެފައި ކަމަށް.

13:46 މާހިލް މުހައްމަދު

އިދިކޮޅު ފަރާތްތަކުން މިވަގުތު ދަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަމުން.

13:39 ފާތިމަތު ސައީދު

ގައުމީ ސަލާމަތު ކޮމިޓީގެ ބައްދަލުވުން 2:00 އަށް ތާވަލުކޮށްފި.

ކޮމިޓީއަށް ހުށަހަޅާފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަށް އިތުރުކުރުމުގެ މައްސަލަ.

11:50

11:50 ފާތިމަތު ސައީދު

މެމްބަރު ނިހާން ހުށަހެޅުއްވި ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަށް އިތުރުކުރުމުގެ މައްސަލަ ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވުމަށް މަޖިލީހަށް ހާޒިރުވެ ތިބި 38 މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފި

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް މަޖިލީހުގެ އިދާރާ ސަރަހައްދުން

ދައުރުން ބޭރުގައި ޖަލްސާ ބާއްވައިގެން އެ ކުރަނީ ގާނޫނާ ޚިލާފު ކަމެއް
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
11:41 ފާތިމަތު ސައީދު

ބަހުސްގެ މަރުހަލާ ނިމުނުކަން މަޖިލީހުން ނައިބު ރައީސް މޫސާ މަނިކު އިއުލާނުކުރައްވައިފި

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު

ގަރާރުގެ ވަކި މާއްދާތަކެއް ބަލައިގަނެ ވަކި މާއްދާތަކެއް ބަލައިނުގަތުމުގެ ބާރު މަޖިލީހަށް ލިބިގެންވޭ. އަޅުގަނޑު އުންމީދު ކުރަން އެ ބަދަލުތައް ކޮމިޓީން ގެންނަވާނެ ކަމަށް ތަޅުމަށް ހުށަހެޅުމުގެ ކުރިން
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު

https://sun.mv/101563

ކުއްލި ހާލަތުގެ ގަރާރުގެ ދަށުން މަޖިލީހަށް ލިބިގެންވާ ބައެއް ބާރުތަކާއި އަދުލު އިންސާފުގެ ދާއިރާއަށް ލިބިގެންވާ ބާރުތައް ހިފެހެއްޓޭނެ ކަމަށް ގަބޫލެއް ނުކުރަން. އެހެންވީމަ ގަރާރުގެ ބައިތަކަށް ކޮމިޓީން އިސްލާހު ގެނައުމަށް އަޅުގަނޑު އެދެން.
11:35 ފާތިމަތު ސައީދު

ކުއްލު ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަށް އިތުރުކުރަން ހުށަހެޅި ހުށަހެޅުން ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވަން ނިހާން ވަނީ ހުށަހަޅުއްވާފައި. އަދި އެ ހުށަހެޅުއްވުމަށް ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފު ވާނީ ތާއީދު ކުރައްވާފައި.

ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު

ހިތާމައާއެކު ފާހަގަކޮށްލަން ޖެހޭ. ބައެއް މެމްބަރުން މިކަމުގައި ބައިވެރި ނުވާކަން. ރައްޔިތުން ހާލުގައި ޖެހުނު ދުވަހު ބޮލާލާ ޖެހުން ކަހަލަ ކަމެއް.
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންނާއި، ގޮނޑިގެއްލުނު ކަމަށް ކަނޑައަޅާފައިވާ ބައެއް މެމްބަރުން މަޖިލީސް ހިމެނޭ ސަރަހައްދުގައި މަގުމަތީގައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ

ގައުމަށް މިއަދު ކުރިމަތިވި މައްސަލަ ކުރިމަތިވީ ގައުމަށް ގައްދާރުވި ބައެއްގެ ސަބަބުން. އެއީ ޕާޓީ ބަދަލުކޮށް ދިޔަ މަޖިލިސް މެމްބަރުންގެ ސަބަބުން. 12 މެމްބަރުން ވަނީ ގައުމަށް ގައްދާރުވެފައި.
11:27 އައިޝަތު ފަރީޙާ

https://sun.mv/101562

ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރުކުރުމަށް ހުށަހެޅުއްވީ ހާލަތަށް ހެޔޮ ބަދަލެއް އައިސްފައި ނުވާތީކަމަށް ރައްޔިތުންގެ މަޖިލީހަށް އެމަނިކުފާނު ފޮނުއްވި ސިޓީގައިވޭ.

11:25 ފާތިމަތު ސައީދު

މިއަދު ވޯޓުގައި ބައިވެރިނުވާ ކޮންމެ މެމްބަރަކީ ގައުމަށް ގައްދާރުވި މީހެއް ކަމަށް ރިފާއު ވިދާޅުވި. އަދި ގައުމަށްޓަކައި ޕީޕީއެމް އެމްޑީއޭގެ މަޖިލިސް މެމްބަރުން ނުކުންނާނެކަން ފެނިގެންދާނެ ކަމަށް ވިދާޅުވި

މާފަންނު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު

ގައުމު ދެކެ ލޯބިވާ ބައެއްގެ ހައިސިއްޔަތުން ގައްދާރުންގެ ދިފާއުގައި ނުކުތުމަކީ އަޅުގަނޑުމެންގެ ވާޖިބެއް. އަޅުގަނޑުމެންނަށް މި ފެންނަނީ ގައުމުގައި ވެރިކަން ކޮށްފައި ތިބި ބަޔަކު އެހެން ގައުމުތަކުގެ ހާއިނުން މިގައުމަށް އަރަން ގޮވާލާ މަންޒަރު. އެހެން ގައުމެއްގެ ޑިފެންސް މިނިސްޓަރާ ބައްދަލުކުރާ މަންޒަރު
މާފަންނު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު

އަޅުގަނޑުމެން ހުރިހާ ދިވެހި ރައްޔިތުންގެ ކިބައިން މި އެދެނީ މިގައުމު ސަލާމަތް ކޮށްދޭށޭ
11:20 ފާތިމަތު ސައީދު

ކުއްލި ނުރައްކަލުގެ މުއްދަތު 30 ދުވަހުގެ މުއްދަތަށް އިތުރު ކުރަން މަޖިލީހަށް ހުށަހަޅައިފި

11:16

11:15 ފާތިމަތު ސައީދު

އިދިކޮޅު މެމްބަރުން މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކޮށްފި

އިދިކޮޅު މަޖިލިސް މެމްބަރުން ޖަލްސާ ބޮއިކޮޓް ކުރަން ނިންމާފައިވާކަމަށް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ.

މަހުލޫފު ވިދާޅުވީ ބޮއިކޮޓް ކުރަން ނިންމީ އެއީ ގާނޫނާއަސާސީއާ ހިލާފަށް ބާއްވާ ޖަލްސާއަކަށް ވަތީ ކަމަށް.

ރައްޔިތުން އަމަލުކުރަން ކުރަން ޖެހޭ ކަމެއް މަޖިލީހުން ނިންމާއިރު 43 މެމްބަރުން މަޖިލީހަށް ހާޒިރުވެ ތިބެން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ ކަމަށް މަހުލޫފު ވިދާޅުވި.

11:12

11:07 ފާތިމަތު ސައީދު

މަޖިލީިހުގެ އަމީން އާންމުގެ ނައިބު މިވަގުތު ދަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު މަޖިލީހަށް ހުށަހަޅުއްވަނީ.

11:06 ފާތިމަތު ސައީދު

އިދިކޮޅު މެމްބަރުން މިއަދުގެ ޖަލްސާއަށް މަޖިލީހަށް ހާޒިރުވި ނަމަވެސް އަދި ޗަމްބަރު ތެރެއަށް ވަދެވަޑައެއް ނުގަންނަވާ

11:03 ފާތިމަތު ސައީދު

މަޖިލީހުގެ ޖަލްސާގައި މިވަގުތު ހާޒިރުވެ ތިބީ 39 މެމްބަރުން

11:00 ފާތިމަތު ސައީދު

މަޖިލީހުގެ ޖަލްސާ ފަށައިފި.

10:59 މުޙައްމަދު ސަމާޙު

މި ޖަލްސާއަށް، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މެމްބަރުންގެ ތެރެއިން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އަދި މަޑުއްވަރީ ދާއިރާގެ މެމްބަރުން މުހައްމަދު އަމީތު ވަނުމަށް މަސައްކަތް ކުރި.

އެހެން ނަމަވެސް ނަމަވެސް ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކުން އެ މެމްބަރުންނަށް ނުވަދެވޭނެ ކަމަށް އެންގި.

އެ މެމްބަރުންނަށް މަޖިލީހުން ޖަލްސާ ފުރަތަމަ އެޖެންޑާކޮށް ދައުވަތު ދިން ނަމަވެސް ސުޕްރީމް ކޯޓުން އެއީ މެމްބަރުން ކަމަށް ބުނެ ކުރި ހުކުމް ތަންފީޒު ކުރުން ފަސްކުރަން އަމުރު ކުރުމުން ދައުވަތު ވަނީ އަނބުރާ ގެންގޮސްފައި

މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ފުލުހުން ބަންދުކޮށްފަ ވާ ސަރަހައްދަށް ވަނުމުން ނުކުންނަން އަންގަނީ --- ސަންފޮޓޯ/ މުހައްމަދު ސަމާހު
10:58 ފާތިމަތު ސައީދު

https://sun.mv/101559

މަޖިލީހުގެ އިދާރާ ހިމެނޭ ހުރިހާ މަގެއް ވަނީ ބަންދުކޮށް، އެސަރަހައްދުގެ ސެކުއިރިޓީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައި

18:11

https://sun.mv/101308

ރާއްޖޭގެ ބޮޑު ކުންފުންޏަކުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދަށް ދިން 2.4 މިލިއަން ޑޮލަރުގެ ލޯނުގެ މަންފާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހޯއްދެވި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި

18:09

https://sun.mv/101305

ގާނޫނީ ގޮތުން އުފެދިފައިވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބޭފުޅުން ފުލުހުންގެ ތަހްގީގަށް އެއްބާރުލުން ނުދޭ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި

އަހުމަދު ޝިފާން، ފުލުހުންގެ ތަރުޖަމާނު

ނަޖްމާ އިބްރާހިމްގެ ގެއިން ފެނުނު ކަޅު ފޮށިން ވަނީ މިކަމާ ގުޅޭ ވަރަށް ގިނަ ކިތާބީ ހެއްކާއި ގަރީނާ ލިބިފަ. މީގެ ތެރެއިން އެއް ޑޮކިއުމެންޓަކުން ވަރަށް ސާފުކޮށް އަޅުގަނޑުމެނަށް އެނގެން އެބައޮވޭ ފާރިސް މައުމޫން، މައުމޫން އަބްދުލް ގައްޔޫމް މެދުވެރިކޮށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ ސައީދާއި އަލީ ހަމީދު ބައްދަލުކޮށް ސުޕްރީމް ކޯޓުގެ ނިންމުންތަކަށާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރިކަން އަޅުގަނޑުމެނަށް ވަނީ ފާހަގަކުރެވިފައި.
އަހުމަދު ޝިފާން، ފުލުހުންގެ ތަރުޖަމާނު

މީގެ އިތުރުން ރިޝްވަރުގެ ގޮތުގައި ލިބިފައިވާ ފައިސާ ބޭނުން ކޮށްގެން ރާއްޖެއިންނާއި ރާއްޖޭން ބޭރުން އަގުބޮޑެތި ޕްރޮޕަޓީސް ގަތުމަށް އެތަންތަން ބަލަން ދަތުރުކޮށް އެ ތަންތަނަށް ޒިޔާރަތްކޮށް މި ވިޔަފާރިތައް މި ގޮތަށް ހިންގާކަމުގެ ކިތާބީ ހެކި ވަނީ ލިބިފަ. މީގެ އިތުރުން އަބްދުﷲ ސައީދުގެ މައްޗަށް ކުރޭ އަނެއް ތުހުމަތަކީ ދައުލަތް ހިންގުމަށް ގަސްތުގައި ހުރަސް އަޅައި، އަދި މިކަންކަން މިގޮތަށް ކުރުމަށް ސުޕްރީމް ކޯޓުގެ އައިޓީ ވިއުގަ ހުއްޓުމަކަށް ގެނައުމަށް މަސައްކަތް ކޮށްފައިވަނީ ސީދާ އަބްދުﷲ ސައީދުގެ އަމުރުގެ ދަށުން ކަމަށް ވަނީ ޔަގީން ކުރެވިފައި.
އަހުމަދު ޝިފާން، ފުލުހުންގެ ތަރުޖަމާނު

ރާއްޖޭގެ ބޮޑު ކުންފުންޏަކުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނާޖާއިޒް މަގްސަދެއް ހިމެނޭ ގޮތަށް ދިން ކަމަށް ތުހުމަތު ކުރެވޭ 2.4 މިލިއަން ޑޮލަރުގެ އެއް ބެނިފެޝަރީ އަކީ އަބްދުﷲ ސައީދުކަން އަޅުގަނޑުމެންގެ ތަހުގީގަށް ވަނީ ޔަގީން ކުރެވިފައި.
އަހުމަދު ޝިފާން، ފުލުހުންގެ ތަރުޖަމާނު

މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފަ. މީގެ އިތުރަށް ފުލުހުންގެ ތަހުގީގަށް ބަންދުކުރެވިފައިވާ ފަރާތްތައް ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ނުދޭކަން ފާހަގަކޮށްލަން. އެގޮތުން މި މައްސަލާގައި ހެކި ދިނުމަށް ބައެއް ފަރާތްތަކުން އިންކާރުކޮށްފައިވާތީ އެ ފަރާތްތައް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅަމުންދާ ކަމުގެ މައްސަލަ ތަހުގީގުކޮށް މި ހަފްތާ ތެރޭގައި ޕީޖީ އަށް ފޮނުވުމުގެ މަސައްކަތް ކުރަމުން މިދަނީ.
އަހުމަދު ޝިފާން، ފުލުހުންގެ ތަރުޖަމާން

ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ގާނޫނާ ހިލާފަށް ވައްޓާލަން އުޅުމުގެ ތުހުމަތުގައި މިހާތަނަށް ހައްޔަރުކޮށްފައިވާ ފަރާތްތަކަކީ، މައުމޫން އަބްދުލް ގައްޔޫމް، އަބްދުﷲ ސައީދު، އަލީ ހަމީދު މުހައްމަދު، ހަސަން ސައީދު ހުސައިން، އަބްދުﷲ ސިނާން، އިލްހާމް އަހުމަދު، އިބްރާހިމް ސިޔާދު ގާސިމް، ފާތިމަތު ނާސިރާ، އަހުމަދު ފާރިސް މައުމޫން، ނަޖުމާ އިބްރާހިމް، މުހައްމަދު އަޒްމީ، މުހައްމަދު ނަދީމް، ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ބޮނިއާ ސުދާގަރު. މިއީ މިވަގުތު ފުލުހުންގެ ބަންދުގައި ތިބި މި މައްސަލާގައި ސުވާލު ކުރަމުންދާ ފަރާތްތައް
16:15 މޯލްޑިވްސް ޕޮލިސް ސަރވިސް

15:53 އެމްއެންޑީއެފް

އިންޑިއާއިން ރާއްޖެއަށް ސިފައިންނެއް ނުފޮނުވާނެ: އެމްއެންޑީއެފް

އިންޑީއާއިން ރާއްޖެއަށް ސިފައިން ނުފޮނުވާނޭ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން ބުނެފި.

ޑިފެންސުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ދިވެހިރާއްޖެއާ އިންޑިއާ އަކީ، ޒަމާނުއްސުރެ ވަރަށް ބަދަހި ގުޅުމެއް ގާއިމުކުރެވިފައިވާ އަދި މިހާރުވެސް އެ ގުޅުން ދަމަހައްޓަމުންދާ ދެ ގައުމަށް ވާތީވެ، އިންޑިއާއިން ސިފައިން ރާއްޖެއަށް ނުފޮނުވާނޭ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ސަރުކާރަށް ލިބިފައިވާ ކަމަށެވެ. އަދި މިފަދަ ވާހަކަތަކަކީ، އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގުޅުމާ މެދު ސުވާލުއުފެއްދުމުގެ ނިޔަތުގައި ދައްކާ ވާހަކަތަކަކަށް ވުމާއެކު އެފަދަ ވާހަކަތައް ނުދެއްކުމަށް އިލްތިމާސް ކުރާ ކަމަށެވެ.

15:51 މުއާވިޔަތު އަންވަރު

ސަރުކާރު ވައްޓާލަން އުޅުނު މައްސަލާގައި 13 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި

15:40 މުއާވިޔަތު އަންވަރު

ފުލުހުން ބާއްވާ ނިއުސް ކޮންފަރެންސެއް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފެށޭނެ

15:20 މޯލްޑިވްސް ޕޮލިސް ސަރވިސް

މިހާރު ކުރިއަށްދާ ތަހުގީގުތަކާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދިނުމަށް މިއަދު 3:45ގައި އިސްކަންދަރު ކޮށީގައި ޕްރެސް ކޮންފަރެންސެއް ބާއްވަނީ.

14:05 ފާތިމަތު ސައީދު

https://sun.mv/101285

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެން ފުލުހުން ބަންދުކޮށްފައި ތިބޭ މީހުންނާއި އެ މީހުންގެ ވަކީލުންނާ ބައްދަލު ކުރަން ލިބޭނީ ދުވާލަކު 30 މިނިޓް ކަމަށް ފުލުހުން ބުނެފި.

  • ވަކީލުންނާ ބައްދަލުވުން ލިބެނީ ތަހުގީގު ސުވާލު ނުކުރާ ދުވަސްތަކުގައި.
  • ވަކީލުންނާ ބައްދަލު ނުވާ ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަ: ފުލުހުން.
  • އާންމުކޮށް ވަކީލު ބައްދަލުވުމަށް ދެ ގަޑިއިރު ދޭ.
14:04 މާހިލް މުހައްމަދު

https://sun.mv/101281

އިންޑިއާ އިން ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވާ ނަމަވެސް، ޗައިނާއިން ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން ޝައުގުވެރިވާ ކަމަށާއި އެކަމަށް ވެސް ފުރުސަތު ދޭން ޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ.

14:03 ފާތިމަތު ސައީދު

https://sun.mv/101279

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ސްރީލަންކާގެ ޕޮނިއާ ސުދާގަރަށް ވަކީލެއްގެ ފުރުސަތު ނުދޭ ކަމަށް ބުނެ މައްސަލާގައި ސްރީލަންކާގެ ބައިވެރި ވުމަށް ވަކީލުން އެދެފި.

14:03 މުއާވިޔަތު އަންވަރު

https://sun.mv/101277

ސަރުކާރުން އިސްތިއުފާ ދޭން ތައްޔާރަށް ހުންނެވި ކަމުގެ އިޝާރާތެއް ކުރައްވައި، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ޗުއްޓީއަށް ވަޑައިގެންފި.

14:02 ރުގިއްޔާ މުހައްމަދު މޫސާ

https://sun.mv/101280

ރާއްޖޭގެ ހާލަތު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި އިންޑިއާއިން ރާއްޖެއަށް ސިފައިން ފޮނުވަން ނިންމައިފި ނަމަ ޗައިނާއިން އެކަން ހުއްޓުވާނެ ކަމަށް އެގައުމުން ބުނެފި.

23:31

https://sun.mv/101262

އިދިކޮޅު ފަރާތްތަކުން އަންން ހުކުރު ދުވަހު ބާއްވާ ބޮޑު އެއްވުމުގައި ބައިވެރިވާން އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން މާލެ ނައުމަށް ސަރުކާރު ހިންގާ ޕީޕީއެމުން ގޮވާލައިފި

18:07

https://sun.mv/101251

އަންނަ ހުކުރުދުވަހު ރާއްޖޭގެ އެކިކަންކޮޅު ތަކުގައި މީހުން އެއްވެ ހަމަނުޖެހުން ހިންގައި، ގައުމު ހަލަބޮލިކޮށްލައި ސަލާމަތީ ބަރުތަކާއި ކުރިމަތިލާން ރާވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ސަލާމަތީ ބާރުތަކުން ބުނެފި

17:38 މުޙައްމަދު ސަމާޙު

ރާއްޖޭގެ އަމާންވެށި މިގޮތުގައި ދެމެހެއްޓުމަށް ފުލުހުންނާއިއެކު މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ބުނެފި

17:37 މުޙައްމަދު ސަމާޙު

ގައުމުގެ އަމަންއަމާންކަން ނަގާލައި ގައުމު ހަލަބޮލި ކުރުމަށް ކުރާ ކަންކަން ފުލުހުން ބަލައެއް ނުގަންނާނެ ކަމަށާއި އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކުރާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި

17:37

ގައުމު ހަލަބޮލިކޮށް ހަމަނުޖެހުމަށް ހިތްވަރު ދޭ މީހުންގެ މައްސަލަ ބަލާ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި

17:36 މުޙައްމަދު ސަމާޙު

މި މަހުގެ 19 ވަނަ ދުވަހު ސަލާމަތީ ބާރުތަކާއި ކުރިމަތިލައި ގައުމު ހަލަބޮލި ކުރަން ރާވާފައިވާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖަންސަށް ލިބިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި

17:35 މުޙައްމަދު ސަމާޙު

މި މަހުގެ 16 ވަނަ ދުވަހު މާލޭގައި އެއްވުމެއް ބާއްވަން ނިންމާފައިވާތީ އެކަން ކުއްވެރިކުރާ ކަމަށް ސަލާމަތީ ބާރުތަކުން ބުނެފި

17:34 މުޙައްމަދު ސަމާޙު

ރޭ އައްޑޫސިޓީގެ ދެ ގެއަކާ ތަނެއް ރޯކޮށްލާފައިވަނީ ހަމަނުޖެހުން ނަގާލައި ހަލަބޮލި ކުރުމަށް ކަމަށާއި އެ މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި

17:33

ކުއްލި ހާލަތު އިއުލާންކޮށްފައިވާ މި ދަނޑިވަޅުގައި އެއްވެ އުޅުމުގެ މިނިވަންކަން ލިބިދީފައިވީ ނަމަވެސް ހަމަނުޖެހުން ހިންގުމަށް ފުރުސަތު ނުދޭނެ ކަމަށް ސަލާމަތީ ބާރުތަކުން ބުނެފި

12:42

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދަށް 2.4 މިލިއަން ޑޮލަރުގެ ލޯނު އެހީ ދިނީ ޖުމުހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ "ވިލާ" ކުންފުނިން ކަން "ސަން"އަށް އެނގިއްޖެ އެވެ.

ފުލުހުން ރޭ ހާމަ ކުރި މައުލޫމާތުގައި އެ ސާވިސްގެ ތަރުޖަމާނު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ، އަލީ ހަމީދަށް ނިސްބަތްވާ ދަބަހަކުން 215،00 ޑޮލަރާއި 150،000 ރުފިޔާ ފެނިފައިވާ ކަމަށެވެ. މީގެ އިތުރުން އަލީ ހަމީދުގެ އާއިލާއަށް ކުރީގެ ރައީސް މައުމޫން ތަފާތު އެކި ގޮތްގޮތުން އެހީވަމުން އަންނަ ކަމަށް ތަހުގީގަށް ޔަގީން ކުރެވިފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

11:03

https://sun.mv/101223

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދަށް 2.4 މިލިއަން ޑޮލަރުގެ ލޯނު އެހީ ދިނީ ޖުމުހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ "ވިލާ" ކުންފުނިން ކަން "ސަން"އަށް އެނގިއްޖެ.

10:52 މުއާވިޔަތު އަންވަރު

https://sun.mv/101221

ބޮޑެތި ތުހުމަތުތަކެއްގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް އަދި ބައްޕާފުޅު މައުމޫން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ފުރަތަމަ ފަހަރަށް ދުންޔާ މައުމޫން ގޮވާލައްވައިފި.

10:46 އަފްރާހް އަބްދުއްރަޝީދު

https://sun.mv/101212

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އޮފީހުގެ މުވައްޒަފެއް ކަމަށްވާ ނަޖުމާ އިބްރާހީމްގެ ގެއިން ފެނުނު ކަޅު ފޮއްޓެއްގެ ތެރެއިން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް، އަހުމަދު ފާރިސް މައުމޫން މަސައްކަތް ކޮށްފައިވާކަމުގެ ކިތާބީ ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނެފި.

އަހުމަދު ޝިފާން، ފުލުހުންގެ ތަރުޖަމާނު

އަދިވެސް މި މައްސަލާގައި ފުލުހުންނަށް އެނގެން ބޭނުންވާ އަދި ތަހުގީގަށް ސާފުކޮށް އެނގެން ބޭނުންވާ ކަންކަން ހުރުމާއެކު، މިއިން އެއްވެސް ފަރާތެއް އެއްޗެއް ނުވަތަ މުދަލެއް ފޮރުވުމުގެ ނިޔަތުގައި ހަވާލު ކޮށްފައިވާ ނަމަ އަވަހަށް އެކަން ފުލުހުންނަށް އެންގުމަށް ގޮވާލަން.
އަހުމަދު ޝިފާން، ފުލުހުންގެ ތަރުޖަމާނު

އަދިވެސް މި މައްސަލާގައި ފުލުހުންނަށް އެނގެން ބޭނުންވާ އަދި ތަހުގީގަށް ސާފުކޮށް އެނގެން ބޭނުންވާ ކަންކަން ހުރުމާއެކު، މިއިން އެއްވެސް ފަރާތެއް އެއްޗެއް ނުވަތަ މުދަލެއް ފޮރުވުމުގެ ނިޔަތުގައި ހަވާލު ކޮށްފައިވާނަމަ އަވަހަށް އެކަން ފުލުހުންނަށް އެންގުމަށް ގޮވާލަން
އަހުމަދު ޝިފާން، ފުލުހުންގެ ތަރުޖަމާނު

މި މައްސަލައިގެ ތަހުގީގުތަކާއި ގުޅޭ ގޮތުން ކަމުގެ ހަގީގަތް އޮޅޭ ގޮތަށް މި ކަންކަމުގެ ހަގީގަތް ވަރަށް ސާފުކޮށް ފެނަން ހުރި އިރުވެސް ބައެއް ފަރާތްތަކުން ވާހަކަދައްކައި ސޯޝަލްް މީޑިއާގައި އެކި ސިފަސިފާގައި އެނބުރެމުންދާ ކަމަށް ވަރަށް ހިތާމައާއެކު ފާހަގަކުރަން
އަހުމަދު ޝިފާން، ފުލުހުންގެ ތަރުޖަމާނު

މި މައްސަލާގައި ތުހުމަތުކުރެވިފައިވާ ފަރާތްތައް ރާއްޖެއިން ބޭރުން އަގުބޮޑެތި މުދާގެ ގޮތުގައި ފްލެޓާއި އެޕާޓްމެންޓް ފަދަ ތަކެތި ގަނެފައިވާކަން ޔަގީންވާ ވަރަށްް ކިތާބީ ހެކި ވަނީ ލިބިފައި.
އަހުމަދު ޝިފާން، ފުލުހުންގެ ތަރުޖަމާނު

އެންދެރިމާގެއިން ސިއްރުން ނެރެގެން ގެންދިޔަ ކަޅު ފޮއްޓެއްގެ ތެރެއިން މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ހެކި ވަނީ ލިބިފައި. މި ކަޅު ފޮށީގެ ތެރެއިން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް ފާރިސް މަސައްކަތް ކޮށްފައިވާކަމުގެ ކިތާބީ ހެކި ލިބިފައިވޭ. މި ފޮށި ހޯދާފައިވަނީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި. މި ފޮށި ފެނިފައި ވަނީ އެންދެރިމާގެ އަދި ކުރީގެ ރައީސް މައުމޫންގެ އަރިހުގައި މަސައްކަތްކުރާ މިހާރު ފުލުހުންގެ ހައްޔަރުގައި ހުރި ނަޖްމާގެ ގެއިންކަން ޔަގީންކޮށް އަރުވަން
މޯލްޑިވްސް ޕޮލިސް ސާވިސްގެ ސްޕޯކްސް ޕާސަން އަހްމަދު ޝިފާން ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އަހުމަދު ޝިފާން، ފުލުހުންގެ ތަރުޖަމާނު

އަލީ ހަމީދަށް ނިސްބަތްވާ ދަބަހަކުން 2،15000 ޑޮލަރާއި 150،000 ރުފިޔާ ފެނިފައި. މީގެ އިތުރުން އަލީ ހަމީދުގެ އާއިލާ އަށް ކުރީގެ ރައީސް މައުމޫން ތަފާތު އެކި ގޮތްގޮތުން އެހީވަމުން އަންނަ ކަމަށް ތަހުގީގަށް ވަނީ ޔަގީން ކުރެވިފައި. މީގެ އިތުރުން އަލީ ހަމީދު ރިޝްވަތުގެ ފައިސާ ބޭނުން ކޮށްގެން ފްލެޓެއް ގަނެފައިވާ ކަމުގެ ކިތާބީ ހެކި ޔަގީން ކުރެވޭ ވަރަށް ވަނީ ލިބިފަ. ރާއްޖޭގައި ވިޔަފާރިކުރަމުން އަންނަ ބިޔަ ކުންފުންޔަކުން 2.4 މިލިއަން ޑޮލަރުގެ ލޯނު އެހީ އަލީ ހަމީދަށް ދީފައިވާކަމުގެ ކިތާބީ ހެކި ވަނީ ޔަގީންވާ ވަރަށް ލިބިފަ.
އަހުމަދު ޝިފާން، ފުލުހުންގެ ތަރުޖަމާނު

ހަސަން ސައީދު ހުސައިނަށް ތުހުމަތު ކުރެވޭ ކަންކަމަކީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި ރިޝްވަތުގެ ފައިސާ ދިނުމާއި ރިޝްވަތުގެ ގޮތުގައި ހޯދާފައިވާ ފައިސާއިން މަންފާ ހޯދުން. މިކަމާ ގުޅޭ ކިތާބީ ހެކި އެބަހުރި ކަން ޔަގީންކޮށް އަރުވަން.
އަހުމަދު ޝިފާން، ފުލުހުންގެ ތަރުޖަމާނު މޯލްޑިވްސް ޕޮލިސް ސަރވިސް

މި މައްސަލަގެ ތަހުގީގަށް ސުވާލު ކުރެވުނު މީހުން އަދަދު 30. މައްސަލައާ ގުޅޭ ހެކި ހޯދުމަށް 15 ތަނެއް ބަލާ ފާސްކޮށްފައިވާނެ.
އަހުމަދު ޝިފާން، ފުލުހުންގެ ތަރުޖަމާނު މޯލްޑިވްސް ޕޮލިސް ސަރވިސް

ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ގާނޫނާއި ހިލާފަށް ވައްޓާލަން މަސައްކަތް ކުރި މައްސަލާގައި ގުޅޭ މިވަގުތަށް ލިބިފައި ހުރި މައުލޫމާތު މި މައްސަލާގެ ތަހުގީގަށް ހައްޔަރު ކޮށްފައި ވަނީ މައުމޫން އަބްދުލް ގައްޔޫމް، އަބްދުﷲ ސައީދު، އަލީ ހަމީދު މުހައްމަދު، ހަސަން ސައީދު ހުސައިން، އިބްރާހިމް ސިޔާދު ގާސިމް، ފާތިތަމު ނާސިރާ، އަހުމަދު ފާރިސް މައުމޫން، އަބްދުﷲ ސިނާން އަދި މި މައްސަލާގައި ގއ. ގެމަނަފުށި އޯކިޑްމާގެ، އިލްހާމް އަހުމަދު ހޯދުމުގެ މަސައްކަތް ވެސް ފުލުހުން އަންނަނީ ކުރަމުން
21:47 މުޙައްމަދު ސަމާޙު

އަހުމަދު ފާރިސް މައުމޫން ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވި ކަމުގެ ޑޮކިއުމެންޓްރީ އެވިޑެންސް ލިބިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި

21:46 މުޙައްމަދު ސަމާޙު

ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ރިޝްވަތުގެ ފައިސާ ބޭނުންކޮށްގެން ފްލެޓެއް ގަނެފައިވާ ކަމުގެ މައުލޫމާތު ތަހުގީގަށް ލިބިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި

21:45 މުޙައްމަދު ސަމާޙު

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ހޯދަމުން ދަނީ ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި

21:43 މުޙައްމަދު ސަމާޙު

ސަރުކާރު ވައްޓާލަން އުޅުނު މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ މައުލޫމާތެއް ފުލުހުންނަށް ހިއްސާކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އެދެފި

21:42 މުޙައްމަދު ސަމާޙު

ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ އާއިލާ އަށް ތަފާތު އެކި ފަހަރުމަތިން ރައީސް މައުމޫން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި

21:41 މުޙައްމަދު ސަމާޙު

ފަނޑިޔާރުންނަށް ރިޝްވަތުދީ ނުފޫޒު ފޯރުވި މައްސަލައިގެ ކިތާބީ ހެކި ވަނީ ލިބިފައި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި

21:39 މުޙައްމަދު ސަމާޙު

ގާސިމްގެ ދަރިކަލުން ހައްޔަރުކުރީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ ބުނެފި

21:39 މުޙައްމަދު ސަމާޙު

ފުލުހުން ބާއްވާ ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ފަށައިފި

21:31 ފާތިމަތު ސައީދު

https://sun.mv/101200

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ތަރުޖަމާނު ފައިސަލް އާދަމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

21:12 އަފްރާހް އަބްދުއްރަޝީދު

https://sun.mv/101198

ވެރިކަމުގެ ދަހިވެތިކަމުގައި ގައުމުގެ އުސޫލާއި ހަމަތަށް ނައްތާލުމަށް ކުރާ މަސައްކަތާ ދެކޮޅަށް ސާބިތުކަން މަތީ ހުންނަވައި، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެ.

21:11 ފާތިމަތު ސައީދު

https://sun.mv/101197

އިއްޔެ ޒުވާނުން ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ދެ ކައުންސިލަރުން ފަސް ދުވަހަށް ޖަލު ބަންދު ކުރަން އަމުރުކޮށް ދެން ތިބި މީހުން ގޭ ބަންދަށް ލާން ކްރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފި.

21:10 އަފްރާހް އަބްދުއްރަޝީދު

https://sun.mv/101194

ބޭރު ގައުމެއްގެ ސިފައިން ރާއްޖެ އެރުމަށް ދިވެއްސަކު ތާއީދު ކުރުމަކީ އަމިއްލަ މެއަށް ވަޅި ހެރުން ކަހަލަ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ.

21:10 މުހައްމަދު ސިމާއު

https://sun.mv/101195

ފުލުހުންގެ ޗީފް ސުޕްރިޓެންޑެންޓުގެ މަގާމުގައި މިހާތަނަށް ހުންނެވި ހަމްދޫން ރަޝީދު، އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް (އޭސީޕީ)ގެ މަގާމަށް މިއަދު ހަމަޖައްސަވާފައިވާ ކަން "ސަން" އަށް އެނގިއްޖެ.

21:08 ފާތިމަތު ސައީދު

https://sun.mv/101189

ސުޕްރީމް ކޯޓަށާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވާ ސިޓީ ފަނޑިޔާރު އަބްދުﷲ އަރީފަށް އެޑްރެސް ކުރަން އަންގައި ސުޕްރީމް ކޯޓުން ސާކިއުލާއެއް ނެރެފި.

21:08 ފާތިމަތު ސައީދު

https://sun.mv/101187

ސަސްޕެންޑް ކޮށްފައިވާ ގާނޫނީ ވަކީލު ނާޒިލު އަފީފުގެ ސަސްޕެންޝަން އުވާލައި ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން އެކަން އަންގައިފި .

20:59 މުއާވިޔަތު އަންވަރު

https://sun.mv/101183

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެރިކަމުން ދުރުކުރަން ގޮވާލި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ފުލުސް އޮފީހަށް ހާޒިރުވުމަށް ހަތަރު ވަނަ ފަހަރަށް ޗިޓް ފޮނުވައިފި.

17:32 ފާތިމަތު ސައީދު

https://sun.mv/101185

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ އަނބިކަނބަލުން އައިމިނަތު މާޝާ ހަސަން ހައްޔަރުކޮށްފި.

14:18 މުއާވިޔަތު އަންވަރު

https://sun.mv/101176

ފުލުހުން ތަހްގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން މިދިޔަ ހުކުރު ދުވަހު، ހޯދަން އިއުލާންކޮށްފައިވާ، ދަނގެތީ ދާއިރާގެ މެމްބަރު އަހްމަދު އިލްހާމް އަހްމަދު އަދި ވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި.

14:12 މުއާވިޔަތު އަންވަރު

https://sun.mv/101180

ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރެވި ކަމުގެ ތުހުމަތުގައި ތަހުގީގަށް ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވަކީލުންނަށް، މިދިޔަ ހުކުރު ދުވަހުން ފެށިގެން އެމަނިކުފާނާ ބައްދަލު ނުކުރެއްވޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން، ރައީސް މައުމޫނުގެ ވަކީލުންނަށް އެމަނިކުފާނާ ބައްދަލުކުރެއްވުމުގެ ފުރުސަތު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ދީފި.

12:26 މާހިލް މުހައްމަދު

https://sun.mv/101169

ސުޕްރީމް ކޯޓުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަޒުލުކުރުމަށް، އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރަކު ދެކޮޅު ހެއްދެވި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި.

12:10

https://sun.mv/101165

ލޯޔަރުންނާއި އާއިލާގެ މެމްބަރުންނަށް ވެސް، ސަރުކާރު ވައްޓާލަން އުޅުމާއި ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ބައްދަލު ނުކުރެވޭނެ ކަމަށް ކަރެކްޝަނުން އަންގާފައިވާ ކަމަށް މައުމޫންގެ އާއިލާއިން ބުނެފި.

12:09 މުޙައްމަދު ސަމާޙު

https://sun.mv/101166

ބޭރުގެ އަސްކަރިއްޔާގެ އެހީތެރިކަން ހޯދަން ސަރުކާރުން، ބޭރުގެ ދައުލަތްތަކުގައި އެދިފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި.

12:04 މުހައްމަދު ސިމާއު

https://sun.mv/101154

ބޭރުގެ ކުލީ ސިފައިން ރާއްޖެ އަރަން ގޮވުމަކީ ދިވެހިން އެކަމަކާ ދެކޮޅު ހަދާ ކަމެއް ކަމަށާއި އަދި އެއީ އެކަމަށް ގޮވާލި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ހަޔާތް ނިމޭނެ ހިސާބު ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ.

09:59 މުޙައްމަދު ސަމާޙު

https://sun.mv/101159

މޯލްޑިވްސް ޕޮލިސް ސާވިސް ހިންގުމާ ހަވާލުވެ ހުންނެވި ޑީސީޕީ އަބްދުﷲ ނަވާޒާއި، ކުރިން އެ ސާވިސްގައި މަސައްކަތް ކުރެއްވި ބައެއް އޮފިސަރުން ހައްޔަރު ކުރަން އުޅޭ ކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް ކަަމަށް ފުލުހުން ބުނެފި.

01:22 މުހައްމަދު ސިމާއު

https://sun.mv/101153

ހައްޔަރުކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ގެ އަނބިކަނބަލުންގެ މައްޗަށް ރިޝްވަތާއި ޓެރަރިޒަމް ހިމެނޭ ގޮތަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފި

23:30 މުހައްމަދު ސިމާއު

https://sun.mv/101146

ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރާއްޖޭގެ އުއްތަަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވަގުތުން ދޫކޮށްލުމަށް އިދިކޮޅު އެމްޑީޕީން ގޮވާލައިފި

23:27 މުއާވިޔަތު އަންވަރު

https://sun.mv/101145

އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރު ކުރިއަށް ގެންދިޔަ މުޒާހަރާއިން ދެ ކައުންސިލަރަކާއެކު ފަސް މީހަކު ފުލުހުން ހައްޔަރުކޮށްފި

10:16 މުޙައްމަދު ސަމާޙު

ބޭރުގެ އަސްކަރިއްޔާ ގެންނަން ގޮވާލުމަކީ މާފަށް އެދެން ޖެހޭނެ ކަމެއް: ރައީސް ޔާމީން

ބޭރުގެ އަސްކަރިއްޔާތައް ރާއްޖެ ގެންނަން ގޮވާލައި ގައުމުގެ އިސްތިގުލާލަށް ބުރު އަރުވަން ގޮވާލުމަކީ ރައްޔިތުން ކިބައިން މާފަށް އެދެންޖެހޭ ކަމެއް ކަމަށް ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

"މަގޭ ގައުމު، މަގޭ ދީން" މި ނަމުގައި ރޭ ކާނިވާ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ބޭރުގެ އަސްކަރިއްޔާތައް ގެންނަން ގޮވާލުމަކީ ރައްޔިތުން ބަލައިގެނެގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެފަދަ މީހުން ރައްޔިތުންގެ ކިބައިން މާފަށް އެދެން ޖެހޭ ކަމަށެވެ.

"ބޭރުގެ އަސްކަރިއްޔާ ގެންނަން ބުނުމަކީ ރައްޔިތުން ކިބައިން މާފަށް އެދެން ޖެހޭ ކަމެއް. އެއީ ގާނޫނީ ކުށެއް،" ރައީސް ވިދާޅުވި އެވެ.

23:03

ޔާމީން އަބްދުލްޤައްޔޫމް|ރައީސުލްޖުމްހޫރިއްޔާ

ޔޫއެންގައި ރާއްޖެއަށް ފިޔަވަޅު އަޅަން މަސައްކަތް ކުރި، ނަމަވެސް އެކަން ކާމިޔާބު ނުވި
ޔާމީން އަބްދުލްޤައްޔޫމް|ރައީސުލްޖުމްހޫރިއްޔާ

ސުޕްރީމް ކޯޓުގެ އަމުރާ އެކު އަދީބު މާލެ ގެންނަން ލޯންޗަށް އެރުވި
22:45 މުޙައްމަދު ސަމާޙު

ސުޕްރީމް ކޯޓު ތައްޔާރުކުރީ ރައީސް އަޒުލުކުރަން ކަމަށް ރައިސް ޔާމީން ވިދާޅުވި

ޔާމީން އަބްދުލްޤައްޔޫމް|ރައީސުލްޖުމްހޫރިއްޔާ

އަސްކަރިއްޔާ ގެންނަން ބުނުމަކީ ރައްޔިތުންގެ ކިބައިން މައާފަށް އެދެން ޖެހޭ ކަމެއް
ޔާމީން އަބްދުލްޤައްޔޫމް|ރައީސުލްޖުމްހޫރިއްޔާ

ޕާޓީގެ ކަންކަން ހުއްޓިގެން ދިޔަ ހިސާބުން ޕީޕީއެމް އުފެދުނީ ދެ ދަންޑަހެލުން
ޔާމީން އަބްދުލްޤައްޔޫމް|ރައީސުލްޖުމްހޫރިއްޔާ

ދިވެހިރާއްޖޭގެ ކަންކަން ހައްލުކުރަން ބޭރުގެ އަސްކަރިއްޔާ އަންނާކަށް ދިވެއްސަކަށް ގޮވައެއް ނުލެވޭނެ. އެއީ ގާނޫނީ ކުށެއް
22:37

ފެބްރުއަރީ މަހުގެ އެކެއްގެ ކުރިން އެ ދުވަހު ހިނގި ކަންތައްތައް ހިނގަން އުޅޭކަން އެނގޭ މީހުން ތިބި ކަމަށް ނުދީސާކޮށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ

ޔާމީން އަބްދުލްޤައްޔޫމް|ރައީސުލްޖުމްހޫރިއްޔާ

ފެބްރުއަރީ އެކެއް އިރުއޮއްސިގެން މެންދަމާއި ހަމައަށް ދިޔައީ ގައުމު އަޅުވެތިކަމާ ދިމާލަށް
22:35 މުޙައްމަދު ސަމާޙު

ރޭ އެންޑީ ޓީވީގައި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ދެއްކެވި ވާހަކަފުޅާ ގުޅޭ ގޮތުން ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި

ޔާމީން އަބްދުލްޤައްޔޫމް|ރައީސުލްޖުމްހޫރިއްޔާ

ޝަޚްސު ހަރުދަނާކަމާއި ވިސްނުމުގެ ހަރުދަނާކަން ރައްޔިތުންނަށް ދައްކަން ޖެހޭ
ޔާމީން އަބްދުލްޤައްޔޫމް|ރައީސުލްޖުމްހޫރިއްޔާ

އަސްކަރިއްޔާގެ މަސައްކަތަށް ސާބަސް ދަންނަވަން ޖެހޭ
ޔާމީން އަބްދުލްޤައްޔޫމް|ރައީސުލްޖުމްހޫރިއްޔާ

އިލްމީ ބޭފުޅުންނާއި ފުންނާބުއުސް ލޯޔަރުންގެ އަޑު މިދިޔަ ހަފްތާގައި އަޑު ނީވުނީ ކިއްވެތޯ
ޔާމީން އަބްދުލްޤައްޔޫމް|ރައީސުލްޖުމްހޫރިއްޔާ

މީހަކު މީނާނެ މިންގަނޑަކީ މީހެއްގެ އަމަލުތަކުން އޭނާގެ އިޚްލާސްތެރިކަމުން. ރައްޔިތުންނަށް އޭނާ ކޮށްދޭ ކަންކަމުން
ޔާމީން އަބްދުލްޤައްޔޫމް|ރައީސުލްޖުމްހޫރިއްޔާ

ހަސަންތާޖުއްދީނަކީ ހިދުމަތްތަކެއް ގައުމަށް ކޮށްދެއްވި ބޭފުޅެއް. ނަމަވެސް އޭނާގެ ދެ ދަރިންނަކީ ގައުމަށް ޣައްދާރުވި ދެ މީހުން
ޔާމީން އަބްދުލްޤައްޔޫމް|ރައީސުލްޖުމްހޫރިއްޔާ

ދިވެހިރާއްޖެ ރަނގަޅު މިސްރާބަކަށް ދިޔުމަށް އަތުކުރި އޮޅާލަން ޖެހޭ
ޔާމީން އަބްދުލްޤައްޔޫމް|ރައީސުލްޖުމްހޫރިއްޔާ

ތާރީޚާ މެދު އަބަދުވެސް ވިސްނަން ޖެހޭ
22:18 މުޙައްމަދު ސަމާޙު

ޕީޕީއެމް ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަން ފައްޓަވައިފި

18:17 އަފްރާހް އަބްދުއްރަޝީދު

https://sun.mv/101100

ފުލުހުން ހޯދަން އިއުލާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ

17:49 މުއާވިޔަތު އަންވަރު

https://sun.mv/101097

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގަތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ހޯދަން ފުލުހުން އިއުލާން ކޮށްފި

17:47 މުއާވިޔަތު އަންވަރު

https://sun.mv/101095

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގަތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ހޯދަން ފުލުހުން އިއުލާން ކޮށްފި

11:51 މުއާވިޔަތު އަންވަރު

https://sun.mv/101087

ރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް އދއިން ވަނުމަށް ޗައިނާ ދެކޮޅު ކަމަށާއި އެ މައްސަލަތަކަށް ރާއްޖެއިން ހައްލު ހޯދޭނެ ކަމަށް ޗައިނާ ސަރުކާރުން ބުނެފި

11:24 ރުގިއްޔާ މުހައްމަދު މޫސާ

https://sun.mv/101086

ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ، ފޯނު މެދުވެރިކޮށް މަޝްވަރާ ކުރައްވައިފި

01:28 މުޙައްމަދު ސަމާޙު

https://sun.mv/101077

ބޭރުގެ ސިފައިން ގެނެސްގެން ރާއްޖޭގެ ވެރިކަން ވައްޓާލުމަށް ގޮވާލުމަކީ ޖަރީމާއެއް ކަމަށް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ޝާހީމް އަލީ ސައީދު ވިދާޅުވެއްޖެ.

01:14 އަހްމަދު އާޒިފް

https://sun.mv/101082/

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދު އަދި ރައީސް މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ގާނޫނާ ހިލާފަށް ހައްޔަރުކުރި ކަމަށް ބުނެ ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމައިފި.

00:15 މުއާވިޔަތު އަންވަރު
23:20 އަޙްމަދު މުޖްތަބާ

ރާއްޖެ ޓީވީގެ ޚިދުމަތް މެދުކަނޑާލުން

https://sun.mv/101076

މިނިވަން ނޫސްވެރިކަމުގެ މާހައުލެއް ނެތުމާއި ރާއްޖެ ޓީވީއަށް މެދު ނުކެނޑި އިންޒާރުތައް ލިބެމުން ދާކަމަށް ބުނެ އެ ސްޓޭޝަންގެ ޚިދުމަތް މެދުކަނޑާލައިފި.

21:31 އެމްއެންޑީއެފް

ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ މަޢުލޫމާތާއި ކޮންޓެންޓް ހާމަކުރާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނަން: އެމްއެންޑީއެފް

ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ މަޢުލޫމާތާއި ކޮންޓެންޓް ހާމަކުރާ ފަރާތްތަކާއިމެދު އިތުރު އިންޒާރެއް ދިނުމެއްނެތި ފިޔަވަޅު އަޅަމުންގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެފި.

19:25 މުހައްމަދު އައުޒަމް

https://sun.mv/101056

ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުންފަދަ، ދިވެހިރާއްޖެއަށް ދިމާވާ މިފަދަ ހިތާމަވެރި ކަންކަމުގައި އައްޑޫ ސިޓީީއަށް ނިސްބަތްވާ ބައެއްގެ ހިއްސާ އޮތުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް، ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ.

19:08 މުހައްމަދު ސިމާއު

https://sun.mv/101072

ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހާ ގުޅޭ ފަހުގެ މައުލޫމާތު ދިނުމަށް ރައީސްގެ ހާއްސަ މަންދޫބެއް އެންމެ ފުރަތަމަ ވެސް ފޮނުވަން ހަމަޖެހިފައި އޮތީ އިންޑިއާއަށް ކަމަށާއި ނަމަވެސް އެކަން ހަމަނުޖެހުނީ އިންޑިއާގެ ވެރިންގެ މަސައްކަތް ހުރި ގޮތުން ކަމަށް ސަރުކާރުން ބުނެފި.

18:59 އަފްރާހް އަބްދުއްރަޝީދު

https://sun.mv/101066

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ނުބާއްވާ ވަރުގެ މިނިވަން އިންތިހާބެއް މި އަހަރު އޮންނާނެ ކަމަށް ވެރިކަން ކުރާ ޕާޓީ، ޕީޕީއެމް އިން ބުނެފި.

18:57 މުޙައްމަދު ސަމާޙު

https://sun.mv/101069

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޝާޔަން ޝާހިދު ސަސްޕެންޑް ކޮށްފި. ސަސްޕެންޑު ކުރި ސަބަބެއް އަދި ނޭނގެ.

18:28 މުހައްމަދު ސިމާއު

https://sun.mv/101071

ދިވެހި ގައުމުގެ މިނިވަންކަމަށް އެއްވެސް މިންވަރަކަށް ބުރޫ އަރާނެ ފަދަ ބޭރުގެ އަސްކަރީ ނުފޫޒެއްގައި، އެމަނިކުފާނާއި ޖުމްހޫރީ ޕާޓީން ބައިވެރި ނުވާނެ ކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ.

18:01 މުއާވިޔަތު އަންވަރު
15:37

އެ ބައެއްގެ ހިޔާލަށް ރިސޯޓު ހަދަން ފަޅު ގަންނަ ފަދައިން ދިވެހި ދައުލަތް ނުގަނެވޭނެ ކަމަށް ރައީސުލްޖުމޫހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

"ގައުމަށް ޓަކައި ކަނބަލުން"ގެ ނަމުގައި ރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އިންތިޒާރު ނުކުރާ ކަމަކީ ރިސޯޓެއް ހަދަން ފަޅެއް ގަންނަ ގޮތަށް ވެރިކަން ގަންނަން ރާއްޖޭގެ ވެރިކަމާއިގެން ދަހިވެފައިވާ ބަޔަކު މަސައްކަތް ކޮށްފާނެ ކަމަށް ކަމަށެވެ.

"އަޅުގަނޑު އިންތިޒާރު ނުކުރާ ކަމަކީ ފަޅެއް ގަންނަ ގޮތަށް ދިވެހި ރާއްޖޭގެ ވެރިކަން ގަންނަން ވެރިކަމާއިގެން ބޫތު ގަންފައި ހުރި މަހުޖަނަކު މަސައްކަތްކުރާނެކަން އަޅުގަނޑުގެ ހިތަކަށް ނުގެނެވޭ. ފަޅުގަންފައި އެބަހުރި. ގޯތި ގަނެފައި އެބަހުރި. މުދާ ގަނެފައި އެބަހުރި. އަޅުގަނޑު ހިތަށް އަރާ މިއިން ކޮންމެ މީހަކު މަހުޝަރުވެގެން ދާނީ މިހުރިހާ އެއްޗެހި ގައިގައި ބަނދެގެން ނޫން ބާއޭ." ރައީސް ޔާމީން ވިދާޅުވި އެވެ.

02:40

https://sun.mv/101021

ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހަކީ ވަތަނީ ގައުމީ ދުވަހެއްގެ ގޮތުގައި ގައުމީ ފެންވަރުގައި ފާހަގަކުރަން ޖެހޭ ދުވަހަކަށް ހަދަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ.

02:35

https://sun.mv/101014

ހިލާލީގެއާ ހަމައަށް ދިރިއުޅުން ބަދަލުކުރައްވަންދެން ނެންގެވީ މުސާރައިގެ އެއްބައި ކަަމަށާއި މިހާރު ފުލް މުސާރަ ނަންގަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ.

02:33

https://sun.mv/101020

މިދިޔަ އަންގާރަ ދުވަހުގެ މެންދަމު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސުޕްރީމް ކޯޓުގައި އިންނަވަނިކޮށް ހައްޔަރުކޮށްފައިވާތީ އެކަން ކުރި މީހުން 15 ދުވަހަށް ޖަލަށްލުމަށް ހުކުމެއް ކޮށްފައިވާނެ ކަމަށް އުއްތަމަ ފަނޑިޔާރުގެ ވަކީލުންގެ ޓީމުން ބުނެފި.

02:30

https://sun.mv/101015

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ އަނބިކަނބަލުން ހައްޔަރުކޮށްފި.

23:44 މުއާވިޔަތު އަންވަރު

ފާރިސް މައުމޫން އަނެއްކާވެސް ހައްޔަރުކޮށްފި

23:36 މުޙައްމަދު ސަމާޙު

ޕީޕީއެމް ކަނބަލުންގެ ޖަލްސާ ނިންމާލައިފި.

ޔާމީން އަބްދުލްޤައްޔޫމް|ރައީސުލްޖުމްހޫރިއްޔާ

ރައީސް ނަޝީދު ވެރިކަމަށް އަތުވެއްޖެނަމަ މިތާ ތިބި ސިފައިންގެ ބޭނުމެއް ނޯންނާނެ. ސަލާމަތީ ކަންކަން ބަލަހައްޓާނީ ބޭރުގެ ސިފައިންކަން ޔަގީން. މިކަމާ ދިވެހި ސިފައިން ވިސްނަންޖެހޭ
23:20
ޕީޕީއެމް ކަނބަލުންގެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ޕީޕީއެމް ކަނބަލުންގެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ޕީޕީއެމް ކަނބަލުންގެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
23:18 މުޙައްމަދު ސަމާޙު

މިހާރު ނަގަމުން ދަނީ ފުލް މުސާރަ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

ޔާމީން އަބްދުލްޤައްޔޫމް|ރައީސުލްޖުމްހޫރިއްޔާ

މިދިޔަ ފަސް ދުވަހު އަޅުގަނޑުމެން ތިބީ ކުޑަކަކޫ މަތީގައި. އަޅުގަނޑުމެން ސަލާމަތް ކުރީ ފުލުހުންނާއި ސިފައިން
ރައީސް ޔާމީން

ބޭރުގެ މީހުން ގެނެސްގެން ވެރިކަން ހޯދަން އުޅޭ މީހުންނަށް ރާއްޖޭގެ ވެރިކަމާއި 10 ފޫޓް ކައިރިއަށް އަޔަ ނުދޭން މަޖިލީހުން ފާސް ކުރަން ޖެހޭ
23:15
ޕީޕީއެމް ކަނބަލުންގެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ޕީޕީއެމް ކަނބަލުންގެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ޕީޕީއެމް ކަނބަލުންގެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ރައީސް ޔާމީން

މާލެ ނުފައިބަނީސް އެނގޭ އަހްމަދު އަދީބުކަން އެކަން ކުރީ، ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލީ
ރައީސް ޔާމީން

ބޮޑަސް ކުޑަޔަސް އިސްތިއުމާރީ ބާރެއްގެ ދަށަށް ދާކަށް ބޭނުމެއް ނޫން
23:10

7 ފެބްރުއަރީ އަކީ ވަތަނީ ދުވަސް ކަމަށް ހަދަންޖެހޭ

ރައީސް ޔާމީން

ސަލާމަތީ ބާރުތަކުން ދެއްކެވި ސާބިތުކަން އަދިވެސް ފާހަގަ ކުރަން
ޔާމީން އަބްދުލްޤައްޔޫމް|ރައީސުލްޖުމްހޫރިއްޔާ

ދިވެހިރާއްޖެ މަތިން ލޯބިވާ މީހަކު މިދުވަސްމަތިން ހަނދާން ނައްތައެއް ނުލާނެ
ރައީސް ޔާމީން

އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން އަދިވެސް މިތިބީ މޮޅިވެރިކަމާއެކީ. ހަތަރު މީހަކު ދިވެހި ދައުލަތް ކުޑަކަކޫ ޖައްސާލި ދުވަސް ތާޜީހުން ނުފިލާނެ
23:05
ޕީޕީއެމް ކަނބަލުންގެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ޕީޕީއެމް ކަނބަލުންގެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
23:04 މުޙައްމަދު ސަމާޙު

ގައުމަށް ދިމާވި ހިތާމަވެރި ހާދިސާއާ ގުޅިގެން ރޭ ބޭ އިޚްތިޔާރުގައި ވާހަކަތަކެއް ދެއްކެވުނު ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

ރައީސް ޔާމީން

މެޑަމް އަޅުގަނޑުގެ ހައްގުގައި ގައުމުގެ ހައްގުގައި ދީނުގެ ހައްގުގައި ކަނަބަލުންގެ ހައްގުގައި ބުރަ މަސައްކަތްތަކެއް ކުރައްވި
ރައީސް ޔާމީން

އާޒިމާ އަކީ ފިސާރި އަދި އިލްމީ ކަނބަލެއް
ރައީސް ޔާމީން

ނަސްރެއްގެ މަތީގައި ތިއްބަވައިގެން ކަނބަލުންގެ ފިސާރި ކަމާއި ކުޅަދާނަކަން މިރޭ ދައްކާލީ
22:16 މުޙައްމަދު ސަމާޙު

މިހާރު ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް

އަސްމާ ރަޝީދު، މާފަންނު މެދު ދާއިރާގެ މެމްބަރު

މީގެކުރިން ހުރީ ވަރަށް މަޑުން އެކަމަކު ދެން އަޅުގަނޑަށް ވުރެ ދޫ ނުބައި މީހަކު ނުހުންނާނެ
މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
އަސްމާ ރަޝީދު، މާފަންނު މެދު ދާއިރާގެ މެމްބަރު

ޕީޕީއެމް ދޫކޮށް ދިޔަ މެމްބަރުން އަލުން ޖެހޭނީ ޕީޕީއެމްއާ ގުޅެން
އަސްމާ ރަޝީދު، މާފަންނު މެދު ދާއިރާގެ މެމްބަރު

މަޖިލިސް ހުޅުވާ ދުވަހު އަޅުގަނޑުމެންގެ އަޣުލަބިއްޔަތު ﷲ އިރާދަކުރެއްވިއްޔާ އޮންނާނެ
އަސްމާ ރަޝީދު، މާފަންނު މެދު ދާއިރާގެ މެމްބަރު

އުދުވާނީ ހަމަލާ ނާކާމިޔާބުވުމުން އިންޑިއާ ކިއްކުރަންތޯ ބޮޑު ގައުމަކުން ވެސް ރާއްޖެ ނާރާނެ
22:11 މުޙައްމަދު ސަމާޙު

މިހާރު ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު

22:09 މުޙައްމަދު ސަމާޙު

އިދިކޮޅު މީހުން އާޓިފިޝަލް ބީޗް ސަރަހައްދަށް އެއްވެފައިވާތީ، ރަޔަޓް ކިޔަރުގައި ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ދަނީ ހަރަކާތްތެރިވަމުން

22:08 މުޙައްމަދު ސަމާޙު

ވެސްޕާކް ސަރަހައްދުގައި ތިބި ޕީޕީއެމް ސަޕޯޓަރުންދަނީ އުފާ ފާޅުކުރަމުން

އައިޝަތު ރަފިއްޔާ، އެމްޑީއޭގެ ނައިބު ލީޑަރު

އަޅުގަނޑުމެންނަށް ކަރަކަރައިގަ ތިބެގެން ބޭކާރު ވާހަކަދައްކާ މީހުން މުހިންމެއް ނޫން. ލާދީނީ ފިކުރުގެ މީހުން އަޅުގަނޑުމެން ބޭނުމެއް ނޫން
22:02

ބޮޑެތި ކަރަކަރައިގެ ގައުމުތައް ބޭނުންވާނެ ކުދި ރަށްތައް އަޅުވެތިކުރަން

އެމްޑީއޭގެ ނައިބު ލީޑަރު، އައިޝަތު ރަފިއްޔާ

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ އަންހެނުންގެ ވޯޓުން
22:00 މުޙައްމަދު ސަމާޙު

މިހާރު ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ އެމްޑީއޭ ގެ ނައިބު ލީޑަރު އައިޝަތު ރަފިއްޔާ

އާޒިމާ ޝަކޫރު

ބޭރުގެ ސިފައިން ގެންނަން ބުނީމަ އެކަމަށް ތައިދު ކުރާ ބަޔަކު ދިވެހިންގެ ތެރޭގައި ތިބޭކަމީ ކަންބޮޑުވާން ޖެހޭ ކަމެއް
އާއިޝަތު އާޒިމާ ޝަކޫރު ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު
21:45 މުޙައްމަދު ސަމާޙު

ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާ އެއް ވައި18 ކެމްޕެއިން އޮފީސް (ވެސްޓް ޕާކް ސަރަހައްދު) ކައިރީގައި ކުރިއަށްދަނީ

މިހާރު ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު

21:30 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް

https://sun.mv/101010

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ތިން ފަނޑިޔާރުންގެ ބެންޗަކުން ވެސް މައްސަލަތައް ބެލޭނެ ކަމަށާއި، އެ ކޯޓުގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދައްކާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ސުޕްރީމް ކޯޓުން އަމުރެއް ނެރެފި.

20:50 ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް

https://sun.mv/101009

ދިވެހި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތައް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް ޑރ. އަބްދުﷲ ޚަލީލު ވިދާޅުވެއްޖެ.

20:30 މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް

https://sun.mv/101008

މާތް ﷲގެ އިރާދަފުޅާއެކު މަޑުމަޑުން، ދިވެހި ގައުމު އަމާންކަމުގެ ބަނދަރަކާ ދިމާއަށް އެބަދާކަމަށް އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު ވިދާޅުވެއްޖެ.

20:22 ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް

https://sun.mv/101006

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފިޔަވަޅެއް އަޅުއްވާނީ ވަރަށް ބޮޑަށް ވިސްނާވަޑައިގެން، އެނޫން އެހެން ގޮތެއް ނެތިގެން ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ.

19:33 ސިވިލް ސަރވިސް ކޮމިޝަން
އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް

ހަސަން ސައީދު ހުސައިނަށް ކުރެވޭ ތުހުމަތުތަކަކީ ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުމަށް ރިޝްވަތުގެ ފައިސާ ދިނުން. ރިޝްވަތުގެ ގޮތުގައި ލިބިފައިވާ ފައިސާ ބޭނުންކޮށްގެން މަންފާ ހޯދުން. މިކުރެވުނު ތުހުމަތުގައި ތަހުގީގަށް އެ ބޭފުޅާގެ ގެއަށް ގޮސް އެ ބޭފުޅާގެ ކޮޓަރިން، އެ ބޭފުޅާ ނިދިކުރެއްވުމަށް ބޭނުންކުރި ގޮނދަޑީގެ ދަށުން ގިނަ އަދަދެއްގެ ފައިސާ ފުލުހުނަށް ވަނީ ލިބިފައި. އަދި ހަމައެއާއެކު އިތުރު ހެކިތައް ފުލުހުންނަށް ވަނީ ހޯދިފައި. މި މައްސަލައާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން އެތައް މިލިއަން ރުފިޔާ އަކާއި އެތައް މިލިއަން ޑޮލަރެއްގެ ޓްރާންސެކްޓަންތަކުގެ ހެކި މުހާރުވެސް ފުލުސް އޮފީހަށް ލިބިފައިވާ ވާހަކަ މައުލޫމާތައް ޓަކައި ދަންނަވާލަން.
އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް

އަލީ ހަމީދަށް ކުރެވޭ ތުހުމަތުތައް. ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު ޝަރުއީ ހުކުމްތައް ވަކިގޮތަކަށް ކުރުން. ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ބަދަލުކުރުމަށް މަގާމު ނުފޫޒު ބޭނުން ކޮށްގެން މަސައްކަތް ކުރުން. ދައުލަތް ހިންގުމަށް ހުރަސްއަޅައި ޖިނާއީ އަދުލުގެ ނިޒާމު ހިންގުމަށް ގަސްތުގައި ހުރަސްއެޅުން. މި ކުރެވުނު ތުހުމަތުތަކުގައި މިހާތަނަށް އައިއިރު، މި މައްސަލަ އާ ގުޅިގެން އަލީ ހަމީދާ ގުޅުންހުރިކަމަށް ގަބޫލު ކުރެވޭ ގިނަ އަދަދެއްގެ ފައިސާ ވެސް ފުލުހުން ކުރި މަސައްކަތަކުން މިވަނީ ހޯދިފައި. އޭގެ އިތުރުން މިކަމާ ގުޅުންހުރި އިތުރުހެކިތައް ވެސް ލިބިފައިވާ ވާހަކަ ދަންނަވަން.
އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް

ޗީފް ޖަސްޓިސް އަބްދުﷲ ސައީދު ހައްޔަރުކުރެވިފައި ވަނީ 6 ފެބްރުއަރީ 2018 ގައި. ކުރެވޭ ހުތުމަތުތަކަކީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު ޝަރުއީ ހުކުމްތައް ވަކިގޮތަކަށް ކުރުން. ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ބަދަލުކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަސައްކަތް ކުރުން. ދައުލަތް ހިންގުމަށް ހުރަސްއަޅައި ޖިނާއީ އަދުލުގެ ނިޒާމު ހިންގުމަށް ހުރަސް އެޅުން. މި ތުހުމަތު ކުރެވުނު ކަންތައްތަކުގައި މި މައްސަލައާ ގުޅޭގޮތުން ހެކިބަސް ލިބި މި މައްސަލައާއި ގުޅުންހުރި އިތުރު ހެކިތައް މިވަނީ ލިބިފައި.
16:52 މޯލްޑިވްސް ޕޮލިސް ސަރވިސް

16:49
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކްޓިންގް ކޮމިޝަނަރ އޮފް ޕޮލިސް ޑީސީޕީ ނަވާޒް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް

ރައީސް މައުމޫނަށް ކުރެވޭ ތުހުމަތަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދީ، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު. ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ވަކިގޮތަކަށް ހުކުމެއް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުދިނުން. ސަރުކާރާ ދެކޮޅަށް ސަލާމަތީ ބާރުތައް ނިކުތުމަށް ހިތްވަރުދީ ރޭވުންތައް ރޭވުން. ތުހުމަތު ކުރެވިފައިވާ ކަންތައްތަކަށް އަޅުގަނޑުމެނަށް ވަނީ ހެކިތައް ލިބިފައި. މިހާރު މި ނޫސްވެރިންގެ ބައްދަލުވުން ކުރިއަށްދާއިރު ވެސް އަޅުގަނޑުމެން މިދަނީ އެކަމާ ގުޅުންހުރި ތަންތައް ބަލައި ފާސްކުރަމުން.
އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް

އަލީ ހަމީދު ހިފިކަމަށް ތުހުމަތު ކުރެވޭ ރިޝްވަތުގެ ފައިސާ ވަނީ ފެނިފައި
އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް

ރައީސް މައުމޫނަށް ތުހުމަތު ކުރެވެނީ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ވަކި ގޮތަކަށް ހުކުމް ނެރުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތު. މިކަމާ ގުޅޭ ހެކި ވަނީ ލިބިފައި
އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒު

މިހާރު ތަހުގީގު ކުރަމުން މިދަނީ ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ޚިލާފަށް ވައްޓާލަން އުޅުނު މައްސަލަ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ފަނޑިޔާރު އަލީ ހަމީދު މުހައްމަދު އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ހުސައިން
16:38 މުޙައްމަދު ސަމާޙު އިސްކަންދަރު ކޮށިން

ފުލުހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ފެށުމަށް ތައްޔާރުވެއްޖެ

އިސްކަންދަރު ކޮށީގައި ފުލުހުން ޕްރެސް ކޮންފަރަންސް ދިނުމަށް ތައްޔާރުވެފައި -- ސަން ފޮޓޯ/ މުހައްމަދު ސަމާހު
16:24 މުއާވިޔަތު އަންވަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ސަސްޕެންޑުކޮށްފި

15:07 މުޙައްމަދު ސަމާޙު

ނޫސްވެރިންނަށް މައުލޫމާތު ދެއްވާނީ އެކްޓިންގ ކަމިޝަނަރ އޮފް ޕޮލިސް ޑީސީޕީ އަބްދުﷲ ނަވާޒް

15:04 މުޙައްމަދު ސަމާޙު

މިހާރު ހިނގަމުންދާ މުހިންމު ތަހިގީގުތަކެއްގެ މައުލޫމާތު އާންމުންނަށް ހާމަ ކުރުމަށް ފުލުހުން ތައްޔާރުވެއްޖެ. އެ ސާިވސް އިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ހަވީރު 16:30 ގައި އޮންނާނެ ކަމަށް ފުލުހުން ބުނޭ.

11:53 ރުގިއްޔާ މުހައްމަދު މޫސާ

ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ނުވަނުމަށް ޗައިނާ އިން ގޮވާލައިފި

ސިޔާސީ މައްސަލަތަކީ ދާހިލީ މައްސަލަތައް ކަމަށާއި ރާއްޖޭގެ މައްސަލަތަކުގެ ތެރެއަށް އެހެން ގައުމަކުން ވަނުމާ ދެކޮޅު ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޗައިނާގެ މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި ޗައިނާ އިން ދަނީ ރާއްޖޭގެ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ. އަދި ރާއްޖޭގައި ތަފާތު ޕާޓީތަކުގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ވާހަކަ ދައްކައިގެން ހައްލުކޮށް، ރާއްޖެ އާއްމު ހާލަތަށް ރުޖޫއަ ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

ޗައިނާގެ ރައީސް އަދި ރައީސް ޔާމީން -- ފައިލް ފޮޓޯ
09:25 މުޙައްމަދު ސަމާޙު

އަދިވެސް މިހިނގާ ދިޔަ ކަންކަން ނިމުނު ކަމެއް ނޭނގޭ ކަމަށާއި އަދިވެސް އަޑުއިވެނީ ބޭރުގެ ފަރާތްތަކަށް ރާއްޖެ އަރަން ގޮވާލާ އަޑުކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ރޭ 'ރުމާލު 2' ޖަގަހާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބޭރުގެ ފަރާތްތަކުން ރާއްޖެ އަރަން ގޮވާލާ އަޑު އިވުނީމަ އުނދަގޫ ވާ ކަމަށެވެ.

"އަދިވެސް އަޑު މި އިވެނީ ބޭރުގެ ފަރާތްތަކަށް ދޭ ދައުވަތު ދިވެހިރާއްޖެ އަށް ދަތިކުރަން ގޮވާ ވާހަކަ. މީގެ އުނދަގޫ އަޅުގަނޑަށް އިހުސާސް އެބަކުރެވޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން އެހެން ވިދާޅުވެފައިވާ އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިންޑިއާ ސިފައިންގެ އެހިތެރިކަން ރާއްޖޭގެ ސިޔާސީ މަޝްރަހު ހައްލުކުރަން ބޭނުންވާ ކަމަށް ބުނެ ޓުވީޓެއް ކޮށްފަ އެވެ.

ރޭ ރުމާލު 2 ޖަގަހާގައި ބޭއްވި ޖަލްސާގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް
02:07 މުޙައްމަދު ސަމާޙު

މައުލޫމާތު ލިބޭގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ހާލު އެހާ ސީރިއަސްއެއް ނޫން.

01:09
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ހާލުކޮޅު ދެރަވެގެން އައިޖީއެމްޗެގައި އެޑްމިޓްކުރުން --- ސަން ފޮޓޯ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ހާލުކޮޅު ދެރަވެގެން އައިޖީއެމްޗެގައި އެޑްމިޓްކުރުން --- ސަން ފޮޓޯ
01:03 މުޙައްމަދު ސަމާޙު އައިޖީއެމްއެޗުން

އެގްޒެކެޓިވް ވޯޑު ސަރަހައްދުގައި އެއްވެ ތިބި މީހުން އައިޖީއެމްއެޗުން ބޭރުކުރުމުގެ މަސައްކަތް އެސްއޯ ފުލުހުން ފަށައިފި. އޭގެ ތެރޭގައި ފަނޑިޔާރު އަލީ ހަމީދުގެ އާއިލާގެ މީހުންވެސް ހިމެނޭ.

00:58 މުޙައްމަދު ސަމާޙު އައިޖީއެމްއެޗުން

ފަނޑިޔާރު އަލީ ހަމީދުގެެ އާއިލާއިން ދަނީ، އާއިލާގެ ބައެއް މެމްބަރުން ވޯޑަށް ވަނުމުގެ ހުއްދަ ދިނުމަށް ފުލުހުންގެ ކިބައިން އެދެމުން.

00:55
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ހާލުކޮޅު ދެރަވެގެން އައިޖީއެމްޗެގައި --- ފޮޓޯ/ ސޯޝަލް މީޑިއާ
00:54 މުޙައްމަދު ސަމާޙު އައިޖީއެމްއެޗުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ހާލުކޮޅު ދެރަވެގެން އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަނީ.

ފަނޑިޔާރު އަލީ ހަމީދު ވަނީ އައިޖީއެމްއެޗުގެ އެގްޒެކެޓިވް ވޯޑުގައި އެޑްމިޓް ކުރެވިފައި. ވޯޑުގެ ކުރިމަތީގައި ހަތަރު އެސްއޯ ފުލުހުން ހަރަކާތްތެރިވޭ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފަނޑިޔާރު އަލީ ހަމީދު ހޮސްޕިޓަލަށް ގެނައީ ހާޓް އެޓޭކެއް ޖެހިގެން، މިރޭ 12:15 ހާ އިރު.

އައިޖީއެމްއެޗު އެގްޒެކެޓިވް ވޯޑު ސަރަހައްދު -- ސަން ފޮޓޯ/ ކިޔުންތެރިއެއް
00:00 މުޙައްމަދު ސަމާޙު އެމްޑީޕީ ހަރުގެ ސަރަހައްދުން

އެމްޑީޕީ ހަރުގެ ކައިރީގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވޭ. އެއްވެ ތިބި މީހުން ތިބީ އާޓިފިޝަލް ބީޗު ތެރޭގައާއި އެމްޑީޕީ ހަރުގެ ތެރޭގައި. ބޮޑުތަކުރުފާނުމަގުގައި އެސަރަހައްދު ކުރިން ބަންދުކޮށްފައި ހުރި ނަމަވެސް، މިހާރު އެސަރަހައްދު ވަނީ ދުއްވާތަކެތި ދުއްވުމަށް ހުޅުވާލާފައި

23:37

23:32 މުޙައްމަދު ސަމާޙު ރުމާލު2 ޖަގަހައިން

ރައީސް ޔާމީންގެ ވާހަކަފުޅު ނިންމަވާލައްވައިފި

ރައީސް ޔާމީން

ދިފާއީ ދެ ބާރުން މުޅި ރާއްޖޭގެ ހައްގުގައި އަޅުގަނޑު ކުރި އިލްތިމާސްތައް ގަބޫލުކޮށް ކުރި މަސައްކަތައް ޝުކުރިއްޔާ. އެންމެ ބޮޑު ޝުކުރެއް ފުލުހުންނާއި ސިފައިންނަށް
ރައީސް ޔާމީން

ނިޒާމުތައް ރަނގަޅަށް ނުހިނގަންޏާ އެންމެ ވަރުބަލިވާނީ ރައީސް. ހަމަނިދި ނުނިދޭ ދުވަސްތަކެއް މި ފާއިތުވީ
ރައީސް ޔާމީން

އަޅުގަނޑު މިތަނަށް އައީ ސިޔާސީ ވަހަކަ ދައްކާކަށް ނޫން. އަޅުގަނޑު އައީ ހުރިހާ ބޭފުޅުންނަށް ޝުކުރިއްޔާއޭ ބުނެލަން
ރައީސް ޔާމީން

މިއީ ބަގާވާތެއްތޯ ނިންމާކަށް އަޅުގަނޑަކަށް ނޭންގެ
ރައީސް ޔާމީން

ނުރައްކާތެރި މާހައުލު އުފެއްދުމުން އެ ހުޅާވެލެވެނީ ބޭރުގެ ނުފުޒު ވަނުމުގެ ފުރުސަތު
ރައީސް ޔާމީން

އަޅުގަނޑު ވަރުބަލިވެއްޖެ. ހަގީގަތުގައިވެސް ވަރުބަލިވެއްޖެ
ރައީސް ޔާމީން

ފަނޑިޔާރުން އަމަލުކުރި ގޮތުން ބޮޑެތި މައްސަލަތަކުގެ މާއްދީ ހެކި ނެތިގެން ދިޔަ
ރައީސް ޔާމީން

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ނުކުރިނަމަ ހުރިހާ ބާރެއް އޮންނާނީ ފަނޑިޔާރެއްގެ އަތްމަތީގައި
ރައީސް ޔާމީން

އަޅުގަނޑުމެންނަށް މި ފެންނަނީ ކިޔަވާ ކުދިންނަށްވެސް ނަމޫނާއަކަށް ދައްކަން ހެޔޮ ނުވާނެ ސިޔާސީ ލީޑަރުން
ރައީސް ޔާމީން

އަދިވެސް މިކަން ނިމުނު ކަމެއް ނޭނގޭ. ބޭރުގެ މީހުން ގެންނަން ގޮވީމަ އުނދަގޫވޭ
ރައީސް ޔާމީން

ނަމޫނާ ޑިމޮކްރަސީތަކުގައި އުމުރުން ދުވަސްވީ ސިޔާސީ މީހުން ތިބެނީ ނަމޫނާއަކަށް
ރައީސް ޔާމީން

އަބަދުވެސް އަޅުގަނޑަށް ބޭވަފާތެރިވަނީ އެންމެ ގާތް މީހުން
ރައީސް ޔާމީން

އަބްދުﷲ ސައީދާއި އަލީ ހަމީދު ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމަނަން މަސައްކަތް ކުރީ އަޅުގަނޑު. އެކަމަކު މިއަދު އެކަމެއް ނުދެކެން
ރައީސް ޔާމީން

އަލީ ހަމީދު ބެންޗުގައި ނުހިމަނަން ބައެއް މީހުން އެދުނު
ރައީސް ޔާމީން

ސުޕްރީމް ކޯޓުގެ ބެންޗުގައި އަލީ ހަމީދު ހިމެނުނީ އަޅުގަނޑު ހުއްދަ ދިނީމަ
ރައީސް ޔާމީން

ގެންނަންވީ ބޭރުގެ ސިފައިންނެއް ނޫން. ފިލާ ތިބި މީހުން ޖުމްހުރީ މައިދާނަށް އައިސް ރައްޔިތުން ގާތު އަހަންވީ ތިމަންނަމެންތޯ ބޭނުންވަނީ
ރައީސް ޔާމީން

ބޭރުން ސިފައިން ގެންނަން ބުނާ މީހުންނަށް ދިވެހިން ދެންވެސް ވޯޓު ދޭނެތޯ
ރައީސް ޔާމީން

ވަގަކަށް ކިހިނެތްތޯ ފިލާ ހުރެވޭނީ ވައްކަން ކޮށްފައި، ތިމަންނަގެ މައްސަލަ ނުބެލޭނޭ ބުނެފައި
ރައީސް ޔާމީން

ހިނގި ކަންތައްތަކަށް ވުރެ ބޮޑެތި ކަންކަން ނުހިނގީ ފަސް ފަނޑިޔާރުންގެ ތެރޭގައި ސުލްހައަށް ލޯބިކުރާ ތިން ފަނޑިޔާރަކު ތިބީމަ
ރައީސް ޔާމީން

ބާރެއް ދިނީމާ އެ ބާރުގެ ބޭނުން ހެޔޮގޮތުގައި ބޭނުން ނުކުރީމަ ފިޔަވަޅު އޭޅޭނެ އުސޫލެއް ރާއްޖޭގެ ގަނޫނުގައި އޮތް ކަމަކަށް ގަބޫލެއް ނުކުރަން
ރައީސް ޔާމީން

މިއީ އިހުލާސްތެރިކަމާ އެކު މަސައްކަތް ނުކުރެވުމުގެ ނަތީޖާ. ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ ފަހުގެ ނިންމުންކަން ގަބޫލު ކުރެވޭނެ ދުވަހެއް އަންނާނެތޯ
23:05

ރައީސް ޔާމީން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބޮލަށް ސިޔާސީ ވިސްނުން ވަނުން އެއީ ގައުމުގެ ހަލާކު. އެ ފަނޑިޔާރުން ތައުބާވާން ޖެހޭ
ރައީސް ޔާމީން

ދައުލަތުގެ އެންމެ އިސްވެރިއަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ނޫން. އެންމެ އިސްވާނީ ރައީސުލްޖުމްހުރިއްޔާ
ރައީސް ޔާމީން

ކޮންމެ މީހަކީ އަމުރެއް އަންނަ އިރަށް ގާނޫނު މޮޅަށް އެނގޭ މީހެކޭ ހީނުކުރޭ
ރައީސް ޔާމީން

ސިޔަސީ ބަގާވާތް ގެންނަން އުޅުނު މީހުން އެދުނީ ސުޕްރީމް ކޯޓުގެ އަމުރު ފުލުހުން ނުކުމެ ތަންފީޒު ކުރަން. އެކަން އެގޮތަށް ކުރިނަމަ ދެވަނަ ފެބުރުއަރީ ހަތެއް ތަކުރާރުވީސް
ރައީސް ޔާމީން

މަގޭ ދީނާ ނުތޮޅޭށޭ. މަގޭ ގައުމާއި ނުތޮޅޭށޭ. މިއީ މިރޭވެސް، އަބަދުވެސް ދޭން ބޭނުންވާ ނަސޭހަތެއް
ެރައީސް ޔާމީން

އެންމެ އިހުލާސްތެރި މަސައްކަތެއް ކޮށްދެއްވީ ދިވެހި ފުލުހުންނާއި ސިފައިން. އެމީހުންނަށް ސްޓޭންޑިންގ އޮވޭޝަނެއް ޑިޒާވް ވޭ.
ރައީސް ޔާމީން

ސިޔާސީ ކަންކަމަކީ ވަރަށް" ޑަރޓީ" ކަމެއްކަން މިހާރު ގަބޫލުކުރަން. އެކަމު އަޅުގަނޑު މިހުރީ އިހުލާސްތެރި ހިތަކާ އެކު
ރައީސް ޔާމީން

ދިވެހިރާއްޖެއަށް މި ލިބުނީ ނަސްރެއް
ރައީސް ޔާމީން

އެ ނާޒުކު ހާލަތުގައި އަޅުގަނޑުގެ އަންހެނުންނާއި ޕީޕީއެމްގެ އެކި ފެންވަރުގެ މީހުން ވަނީ ބުރަ މަސައްކަތެއް ކޮށްދެއްވާފައި
ރައީސް ޔާމީން

ރައީސްކަން ކުރާ މީހެއްގެ މައްސަލައެއް އުޅެންޏާ ކޯޓުތަކަށް ގޮސް ހައްލު ކުރަންވީ
ރައީސް ޔާމީން

ދިވެހި ތަހުތުގައި ރެދަލިކުރުމަކީ ކަރާމާތެއް ނޫން. އެއީ ތަކުލީފެއް
ރައީސް ޔާމީން

ސިޔާސީ މީހުން ބޭނުންކުރީ ސަރުކާރާ ދެކޮޅަށް ވަރުގަދަ ހަތިޔާރެއް. އެކަމު އެ ހަތިޔާރު އުފެއްދި މީހާގެ ގައިގައިވެސް އެ ހަތިޔާރު ކޮންޓްރޯލް ކުރާނެ ބާރެއް ނެތް
ރައީސް ޔާމީން

ކޮންމެ އަހަރެއްގެ ފެބްރުއަރީ ހަތަކީ ލެއިން ތަތްތެޅެން ޖެހޭ ދުވަހެއްތޯ، މިއީ ކުރަން ސުވާލެއް
ރައީސް ޔާމީން

މިދިޔަ ދުވަސްތަކުގައި ނިދި ނަގާލައިގެން މަސައްކަތް ކުރިން. ޑިފެންސް މިނިސްޓްރީގައި ކޮންމެ ރެއަކު އިނދެފައި ގެއަށް ދަނީ އަނެއް ދުވަހު ފަތިހު ހައެއް ޖަހާއިރު
ރައީސް ޔާމީން

އުފާ ކުރާކަށް ޖާގައެއް ނެތް. ހަމްދު ކުރަންވީ.
ރައީސް ޔާމީން

އަޅުގަނޑު މިހުރީ އުފާވެރިކަމުގެ ފިޔަވަޅު މަތީގައެއް ނޫން
ރައީސް ޔާމީން

ޝަރުއީ ނިޒާމަށް އަޅުގަނޑު ވަރަށް އިތުބާރު ކުރިން
22:24 މުޙައްމަދު ސަމާޙު ރުމާލު2 ޖަގަހައިން

ޖަލްސާގައި މިހާރު ވާހަކަފުޅު ދައްކަވަމުންދަނީ ރައީސް އަބްދުﷲ ޔާމީން

އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު

ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރަކީ ބަތަލެއްގެ
22:14 އަފްރާހް އަބްދުއްރަޝީދު އެމްޑީޕީ ހަރުގެ ސަރަހައްދުން

އެމްޑީޕީ ހަރުގެ ސަރަހައްދުގައި އިދިކޮޅު އެއްވުމެއް އެބަ ބާއްވާ. އެހާ ގިނަ މީހުންނެއް މިވަގުތު ނެތް

އެމްޑީޕީ ހަރުގެ ކައިރި -- ސަން ފޮޓޯ
މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު

އިންޑިއާ ސިފައިން ރައީސް ނަޝީދު ބުނެގެން މި ރައްޖެއަކަށް ނާންނާނެ. އިންޑިއާއަކީ އަޅުގަނޑުމެންނަށް އަނިޔާވެރިވާނެ ބައެއް ނޫން.
މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު

ފަނޑިޔާރުގެ އަކީ ދިވެހިން އަބަދުވެސް ބިރުގަންނަ ތަނެއް. އެހެން ވަނީ އެތަނަށް އިތުބާރު ކުރާތީ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު

ކުރިން 7 ފެބްރުއަރީގައި މަގުމަތީގައި ލެއިން ތަތްތެޅިފައި އޮތީ އޭރު ހުރި ވެރިމީހާ ފިލީމައި
އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް

ރައްޔިތުންނަށް ގޮވާލަން ބޭނުންވަނީ މި ހާލަތުން މިންޖު ވުމަށްޓަކައި ރައީސް ޔާމީނަށް ހެޔޮދުއާ ކުރައްވާށޭ
21:55 މުޙައްމަދު ސަމާޙު ރުމާލު2 ޖަގަހައިން

ރުމާލު2 ޖަގަހަ ސަރަހައްދުގައި ސިފައިން ދަނީ ހަތިޔާރާ އެކު ހަރަކާތްތެރިވަމުން. އޭގެ ތެރޭގައި ސްޕެޝަލް ފޯސަސްގެ ސިފައިންވެސް ހިމެނޭ

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް

ދައްކަވަން އޮތް ތަނެއް ދައްކަވާނެ. ވެރިކަން ވިއްޔާ ވެރިކަން، ކުޑަގޮޅި ވިއްޔާ ކުޑަގޮޅި
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް

މިއަދަކީ ރައީސް ޔާމީން 2018 އަހަރުގެ އިންތިހާބު ކާމިޔާބުކުރި ދުވަސް. އެ އިތުބާރު ރައްޔިތުން ދީފި
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް

މި ސަރުކާރާ ދެކޮޅަށް ކުރަން އުޅުނު ކޮންމެ ބަގާވާތަކުންވެސް އިތުރުވީ ރައީސް ޔާމީނާ މެދު އޮތް ލޯތްބާއި އިތުބާރު
21:41 މުޙައްމަދު ސަމާޙު

އެޕްޑީޕީ ހަރުގެ ސަރަހައްދަށް މީހުން ދަނީ ޖަމާވަމުން. ފުލުހުން އޮތީ އެ ސަރަހައްދު ބަންދުކޮށްފައި

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު

ރައީސް ޔާމީނުގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާ މީހުން އެތެރެއިންނާ ބޭރުން ބޭރު ކުރާނަން
21:35
ރައީސް ޔާމީން ރުމާލު2 ޖަގަހައަށް ވަޑައިގެންނެވި ވަގުތު -- ފޮޓޯ/ ރައީސް އޮފީސް
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު

ސަކަރާތެއް ޖަހައިގެން ވެރިކަން ބަދަލުކުރަން އުޅެނީ އިންތިހާބަކުން ބަލި ނުކުރެވޭނެތީ
ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަރީފް

ނާޒުކު ހާލަތުގައިވެސް ރައީސް ޔާމީން އެންމެ ފުރަތަމަ އިސްކުރެއްވީ މަޝްވަރާ
21:26 މުޙައްމަދު ސަމާޙު ރުމާލު2 ޖަގަހައިން

ރުމާލު2 ޖަގަހަ ހިމެނޭ ސަރަހައްދު ވަނީ ފުލުހުން ބަންދުކޮށްފައި. ސިފައިން ދަނީ ފޯރި މަރަމުން.

21:24 މުހައްމަދު އައުޒަމް

ސިޔާސީ ގޮތުން ރާއްޖެއަށް އައިސްފައިވާ ހަލަބޮލިކަމުގެ ފައިދާ ނަގައިގެން އިދިކޮޅު ފަރާތްތަކުން މިވަގުތު މަސައްކަތް ކުރަނީ ފަތުރުވެރިކަމަށް ގެއްލުން ދޭންކަމަށް ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާއިން ތުހުމަތުކޮށްފި.

ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް

ދިމާވި ހާލަތުގައި ޒުވާނުންނާއި ކަނބަލުން ދައްކައިދިނީ އެ މީހުން ތިބީ ރައީސް ޔާމީނާ އެކުގައި ކަން
ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް

އަމުރާ އެކު އިދިކޮޅުގެ ވިސްނުން ހުރީ ބަގާވާތުން ވެރިކަން ވައްޓާލުމަށް
ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް މުޙައްމަދު ސަމާޙު

ސަރުކާރު ވައްޓާލަން ބަޔަކު ކުރި މަސައްކަތް ނާކާމިޔާބުވީ ރައީސް ޔާމީންގެ ކުޅަދާނަކަމުން
21:19 މުޙައްމަދު ސަމާޙު ރުމާލު2 ޖަގަހައިން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދާދި ދެންމެ އަކު ރުމާލު2 ޖަގަހައިގައި ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އެތަނަށް ވަޑައިގެންފި. ރައީސް ވަޑައިގަތް އިރު ގިނަ އަދަދެއްގެ ސިފައިން ދަނީ އެ ސަރައްދުގެ ސަލާމަތީކަންކަން ބަލަހައްޓަމުން.

21:12 މުޙައްމަދު ސަމާޙު

ސަރުކާރު ހިންގާ ކޯލިޝަނުން ރުމާލު2 ޖަގަހައިގައި ބާއްވާ ޖަލްސާ ދެންމެ ފަށައިފި. ގިނަ އަދަދެއްގެ ބަޔަކު ދަނީ ބައިވެރިވަމުން.

21:05 ފާތިމަތު ސައީދު

ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވާ، ސުޕްރީމް ކޯޓު ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީއަށް ނުބެލޭ ކަމަށް ބުނާ ބައިވެސް ބާތިލުކުރި.

21:02 އަޙްމަދު މުޖްތަބާ

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން، ކޯޓުތަކުގައި ވާކާލާތުކުރަން އަލުން ހުއްދަދިން ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނެނީ:-

  • އަލްއުސްތާޛް ހުސްނުއްސުއޫދު
  • އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީ
  • އަލްއުސްތާޛު އަލީ ހުސައިން
  • އަލްއުސްތާޛު މަހްފޫޒް ސަޢީދު
  • އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރު
  • އަލްއުސްތާޛު އިމްތިޔާޒް ފަޙްމީ
  • އަލްއުސްތާޛު ޙަސަން ލަޠީފް
20:54 ފާތިމަތު ސައީދު

ސުޕްރީމް ކޯޓުގެ އަމުރުގައި ކުށްވެރިން ދޫކޮށްލަން ހިމެނި ބައި ބާތިލުކޮށްފި

ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރުގައި ސިޔަސީ ކުށްވެރިން ކަމަށް ބުނެ ނުވަ މީހަކު ދޫކޮށްލަން އަމުރުގައި ހިމެނި ބައި ބާތިލުކޮށްފި. އެބައި ބާތިލުކޮށްފައިވަނީ މިރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރަކުން.

20:27 އަޙްމަދު މުޖްތަބާ

ކޯޓުތަކުގައި ވަކާލާތުކުރުން މަނާކުރެވިފައިވާ ހަތް ވަކީލަކަށް އަލުން ހުއްދަދީފި

ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން މަނާކޮށްފައިވާ ހަތް ގާނޫނީ ވަކީލަކަށް، ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ އަލުން ދީފި.

20:02

19:33 މާހިލް މުހައްމަދު

ކުއްލި ނުރައްކަލުގެ ހާލަތު ވީހާވެސް އަވަހަކަށް އުވާލުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ދިވެހި ސަރުކާރަށް ގޮވާލައްވައިފި.

19:13 މާހިލް މުހައްމަދު

https://sun.mv/100952

ރައީސް އޮފީހުން ބުނީ، ގަރާރުގައިވާ 145 ވަނަ މާއްދާގެ (ނ) އުނިކޮށް، އެ މާއްދާއަށް އަމަލުކުރުން ހިފަހައްޓާފައިވާ ހިފެހެއްޓުން ނިމުމަކަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ކަމަށް.

19:06 މާހިލް މުހައްމަދު

ގާނޫނު އަސާސީއާއި ގާނޫނު މާނަކުރުމުގައި ސުޕްރީމް ކޯޓުގެ ނިންމުމަކީ އެންމެ ފަހު ނިންމުން ކަމަށް ބުނާ މާއްދާއެއް އަލުން އިޔާދަކޮށް، ކުއްލި ނުރައްކަލުގެ ގަރާރަށް އިސްލާހު ގެނެސްފި.

18:58 މުޙައްމަދު ސަމާޙު

https://sun.mv/100953

ވިލާގެ ޗެއާމަން ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ހައްޔަރުކޮށްފި.

ސިޔާދަކީ ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގްގެ މެނޭޖިންގް ޑިރެކްޓަރު.

ޗައިނާގައި ހުންނަވާ ދިވެހި ސަފީރު ޑރ. މުހައްމަދު ފައިސަލް

އަޅުގަނޑުމެން މި ދަނީ ޗައިނާގެ ޓްރެވަލް އޭޖެންޓުންނާ ވާހަކަ ދައްކަމުން. އެފަރާތުން ބުނާ ގޮތުގައި މިހާތަނަށް އެހާ ގިނަ ބަޔަކު ރާއްޖެއަށް ކުރާ ދަތުރުތައް ކެންސަލެއް ނުކުރޭ.
ޗައިނާގައި ހުންނަވާ ދިވެހި ސަފީރު ޑރ. މުހައްމަދު ފައިސަލް

ޗައިނާއިން ޓްރެވަލް އެޑްވައިޒަރީއަށް ބަދަލެއް ނުގެނޭ. މިކަހަލަ ހާލަތްތަކުގައި ޗައިނާއިން އަބަދުވެސް ފުރަތަމަ ވިސްނަނީ އެގައުމުގެ ރައްޔިތުންގެ ސަލާމަތަށް، އަދި އެވަގުތެއްގައި ދަތުރު ނުކުރުމަށް އިލްތިމާސް ކުރަނީ. ޗައިނާ ސަރުކާރުން ދަނީ ރާއްޖޭގެ މަސްރަހު ގާތުން ބަލަމުން
17:12 މާހިލް މުހައްމަދު

ޗައިނާއިން ރާއްޖެއަށް ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީ އަޕްގްރޭޑުކޮށް، އެގައުމުގެ ފަތުރުވެރިން ރާއްޖެ އައުމަށް ހަދާފައިވާ ބުކިންގްތައް ކެންސަލް ކުރުމަށް އެގައުމުގެ ފޮރިން މިނިސްޓްރީން އެންގި ކަމަށް ބޭރުގެ މީޑިއާގައި ދެކެވޭ ވާހަކަތައް، ޗައިނާގައި ހުންނަވާ ދިވެހި ސަފީރު ޑރ. މުހައްމަދު ފައިސަލް ދޮގުކުރައްވައިފި.

ޗައިނާގައި ހުންނަވާ ދިވެހި ސަފީރު ޑރ. ފައިސަލް "ސަން"އަށް ވިދާޅުވީ އެހާ ގިނަ ބަޔަކު ޗުއްޓީ ކެންސަލް ކޮށްފައި ނުވާކަމަށް.

16:33 ޖަޒްލާން މުހައްމަދު

ކުލަ ހެދުމުގައި ތިބި ފުލުހުން ޕެރެޑައިޒް އައިލެންޑް ރިސޯޓަށް އަރައިފި.

16:32 މުޙައްމަދު ޝަމްޢޫން

ރާއްޖޭގައި އޮތް ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ސިޔާސީ ބޭނުމެއް ހާސިލުކުރަން ފަތުރުވެރިކަމަށް ގެއްލުންވާ ގޮތަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރާ ކަމަށް ބުނެ، ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާއިން އެކަން ކުށްވެރިކޮށްފި.
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން

ރާއްޖަެއަށް އަންނަ ފަތުރުވެރިންވެސް ރެއިން ފެށިގެން މިއަދާ ހަމައަށްވެސް ހަމަ ދަނީ އަންނަމުން
16:31 މުޙައްމަދު ސަމާޙު ވިލާ ބިލްޑިންގް ކައިރިން

ވިލާ ބިލްޑިންގް ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާ ދޫކޮށްލައިފި

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން

ފަނޑިޔާރުންގެ ވިސްނުމަށް މިހާބޮޑު ބަދަލެއް އައި ސަބަބު ވަރަށްބޮޑަށް ދިރާސާ ކުރަން އެބަ ޖެހޭ
16:28
ވިލާބިލްޑިންގް ސަރަހައްދު --- ސަން ފޮޓޯ
16:28 މާހިލް މުހައްމަދު

ޕީޕީއެމްއިން މިވަގުތު ދަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަމުން

16:27 މާހިލް މުހައްމަދު

މިރޭ ޕީޕީއެމްގެ ރުމާލު2 ޖަގަހައިގައި އެޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ ވަރަށް ޚާއްސަ ޖަލްސާއެއް އޮންނާނެ ކަމަށް އެޕާޓީގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ

16:24 މުޙައްމަދު ސަމާޙު ވިލާ ބިލްޑިންގް ކައިރިން

ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް، ވިލާ ބިލްޑިންގްއަށް ވަނުމަށް މަސައްކަތް ކުރި އެތަނުގެ މުވައްޒަފަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

16:22 މުޙައްމަދު ސަމާޙު ވިލާ ބިލްޑިންގް ކައިރިން

ވިލާ ބިލްޑިންގްގެ އެތެރެއާއި ބޭރުގައިވެސް އެސްއޯ ފުލުހުން ހަރަކާތްތެރިވޭ

16:18

ވިލާ ބިލްޑިންގްއަށް ސަލާމަތީ ބާރުތަކުން ވަދެއްޖެ

ވިލާ ބިލްޑިންގް ކައިރީގައި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ
14:24 މާހިލް މުހައްމަދު

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ގައުމާ މުޚާތަބުކުރެއްވުން ނިންމާލައްވައިފި

ރައީސް ޔާމީން

އަޅުގަނޑުގެ މައްސަލަ ބަލާ ދުވަހެއްވެސް ގެންނަންވީ. މިއަދު އަޅުގަނޑުގެ މައްސަަލަ ބަލަން ބުންޏަސް އެ ފުރުސަތު ދޭނަން
ރައީސް ޔާމީން

މިއީ ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތް. މި މަސައްކަތް ކުރީމާ ރައީސަށް ތާއިދު ކުރަންޖެހޭނީ.
ރައީސް ޔާމީން

ފަނޑިޔާރަކާ ދެކޮޅަށްވެސް ކިތާބީ ހެކި ހުރި ނަމަ އެ މައްސަލަ ބެލޭނެ
ރައީސް ޔާމީން

މި ކުރަނީ ބޮޑު އަމުރެއް ކުއްލިއަކަށް ނެރުނީ ކީއްވެގެންތޯ ހޯދުމުގެ މަސައްކަތް
ރައީސް ޔާމީން

އަމިއްލައަށް ކުރާ ކަންކަން އެހެން ބަޔަކަށް ނުބެލޭނެ ކަމަށް ބުނުމަކީ ޑިކްޓޭޓަޝިޕްގެ ސިފައެއް
ރައީސް ޔާމީން

ގާނޫނީ ނިޒާމުގެ ތެރެއިން ދައުލަތް ހިންގަން ހުރަސް އެޅީތީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހުނީ
ރައީސް ޔާމީން

މިހާރު ހިނގަމުންދާ ކަންކަމުގެ ބޮޑު މަންޒަރު ފުލުހުން ވަރަށް އަވަހަށް ހާމަކުރައްވާނެ
ރައީސް ޔާމީން

މިއުޅެނީ އަހުލީ ހަނގުރާމައެއް ހިނގާފާނެތީ ބިރަކުން ނޫން
ރައީސް ޔާމީން

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރަން ޖެހުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޖަވާބުދާރީ ނުކުރެވިގެން
ރައީސް ޔާމީން

ގާނޫނީ ގޮތުން ދިމާވެފައިވާ ކަންކަން ހައްލު ކުރަން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ
ރައީސް ޔާމީން

މި ކުއްލި ނުރައްކަލުގެ ހާލަތުގައި "ކާފިއު"އެއް ނޯންނާނެ
ރައީސް ޔާމީން

މިކަހަލަ ހާލަތެއްގައި ބަންޑާރަ ނައިބު ވަކިކޮށްފިނަމަ ކާކުތޯ އަޅުގަނޑަށް ލަފާދޭނީ
ރައީސް ޔާމީން

އުއްތަމަ ފަނޑިޔާރާ ބައްދަލުކުރަން އިއްޔެ 12 ޖެހި އިރު އަޅުގަނޑު އެދުމުން ބައްދަލެއް ނުކުރި
ރައީސް ޔާމީން

ދައުލަތް މިކަހަލަ ނާމަން ކަމެއްގައި ބިރުވެރިކަމެއްގައި ބޭއްވޭކަށް ނެތް
ރައީސް ޔާމީން

ބާރުތައް ވަކިކުރެވިފައި އޮންނަ ވެރިކަމެއް ދިވެހިރާއްޖޭގައި ނުކުރެވޭނެ
ރައީސް ޔާމީން

ސުޕްރީމް ކޯޓުގެ އަމުރާ ހިލާފުވެގެން މުއައްސަސާތަކަށް ފިޔަވަޅު ނޭޅުމަށް އަޅުގަނޑު ވާނީ އަންގާފައި
ރައީސް ޔާމީން

ގަސްދުގައި "ޖެމްސް" ހުރީ ކަނޑާލާފައި. އިލެކްޓްރޯނިކް ނިޒާމުގެ ތެރެއިން މައްސަލަތައް ހުށައެއް ނޭޅުނު. އެންމެ ގަދީމީ ގޮތަށް މީހަކު ފޮނުވައިގެން ސިޓީ ފޮނުވަން ކުރި މަސައްކަތް ވެސް ކާމިޔާބެއް ނުވި
ރައީސް ޔާމީން

ހަތަރު އަމުރެއް ސުޕްރީމް ކޯޓަށް ކުރިން. ގާނޫނީ ވެރިކަން ދެމެހެއްޓުން އެއީ ރައީސް ކުރަންޖެހޭ ކަމެއް ކަމަށް އެ އަމުރުގައި ދެންނެވިން
ރައީސް ޔާމީން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ގާނޫނަށް ވުރެ މަތީގައި ތިބޭވޭނެ ބައެއް ނޫން
ރައީސް ޔާމީން

ރައީސް މަގާމުން އަޒުލު ކުރެވޭނެ. އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް
ރައީސް ޔާމީން

އަލީ ހަމީދާއި އުއްތަމަ ފަނޑިޔާރުގެ ވިސްނުމަށް ބަދަލު އައީ ކޮން ނުފޫޒަކުންތޯ ބަލަން ޖެހޭ
ރައީސް ޔާމީން

މި މައްސަަލަތައް އުފެދުމުން ހައްލު ކުރުމަށް އެއްވެސް މަގެއް ނުފެނުނު. އެއްވެސް ޗޮއިސްއެއް އަޅުގަނޑަކަށް ނުފެނުނު
ރައީސް ޔާމީން

ޑެޕިއުޓީ ސީޕީ ސައުދީ ވެސް މަގާމަށް އަލުން ގެންނަން ސުޕްރީމް ކޯޓުން މަސައްކަތް ކުރި
ރައީސް ޔާމީން

ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް އަލުން މަގާމަށް ގެންނަން ސުޕްރީމް ކޯޓުގައި މަސައްކަތް ކުރި. ނަމަވެސް އެކަން ފެއިލްވި
ރައީސް ޔާމީން

ބަންޑާރަ ނައިބު ވަކިކުރަން މަސައްކަތް ކުރުމުން އެކަން ފެއިލްވި
ރައީސް ޔާމީން

ރައީސް މަގާމުން ވަކިކުރަން ސުޕްރީމް ކޯޓުގައި މަޝްވަރާ ކުރި
ރައީސް ޔާމީން

މައްސަލަތައް ލަސްވާ ކަމަށް ވަންޏާ އުއްތަމަ ފަނޑިޔާރު އަރިހުގައި މައްސަލަ އަވަސް ކުރުމަށް އަބަދުވެސް ދަންނަވަން. ނަމަވެސް މައްސަލަ ވަކިގޮތަކައް ނިންމާކަށް ދުވަހަކުވެސް ނުބުނަން
ރައީސް ޔާމީން

ސުޕްރީމް ކޯޓުގެ ތެރޭގައި ދެން ތިބި ތިން ފަނޑިޔާރުންގެ އެއްވެސް މައްސަލައެއް ނެތް
ރައީސް ޔާމީން

ހަސަން ސައީދުގެ މައްސަލަ ސުޕްރީމް ކޯޓުން ބާތިލު ކުރުމުން އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ ސުޕްރީމް ކޯޓުގެ ތެރެއިން ނުބެލޭނެކަން އެނގިއްޖެ
ރައީސް ޔާމީން

އެއްވެސް މީހެއްގެ ނުބެލޭ މައްސަލައެއް އޮވެގެން ނުވާނެ
ރައީސް ޔާމީން

ޖުޑިޝަރީގެ ތެރެއިން ސަރުކާރުން ބަލަން މަސައްކަތް ކުރި އެއްވެސް މައްސަލައެއް ބެލުމުގެ ޖާގައެއް ނުދިން
ރައީސް ޔާމީން

ހަސަން ސައީދަކީ ފަނޑިޔާރުންނަށް ލިބޭ އެއްވެސް އިމްތިޔާޒެއް ލިބޭ މީހެއް ނޫން. ތަހުގީގު ކުރަން ފެށުމުން އޭނާ ފިލީ
ރައީސް ޔާމީން

ތަހުގީގު ކުރަން އުޅުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއް ނޫން. ބަލަން އުޅުނީ ހަސަން ސައީދުގެ މައްސަލަ
ރައީސް ޔާމީން

ދައުލަތުގެ މީހުންގެ މުސާރައާ ނުބައްދަލު ކަންކަން ހިނގާނަމަ އެކަން ބަލަންޖެހޭ
ރައީސް ޔާމީން

ހަސަން ސައީދަކީ އުއްތަމަ ފަނޑިޔާރު އަދި ފަނޑިޔާރު އަލީ ހަމީދާ އެކުގައި އަބަދު އުޅޭ ބޭފުޅެއް
ރައީސް ޔާމީން

ސުޕްރީމް ކޯޓަށް ނުފޫޒު ވަންނަނީ އެއް ފަރާތުން ނޫންކަން ކަށަވަރުވެއްޖެ
ރައީސް ޔާމީން

ސުޕްރީމް ކޯޓުން ނިންމި ނިންމުމެއްގައި އެކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ނުބެލޭނެ ކަމަށް ބުނުމުން ދައުލަތުން ކަންބޮޑުވޭ
ރައީސް ޔާމީން

އަމުރު ތަންފީޒުކުރަން މަސައްކަތް ކުރުމަކީ ކޯޓުގެ ހުރުމަތް ކަނޑާލުމެއް ނޫން
ރައީސް ޔާމީން

ޕްރޮސެކިއުޓަރ ޖެނެރަލް ހުށަހެޅި އެއްވެސް މައްސަލައަކަށް ސުޕްރީމް ކޯޓުން ފަރުވާއެއް ދީފައެއް ނުވޭ
ރައީސް ޔާމީން

ބޭރުގެ ބަޔަކު ގެނެސްގެން ކޯޓު އަމުރު ތަންފީޒު ކުރާނެ ކަމަށް ބުނާ އޯޑިއޯ ކްލިޕެއް އުއްތަމަފަނޑިޔާރާއި ހިއްސާ ކުރިން. އެފަދަ ކަމެއް ނުކުރެވޭނެ ކަމަށް އުއްތަމަ ފަނޑީޔާރު ވަނީ ވިދާޅުވެފައި
ރައީސް ޔާމީން

ކޯޓު އަމުރާއި ގުޅިގެން ސީދާ އަޅުގަނޑުވެސް އުއްތަމަ ފަނޑިޔާރާ ގުޅިން. އެކަމަކު ހުކުރު ދުވަހުގެ ހަވީރާ ހިސާބަށްވެސް ފޯނު ނުނަންގަވާ
ރައީސް ޔާމީން

ޖޭއެސްސީގެ ބައްދަލުވުމެއް ބާއްވައިގެން ފަނޑިޔާރުން ޖަވާބުދާރީ ކުރުވަން މަސައްކަތް ނުކުރީ ހުކުމުގައި އޮތް ގޮތުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ޖޭއެސްސީގެ ހުރިހާ މެމްބަރުންގެ މައްޗަށް ނިންމާފާނެތީ އެ ރިސްކް ނުނެގުމަށް
ރައީސް ޔާމީން

ބޮޑެތި ކުށްވެރިންތަކެއް ދޫކޮށްލައިފިނަމަ ދާހިލީ މަސްލަހަތަށް ވެގެން ދާނެ ގޮތް ބަލަން ޖެހޭނީ ސަރުކާރުން
ރައީސް ޔާމީން

ސުޕްރީމް ކޯޓުން ކުރެއްވި ކަންތައްތަކާއި މެދު ދައުލަތަށް ޖަވާބުދާރީވާން ފުރުސަތު ނުލިބުމަކީ ގާނޫނާ ހިލާފު ކަމެއް
ރައީސް ޔާމީން

ކޯޓު އަމުރުގައި ހުރީ ދައުލަތުގެ މައްޗަށް ވަރަށް ވަރުގަދަ ކަންކަމެއް ނިންމާފައި. އެކަމަކު އެގޮތަށް ނިންމެވި ސަބަބެއް ސާފެއް ނުކޮށްދެއްވާ
ރައީސް ޔާމީން

ސިޔާސީ ކުށްވެރިންނަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ދަންނަ އެއްޗެއް ނޫން
ރައީސް ޔާމީން

ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރެއަކީ އެހާ ފަސޭހައިން ބަލައިގަނެވުނު ދުވަހެއްނޫން. އެ އަމުރާއި އެކު ލިބުނީ ކުއްލި ހައިރާން ކަމެއް
13:44 މާހިލް މުހައްމަދު

ރައީސް ޔާމީން ގައުމާ މުޚާތަބު ކުރައްވަން ފައްޓަވައިފި.

13:41 މުޙައްމަދު ސަމާޙު

11 އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުންދާ ކާނަލް ނާޒިމް ހުންނެވީ ގޭ ބަންދުގައި.

13:33 މުޙައްމަދު ސަމާޙު

ގޭބަންދުގައި ހުރި ކާނަލް ނާޒިމް އަނބުރައި ޖަލަށް ގެންގޮސްފި

ގޭބަންދުގައި ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓޑ) މުހައްމަދު ނާޒިމް ދާދި ދެންމެއަކު އަނބުރައި ޖަލަށް ގެންގޮސްފި

މޯލްޑިވްސް ޕޮލިސް ސާވިސް މާހިލް މުހައްމަދު

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ގާނޫނީ ސަރުކާރު ހިމާޔަތްކުރުމަށް ގާނޫނު އަސާސީން ފުލުހުްނނަށް ލާޒިމުކޮށްފައިވާ އެންމެހާ ކަންކަން ތަންފީޒުކުރުމުގައި ސާބިތުކަމާ އެކު ފުލުހުންގެ މުއައްސަސާ ދެމިއޮތްކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ޔަގީންކަން އަރުވަމެވެ.
13:17 މާހިލް މުހައްމަދު

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ އިރު، ރައްޔިތުން ކެތްތެރިވެ ތިބުމަށާއި، އަމާންކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ރައްޔިތުން އެއްބާރުލުން ދިނުމަށް ފުލުހުން އެދިއްޖެ. ފުލުހުން މިހެން ބުނީ ދެންމެ ނެރުނު ބަޔާނެއްގައި.

12:28 އަހްމަދު އާޒިފް

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ތަރުޖަމާނު ފައިސަލް އާދަމް "ސަން"އަށް ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ލަފާގެ ދަށުން، ސުޕްރީމް ކޯޓުގެ މަސައްކަތްތައް ކުރިޔަށް ދާކަން ކަށަވަރު ކޮށްދެއްވާފައި.

12:25 މާހިލް މުހައްމަދު

ރައީސް ޔާމީން މިއަދު މެންދުރު ގައުމާ މުޚާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން އަންގައިފި

12:25

12:00 އަފްރާހް އަބްދުއްރަޝީދު

https://sun.mv/100930/

ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރު ކުރާ މީހުންގެ ހައްގުތައް ހަނިކުރެވޭ ގޮތަށް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަށް އިސްލާހެއް ގެނެސްފި.

އެ އިސްލާހުގައި، ކުއްލި ނުރައްކަލުގެ ހާލަތުގައި ހަނިކުރެވޭ ހައްގުތަކުގެ ތެރެއަށް ގާނޫނު އަސާސީގެ 48 ވަނަ މާއްދާގެ ތިން އަކުރެއް. އެ މާއްދާގައި ވަނީ ހައްޔަރު އަދި ބަންދުކުރެވޭ މީހުންގެ ހައްގުތައް.

09:04

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ދޫކޮށްލައިފި

ފާރިސް މައުމޫން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
05:12

04:14

04:10

04:08 މުއާވިޔަތު އަންވަރު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށްފި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި

އަބްދުﷲ ސައީދ
04:05 މުއާވިޔަތު އަންވަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ހައްޔަރުކޮށްފި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި

އަލީ ހަމީދު
03:34 މުއާވިޔަތު އަންވަރު

އެމްއެންޑީއެފްގެ ވެހިކަލެއް ސުޕްރީމް ކޯޓު ގޯތިތެރޭން ނުކުމެގެން ހިނގައްޖެ.

03:29 އަޙްމަދު މުޖްތަބާ

ދިވެހިރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ސުލްހަވެރިކަމާއެކު ނިމުމަކަށް ގެނައުމަށާއި، ގާނޫނުއަސާސީގެ ހުރިހާ މާއްދާއަކަށް ފުރިހަމައަށް އަމަލުކޮށް ހައްގުތައް އިއާދަކުރުމަށާއި ސުޕްރީމް ކޯޓުގެ އަމުރަށް ތަބާވެ، ރައްޔިތުންގެ މަޖިލީހުގައި މިނިވަންކަމާއެކު މަސައްކަތްކުރެވޭނޭ މަގު ފަހިކޮށްދިނުމަށް، އިނގިރޭސި ފޮރިން ސެކްރެޓަރީ ބޮރިސް ޖޯންސަން ރައީސް ޔާމީނަށް ގޮވާލައްވައިފި.

03:23 މުއާވިޔަތު އަންވަރު

ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން ސުޕްރީމް ކޯޓު ތެރެއިން ނުކުމެއްޖެ.

02:31 މުއާވިޔަތު އަންވަރު

ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރުންތަކެއްވެސް ސުޕްރީމް ކޯޓުގައި ދަނީ ހަރަކާތްތެރިވަމުން

01:54

01:52 ފާތިމަތު ސައީދު

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ހުސައިން ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި

01:47 ފާތިމަތު ސައީދު

ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ގޮވައިގެން ފުލުހުންގެ ލޯންޗުގައި ދޫނިދުއަށް ދިޔުމަށް ދަތުރު ފަށައިފި.

އެ ދަތުރުގައި އެ ދެ ބޭފުޅުންގެ ގާނޫނީ ވަކީލުންގެ ގޮތުގައި ހުސައިން ޝަމީމާއި މޫސާ ސިރާޖު ވެސް ބައިވެރިވެވަޑައިގަންނަވާ

01:43

01:42 ފާތިމަތު ސައީދު

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކުރީގެ ރައީސް މައުމޫން ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި

01:38 މުޙައްމަދު ސަމާޙު މ. ކުނޫޒު ކައިރި

މާފަންނު ކުނޫޒު ސަރަހައްދުގައި ފުލުހުން ވަނީ ވަށާލާފައި. ކުނޫޒު ތެރެގައި ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުން އެބަތިބި

01:35 ފާތިމަތު ސައީދު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފުލުހުންގެ ވެހިކަލަށް އަރުވައިފި

01:27 ފާތިމަތު ސައީދު

ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ހައްޔަރުކޮށްގެން ގެންގޮސްފި

ޔުމްނާ މައުމޫންގެ ފިރިކަލުން ނަދީމް ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލްގައި ގެންދަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ
00:46 ފާތިމަތު ސައީދު

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ ގާނޫނީ ހަމަޔަކުން ނޫން ކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ.

މިހާރު ކުނޫޒުގައި އިދިކޮޅު ޕީޖީ ގުރޫޕުން ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫ ވިދާޅުވީ އިސްލާހީ މަސައްްކަތް ހުއްޓާ ނުލާނެ ކަމަށް

00:33 ޖަޒްލާން މުހައްމަދު އެންދެރިމާގެ ކައިރިން
އެންދެރިމާގެ ކައިރީގައި ގިނަ އަދަދެއްގެ އެސްއޯ ފުލުހުން -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
ރައީސް މައުމޫނު ހައްޔަރު ކުރުމުގެ ކުރިން ދެއްވި ވީޑިއޯ މެސެޖު ފާތިމަތު ސައީދު

އަޅުގަނޑު މިހާރު މިދަނީ ފުލުހުން ބަލާ އައިމަ. އެމީހުން އަޅުގަނޑު ހައްޔަރުކޮށްގެން މި ގެންދަނީ. ކޮން ތުހުމަތެއްގައި ކަމެއް އަޅުގަނޑަކަށް ނޭންގޭ. އަޅުގަނޑު ހައްޔަރު ކުރާ ކަހަލަ ކަމެއް ކޮށްފައެއް ނޯންނާނެ. ހުރިހާ ބޭފުޅުންނަށް އެކަމުގެ ޔަގީންކަން އަރުވަން
00:29 މާހިލް މުހައްމަދު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމަށާއި، ރިޝްވަރު ދޭން މަސައްކަތް ކުރި ކަމަށާއި، ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކޮށްފި ކަމަށް ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެ.

23:51

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ދިރިއުޅުއްވާ، މ. އެންދެރިމާގޭ ދޮރުވައްޓާލައިގެން ފުލުހުން އެގެއަށް ވަދެއްޖެ.

23:12

22:42 މުޙައްމަދު ސަމާޙު އެންދެރިމާގެ ކައިރިން

ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ މ. އެންދެރިމާގެ ކައިރީގައި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ. މިވަގުތު އެ ގޭ ދޮރުމަތީގައި ސަލާމަތީ ބާރުތަކުގެ ފަރާތްތައް އެބަ ތިބި

އެންދެރިމާގެ ކައިރީގައި ސަލާމަތީ ބާރުތައް ހަރަކާތްތެރިވަނީ --- ސަން ފޮޓޯ/ ޝާހު އާދަމް
22:39
ކްރިމިނަލް ކޯޓު ސަރަހައްދުގައި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ --- ސަން ފޮޓޯ/ ޝާހު އާދަމް
ކްރިމިނަލް ކޯޓު ސަރަހައްދުގައި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ --- ސަން ފޮޓޯ/ ޝާހު އާދަމް
22:35 ފާތިމަތު ސައީދު

22:35

ހުސްނުއްސުއޫދުގެ ސަސްޕެންޝަން އުވާލައި ޖުޑިޝަރީން އެކަން އަންގައިފި

22:34 ފާތިމަތު ސައީދު

ޔުމްނާ މައުމޫނު ހުށަހެޅުއްވި މައްސަލާގައި ޔުމްނާގެ ފަރާތުން ގާނޫނީ ވަކީލަކަށް ހަމަޖައްސަވާފައި ވަނީ ގާނޫނީ ވަކީލު ހިސާން ހުސައިން

22:31 ފާތިމަތު ސައީދު

ކުއްލި ނުރައްކަލުގެ ހާލަތު ބާތިލުކޮށްދޭން އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފި.

މައްސަލަ ހުށަހެޅުއްވީ ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން

22:25 ފާތިމަތު ސައީދު

ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އަދި ސުޕްރީމް ކޯޓުގެ މުވައްޒަފުން ސުޕްރީމް ކޯޓުގެ ތެރެއަށް ނުވެއްދި. އެތަނުގެ މުވައްޒަފަކު ބުނީ ވަންނަން ދިޔަ ތަނުން ނުވަދެވޭނެ ކަމަށް ސިފައިން އެންގި ކަމަށް.

22:24 މާހިލް މުހައްމަދު

އޯކިޑު މަގުގެ ބޮޑުބައެއް ވަނީ ސަލާމަތީ ބާރުތަކުން ބަންދުކޮށްފައި

22:20

22:13
ސުޕްރީމް ކޯޓު ސަރަހައްދު --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
22:07 ޖަޒްލާން މުހައްމަދު

ގިނަ އަދަދެއްގެ ބަޔަކު ސުޕްރީމް ކޯޓު ކައިރިއަށް ވަނީ އެއްވެފައި. މައުލޫމާތު ލިބޭގޮތުން ސުޕްރީމް ކޯޓު ގޭޓުގެ ތަޅު ހަލާކުކޮށްލައިގެން ވަނުމަށް ސިފައިން ދަނީ މަސައްކަތް ކުރަމުން

ސުޕްރީމް ކޯޓުގެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ --- ސަން ފޮޓޯ: ޖަޒްލާން މުހައްމަދު
22:03 ޖަޒްލާން މުހައްމަދު

ސުޕްރީމް ކޯޓު ސަރަހައްދުގައި، މަގުމަތީގައި ތިބި އާންމުން ދުރަށް ޖައްސަން ފަށައިފި

ސުޕްރީމް ކޯޓު ސަރަހައްދުގައި ރަޔަޓު ގިއަރުގައި އެސްއޯ ފުލުހުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
21:59
21:49 ޖަޒްލާން މުހައްމަދު ސުޕްރީމް ކޯޓު ކައިރިން
ސުޕްރީމް ކޯޓު ސަރަހައްދުގައި ރަޔަޓު ގިއަރުގައި އެސްއޯ ފުލުހުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
ސުޕްރީމް ކޯޓު ސަރަހައްދުގައި ރަޔަޓު ގިއަރުގައި އެސްއޯ ފުލުހުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
21:35 މުޙައްމަދު ސަމާޙު

ސުޕްރީމް ކޯޓު ހުންނަ ސަރަހައްދު ވަނީ، ހަމަ އެކަނި ސަލާމަތީ ބާރުތަކަށް ވަދެވޭގޮތަށް ބަންދުކޮށްފައި.

ސުޕްރީމް ކޯޓު ސަރަހައްދުގައި ސަލާމަތީ ބާރުތައް --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
21:31 މުއާވިޔަތު އަންވަރު

ޕީޕީއެމުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މި ގައުމު ސަލާމަތުގެ އައްސޭރިއަށް ވާސިލް ކޮށްދިނުމުގައި ރައީސް އަބްދުﷲ ޔާމީން ނިންމެވި ނިންމެވުމަށް ޕީޕީއެމުން ފުރިހަމައަށް ތާއިދުކުރާ ކަމަށް.

21:30 މުއާވިޔަތު އަންވަރު

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުން ސަރުކާރު ހިންގާ ޕީޕީއެމުން ރައީސް ޔާމީނަށް މަރުހަބާ ކިޔައިފި.

21:29

21:28 މުއާވިޔަތު އަންވަރު

ޕީޕީއެމްގެ ޕްރެސް ކޮންފަރެންސެއް މިވަގުތު ކުރިއަށް ދަނީ.

21:17

21:17

21:09

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ޣައިރު ޤާނޫނީ އަމުރަކަށް ތަބާނުވުމުގެ ހައްގެއް ނުހިފެހެއްޓޭނެ.

21:08 ޖަޒްލާން މުހައްމަދު

ގްރީން ޒޯން ކަމަށް ކަނޑައަޅާފައިވާ ސަރަހައްދު މިހާރު ވަނީ ބަންދުކޮށްފައި.

21:07 ފާތިމަތު ސައީދު

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރާ ގަރާރުގެ ނުވަތަ އެ ގަރާރުން ބައެއްގެ ސައްހަ ކަމާމެދު ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ހަދާ ގާނޫނަކާ މެދު ނުވަތަ ނެރޭ އަމުރަކާ މެދު ސުވާލު އުފެދިއްޖެ ހާލަތެއްގައި އެ ކަމާމެދު ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނުއަސާސީގެ 258 ވަނަ މާއްދާގައި ވަނީ ބުނެފައި.

21:02 ފާތިމަތު ސައީދު

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރާ ގަރާރު 48 ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވާނެ ކަމަށް ގާނޫނުއަސާސީގެ 257 ވަނަ މާއްދާގެ (ހ) ގައި ވަނީ ބުނެފަ. ގަރާރު ބާތިލް ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ގާނޫނު އަސާސީން ލިބިދީފައިވޭ.

20:58

ނުރައްކަލުގެ ހާލަތުގައި ހުއްޓާލާ ގާނޫނުތައް

  • ޖިނާއީ އިޖުރާއަތުގެ ގާނޫނު.
  • ފަނޑިޔާރުންގެ ގާނޫނުގެ 12 އަދި 14 ވަނަ މާއްދާ،
  • ފަނޑިޔާރުންނަށް ލިބިދޭ އިމްތިޔާޒު ތަކާއި، ފަނޑިޔާރަކާ މެދު އެއްވެސް ފިޔަވަޅެއް އަޅާނަމަ އެ މައުލޫމާތު ފަނޑިޔާރަށް ލިބުން.
20:58

ގާނޫނުއަސާސީން ހިފެހެއްޓި ހައްގުތައް

  • ހަޅުތާލު ކުރުމުގެ ހައްގާއި އެއްވެ އުޅުމުގެ މިނިވަންކަން.
  • އަދުލުވެރިކަމާއި އިދާރީ ފިޔަވަޅުތައް އެޅުން
  • ޝަހްސީ ޒިންމާ
  • ގާނޫނާ ހިލާފަށް ހައްޔަރު ކުރުމާއި ބަންދު ކުރުން
  • ހައްޔަރު ކުރުމާއި ބަންދު ކުރުމުގެ ބާރު
  • ހިފެހެއްޓުމާއި ފާސްކުރުމާއި މުދާ އަތުލުން
  • ކުށްކުށަށް ތުހުމަތު ކުރެވޭ މީހުން މިނިވަން ކުރުން
  • އަވަހަށް މައްސަލަތައް ތަހުގީގުކޮށް ދައުވާކުރުން
  • އިސްތިއުނާފު ކުރުމުގެ ހައްގު ބަދަލު ލިބިދިނުން
  • ހައްލު ހޯދުމަށްޓަކައި ދައުވާ ކުރުމުގެ ހައްގު
  • މީހުން ހާޒިރު ކުރުން
  • ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުން
  • ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ
  • އިތުބާރު ނެތަކމުގެ ވޯޓު
  • ރައީސުލް ޖުމްހޫރިއްޔާގެ ޝަރުތު އުނިވެއިވާ ކަމަށް ސުޕްރީމް ކޯޓަށް ކަނޑައެޅޭ މާއްދާ
  • ސުޕްރީމް ކޯޓުން ނިންމާނީ އެންމެ ފަހުގެ ނިންމުން ކަމަށް ބުނާ މާއްދާ
  • ޕީޖީ މަގާމުން ވަކިކުރުން
20:39

ކުއްލި ނުރައްކަލުގެ ހާލަތުގައި ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމާއި ނޫސްވެރިކަމުގެ މިނިވަން ނުހިފެހެއްޓޭނެ ކަމަށް ގާނޫނު އަސާސީގެ 255 ވަނަ މާއްދާގައި ބުނެފައިވޭ

20:38

ކުއްލި ނުރައްކަލުގެ ހާލަތާއެކު، މައުލޫމާތު ހޯދައި ލިބިދިނުމުގެ ހައްގު ހިފެހެއްޓިފައި ވަނީ. ނުރައްކަލުގެ ހާލަތު އިއުލާނުކުރީ ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނުނެގޭ ގޮތަށް އަދި ރައީސުލްޖުމްހީރިއްޔާ މަގާމުން ވަކި ނުކުރެވޭގޮތަށް.

20:37

ކުއްލިނުރައްކަލުގެ ހާލަތު ދެމިއޮންނާނީ 15 ދުވަހަށް.

19:25

18:46 މުޙައްމަދު ސަމާޙު ސުޕްރީމް ކޯޓު ކައިރިން

ގިނަ އަދަދެއްގެ އެސްއޯ ފުލުހުން އެބަ ހަރަކާތްތެރިވޭ. ފުލުހުން ދެންމެ ވަނީ މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް ޕްޕާ ސްޕްރޭ ޖަހާފައި. މުޒާހަރާގެ ބައިވެރިން މިހާރު ވަނޯ އޯކިޑު މަގުން، މާފަންނާ ދިމާލަށް ހިނގަން ފަށާފައި.

މި މުޒާހަރާއަކީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިސްތިއުފާއަށް ގޮވާލައި، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަކާ ޕީޕީއެމްއިން ބާއްވާ މުޒާހަރާއެއް.

މުޒާހަރާ ހިނގާ ސަރަހައްދުން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
18:44 މުޙައްމަދު ސަމާޙު ސުޕްރީމް ކޯޓު ކައިރިން

ފުލުހުންގެ ބެރިކޭޑު ފަޅާލައި، ކުރިޔަށް ޖެހުމަށް މަސައްކަތް ކުރަނީ. އެސްއޯ ފުލުހުން ވަނީ އެމީހުން ފަހަތަށް ޖައްސާފައި.

18:41 މުޙައްމަދު ސަމާޙު ސުޕްރީމް ކޯޓު ކައިރިން

ކުރީގެ ރައީސް މައުމޫނު ހައްޔަރުކުރުމަށްވެސް މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލަމުން

18:37 މުޙައްމަދު ސަމާޙު ސުޕްރީމް ކޯޓު ކައިރިން

ބޯކޮށް ވިއްސާރަކުރަމުން ދިޔަ ނަމަވެސް ސުޕްރީމް ކޯޓު ކައިރީގައި މުޒާހަރާ ކުރިޔަށް އެބަ ގެންދޭ.

މިސަރަހައްދަށް އެސްއޯ ފުލުހުން މިހާރު ވަނީ އައިސްފައި

ސުޕްރީމް ކޯޓު ކައިރީގައި ޕީޕީއެމްއިން ބާއްވާ މުޒާހަރާ -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
18:28 މުޙައްމަދު ސަމާޙު ސުޕްރީމް ކޯޓު ކައިރިން

މުޒާހަރާ ލީޑުކުރަމުން ދަނީ ޕީޕީއެމްގެ ޔޫތު ވިންގުގެ ރައީސް އިބްރާހިމް ޔޫސުފް އަދި ވެލިދޫ ދާއިރާގެ މެމްބަރު ޔާމިން ރަޝީދު.

މުޒާހަރާގެ ބައިވެރިން ތިބީ އާބުރުޒު ހިނގުމުގައި. ސިފައިން ދަނީ އެސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓަމުން.

ޕީޕީއެމްއިން ސުޕްރީމް ކޯޓު ކައިޜީގައި ކުރާ މުޒާހަރާ -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
18:26 މުޙައްމަދު ސަމާޙު ސުޕްރީމް ކޯޓު ކައިރިން

ޕީޕީއެމްއާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ސުޕްރީމް ކޯޓު ކައިރީގައި މުޒާހަރާ ކުރަނީ. މުޒަހަރާގެ ބައިވެރިން ގޮވަމުން ދަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިސްތިއުފާއަށް. އަދި އެހެން ފަނޑިޔާރުންނަށް ބިރުދެއްކުން ހުއްޓާލުމަށް

އުއްތަމަ ފަނޑިޔާރުގެ އިސްތިއުފާއަށް ގޮވާލައި ޕީޕީއެމްއިން ކުރިޔަށް ގެންދާ މުޒާހަރާ --- ސަން ފޮޓޯ/ މުހައްމަދު ސަމާހު
18:23 ފާތިމަތު ސައީދު

ސުޕްރީމް ކޯޓުން ކުރި އަމުރާ ދެކޮޅަށް އަޑު އުފުލައި ސަރުކާރަށް ތާއީދު ކުރާ ބަޔަކު މަގުމައްޗަށް ނުކުމެއްޖެ.

ވެސްޓް ޕާކުގައި ހުރި ރައީސް ޔާމީނުގެ ކެމްޕޭން އޮފީހުން ނުކުމެގެން އެމީހުން ހިނގާފައި ދިޔައީ ސުޕްރީމް ކޯޓު ކައިރިއަށް.

ޕީޕީއެމުން ހިންގާ ހަރަކާތުގައި އިސްވެ ހުރީ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމިން ރަޝީދު

18:07 ފާތިމަތު ސައީދު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިޔަސް ފަނޑިޔާރު އަލީ ހަމީދު ވިޔަސް ޖިނާއީ ކުށެއް ކޮށްފި ނަމަ ގާނޫނު އަރާ ހަމަ ކުރާނެ ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ

ޕީޕީއެމުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާޅުގައި ފާޑު ވިދާޅުވެފައެވެ. އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރައްވައި އަދުރޭ ވިދާޅުވީ އެވާހަކަ ދައްކާތީ " އަބްދުﷲ ސައީދުގެ ލޮލަށް ނިދި ނައިސްގެން އުޅެނީ" ކަމަށް

17:30 ފާތިމަތު ސައީދު

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލަައި އިދިކޮޅު ފަރާތްތަކުން އާޓިފިޝަލް ބީޗު ސަރަހައްދުގައި ދަމާފައިވާ ބެނާ ފުލުހުން ނަގައިފި

އެ ބެނާ ނެގުމުން އާ ބެނާއެއް ވަނީ ދަމާފައި

16:56 ފާތިމަތު ސައީދު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެމަނިކުފާނުގެ ބާރުން ގައުމު ހަލާކުގެ ތެރެއަށް ވައްޓާލާތަން ބަލަން ނުތިބޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ

https://sun.mv/100895

އަބްދުއްރަހީމް އަބްދުﷲ، ޕީޕީއެމްގެ ނައިބު ރައީސް

ސުޕްރީމް ކޯޓަށް މިގައުމަށް ބޭނުންހާގޮތެއް ނުހެދޭނެ. އަޅުގަނޑުމެން އެ ފުރުސަތު ނުދޭނަން
15:10 ފާތިމަތު ސައީދު

ރައީސް ޔާމީން އެ ސިޓީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ފޮނުއްވެވީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ހ) އަދި (ނ) ގެ ދަށުން ލިބިދޭ ބާރުގެ ދަށުން ކަމަށް ބުނެ

ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުތައް

ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ހ) ގައި ގާނޫނުއަސާސީ އާއި ގާނޫނުން ކަނޑައަޅަފައިވާ ކަންތައްތައް އިހުލާސްތެރިކަމާ އެކު ތަންފީޒުކޮށް ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ގާނޫނު އަސާސީ އާއި ގާނޫނާ އެއްގޮތަށް އަމަލު ކުރުމަށް ބާރުއެޅުން ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ނ) - ގާނޫނުގެ ވެރިކަން ކުރިއަރުވައި އެންމެންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކޮށްދިނުން

15:09 ފާތިމަތު ސައީދު

އެހެން މުއައްސަސާތަކުގެ ބާރުތައް ނުގެއްލޭ ގޮތަށް އަމަލު ކުރުމަށް އެދި ރައީސް ޔާމީންގެ ސިޓީއެއް އުއްތަމަ ފަނޑިޔާރަށް ފޮނުއްވައިފި

14:32 ފާތިމަތު ސައީދު

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާ ސުވާލު ކުރުމަށް އެމަނިކުފާނުގެ ގެކޮޅަށް ދިއުމުން ސުވާލު ކުރުމުގެ ފުރުސަތު ނުދިން ކަމަށް ފުލުހުން ބުނެފި

14:22 މުއާވިޔަތު އަންވަރު

ސުޕްރީމް ކޯޓު ކައިރީ ގިނަ އަދަދެއްގެ ސިފައިން ފޯރިމަރަން ފަށައިފި

އަބްދުއްރަހީމް އަބްދުﷲ، ޕީޕީއެމްގެ ނައިބު ރައީސް މުޙައްމަދު ސަމާޙު

މިހާރު މިކުރަމުންދަނީ އައުތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އަމިއްލަ ފައިދާ އަށް ކުރަމުންދާ ކަންކަން
14:20 ފާތިމަތު ސައީދު

ފާރިސް މައުމޫން ބަންދުން ދޫކޮށްލުމަށް ގާނޫނީ ވަކީލު ހުސައިން ޝަމީމް ޕީޖީ އޮފީހުގައި އެދިވަޑައިގެންފި

އަބްދުއްރަހީމް އަބްދުﷲ، ޕީޕީއެމްގެ ނައިބު ރައީސް މުޙައްމަދު ސަމާޙު

ވަކި ބަޔަކު ކުރީމައެއް ނޫން ކޮރަޕްޝަން ތަހުގިގު ކުރަންޖެހޭނީ. ޒައިދުލް އަމީން ފަނޑިޔާރު އަލީ ހަމީދާ މެދު ކުރާ ތުހުމަތުތައްވެސް ބަލަން ޖެހޭ. ކީއްވެތޯ ނުބެލިގެން އުޅެނީ
14:15 މުޙައްމަދު ސަމާޙު

މިހާރު މި ފެންނަނީ ދަށު ކޯޓު ތަކުގެ ބޭނުން ކެނޑިފައިވާތަން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ

14:14 މުއާވިޔަތު އަންވަރު

ސުޕްރީމް ކޯޓުގެ އަމުރު ވީ އެންމެ އަވަހަކަށް ތަންފީޒުކޮށްދިނުމަށް ކަމާ ބެހޭ އިދާރާތަކަށް ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ގޮވާލައްވައިފި

މެމްބަރު އިލްހާމް އަހުމަދު

އަދުލު އިންސާފުގެ ނިޒާމް ވަރަށް ރަނގަޅަށް މަސައްކަތް ކުރާތަން މި ފެނިގެން ދަނީ
14:08 އަފްރާހް އަބްދުއްރަޝީދު

https://sun.mv/100883

އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު ކަމުން ހިޝާމް އަހުމަދު އިސްތިއުފާ ދެއްވައިފި

އަބްދުއްރަހީމް އަބްދުﷲ، ޕީޕީއެމްގެ ނައިބު ރައީސް މުޙައްމަދު ސަމާޙު

ސުޕްރީމް ކޯޓަށް ފާޑުކިޔައިގެން އަޅުގަނޑަށް ދޭން ބޭނުންވާ އަދަބެއް ދޭންވީ. އެ އަދަބެއް ދެން ނުދެވޭނެ
އަދުރޭ
14:02

ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ދޫކޮށްލައިފި

13:13 މުއާވިޔަތު އަންވަރު

https://sun.mv/100876

މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައި

13:01 ފާތިމަތު ސައީދު

މެމްބަރު ސިނާން ދޫކޮށްލަން ކޯޓަށް އަމުރު ކޮށްފި

12:28

ސުޕްރީމް ކޯޓު ކައިރިއަށް އެއްވެ އިދިކޮޅު މަޖިލިސް މެމްބަރުންނާއި ސަޕޯޓަރުން ގޮވަމުން ދަނީ އެ ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް

12:27 މުޙައްމަދު ސަމާޙު

ސުޕްރީމް ކޯޓު ކައިރީ ހަރަކާތްތެރިވި ބައެއް މަޖިލިސް މެމްބަރުންގެ ލޮލަށް ޕެޕަސްޕްރޭ ޖަހައިފި

12:26 މުޙައްމަދު ސަމާޙު

ސުޕްރީމް ކޯޓު ކައިރިއަށް އިދިކޮޅު ބައެއް މަޖިލިސް މެމްބަރުންނާއި ސަޕޯޓަރުން އެއްވެއްޖެ

12:24 ފާތިމަތު ސައީދު

ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް އެ ކޯޓުން އިންޑިއާގެ އެހީތެރިކަމަށް އެދިފައި ނުވާނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފި

12:18

ސައީދު ދޫކޮށްލަން ކޮށްފައިވާ އަމުރުގެ ސަބަބުން ފުލުހުންގެ ތަޙްޤީޤަށް ހުރަސް އެޅި ގާނޫނު އަސާސީ އިން ރައީސްއަށް ދެއްވާފައިވާ ދައުރު އަދާ ކުރުމަށް ހުރަސް އެޅިފައިވާ ކަމަށް ރައީސްގެ ތިން ވަނަ ސިޓީގައި ވަނީ ވިދާޅުވެފައި އަދި އެ އަމުރު ބާތިލު ކޮށްދިނުމަށް ވަނީ އެދިވަޑައިގެންފައި.

12:11 މުޙައްމަދު ސަމާޙު

އަމުރާ ގުޅިގެން ޕީޖީން ހުށައަޅާފައިވާ ކަންކަމަށް ސުޕްރީމް ކޯޓުން ފައުވާއެއް ހޯދައިދީފައި ނުވާތީ އެކަމުގެ ކަންބޮޑުބުން ވެސް ރައީސް ވަނީ ފާހަގަ ކުރައްވާފައި .

12:10

ރިޝްވަތުގެ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހައްޔަރު ކުރުމަށް ނެރުނު ކޯޓް އަމުރު ބާތިލް ކުރުމަކީ ދައުލަތުގެ ވެރިޔާގެ ހައިސިއްޔަތުން ރައީސް ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް

12:09 މުޙައްމަދު ސަމާޙު

ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ދައުލަތުގެ ހިންގުމުގެ ބާރު އޮޅުންބޮޅުންވެ ގައުމީ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށް ރައީސް ޔާމީންގެ ސިޓީގައި ވަނީ ފާހަގަ ކުރައްވާފައި.

12:04 މުއާވިޔަތު އަންވަރު

ގާނޫނޫގެ ތެރެއިން އެ އަމުރު ތަންފީޒު ނުކުރެވޭނެ ކަމަށް ޕީޖީ ވަނީ ލަފާ ދީފައި

އެ އަމުރާ އެއްގޮތަށް ދައުލަތް ހިންގަން ފަށައިފި ނަމަ ދައުލަތުގެ ބާރު ކެނޑިދާނެ

ޖުޑޝަލް ސާވިސް ކޮމިޝަންްގެ ބާރު ނުކެޑޭ ގޮތަށް އަމުރު ބަދަލުކުރަން އެދިފައިވޭ

ދެންނެވި ތިން ނުކުތާއަށް ބަލައި ސުޕްރީމް ކޯޓުގެ އަމުރު ބާތިލުކުރަން ރައީސް ވަނީ އެދިވަޑައިގެންފައި

އަމުރުގައި ހުރި ބައެއް ގާނޫނީ މައްސަލަތައްތަކުގެ ތެރޭގައި ހުކުމެއްގައި ތިބި ކުށްވެރިންތަކެއް ހުކުމް ތަންފީޒުކޮށް ނުނިމެނީސް ދޫކޮށްލުން ހިމެނޭ ކަމަށް އާޒިމާ ވިދާޅުވި

https://sun.mv/100873

12:00

ސުޕްރީމް ކޯޓްގެ ހުކުމެއް ބާތިލުކޮށް އަލުން ދަށު ކޯޓަކުން ބެލުމަކީ ދިވެހި ރާއްޖޭގެ ދުސްތޫރު ދަންނަ ކަމެއް ނޫން ކަމަށް އާޒިމާ ވިދާޅުވި.

11:59 މުޙައްމަދު ސަމާޙު

ތިން މައްސަލަ ވެސް ފޮނުވާފައި ވަނީ ރައީސުލްޖުމުހުރިއްޔާއަށް ލިބިފައިވާ ބާރާއި ގާނޫނު އަސާސީގެ ދަށުން މަތިކުރުވާފައިވާ ކަންތައްތަކުގެ ތެރެއިން މިހާރު ދިމާވެގެން އުޅޭ މައްސަލަައާ ގުޅޭ ހައްލެއް ހޯދުމަށް.

11:58

އާޒިމާ ޝުކޫރު ވިދާޅުވީ ރައީސް ފޮނުވި ސިޓީގައި ދައުލަތުގެ ކަންކަން އަމުރުގައި އޮތް ގޮތަށް ހިންގައިފި ނަމަ ގާނޫނު އަސާސީގެ ބޭނުން ކެނޑިގެން ހިނގަދާނެ ކަމަށް.

11:56 މުޙައްމަދު ސަމާޙު

ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ތިން ސިޓީއެއް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ފޮނުވައިފި

11:53 އަފްރާހް އަބްދުއްރަޝީދު

ސަރުކާރުން ބާއްވާ ޕްރެސް ކޮންފަރެންސް އެއް ކުރިއަށް ދަނީ. ޕްރެސް ކޮންފަރެންސު ދެއްވަނީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރު.

11:38 މުޙައްމަދު ސަމާޙު

ވަޅި ހިފައިގެން ތިބި ބަޔަކު ކުރީގެ ރައީސް މައުމޫން ދިރިއުޅުއްވާ ގެ ކައިރި އަޑުގަދަ ކޮށް އިންޒާރު ދިން މައްސަލަ ބަލައިދިނުމަށް އެމަނިކުފާނު ގޮވާލައްވައިފި.

11:34 މުޙައްމަދު ސަމާޙު

ރައްޔިތުންގެ މަޖިލީހުގެ މަންޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންއާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކޮށްފި.

ކްރިމިނަލް ކޯޓް ހިމެނޭ ސަރަހައްދުގައި އިދިކޮޅު އިއްތިހާދުން ދަނީ ހަރަކާތްތެރިވަމުން.

ފުލުހުން މިހާރުވަނީ އެ ސަރަހައްދުގައި ތިބި މީހުން ފަހަތަށް ޖައްސަން ފަށާފައި.

02:37 މުޙައްމަދު ސަމާޙު

ދިވެހި ގައުމުގެ އަމާންކަމާއި މަސްލަހަތު ހިމާޔަތްކުރުމަށް ފުލުހުންގެ ސަފުތައް ހިތްވަރާއެކު ރުކުރުވާލެވިފައިވާ ކަމަށް އެ އިދާރާއިން ބުނެފި.

ގާސިމް އިބްރާހިމް މުޙައްމަދު ސަމާޙު

ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލާން ޖެހޭ ކަމަށް ވިދާޅުވުމާއެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރައްދު އުމަރު ނަސީރަށް.

ކޯލިޝަން ޕާޓްނަރަކާ ގުޅިގެން އުމަރު ދެއްކި ވާހަކައާ މެދު ހިތާމަ ކުރަން
00:24 އަފްރާހް އަބްދުއްރަޝީދު

12 ޖެހުމުން އިދިކޮޅު އިއްތިހާދުން އެމްޑީޕީ ހަރުގޭގައި ބޭއްވި އެއްވުން ނިންމާލައިފި. މި އެއްވުމުމުގައި ގިނަ އަދެއްގެ މީހުން ވަނީ ބައިވެރިވެފައި. އަދި މާދަމާ ރޭ ވެސް އެއްވުން އޮންނާނެ ކަމަށް އެއްވުމުގެ ބައިވެރިން ބުނޭ.

މިރޭ އިދިކޮޅުން އެމްޑީޕީ ހަރުގެ ކައިރީގައި ބޭއްވި މުޒާހަރާގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ
00:11

00:09

ސުޕްރީމް ކޯޓަކީ ރާއްޖޭގެ އެންމެ މަތީ ކޯޓު. ސުޕްރީމް ކޯޓުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި އެވަނީ ކަނޑައެޅިގެން ބަޔާންކޮށްފައި. އެހެންވީމަ އަޅުގަނޑުމެން ދަންނަވާނީ ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކަކީ ނެރޭ އަމުރުތަކަކީ ކުރާ ހުކުމްތަކަކީ އެއަށް އަމަލުކުރުން ލާޒިމް އެއްޗެކޭ.

00:09

އަޅުގަނޑުމެންގެ އިލްތިމާސަކީ އާންމުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭގޮތަށް މިފަދަ މައުލޫމާތު ފަތުރަމުން ނުގެންދިޔުން.

00:08

ޚާއްސަކޮށް ސުޕްރީމް ކޯޓާ މެދު އާންމުންގެ މެދުގައި އޮންނަ އިތުބާރާއި ޔަގީންކަން ކުޑަވާގޮތަށް ކުރެވޭ މިފަދަ އަމަލުތައް ވެގެންމިދަނީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދާ ޚިލާފު އަމަލުތަކެއްގެ ގޮތުގައި. އެހެންވީމަ މިފަދަ އަމަލުތައް ކުރާ ފަރާތްތަކާ މެދު ސުޕްރީމް ކޯޓުގެ ފަރާތުން ގާނޫނާއި ގަވާއިދުގެ ތެރެއިން އެޅެންހުރި ފިޔަވަޅުތައް އަޅުއްވަމުން ގެންދާނެ.

00:08

ޝަރުއީ ދާއިރާއާ މެދު އާންމުންގެ ހިތްތަކުގައި ޝައްކާއި ވަހުމު އުފެދޭގޮތަށް ބައެއް ފަރާތްތަކުން ކުރަމުންދާ ކަންތައްތަކާ މެދު ހިތާމަކުރަން.

00:05

ޝަރުއީ ދާއިރާގެ ފަރާތުން އާންމުންނާ ހަމައަށް ފޯރުކޮށްދޭ މައުލޫމާތު މި ފޯރުކޮށްދެނީ ޝަރުއީ ދާއިރާގެ ވެބްސައިޓާއި ސުޕްރީމް ކޯޓުގެ ވެބްސައިޓް އަދި ޝަރުއީ ދާއިރާގެ ޓްވީޓާ އެކައުންޓް މެދުވެރިކޮށް. އެހެންވީމަ އެނޫންގޮތަކަށް އަޅުގަނޑުމެންގެ ސައިޑުން އާންމުންނާ ހިއްސާކުރަން ބޭނުންވާ މައުލޫމާތެއް އެހެން ރޫޓަކުން ނުދާނެ ވާހަކަ ދަންނަވަން.

ޖުޑިޝަރީގެ ސްޕޯކްސް ޕާސަން ފައިސަލް އާދަމް ސަންއަށް ބަސްދީގަތުން ދެއްވަނީ -- ސަން ފޮޓޯ

23:20 ފާތިމަތު ސައީދު

ޕީޕީއެމުން ކުރިއަށް ގެނދިޔަ ޖަގަހަ ޖަލްސާ ނިންމާލައިފި. ޖަލްސާގައި ޕީޕީއެމްގެ މަޖިލިސް މެމްބަރުންނާއި ކެބިނެޓް މިނިސްޓަރުންނާއި ގިނަ އަދަދެއްގެ ޕީޕީއެމް މެމްބަރުން ބައިވެރިވި. ވާހަކަފުޅު ދެއްކެވި ފަރާތްތަކުން ވަނީ އުއްތަމަ ފަނޑިޔާރައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާޑު ވިދާޅުވެފައި

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު

ފުލުހުންނާއި ސިފައިންނާއި މެދު ރައްޔިތުން ކުރާ އިތުބާރު ކަނޑާލައިފި. އެ ބޭފުޅުންނަކީ އަޅުގަނޑުމެންގެ މޫނަށް ޕެޕާ ސްޕްރޭ ޖަހަން ތިބޭ ބައެއް ނޫން
އެމްޑީޕީ ހަރުގޭގައި ހެންވޭރު އުތުުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ
އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަފްރާހް އަބްދުއްރަޝީދު އެމްޑީޕީ ހަރުގެ ސަރަހައްދުން

އިރާދަކުރެއްވިއްޔާ ހުރިހާ ލިޑަރުން މިނިވަން ވާނެ. އިރާދަކުރެއްވިއްޔާ ރައީސް މުހައްމަދު ނަޝީދު އަޅުގަނޑުމެންނާއެކީ ވަރަށް އަވަހަށް ވާނެ
އިދިކޮޅު ޕާޓީތަކުން އެމްޑީޕީ ހަރުގެ ސަރަހައްދުގައި ކުރިޔަށް ގެންދާ އެއްވުން -- ފޮޓޯ/ އެމްޑީޕީ
22:42 އަފްރާހް އަބްދުއްރަޝީދު

އެމްޑީޕީގެ ހަރުގެ ކައިރީގައި އިދިކޮޅު ފަރާތްތަކުން އަދިވެސް ތިބީ އެއްވެ. އެމީހުން އަދިވެސް ދަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމަށް ގޮވާލަމުން.

ޖަގަހަ ކައިރީގައި އިދިކޮޅު ޕާޓީތަކުން ބާއްވަމުން ގެންދާ އެއްވުން --- ފޮޓޯ/ އެމްޑީޕީ
ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު މުޙައްމަދު ސަމާޙު ރުމާލު2 ޖަގަހައިން

އުންޑަ ލައްވާފައި ހުރި ފިސްތޯލަކުން ރައީސް ޔާމީނާ ދިމާލަށް ބަޑި ޖެހިޔަސް ރައްޔިތުންގެ ހައްގުގައި އިސްތިއުފާއެއް ނުދެއްވާނެ. ރައީސްއަށް މުހިންމު ވާނީ ރައްޔިތުން
ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު މުޙައްމަދު ސަމާޙު ރުމާލު2 ޖަގަހައިން

ހުކުމް ނެރުނު ރޭ ޕީޕީއެމްގެ މެމްބަރުންނާ އެކު ނުހުރެވުނީ ހަގު ދަރިފުޅުގެ ބޭސްފަރުވާއަށް ކޮޅުނބުގައި ހުރީމަ. އެހެން ނޫންނަމަ އެ މުހިންމު ވަގުތު ހުންނާނީ ޕީޕީއެމް މެމްބަރުންނާއި އެކު
އެމްޑަބްލިއުއެސްސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު މުޙައްމަދު ސަމާޙު ރުމާލު2 ޖަގަހައިން

ތަފާތު ދައްކަން ލިބުނު ފުރުސަތުގެ ބޭނުން، ކުރީގެ ސިޔާސީ ލީޑަރުންނަށް ނުކުރެވުނީ އެބޭފުޅުންގެ ކަންނެތްކަމުން
ޕީޕީއެމްގެ ރުމާލު2 ޖަގަހަ ޖަލްސާގެ ތެރެއިން -- ފޮޓޯ/ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
އެމްޑަބްލިއުއެސްސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު މުޙައްމަދު ސަމާޙު ރުމާލު2 ޖަގަހައިން

ވޯޓުން ނަތީޖާ ދައްކާނަން. ރަށް ރަށުގެ ރައްޔިތުން ތިބީ ސަރުކާރާއި އެކު.
22:25

މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު މުޙައްމަދު ސަމާޙު ރުމާލު2 ޖަގަހައިން

ގައުމުގެ އަމާންކަން ދެމެހެއްޓުމުގައި ސިފައިންނާއި ފުލުހުން އަދާ ކުރަމުންދާ ރޯލަށް ޝުކުރު އަދާކުރަން. އެބޭފުޅުން ވާނީ ގާނޫނު ތަންފީޒް ކުރުމުގައި މިސާލަކަށް.
މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު މުޙައްމަދު ސަމާޙު ރުމާލު2 ޖަގަހައިން

އަޅުގަނޑު ދުށް އެންމެ ހިތްވަރުގަދަ އަދި އެންމެ ކެރޭ ރައީސަކީ ރައީސް ޔާމީން. ހުކުމެއް ކުރީމަ އެ ހުކުމް މުރާޖާ ކުރުމަކީ ރައީސް ކުރައްވަން ޖެހޭ ކަމެއް.
މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު މުޙައްމަދު ސަމާޙު ރުމާލު2 ޖަގަހައިން

މިއީ ގައުމުގެ ދިދަ އުފުލަން ޖެހޭ ވަގުތަކީ. މިއީ ގައުމުގެ އިސްތިގުލާލް ދިފާއު ކުރަންޖެހޭ ވަގުތު
22:05 ފާތިމަތު ސައީދު

https://sun.mv/100849

ބަންޑާރަ ނައިބު ހައްޔަރުގައި ބަހައްޓައިގެން ސުޕްރީމް ކޯޓަށް ހާޒިރުކުރުމަށް އަމުރުކޮށް ނެރެފައިވާ ކަމަށް ބުނެ، މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނީ ސައްހަ ނޫން ކޯޓު އަމުރެއް ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފި

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މުޙައްމަދު ސަމާޙު ރުމާލު2 ޖަގަހައިން

ރައީސް ވަކިކުރުމުގެ ބާރު އޮންނަނީ މަޖިލީހަށް އެކަނި. އެބާރު ސުޕްރީމް ކޯޓަށްވެސް ލިބިގެން ނުވޭ.
މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) މުޙައްމަދު ސަމާޙު ރުމާލު2 ޖަގަހައިން

ބޭރުގެ ސިފައިން ގެނެސްގެން ކުރެވޭނެ ކަމެއް ނޯންނާނެ. ދީނާއި ގައުމުގެ ދިފާއުގައި ދިވެހިން ނުކުންނާނެ. ޒުވާނުންނަށް ކުޅެން ނޫޅޭ. ޒުވާނުން ތިބީ ރައީސް ޔާމީންއާއެކު
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މުޙައްމަދު ސަމާޙު ރުމާލު2 ޖަގަހައިން

ރައީސް ޔާމީން އަކީ ބަތޮލެއް. މުހައްމަދު ތަކުރުފާނު ފަދަ ބަތޮލެއް
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މުޙައްމަދު ސަމާޙު ރުމާލު2 ޖަގަހައިން

ގައުމަކީ މަންމަ. ގައުމު ދަރުވާލައިގެން ގައުމުގެ މުދަލުން ފޭރުމަކީ. މަންމަގެ މުޅި ގައިގައި ދަތް އެޅުން ކަހަލަ ކަމެއް
އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގު ހަލީމް މުޙައްމަދު ސަމާޙު ރުމާލު2 ޖަގަހައިން

ގައުމު ފަނާކުރުމުގެ ފުރުޞަތެއް ނުދޭނަން. ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވާނަން
21:27 މުޙައްމަދު ސަމާޙު ރުމާލު2 ޖަގަހަ ކައިރިން

ޕީޕީއެމްގެ ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވަމުންދާއިރު ޖަގަހަ ހުންނަ ކޮއިމަލާ ހިނގުމަށް ވަންނަ ހިސާބު ވަނީ ފުލުހުން ބަންދުކޮށްފައި.

ޖަގަހަ ތެރެ ފުރިގެން މަގުމަތީގައިވެސް މީހުން އެބަތިބި.

ރުމާލު2 ޖަގަހައިގެ ބޭރުގައި ގިނަ އަދަދެއްގެ މީހުން -- ފޮޓޯ/ އަޒްހަރު ސައީދު
21:25 ފާތިމަތު ސައީދު

ޕީޕީއެމުން ރުމާލު2 ޖަގަހައިގައި ޖަލްސާއެއް ފަށައިގެން ކުރިއަށް ގެންދަނީ.

ޕީޕީއެމްގެ ޖަލްސާ ބާވަނީ ރައީސް ޔާމީނަށް އޮތް ތާއީދު ހާމަ ކުރުމުގެ ގޮތުން.

ޕީޕީއެމްއިން ރުމާލު2 ޖަގަހައިގައި ބާއްވާ ޖަލްސާގެ ތެރެއިން -- ފޮޓޯ/ އަޒްހަރު ސައީދު (ޓްވިޓަރ)
21:20 އަފްރާހް އަބްދުއްރަޝީދު އެމްޑީޕީ ޖަގަހަ ސަރަހައްދުން

އިދިކޮޅު އިއްތިހާދުގެ އެއްވުމެއް އެމްޑިޕީ ހަރުގެ ކައިރީގައި ފަށައިފި.

މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާއިރު އެމީހުން ތިބީ ދިދަ ހިފައިގެން. އަދި ގައުމީ ލަވަ ދަނީ ޖަހަމުން. މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް.

އެމްޑީޕީން މިރޭ ބާއްވަމުން ގެންދާ އެއްވުން -- ފޮޓޯ/ އެމްޑީޕީ
20:55

https://sun.mv/100846

ރާއްޖޭގައި އުފެދިފައިވާ ގާނޫނީ ސަރުކާރު ހިމާޔަތް ކުރުމަށް، ގާނޫނުއަސާސީން ލާޒިމްކުރާ އެންމެހާކަންކަން ތަންފީޒުކުރުމުގައި ސާބިތުކަމާއެކު ސަލާމަތީ ބާރުތައް ދެމި އޮންނާނެ ކަމަށް އެމްއެންޑީއެފުންބުނެފި.

އެމްއެންޑީއެފް ފާތިމަތު ސައީދު

ރާއްޖޭގައި އުފެދިފައިވާ ގާނޫނީ ސަރުކާރު ހިމާޔަތް ކުރުމަށް ގާނޫނުއަސާސީން ލާޒިމްކުރާ އެންމެހާ ކަންކަން ތަންފީޒުކުރުމުގައި ސާބިތުކަމާއެކު ސަލާމަތީ ބާރުތައް ދެމި އޮންނާނެ ކަމަށް އެމްއެންއެންޑީއެފުން ބުނެފި

ގާނޫނީ ސަރުކާރުން ހިމާޔަތް ކުރުމުގައި ސާބިތުވެ ތިބޭނަން
18:54

ސުޕްރީމް ކޯޓުން އަމުރުކޮށްފައިވަނީ ކްރިމިނަލް ކޯޓުގައި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މައްސަލައާ ގުޅޭ ލިޔުންތައް ހިމެނޭ ފައިލު މިރޭ 7:00 ގެ ކުރިން އެ ކޯޓަށް ފޮނުވުމަށް

18:47

https://sun.mv/100843

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހައްޔަރު ކުރުމަށް ފުލުހުން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލުކޮށްފި

18:36 މާހިލް މުހައްމަދު

ސުޕްރީމް ކޯޓުން މިިދިޔަ ބުރާސްފަތި ދުވަހު ނެރުނު އަމުރު ތަންފީޒުކުރުމަށް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ދާދި ދެންމެއަކު ބުނެފި.

18:28 މުޙައްމަދު ސަމާޙު

ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު އިބްރާހިމް އިސްމާއިލް ވިދާޅުވީ ޒުވާނުން މުޒާހަރާ ކުރިޔަށް ގެންދިޔައީ ވަރަށް ސުލްހަވެރިކަމާ އެކު ކަމަށާއި، މުޒާހަރާ ކުރިޔަށް ގެންދިއުމަށް ފުލުހުންނާއި ސިފައިން ދިން އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށް.

އަދި މާލޭގެ ސުލްހަ މަސަލަސްކަން ނަގާލަން ބަޔަކު އުޅޭނަމަ ކުރިޔަށް އޮތް ތަނުގައިވެސް ޒުވާނުން މިފަދަ ހަރަކާތްތައް ކުރިޔަށް ގެންދާނެ ކަމަށް ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު ވިދާޅުވި.

18:21

މަޣުރިބު ނަމާދުގެ ބަންގި ވަގުތު ޖެހޭތީ މުޒާހަރާ ނިންމާލައިފިކަން އިއުލާނުކޮށްފި.

18:20

އެއްވުމުގެ ބައިވެރުން ގޮވާލަމުން ދިޔައީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިސްތިއުފާއަށް. އަދި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނަށް އުއްތަމަ ފަނޑިޔާރު ބިރުދެއްކުން ހުއްޓާލުމަށް.

18:17

އޯކިޑުމަގާ އާބުރުޒު ހިނގުމާ ހަމައިން ޖަހާފައި ހުރި ބެރިކޭޑު ފަޅާލައި، ސުޕްރީމް ކޯޓާ ދިމާލަށް މުޒާހަރާގެ ބައިވެރިން ދިއުމަށް މަސައްކަތް ކުރި. ނަމަވެސް އެސްއޯ ފުލުހުން ފަހުން ވަނީ އެމީހުން ފަހަތަށް ޖައްސާފައި.

18:15 މުޙައްމަދު ސަމާޙު ސުޕްރީމް ކޯޓު ކައިރިން

ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ ރައީސް އިބްރާހިމް ޔޫސުފް ވިދާޅުވީ އެ މުޒާހަރާއަކީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމާ ދެކޮޅަށް ހިންގާ ހަރަކާތެއް ކަމަށް.

18:09 މުޙައްމަދު ސަމާޙު ސުޕްރީމް ކޯޓު ކައިރިން

ފަނޑިޔާރުންނަށް ބިރުދެއްކުން ހުއްޓާލަން ގޮވާލައި، ސުޕްރީމް ކޯޓު ކައިރީގައި މުޒާހަރާ ކުރަމުން ދިޔަ ޒުވާނުންތައް ވަނީ ފަރީދީ މަގު ކަންމައްޗާ ހަމައަށް ފަހަތަށް ޖައްސާފައި. ފުލުހުން ވަނީ އެ ސަރަހައްދު އެއްކޮށް ބަންދުކޮށްފައި. މުޒާހަރާގެ ބައިވެރިން ދަނީ އަޑުގަދަކުރާ ބޭނުންކުރަމުން

ސުޕްރީމް ކޯޓު ކައިރީގައި ޕީޕީއެމްއަށް ތާއީދުކުރާ ޒުވާނުންތަކެއް ކުރި މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ
18:03

ފުލުހުން މިހާރު ވަނީ ސުޕްރީމް ކޯޓު ކައިރީގައި މުޒާހަރާ ކުރަމުންދިޔަ މީހުން ފަހަތަށް ޖައްސާފައި.

އުއްތަމަ ފަނޑިޔާރަށް ބިރުދެއްކުން ހުއްޓާލައި ގޮވާލައި، މުޒާހަރާ ކުރަމުންދާ މީހުން ފަހަތަށް ޖެއްސުމުގެ މަސައްކަތް ފުލުހުން ކުރަނީ --- ސަން ފޮޓޯ
17:59

ޕީޕީއެމްއަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ސުޕްރީމް ކޯޓު ކައިރިއަށް އެއްވެ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިސްތިއުފާއަށް ގޮވައި މުޒާހަރާ ކުރަމުން އެބަ ދޭ.

ޕީޕީއެމްއަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ސުޕްރީމް ކޯޓު ކައިރީގައި މުޒާހަރާކުރަނީ --- ސަން ފޮޓޯ
17:41 މުއާވިޔަތު އަންވަރު

https://sun.mv/100839

ރޭ ސަލްސާ ރޯޔަލް ކައިރިން މުޒާހަރާ ކުރަނިކޮށް ހައްޔަރުކުރި އައިމިނަތު ނާދިރާ ކްރިމިނަލް ކޯޓުން ދޫކޮށްލައިފި

17:36 މުޙައްމަދު ސަމާޙު

ރައީސް ޔާމީނަށް ތާއިދުކޮށް ގިނަ އަދަދެއްގެ ޒުވާނުން ހުޅުމާލޭގައި ސައިކަލު ބުރެއް ކުރިއަށްދަނީ.

ސައިކަލު ބުރުގައި އިސްކޮށް އުޅުއްވަނީ ދައުލަތުގެ ބައެއް ވަޒީރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު.

16:41 އަފްރާހް އަބްދުއްރަޝީދު

https://sun.mv/100834

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގެ މަރާމާތެއް ކުރުމަށްޓަކައި ރަންވޭ ވަގުތީ ގޮތުން ބަންދުކޮށްފި. ރަންވޭ ބަންދުކޮށްފައިވަނީ ހަވީރު 5:00 އާ ހަމައަށް ކަމަށް އެމްއޭސީއެލްއިން ބުނޭ. ރަންވޭ ބަންދުކުރުމާ ގުޅިގެން މިވަގުތު ގިނަ ފްލައިޓުތަކެއް ދަނީ ޑައިވާޓް ކުރަމުން.

16:30 މުއާވިޔަތު އަންވަރު

https://sun.mv/100832

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ދުރުކުރުމުގެ ބާރު ލިބިގެން ވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބަންޑާރަ ނައިބުގެ މަގާމް އަދާކުރެއްވި ގާނޫނީ ވަކީލް ހުސުނުއްސުއޫދު ވިދާޅުވެއްޖެ.

ނައިބު ރައީސް ޖިހާދު ފާތިމަތު ސައީދު

ރައީސް ޔާމީނާއެކު ސާބިތުވެ ހުރި ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ.

ދައުލަތުގެ މީޑީއާއަށް ޖިހާދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސަރުކާރަކީ ބަޣާވާތްކޮށްގެން މަގުމަތިން ވައްޓާލާ އެއްޗެއް ނޫން ކަމަށް. އަދި ރާއްޖޭގެ ސިޔާދަތާއި އަމަންއަމާން ކަން ދެމެހެއްޓުމަށް ރައްޔިތުންގެ ކިބައިން ޖިހާދު ވަނީ އެދިލައްވާފައި.

މިހުރީ ރައީސް ޔާމީނާ އެކު
13:24 މުޙައްމަދު ސަމާޙު އެމްޑީޕީ އޮފީސް ކައިރިން

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ޕާލިމެޓްރީ ގުރޫޕުގެ މެމްބަރުންގެ ބައްދަލުވުމެއް މިވަގުތު އެމްޑީޕީ އޮފީހުގައި ކުރިއަށް ދަނީ

13:15 ފާތިމަތު ސައީދު

މަޖިލީހުގެ މައްޗަންގޯޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދަޅުވީ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ދެކަމެއް ކުރުމަށް ނިންމާފައިވާ ކަމަށް.

  • މަޖިލީހުގެ ގަވައިދާ އެއްގޮތަށް ޖަލްސާތައް ބޭއްވުމަށް ގޮވާލުން.
  • ގާނޫނީ އިމުގެ ބޭރުން އަމަލުކުރަމުންދާ ފަރާތްތަކުގެ އިތުބާރު ނެތްކަމުގެ މައްސަލަތައް ހުށަހެޅުމަށް.
13:09 މުއާވިޔަތު އަންވަރު

ރައްޔިތުންގެ މަޖިލީހުގެ މަންޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންއާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު މިއަދު ރާއްޖެ ވަޑައިގަތުމާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި.

https://sun.mv/100825

12:43 މުއާވިޔަތު އަންވަރު

މަޖިލީހުގެ އަމީން އާންމުގެ ނައިބު މަގާމުން ފާތިމަތު ނިއުޝާ އިސްތިއުފާ ދެއްވި ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔަ ނަމަވެސް އެކަމަނާ އެކަން ދޮގުކުރައްވައިފި

12:35 ފާތިމަތު ސައީދު

ރާއްޖޭގެ ސަލާމަތީ ބާރުތަކުން އަޒުމް އާ ކުރުމުގެ ރަސްމިއްޔާތެއް ބާއްވައިފި

އެ ރަސްމިއްޔާތުގައި ފުލުހުންނާއި ސިފައިނަށް އަޒުމު ލައިދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް

12:34 ފާތިމަތު ސައީދު

މަޖިލީހުގެ ޖަލްސާ ނުބާއްވާ ކޮންމެ ދުވަހަކީ ގާނޫނާ ހިލާފުވާ ދުވަހެއް ކަމަށް ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި

12:31

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިއަދު ވަނީ ސުޕްރީމް ކޯޓަށް ވަޑައިގަންނަވާފައި

ސުޕްރީމް ކޯޓަށް ވަޑައިގަތުމަށް އުއްތަމަ ފަނޑިޔާރު މިއަދުގެކޮޅުން ނުކުންނަވަނީ --- ފޮޓޯ/ ޓްވިޓާ
12:31 ފާތިމަތު ސައީދު

އެސްއޯ ފުލުހުން މެމްބަރުން ދުރަށް ޖައްސަން ފެށުމުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވީ މަޖިލީހަށް ވަނީ މަޖިލީހުގެ އިދާރާގެ ހުއްދަ ލިބިގެން ކަމަށް

އިދިކޮޅު މެމްބަރުން މަޖިލީސް ކުރިމަތީގައި ނޫސްވެރިންނަށް މައުލޫމާތު ދޭން އުޅުނު ވަގުތު އެސްއޯ ފުލުހުން އެސަރަހައްދުގައި ހަރަކާތްްތެރިވަނީ --- ސަން ފޮޓޯ/ މުހައްމަދު ސަމާހު
12:30 ފާތިމަތު ސައީދު

މަޖިލީހުގައި މިއަދު އިދިކޮޅު ފަރާތްތަކުގެ ބައްދަލުވުން ނިމިއްޖެ

މަޖިލީހުގެ ގަވައިދުގައި ވާގޮތަށް މަޖިލީހުގެ ޖަލްސާތައް ނުފަށާތީ އެކަން ކުއްވެރިކޮށް މައްސަލައެއް ހުށަހެޅި ކަމަށް ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި .

އެސްއޯ ފުލުހުން ދަނީ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ އިދާރާ ކައިރިން ދުރަށް ޖައްސަމުން

12:28

މަޖިލިސް މެމްބަރުން މަޖިލިސް ކިރިމަތީގައި ދެމުންގެންދާ ނިއުސް ކޮންފަރެންސަށް އެސްއޯ ފުލުހުން ހުރަސް އަޅައިފި

12:28

އެސްއޯ ފުލުހުން ރައްޔިތުންގެ މަޖިލީހުގެ އިދާރާ ސަރަހައްދަށް ގޮސްފި.

މަޖިލީސް ސަރަހައްދަށް ދެވެން އޮންނަ މަގުތައް ފުލުހުން ބަންދުކުރަނީ -- ސަން ފޮޓޯ/ މުހައްމަދު ސަމާހު
12:22 ފާތިމަތު ސައީދު

މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ މަޖިލީހަށް ވަނުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް

12:21

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ މަޖިލީހަށް ވަނުމުގައި ދަތިތަކެއް ނެތް ކަމަށް. ސިފައިން އެ އިދާރާގެ ބޭރުގައި ތިބި ނަމަވެސް އެއްވެސް މެމްބަރެއްގެ ގައިގައި އަތްނުލާ ކަމަށް އޭނާ ވިދާޅުވި. އިދާރީ ގޮތުން މަޖިލީހުގެ ތެރޭގައި ކުރަންޖެހޭ ކަންކަން ކުރަމުން ދާ ކަމަށް އަލީ ހުސައިން ވިދާޅުވި

އިދިކޮޅު މެމްބަރުން މަޖިލީހުގެ އިދާރާގައި -- ފޮޓޯ/ ރޮޒައިނާ އާދަމް
12:20 ފާތިމަތު ސައީދު

މަޖިލީހުގެ އިދާރަތެރެއަށް ވަން ސިފައިން އެ އިދާރާއިން ބޭރަށް ނުކުމެ އިދާރާ ގޭޓުގެ ބޭރުގައި އެތުރި ލައިފި. އިދާރާއިން ބޭރަށް ސިފައިން ނުކުތީ ކީއްވެ ކަމެއް ނޭނގޭ

12:14

ޝިލްޑުތަކާއެކު ގިނަ އަދަދެއްގެ ސިފައިން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރެއަށް ވަދެއްޖެ

މަޖިލީހުގެ އިދާރާ ކައިރީގައި ސިފައިން ހަރަކާތްތެރިވަނީ --- ސަން ފޮޓޯ/ މުހައްމަދު ސަމާހު
12:11

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވެސް މަޖިލީހުގެ އިދާރާގެ ތެރެއަށް ވަދެވަޑައިގެންފި

12:03

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރެއަށް ވަދެވަޑައިގެންނެވި މެމްބަރުންގެ ތެރޭގައި މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ، މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް އަދި ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ހިމެނިވަޑައިގަންނަވާ

އިދިކޮޅު މެމްބަރުން މަޖިލީހުގެ ގޯތިތެރޭގައި -- ފޮޓޯ/ ރޮޒައިނާ އާދަމް
12:02

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ފާރުމަތިން ފުންމައިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރެއަށް ވަދެއްޖެ

އިދިކޮޅު ބައެއް މެމްބަރުން މަޖިލީހުގެ އިދާރާއަށް ވަނުމަށް މަސައްކަތް ކުރަނީ -- ފޮޓޯ/ އަބްދުﷲ ޝާހިދު
11:54 މުއާވިޔަތު އަންވަރު

ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު އަހުމަދު މުހައްމަދު މަގާމުން އިސްތިއުފާދެއްވައިފި

އަހުމަދު މުހައްމަދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
11:14

ފުލުހުން މިއަދު ފާރިސް ކޯޓަށް ހާޒިރު ކޮށްނުދިން.

11:06

މިއަދު 10:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލްކުރި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި

އަހުމަދު ފާރިސް މައުމޫން --- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް
އަބްދުއްރަހީމް އަބްދުﷲ، ޕީޕީއެމްގެ ނައިބު ރައީސް

ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް މި ގޮވާލަނީ މިހާރުން މިހާރަށް ރާއްޖެ ޓީވީ ބަންދުކުރުމަށް
އަބްދުއްރަހީމް އަބްދުﷲ، ޕީޕީއެމްގެ ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާ ވަކިކުރުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް
އަބްދުއްރަހީމް އަބްދުﷲ، ޕީޕީއެމްގެ ނައިބު ރައީސް

މިއީ މުހައްމަދު ނަޝީދާއި ގާސިމް އިބްރާހީމާއި މައުމޫން އަބްދުލް ގައްޔޫމްގެ އެކަނި ގައުމެއް ނޫން
10:53

އެޓާނީ ޖެނެރަލް މުހައްމަދު އަނިލްގެ ނިންމުމަށް ޕީޕީއެމް އިން ތާއީދު ކުރާ ކަމަށް އެޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ

08:57

ރައީސް ޔާމީން އަޒުލްކުރަން ސުޕްރީމް ކޯޓުން ނެރޭ އަމުރަކަށް ތަބާނުވުމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ސިފައިންނާއި ފުލުހުންނަށް އަންގައިފި

08:55

ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުމުގައި ސުޕްރީމް ކޯޓުގެ ދައުރެއް ނެތް ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވެއްޖެ

އެޓާނީ ޖެނެރަލް އަނިލް

ރައީސް ޔާމީން އަޒުލް ކުރުމުގެ އަމުރެއް މިއަދު ސުޕްރީމް ކޯޓުން ނެރެދާނެ ކަމުގެ ތަސައްވުރެއް އަޅުގަނޑަށް ވަނީ ލިބިފައި
އެޓާނީ ޖެނެރަލް އަނިލް

ހުކުމް ބާތިލްނުކޮށް މީހަކު މިނިވަންކުރަން ބުނުމުން ނުކުންނާނެ ގާނޫނީ މައްސަލަތަކެއް ހުންނާނެ. އެކަންކަން ޕްރޮސިކިއުޓާ ޖެނެރަލް ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައި
08:51

ފުލުހުންނާއި ސިފައިން އަދި އެޓާނީ ޖެނެރަލް ގުޅިގެން ދިވެހި ދައުލަތުގެ ފަރާތުން ބަޔާނެއް ދޭން ފަށައިފި

މޯލްޑިވްސް ޕޮލިސް ސާވިސް

މި މައްސަލައާ ގުޅިގެން ހޯދުނު ހޯދުންތަކުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ އާއިލާގެ ދެ ބޭފުޅަކު ވެސް މި ދެންނެވި ހައުސިން ޕްރޮޖެކްޓުން އިމާރާތްކޮށްފައިވާ ފްލެޓްތަކުން ފްލެޓު ބައްލަވައިގަތުމަށްޓަކައި މުއާމަލާތް ކުރި ކަމުގެ ކިތާބީ ހެކި ވެސް ވަނީ ލިބިފައި
08:37

ކޯޓު އަމުރެއްގެ ދަށުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ހޯދަމުން އަންނަ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި

ހަސަން ސައީދު
08:23

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ދިރިއުޅުއްވާ ގެކޮޅު ތެރެއިން ދެ ފުލުހަކު ނުކުމެގެން ހިނގައްޖެ

އެގެކޮޅުގެ ތެރޭގައި އިތުރު ފުލުހުންތަކެއް އަންނަނީ ހަރަކާތްތެރިވަމުން

ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ދިރިއުޅުއްވާ ގެކޮޅުން ދެ ފުލުހަކު ނުކުންނަނީ ---- ސަން ފޮޓޯ
ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ދިރިއުޅުއްވާ ގެކޮޅުން ފުލުހަކު ނުކުންނަނީ ---- ސަން ފޮޓޯ
07:49 ފާތިމަތު ސައީދު

މައުލޫމާތު ލިބިފައިވާގޮތުގައި، ހ. ނިޝާން ޕްލާޒާއަށް ވަދެ ފުލުހުން ފާސްކުރަމުންދަނީ ތިންވަނަ ފަންގިފިލާގައި ހުންނަ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ދިރިއުޅުއްވާ އެޕާޓްމަންޓް.

07:08 ފާތިމަތު ސައީދު

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ދިރިއުޅުއްވާ ހ. ނިޝާން ޕްލާޒާއަށް ފުލުހުން ވަދެއްޖެ. އެ ގެއަށް ފުލުހުން ވަދެފައިވަނީ ކޮން ކަމަކާ ގުޅިގެން ކަމެއް އަދި ކަށަވަރެއް ނުވޭ.

04:16 މުޙައްމަދު ސަމާޙު

އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން ނިންމާލައި، މާދަމާރޭ ވެސް އެއްވުން ކުރިއަށްދާނެކަން އިއުލާންކޮށްފި. އެކަން އިއުލާންކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފް ވިދާޅުވީ މާދަމާރޭ ވަރަށް އުފާވެރި ހަބަރުތަކެއް ލިބިގެންދާނެ ކަމަށް.

03:07 މުޙައްމަދު ސަމާޙު

ސުޕްރީމް ކޯޓުގެ އަމުރުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ކުރައްވާފައިވަނީ ތަފާތު ސޮޔެއް ކަމަށް ޕީޕީއެމްގެ އެސްޖީ ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ.

02:53 މުއާވިޔަތު އަންވަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނުފޫޒު ފޯރުވައި ރިޝްވަތު ދިން ކަމަށް ތުހުމަތުކުރެވޭތީ އެ މައްސަލަ ބަލައިދިނުމަށް ޕީޕީއެމުން ފުލުހުންނަށް ހުށަހަޅައިފި.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މެމްބަރު ޒައިދުލް އަމީން ޗެނަލް 13ގައި ދެއްކެވި ވާހަކައަކާ ގުޅިގެން.

ޒައިދު ވިދާޅުވީ އިސްލާމީ ޝަރީއަތާ ޚިލާފް ކަންތައްތަކެއް ކުރެއްވުމަށް ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް މައުމޫން ނުފޫޒު ފޯރުވާފައިވާ ކަމަށް.

02:26 މުޙައްމަދު ސަމާޙު

އޯކިޑް މަގު ސަލްސާ ރޯޔަލް ކައިރީގައި އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުމުގެ ތެރެއިން ހަތަރު މީހަކަށް އަނިޔާވެގެން ފަރުވާއަށް އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފި. އެއްވުމުގެ ތެރެއިން ފުލުހުން ވަނީ ބައެއް މީހުންވެސް ހައްޔަރުކޮށްފައި.

އަހުމަދު މުބީން، ބިލެއްދޫ ދާއިރާގެ މެމްބަރު މުޙައްމަދު ސަމާޙު

ޕީޕީއެމް އޮތީ ބަދަހިކޮށް. ހުރިހާ މަޖިލިސް މެމްބަރުން ތިބީ ސަރުކާރާއެކު. އެއްވެސް މެމްބަރަކު ޕާޓީދޫކޮށް ނުދާނެ. އެއީ އިދިކޮޅު ފަރާތްތަކުން ދެކޭ ހުވަފެނެއް. ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުން ނުފެންނަ ކަމަށް ބުނިނަމަވެސް ކުރަން ހުރި މުހިންމު މަސައްކަތްތައް ނިންމާފައި އެ މެމްބަރުން ގުޅޭނެ. މާދަމާ އޮންނަ މުހިންމު އިވެންޓަކުން މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކުވެސް ފެންނާނެ.
23:41

ސަން ޓީވީގެ ކެމެރާމަން ހުސައިން ޝަޔާހު ގެ މޫނަށް ޕެޕަސްޕްރޭ ޖެހުމުން ނޭވާ ހާސްވެ އޭޑީކޭ ހޮސްޕިޓަލްގައި ގަޑިއެއްހާއިރު ވަންދެން ފަރުވާދީފި.

ޝަޔާހުގެ މޫނަށް ޕެޕަސްޕްރޭ ޖަހާފައި ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ދިރިއުޅުއްވާ ގެކޮޅު ކައިރީ ކުރިއަށްދާ މުޒާހަރާ ކަވަރުކުރުމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް، އެސްއޯ ފުލުހުންތަކެއް ދުވެފައި ގޮސް އޭނާ ބިންމައްޗަށް ވައްޓާލުމަށްފަހު.

ޝަޔާހު ބިންމައްޗަށް ވައްޓާލުމަށްފަހު އެސްއޯ ފުލުހުން ވަނީ އޭނާގެ ބުރަކައްޓަށް ފައިން އަރާފަ.

ފުލުހުން ޝަޔާހުއާ ދިމާލަށް ދުވެފައި އައުމުން އޭނާ ވަނީ އެވަގުތު ކަރުގައި އަޅުވައިގެންހުރި މީޑިއާ ފާސް ފުލުހުންނަށް ދައްކާފަ

ޝަޔާހުއަށް ފުލުހުން އަނިޔާކުރިނަމަވެސް ގާނޫނާ ޚިލާފު އެއްވެސް ކަމެއް އޭނާ ކޮށްފައެއް ނުވޭ.

ސަން ޓީވީގެ ކެމެރާމަން ހުސައިން ޝަޔާހު
އެޓާނީ ޖެނެރަލް މުހައްމަދު އަނިލް

އެ އަމުރު ތަންފީޒު ކުރުމަށްޓަކައި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މިދަނީ މަސައްކަތް ކުރަމުން. ރައްޔިތުން ކެތްތެރިވެވަޑައިގަންނަވާ އަޅުގަނޑުމެން ހުކުމް ތަންފީޒު ކުރާނަން
އެޓާނީ ޖެނެރަލް މުހައްމަދު އަނިލް

އުއްތަމަ ފަނޑިޔާރާ ގުޅަން ވަރަށް މަސައްކަތް ކޮށްފިން. އެކަމަކު ގުޅޭގޮތެއް ނުވި
23:29

އާންމު އުސޫލުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަނޭޅުމުން އިލެކްޓޯނިކްގެ ޒަރިއްޔާ އިން ޕީޖީ އޮފީހުގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވެއްޖެ

23:28

ހުކުމް ތަންފީޒު ކުރުން ލަސްވަނީ ގާނޫނީ ހުރަސްތަކަށް ހައްލެއް ހޯދުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުން ލަސްވެގެން ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވެއްޖެ

23:21

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އެއްވެފައި ތިބި މީހުން ދުރަށް ޖައްސައިފި. އެ ސަރަހައްދަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެފައިވާއިރު، އެމީހުން ދުރަށް ޖެއްސީ އެސްއޯ ފުލުހުން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅު ކައިރީ ކުރިއަށްދާ މުޒާހަރާ --- ސަން ފޮޓޯ
އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅު ކައިރީ ކުރިއަށްދާ މުޒާހަރާ --- ސަން ފޮޓޯ
23:03

އުއްތަމަ ފަނޑިޔާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިނުވާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި

22:51
ޕީޕީއެމްއިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ސަމާހް
ޕީޕީއެމްއިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ސަމާހް
ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މުޙައްމަދު ސަމާޙު

މެޖޯރިޓީ ނެތަސް މަޖިލީހުގައި މަސައްކަތް ކުރަން އަޅުގަނޑުމެންނަށް އެނގޭނެ
20:52

ސުޕްރީމް ކޯޓު އަދި އެހެން އެއްވެސް ކޯޓެއްގެ ފަނޑިޔާރުން ބަދަލުކުރަން ސަރުކާރުން އަދި ޕީޕީއެމް އިން މަޝްވަރާކޮށްފައިނުވާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒު ރަޝީދާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ

19:43 މުހައްމަދު ސިމާއު

ފުލުހުންގެ އިދާރާ ހިންގެވުމާ ހަވާލުވެވަޑައިގަތް ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒުގެ ޓްވިޓާ އެކައުންޓް ހެކްކޮށްފައިވާ ކަމަށް ފުލުހުން ބުނެފި

19:22 މުޙައްމަދު ސަމާޙު

ޗުއްޓީގައި ހުންނެވި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު ޝިހާން ދާދި ދެންމެއަކު މާލެ ވަޑައިގެންފި.

ކޮމިޝަނަރ އޮފް ޕްރިޒަންސް، ޝިހާން މާލެ ވަޑައިގަތުން ---
18:56

ޝީލްޑާއެކު ތިބި ގިނަ އަދަދެއްގެ ސިފައިން، ކޯސްޓްގާޑް ބިލްޑިންގު ކުރިމަތީގައި އޮތް އުޅަނދެއްގައި މާލެއިން ބޭރަށް ފުރުމަށް ތައްޔާރުވަމުން އެބަދޭ. ސަންގެ ނޫސްވެރިންނަށް ވަނީ މި މަންޒަރު ފެނިފައި.

ކޯސްޓްގާޑު ބިލްޑިންގ ކުރިމަތީގައި އޮތް އުޅަނދަކާށް ގިނަ އަދަދެއްގެ ސިފައިން ޝީލްޑާއެކު އަރަނީ-- ސަން ފޮޓޯ

18:24 ފާތިމަތު ސައީދު

މާފުށީ ޖަލު ސަރައްހަދުގައި އިދިކޮޅު ފަރާތްތަކުން އިހުތިޖާޖު ކުރަމުން އެބަދޭ. އިހުތިޖާޖުގެ ބައިވެރިން ގޮވަމުން ދަނީ ސުޕްރީމް ކޯޓުގެ އަމުރުގައިވާ ކުށްވެރިން ދޫކޮށްލުމަށް.

18:16

ސަރުކާރަށް ތާއީދު އޮތްކަން ދެއްކުމަށްޓަކައި ގިނަ އަދަދެއްގެ ރައްޔިތުން ށ. ފުނަދޫ ބަނދަރު ސަރަހައްދަށް އެއްވެ ޝުއޫރުފާޅުކުރަނީ.

ފުނަދޫ ކައުންސިލްެގެ ރައީސް އަހުމަދު އިބްރާހިމް ފުޅު ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން އެރަށު ރައްޔިތުން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހަދައިދިނީ ރައީސް ޔާމީން ކަމަށް

ރައީސް ޔާމީނަށް ތާއީދު އޮތްކަން ދެއްކުމަށްޓަކައި ސަރުކާރަށް ތާއީދު ކުރާ ގިނަ އަދަދެއްގެ ރައްޔިތުން ށ. ފުނަދޫ ބަނދަރު ސަރަހައްދަށް އެއްވެ ޝުއޫރުފާޅުކުރަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
18:15
ރައީސް ޔާމީނާއެކު ދިވެހި ރައްޔިތުން ތިބިކަން ހާމަކުރުމަށް ޕީޕީއެމުން ބާއްވާ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ސިމާއު
ރައީސް ޔާމީނާއެކު ދިވެހި ރައްޔިތުން ތިބިކަން ހާމަކުރުމަށް ޕީޕީއެމުން ބާއްވާ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ސިމާއު
ރައީސް ޔާމީނާއެކު ދިވެހި ރައްޔިތުން ތިބިކަން ހާމަކުރުމަށް ޕީޕީއެމުން ބާއްވާ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ސިމާއު
ރައީސް ޔާމީން ފާތިމަތު ސައީދު

އިދިކޮޅު ފަރާތްތަކުން ބާއްވާ އިހުތިޖާޖުތަކަށް ރަށްރަށުން މާލެ އައުމަށް ގޮވާލާފައިވާތީ އެކަމަށް ރައީސް ޔާމީން ފާޑު ވިދާޅުވި.

ރަށްރަށުގެ މީހުންނަށް ކާންބޯންދޭން ބޭނުންވާނަމަ ފައިސާ ފޮށި ހިފައިގެން ދާންވީނޫންތޯ ރަށްރަށަށް
ރައީސް ޔާމީން ފާތިމަތު ސައީދު

އަޅުގަނޑު ހިތްވަރު ލިބިގަންނަނީ ރައްޔިތުންގެ ކިބައިން
17:49
ރައީސް ޔާމީނާއެކު ދިވެހި ރައްޔިތުން ތިބިކަން ހާމަކުރުމަށް ޕީޕީއެމުން ބާއްވާ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ރައީސް ޔާމީނާއެކު ދިވެހި ރައްޔިތުން ތިބިކަން ހާމަކުރުމަށް ޕީޕީއެމުން ބާއްވާ އެއްވުމުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ރައީސް ޔާމީނާއެކު ދިވެހި ރައްޔިތުން ތިބިކަން ހާމަކުރުމަށް ޕީޕީއެމުން ބާއްވާ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ރައީސް ޔާމީނާއެކު ދިވެހި ރައްޔިތުން ތިބިކަން ހާމަކުރުމަށް ޕީޕީއެމުން ބާއްވާ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ރައީސް ޔާމީނާއެކު ދިވެހި ރައްޔިތުން ތިބިކަން ހާމަކުރުމަށް ޕީޕީއެމުން ބާއްވާ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ރައީސް ޔާމީނާއެކު ދިވެހި ރައްޔިތުން ތިބިކަން ހާމަކުރުމަށް ޕީޕީއެމުން ބާއްވާ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
17:48 މުއާވިޔަތު އަންވަރު

ގާސިމް އިބްރާހީމަށް ނިސްބަތްކުރައްވައި ރައީސް ޔާމީން ވިދާޅުވީ، "އަތުގައި ފައިސާ ހުރި ކަމަށް ވާނީ ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދައްކައި ހަލާސްކުރުމުން" ކަމަށް.

ރައީސް ޔާމީން ފާތިމަތު ސައީދު

ރައީސް ޔާމީން ވިދާޅުވީ، އަދީބަކީ އިންސާނިއްޔަތު ކަމެއް ނެތް ބޭފުޅެއް ކަމަށް.

މިބިމުގައި ވަރަށް ގޯސްހެދި މީހެއް އަހުމަދު އަދީބަކީ. ވަރަށް ގޯސްހެދި މީހެއް އަހުމަދު އަދީބަކީ،
17:40
ރައީސް ޔާމީނާއެކު ދިވެހި ރައްޔިތުން ތިބިކަން ހާމަކުރުމަށް ޕީޕީއެމުން ބާއްވާ އެއްވުމުގެ ތެރެއިން --- ފޮޓޯ/ ޓުވިޓާ
ރައީސް ޔާމީނާއެކު ދިވެހި ރައްޔިތުން ތިބިކަން ހާމަކުރުމަށް ޕީޕީއެމުން ބާއްވާ އެއްވުމުގެ ތެރެއިން --- ފޮޓޯ/ ޓުވިޓާ
ރައީސް ޔާމީނާއެކު ދިވެހި ރައްޔިތުން ތިބިކަން ހާމަކުރުމަށް ޕީޕީއެމުން ބާއްވާ އެއްވުމުގެ ތެރެއިން --- ފޮޓޯ/ ޓުވިޓާ
ރައީސް ޔާމީނާއެކު ދިވެހި ރައްޔިތުން ތިބިކަން ހާމަކުރުމަށް ޕީޕީއެމުން ބާއްވާ އެއްވުމުގެ ތެރެއިން --- ފޮޓޯ/ ޓުވިޓާ
ރައީސް ޔާމީން މުއާވިޔަތު އަންވަރު

ރައީސް ވިދާޅުވީ ދަތިކަމެއް ދިމާވީމަ އެމަނިކުފާނަކީ ފިއްލަވާނޭ ބޭފުޅެއް ނޫންކަމަށް.

ރައީސް ޔާމީނަކީ ދަތި ތަކެއް ދިމާވީމަ ރައްޔިތުން ދޫކޮށްފަ ފިލާނެ މީހެއް ނޫން،
ރައީސް ޔާމީން ފާތިމަތު ސައީދު

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ފަރާތުން ނުރަނގަޅު ކަމެއް ހިނގާފައިވާ ނަމަ އެކަން ބަލައި ރަނގަޅު ކުރަށްވާނޭކަމަށް.

ރައީސް ޔާމީނާއެކު ދިވެހި ރައްޔިތުން ތިބިކަން ހާމަކުރުމަށް ޕީޕީއެމުން ބާއްވާ އެއްވުމުގެ ތެރެއިން --- ފޮޓޯ/ ޓުވިޓާ

އަޅުގަނޑުގެ އިލްތިމާސަކީ. ދިވެހި ރައްޔިތުންނަށް ކުރާ އިލްތިމާސެއް. ގާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް ކުރާ އިލްތިމާސެއް. އަދިވެސް އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭނެ ދިވެހި ދައުލަތް ހިންގަން ހުރި އެންމެ މަތީ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ އޭ
ރައީސް ޔާމީން މުއާވިޔަތު އަންވަރު

ރައީސް ޔާމީން ވިދާޅުވީ، މި ދިމާވި ކަންތަކަށް ކެތްތެރިވެވަޑައިގަންނަވާނޭ ކަމަށާއި މިކަން މެދުވެރިވާން ދިމާވި ސަބަބު ބައްލަވާނޭ ކަމަށް.

ވެސްޓް ޕާކް ސަރަހައްދުގައި ޕީޕީއެމް އިން ހަދާފައިހުރި ޖަގަހާގައި ރައީސް ޔާމީން ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ --- ސަން ފޮޓޯ: މުހައްމަދު ސިމާއު

މިއީ ފަސޭހަ ވަގުތެއް ނޫން. އަޅުގަނޑުމެން އިސްކުރަން ޖެހޭނީ ގައުމުގެ މަސްލަހަތު،
17:31 ފާތިމަތު ސައީދު

ރައީސް ޔާމީން ވިދާޅުވީ މީގެކުރިން 2018 ގެ ކެމްޕޭން ކުރިއަށް ދިޔަ ކަމަށް. ނަމަވެސް މިއަދު ރަސްމީކޮށް މި ކެމްޕޭން އިއުލާނު ކުރީ ކަމަށް ރައީސް ވިދާޅުވި.

ރައީސް ޔާމީން ފާތިމަތު ސައީދު

މިއައްވުރެ އުނދަގޫ ފަސް އަހަރެއް ނުވަތަ ދައުރެއް ރާއްޖޭގެ ތާރީހުން ފެންނާކަށް ނެތްކަމަށް ރައީސް ވިދާޅުވި.

މިއީ އަޅުގަނޑުމެން އިންތިޒާމު ކުރި ރެލީއެއް ނޫން. މިއީ އަޅުގަނޑަށާއި އަޅުގަނޑުގެ ސަރުކާރަށް ތާއީދު ކުރައްވާތީ ތިބޭފުޅުން މިއަދު ތި ތިއްބެވީ،
17:29 މުއާވިޔަތު އަންވަރު

ރައީސް ޔާމީން ވިދާޅުވީ، "އަޅުގަނޑު އިންތިހާބްވީ ރައްޔިތުންގެ ވޯޓުން. އެހެންވީމަ އަޅުގަނޑުމެން ރައްޔިތުންނަށް ހިދުމަތްކޮށްދިނުމުގައި ދެމިތިބެން ޖެހޭ"

ވެސްޓް ޕާކް ސަރަހައްދުގައި ޕީޕީއެމް އިން ހަދާފައިހުރި ޖަގަހާގައި ރައީސް ޔާމީން ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ ---

ރައީސް ޔާމީން ފާތިމަތު ސައީދު

ރައީސް ވިދާޅުވީ، ދަންނަވާލަން ބޭނުންވަނީ އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުންނަށް މާލެއާއި އެކި ކަންކޮޅުތަކުން ތި ކުރައްވާ ތާއީދު ކުރައްވަމުން ގެންދަވާށޭ.

މި ދަނޑިވަޅަކީ ވަރަށް ވިސްނުންތެރި ކަމާ އެކީ ކަންކަން ކުރަންޖެހޭ ދަނޑިވަޅެއް. ވިސްނުންތެރި ކަމާ އެކީ ކަންކަން ކުރައްވަމުން ދާއިރުވެސް އަޅުގަނޑައްވެސް އަޅުގަނޑުގެ ސަރުކާރަށް ލިބެމުންދާ ތާއިދަށްވެސް އިއްޗިއެއްވެސް އުނިކަމެއް ނާދޭ،
ރައީސް ޔާމީން ފާތިމަތު ސައީދު

މަސައްކަތް މިކުރަނީ ރައްޔިތުންނަށް ތަހައްމަލު ކުރަން ދަތި އެއްވެސް ކަމެއް ކުރިމަތި ނުވެ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ކަމަށް ރައީސް ވިދާޅުވި.

އަޅުގަނޑުގެ ސަރުކާރު ދެމި އޮންނާނެ،
17:25 ފާތިމަތު ސައީދު

ރައީސް ޔާމީން ވިދާޅުވީ، "އަޅުގަނޑުމެން އެއްވެސް ގޮތަކަށް އިންތިޒާރުކޮށްގެން ވިސްނައިގެން ތިބި ކަމެއް ނޫން ސުޕްރީމް ކޯޓުގެ އަމުރަކީ. އެހެން ނަމަވެސް ސުޕްރީމް ކޯޓަކީ އަދުލު އިންސާފުގެ އެންމެ މަތީ ކޯޓު މަސައްކަތްތައް ދަނީ ރަނގަޅަށް، އަޅުގަނޑުމެންނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅިގެން މިދަނީ މަސައްކަތް ކުރަމުން."

17:23 އަޙްމަދު މުޖްތަބާ

މި ވީކެންޑަކީ ވަރަށް ބުރަކޮށް މަސައްކަތްކުރައްވަން ޖެހިވަޑައިގެންނެވި ވީކެންޑެއް ކަމަށް ރައީސް ވިދާޅުވި.

17:22

ހިނގާލުމުގެ ބައިވެރީންނާ މުޚާތަބުކޮށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވަން ފައްޓަވައިފި.

17:21 ފާތިމަތު ސައީދު

ޕީޕީއެމުން ބާއްވާ އެއްވުމުގައި ގިނަ އަދަދެއްގެ ބަޔަކު ދަނީ ބައިވެރިވަމުން. އޭގެތެރޭގައި ޕީޕީއެމްގެ މަޖިލިސް މެމްބަރުންނާއި ކެބިނެޓްގެ ވަޒީރުންވެސް ބައިވެރިވެ ވަޑައިގަންނަވާ.

17:07 މުހައްމަދު ސިމާއު

ޕީޕީއެމްގެ ޒުވާނުންގެ ގޮފިން މާލޭގައި ކުރިއަށް ގެންދާ ހިނގާލުމުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަމުން އެބަ ގެންދަވާ. މި ހިނގާލުމުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވޭ.

16:40 މުހައްމަދު ސިމާއު

ރައީސް ޔާމީނާއެކު ދިވެހި ރައްޔިތުން ތިބިކަން ހާމަކުރުމަށް ޕީޕީއެމުން މާލޭގައި އެއްވުމެއް ބާއްވަނީ

16:39
ރައީސް ޔާމީނާއެކު ދިވެހި ރައްޔިތުން ތިބިކަން ހާމަކުރުމަށް ޕީޕީއެމުން ބާއްވާ އެއްވުމުގެ ތެރެއިން --- ފޮޓޯ/ ޓުވިޓާ
ރައީސް ޔާމީނާއެކު ދިވެހި ރައްޔިތުން ތިބިކަން ހާމަކުރުމަށް ޕީޕީއެމުން ބާއްވާ އެއްވުމުގެ ތެރެއިން --- ފޮޓޯ/ ޓުވިޓާ
16:16 ޖަޒްލާން މުހައްމަދު

އެކެއް ދެމީހެއްގެ ހައްގު ހޯދަން އެހެން އެންމެންގެ ހައްގުތައް ނިގުޅައި ނުގަނެވޭނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ.

15:58 މުޙައްމަދު ސަމާޙު

މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ވިމެންސް ވިންގް ގެ ނައިބު ރައީސް އިނާ ވިދާޅުވީ، "އެއްވެސް އަންހެން ކަނބަލަކު އިދިކޮޅުގެ އަވައިގައި ޖެހިގެން މުޒާހަރާތަކަށް ނުނިކުތުމަށާއި އަންހެނުންނަށް އަޅާލާއި އަންހެނުން ބާރުވެރި ކުރުވީ މި ސަރުކާރުން ކަމަށް.

15:57 މުޙައްމަދު ސަމާޙު

ޕާޓީ ބަދަލު ކުރުމުން ގޮނޑިގެއްލޭ އުސޫލާ ގުޅޭ ގޮތުން ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނެރުނު ހުކުމް ވަރަށް ސާފު ކަމަށާއި ގޮނޑި ގެއްލިފައިވާ ކަމަށް، އިލެކްޝަންސް ކޮމިޝަނުން ކުރިން ކަނޑައަޅާފައިވާ 12 މެމްބަރުންނަށް ޖަލްސާތަކުގައި ބައިވެރިވުމަށް މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށް މަޖިލީހުގެ އަމީން އާންމު އަހްމަދު މުހައްމަދު ވަނީ ވިދާޅުވެފައި.

15:52 މުޙައްމަދު ސަމާޙު

މާފުށީ ޖަލު ބެލެހެއްޓެވުމާ ހަވާލުވެ ހުންނެވި ޑައިރެކްޓަރު އޮފް ޕްރިޒަންސް ސަލްމާން ރަޝީދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައި.

މާފުށީ ޖަލުގެ އިސްވެރިިއާ ޑައިރެކްޓާ އޮފް ޕްރިޒަންސް ސަލްމާން ރަޝީދު--ސަން ފައިލް ފޮޓޯ

15:50 މުޙައްމަދު ސަމާޙު

މިއަދު މެންދުރު ފަހު ޕީޕީއެމްގެ ޔޫތު ވިންގުން ބޭއްވި ބައްދަލުވުމުގެއްގައި އެ ވިންގުން ގޮވާލާފައި ވަނީ، އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ދުއްތުރާ ކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް.

14:47 އަޙްމަދު މުޖްތަބާ

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުން އަޙްމަދު ސަޢުދީ ވަކިކުރައްވައި، އެސިސްޓެންޓް ކަމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ޑެޕިއުޓީ ކަމިޝަނަރުގެ މަގާމަށް ހަމަޖައްސައި ފުލުހުންގެ އިދާރާ ހިންގުން އޭނާއާ ހަވާލުކޮށްފި. މިގޮތަށް ހަމަޖައްސަވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އަށް ފުލުހުންގެ ޤާނޫނުން ލިބިފައިވާ ބާރުގެ ދަށުން. ފުލުހުންގެ އިންޓެލް ވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާ ހަވާލުކުރައްވާފައި.

12:00

ސަރުކާރާ ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނުން މިއަދު ބާއްވާ ފުރަތަމަ ޕްރެސްކޮންފަރެންސް ނިންމާލައިފި. ކޯލިޝަނުން ރޭ ބުނެފައިވަނީ، މިއަދު ދެގަޑިން ދެގަޑިން ޕްރެސް ބާއްވަމުން ގެންދާނޭ ކަމަށް.

11:57 މުޙައްމަދު ސަމާޙު

މިނިވަން އިންތިޚާބެއްގައި ވާދަކޮށް، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ރައީސް ޔާމީން ބަލި ނުކުރެވޭނެކަން ޔަގީންވާތީ އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ ދައުރު ހަމަވުމުގެ ކުރީން މި ވެރިކަން ނިމުމަކަށް ގެނައުމަށް ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް ވިދާޅުވި.

11:53 އަޙްމަދު މުޖްތަބާ

ފެނަކައިގެ އެމްޑީ ޝަރީފް ވިދާޅުވީ، އެ ކުންފުނިން އަތޮޅުތެރޭ ރަށެއްގައި ހިންގާ އިންޖީނުގެއެއްގައާއި އެމްއާރްޑީސީގެ ސައިޓެއްގައި އަލިފާ ރޯކުރަން އުޅޭ ކަމުގެ އިންޒާރެއް ލިބިފައިވާތީ އެކަން، ކަމާގުޅޭ ފަރާތްތަކާ ހިއްސާކުރެވިފައިވާ ކަމަށް.

11:51 މުޙައްމަދު ސަމާޙު

ސުޕްރީމް ކޯޓުން ނެރުއްވާފައިވާ އަމުރުގައި ހުރި ކަންކަން ރައީސުލްޖުމްހޫރިއްޔާއަށް ދިރާސާކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށާއި، އެ ހުކުމުގައި އެއް ކުށެއްގައި ހުކުމް އިއްވާފައިވާ ބައެއް ފަރާތްތަކުގެ ނަންތައް ހިމަނާފައި އަނެއްބައިފަރާތްތަކުގެ ނަންތައް ނެތްކަން ފާހަކަކުރެވިފައިވާ ކަމަށް.

11:49

އަބްދުއްރަހީމް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ހުކުމަށް އަމަލު ނުކުރަން ސަރުކާރުން އެއްވެސް ވަރަކަށް މަސައްކަތް ނުކުރާ ކަމަށާ، އެ ހުކުމް ތަންފީޒުކުރުމަށް ފުރިހަމަ ކުރާން ޖެހޭ އިޖްރާއަތްތައް ފުރިހަމަކުރަމުން ދާކަމަށް. އަދި ރައީސް ޔާމީން ހުންނެވީ ފުރިހަމަ ސިއްހަތެއްގައި ކަމަށާއި އެމަނިކުފާނު ހުންނެވީ ވަރަށް ސާބިތުކަމާ އެކު ކަމަށް.

11:41 މުޙައްމަދު ސަމާޙު

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މިހާރު ހިންމަގުން ގެންދާ ހަމަނުޖެހުންތަކުގައި ހުރިހާ ގެއްލުމެއް ލިބެމުން ދަނީ އެކަމުގައި ހަރަކާތްތެރިވާ ޒުވާނުންނާއި އާންމު ރައްޔިތުންނަށް ކަމަށާއި، އެ ހަމަނުޖެހުންތައް ރާވައި ހިންގާ ފަރާތްތައް ތިއްބެވީ ފިއްލަވައި ކަމަށް.

11:38 އަޙްމަދު މުޖްތަބާ

ޔޫތު މިނިސްޓަރު އިރްތިޝާމް އާދަމް ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ޒުވާނުންނަށް ލިބެންޖެހޭ އެއްވެސް ކަމަކަށް ބުރޫ ނާރާނޭކަމަށް. ރައީސް ޔާމީން އަމަލުފުޅުކުރައްވަމުން ގެންދަވަނީ، "ރޫޕް އޮފް ލޯ"އާ އެއްގޮތަށް ކަމަށް.

11:36 އަޙްމަދު މުޖްތަބާ

އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، މިހާރު ގައުމަށް ދިމާވެފައިވާ ނުތަނަވަސް ދަނޑިވަޅުގައި ރައީސް ޔާމީން ގެންގުޅުއްވާ ހިކްމަތްތެރި ވިސްނުންފުޅަށްޓަކައި މުޅި ގައުމު ފަހުރުވެރިވާ ކަމަށް. އަދި ސަރުކާރުން ރައްޔިތުންނަށްޓަކައި ދެމުންގެންދާ ހުރިހާ ހިދުމަތެއްވެސް މެދު ނުކެނޑި ކުރިއަށް ދާނޭ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތްކަމަށް.

11:34 އަޙްމަދު މުޖްތަބާ

އެމްޑަބްލިއުއެސްސީގެ އެމްޑީ ފަޒުލް ރަޝީދު ވިދާޅުވީ، އެ ކުންފުނިން ރައްޔިތުންނަށް ދޭ ޚިދުމަތްތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދެއްވާކަމަށް. އަދި ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ހިޔާ ޕްރޮގްރާމްގެ ދަށުން އެމްޑަބްލިއުއެސްސީން ކުރިއަށް ގެންދާ މަޝްރޫއުވެސް ހަލުވިކަމާއެކު ކުރިއަށް ގެންދާނޭ ކަމަށް.

11:30 އަޙްމަދު މުޖްތަބާ

ސަރުކާރުގެ ހުރިހާ ކުންފުނިތަކުންވެސް ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދޭނޭ ކަމަށާއި، އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތަކުގައި ކުންފުނިތަކުގެ މުވައްޒަފުން ބައިވެރި ނުވުމަށް އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވި.

11:27 އަޙްމަދު މުޖްތަބާ

ފެނަކަ ކޯޕަރޭޝަންސްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ސަރުކާރުން ގާއިމުކޮށްފައިވާ ވަސީލަތްތަކަށް ހަމަލާ ދިނުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެފަދަ ވަސީލަތްތައް ހިމާޔަތްކުރުމަށް ރައްޔިތުން ސަމާލުވެ ތިއްބެވުމަށް.

11:25

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ، އޭނާގެ ދާއިރާގެ ރައްޔިތުންނާ އަދި ޖުމުލަކޮށް ހުރިހާ ރައްޔިތުންވެސް ތިއްބެވީ މި ސަރުކާރާއެކު ކަމަށް. އިދިކޮޅު ފަރާތްތަކުން ހިންގާ ހަމަނުޖެހުންތަކާއި ސަރުކާރު ހުއްޓުވުމަށް ކުރާ މަސައްކަތްތަކަށް ކާމިޔާބު ނުލިބޭނޭ ކަމަށް.

11:24 އަޙްމަދު މުޖްތަބާ

މިނިސްޓަރު ނާޒިމް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒުކުރުމަށް ފުރިހަމަކުރަން ޖެހޭ އިޖްރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުން ކުރިއަށް ގެންދާ ކަމަށާއި އެކަންކަން ވާނީ ބައިނަލްއަގްވާމީ ފަރާތްތަކާވެސް ހިއްސާކުރެވިފައި ކަމަށް.

11:22 އަޙްމަދު މުޖްތަބާ

ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ، މުޖްތަމައުގެ ހަމަނުޖެހުން ނަގާލުމަށް ކުރާ އެއްވެސް ކަމެއްގައި ރައްޔިތުންގެ އެއްބާރުލުން ނުލިބޭނޭކަން ދިވެހި ރައްޔިތުން ސާބިތުކޮށްދީފި ކަމަށާއި، ރައީސް ޔާމީން ދަނީ ރައްޔިތުން ހަވާލުކުރެއްވި ވާޖިބު އަދާކުރުންމަތީ ސާބިތުކަމާއެކު ކުރިއަށް ކަމަށް. މި ސަރުކާރުން ރައްޔިތުންނަށް ކޮށްދެމުން ގެންދާ އެއްވެސް މަސައްކަތެއް ނުހުއްޓި ކުރިއަށް ދާނޭ ކަމަށް.

11:20 އަޙްމަދު މުޖްތަބާ

އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް ވިދާޅުވީ، މިހާރު އޮތް ސަރުކާރަކީ، ރައްޔިތުންގެ ލާބައާ މަންފާއަށްޓަކައި އުފެދިފައިވާ ސަރުކާރެެއް ކަމަށް. ރައީސް ޔާމީނާއެކު މި ސަރުކާރު އޮތީ ވަރަށް ބަދަހިކޮށް ކަމަށް.

11:20

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީ ތަކުގެ ޕްރެސް ކޮންފަރެންސެއް ފަށައިގެން ކުރިއަށް ދަނީ.

ރައީސް ނަޝީދު އަޙްމަދު މުޖްތަބާ

ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް ހުރަސް އަޅުއްވާ ފަރާތްތަކާ މެދު ބައިނަލް އަގުވާމީ ހަމަތަކުން ފިޔަވަޅު އެޅުން ގާތްކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ.

ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް ހުރަސް އަޅުއްވާ ޖެނެރަލް ޝިޔާމް އަށާއި އެންމެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ހަގީގަތަކީ، މުޅި ދުނިޔެ ގޮވަނީ ހުކުމް ތަންފީޒުކުރުމަށް. އެކަން ނުކޮށްފި ނަމަ، އެކަމަށް ހުރަސްއަޅުއްވާ އެންމެ ބޭފުޅުންގެ މައްޗަށް ބައިނަލްއަގުވާމީ ހަމަތަކުން ފިޔަވަޅު އެޅުންގާތް،
05:15

ރަޖިސްޓްރާގެ ނިންމުމުގައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހޭބިއަސް ކޯޕަސްގެ ރިޓަކަށް އެދުމާއި، އެފަދަ ހުށަހެޅުމަކާ ގުޅިގެން ބަޔާންކޮށްފައިވާ އަހުކާމްތަކަށް ބަލާއިރު، އެފަދަ ހުށަހެޅުމެއް ކޯޓަށް ބަލައިގަނެ ކުރިއަށް ގެންދެވޭނީ އެއްވެސް ފަރާތެއް ހައްޔަރުކޮށްފައިވަނީ ގާނޫނާ ޚިލާފަށްތޯ ނުވަތަ ނޫންތޯ ބަހުސްކުރުމުގެ ފުރުސަތު އޮންނަ މައްސަލަތަކުގައި ކަމަށެވެ.

ނަމަވެސް އެ މައްސަލަތަކުގައި އެފަދަ ސުވާލެއް އުފެދޭނެ ޖާގައެއް ނެތަތީ އެ މައްސަލަތައް ބަލައި ނުގަތުމަށް ނިންމީ ކަމަށް ރަޖިސްޓްރާގެ ނިންމުމުގައިވެއެވެ.

05:15

ސުޕްރީމް ކޯޓުގެ އަމުރަކީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާ އާއި 145 ވަނަ މާއްދާގެ ދަށުން އެ ކޯޓަށް ލިބިގެންވާ ދިވެހި ދައުލަތުގެ އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ނިންމާފައިވާ ނިންމުމަކަށްވީހިނދު، އެ ނިންމުމުގައި ކަނޑައެޅިފައިވާ އެއްވެސް ކަމަކާ ގުޅިގެން ބަހުސްކުރުމަށް ފުރުސަތު ހުޅުވައިދިނުމަކީ ފުރަތަމަ މަރުހަލާގެ ކޯޓަކުން ކުރުން ސައްހަ ވެގެންވާ ކަމެއް ނޫން ކަމަށް ވެސް ރަޖިސްޓްރާގެ ނިންމުމުގައިވެއެވެ.

އެ މައްސަލަ ބަލައިގަނެ ކުރިއަށްގެންދިއުމަކީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުވެދިއުން ލަސްވެގެން ހިނގައިދާނެ ކަމެއް ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައިވެއެވެ.

05:15

ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ މުހައްމަދު އިބްރާހިމް މިރޭ ނިންމި ނިންމުމުގައި ވަނީ އެބޭފުޅުންގެ މައްޗަށް އެ ކޯޓުން ކޮށްފައިވާ ހުކުމަށް އިސްތިއުނާފީ މަރުހަލާގެ އެންމެ މަތީ ކޯޓުން ވަނީ ނިންމުމެއް ނިންމާފައި ކަމަށެވެ.

ހޭބިއަސް ކޯޕަސްގެ މައްސަލަ އެ ކޯޓަށް ބަލައިގަތުމަކީ ކޯޓުތަކުގެ ގާނޫނުން ކަނޑައަޅައި ތަންޒީމްކޮށްފައިވާ ރާއްޖޭގެ ކޯޓުތައް ބެހިގެންވާގޮތާއި ތަރުތީބާއި އެއްގޮތްވެގެންވާ ކަމެއް ކަމަށް ނުވާ ކަމަށް އެ ނިންމުމުގައިވެއެވެ.

05:14

ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން އަމުރުކުރުމުން ވެސް އެބޭފުޅުން ދޫކޮށްލާފައިނުވާތީ، ކްރިމިނަލް ކޯޓަށް އެބޭފުޅުންގެ ގާނޫނީ ވަކީލުން ހުށަހެޅުއްވި ހޭބިއަސް ކޯޕަސްގެ މައްސަލަ ބަލައި ނުގަތުމަށް އެ ކޯޓުން މިރޭ ނިންމައިފި

05:13

މިރޭ މާލޭގައި ކުރިއަށްދިޔަ މުޒާހަރާ ކަވަރު ކުރުމަށް ހަރަކާތްތެރިވި ސަންގެ ނޫސް ވެރިއަކަށް ފުލުހުން މުގުރުބުރިން ހަމަލާދީފި

04:30
އިދިކޮޅު އިއްތިހާދުގެ އިސްވެރިން ޕީޖީ އޮފީސް ކުރިމަތީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އިދިކޮޅު އިއްތިހާދުގެ އިސްވެރިން ޕީޖީ އޮފީސް ކުރިމަތީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އިދިކޮޅު އިއްތިހާދުގެ އިސްވެރިން ޕީޖީ އޮފީސް ކުރިމަތީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އިދިކޮޅު އިއްތިހާދުގެ އިސްވެރިން ޕީޖީ އޮފީސް ކުރިމަތީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އިދިކޮޅު އިއްތިހާދުގެ އިސްވެރިން ޕީޖީ އޮފީސް ކުރިމަތީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އިދިކޮޅު އިއްތިހާދުގެ އިސްވެރިން ޕީޖީ އޮފީސް ކުރިމަތީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ
03:57

ޕީޖީ އޮފީސް ކައިރީ މުޒާހަރާގެ މަންޒަރުތައް ވީޑިއޯކުރަން ހުރި ސަން ޓީވީގެ ކެމެރާމަން އިސްމާއިލް އާދަމްގެ ލޮލަށް ޕެޕަސްޕްރޭ ޖަހައިފި.

އިސްމާއިލް އާދަމް ބުނީ ޕެޕަސްޕްރޭ ޖަހާފައި ވަނީ އޭނާގެ ކަނާތު ލޮލު ކައިރިއަށް ޕެޕަސްޕްރޭ ފުޅި ކައިރި ކުރުމަށްފަހު ކަމަށް.

ކެމެރާމަން އިސްމާއިލް އާދަމްގެ ލޮލަށް ޕެޕަސްޕްރޭ ޖެހިނަމަވެސް ގާނޫނާ ޚިލާފު އެއްވެސް ކަމެއް އޭނާ ކޮށްފައެއް ނުވޭ

03:25

ޕީޖީ އޮފީސް ކުރިމަތީ ތިބި މުޒާހަރާގެ ބައިރިން ދުރައްޖެއްސުމުގެ ބަދަލުގައި އެތަނުގައި ތިބި ނޫސްވެރިން ދުރައްޖައްސައިފި

03:20

ޕީޖީ އޮފީސް ކައިރީ ކުރަމުންދިޔަ މުޒާހަރާ ކަވަރުކުރަން ތިބި ނޫސްވެރިން ވަރަށް ބޮޑަށް ދުރަށް ޖައްސައިފި. އެސްއޯ ފުލުހުން ގޮސް ނޫސްވެރިން ދުރައްޖެއްސިނަމަވެސް އެއްވެސް ނޫސްވެރިއަކު ގާނޫނާ ޚިލާފު ކަމެއް ކޮށްފައެއް ނުވޭ

03:13

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންގެ ލޮލަށް ޕެޕަސްޕްރޭ ޖަހައިފި. އޭނާގެ ލޮލަށް ޕެޕަސްޕްރޭ ޖެހީ ޕީޖީ އޮފީސް ކައިރީ މުޒާހަރާގައި ހުންނަވަނިކޮށް

ޕީޖީ އޮފީސް ކުރިމަތީގައި މުޒާހަރާ ކުރާ މީހުން ފަހަތަށް ޖައްސަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ
03:05

ރަށް ރަށުން މީހުން މާލެ ނޭރުމަށް ވެރިކަންކުރާ ޕީޕީއެމް އިން ވަނީ ގޮވާލާފައި

02:58

ރާއްޖެ ޓީވީގެ ފޮޓޯ ގްރާފަރު މުހައްމަދު ޝަރުހާން ޕީޖީ އޮފީސް ކުރިމަތީގައި މުޒާހަރާ ކަވަރުކުރަން ހުއްޓައި ފުލުހުން ގޮސް އޭނާގެ ގަޔަށް ޕެޕަސްޕްރޭ ޖަހައިފި

02:57

ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް ކައިރިއަށް އެއްވެފައި ތިބި މީހުންގެ ލޮލަށް ފުލުހުން ޕެޕަސްޕްރޭ ޖަހައިފި

02:40

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް ކައިރިން މުޒާހަރާގެ ބައިވެރިންނަށް އިންޒާރުދިން ޒުވާނަކު ހައްޔަރުކޮށްފި. އެ ޒުވަނާ މުޒާހަރާގެ ބައިވެރިންނަށް އިންޒާރުދިނީ ސައިކަލެއްގައި މުޒާހަރާގެ ތެރެއަށްވަދެ.

ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ މުއާވިޔަތު އަންވަރު

މާދަމާ ވެސް ޕީޕީއެމް ފެނިގެންދާނީ ވަރަށް ހަރަކާތްތެރިކޮށް ކަމަށާއި ހެނދުނު 11 ޖަހާއިރުން ފެށިގެން ކޮންމެ ދެ ގަޑިއަކުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންނަށް ހަމަ ވަރަށް ރަނގަޅަށް ވާނުވާ ކިޔައިދޭނަން. އަޅުގަނޑުމެންގެ ޕާޓީއަކީ އަޅުގަނޑުމެންގެ ޕާޓީން އަންގާ އެންގުންތަކާ އެއްގޮތަށް އަމަލުކުރާ މީހުން ޖަލުގައި ތިބެފައި، ލީޑަރުން ސަލާމަތުން ތިބޭ ގޮތަށް ކުރިއައްގެންދާ ޕާޓީއެއް ނޫން
01:00 މުއާވިޔަތު އަންވަރު

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންނާއި އެކު ޕީޕީއެމް އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފި.

އެ ބައްދަލުވުމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ ސަރުކާރުގެ ހުރިހާ ކުންފުނިތައް އޮތީ ޕީޕީއެމް ސަރުކާރުގެ ފަހަތުގައި ކަމަށާއި މި ޚުތޫއަތްތެރި ދަނޑިވަޅުގައި ކުންފުނިތަކުން ރައްޔިތުންނަށް ދެމުންދާ އެއްވެސް ހިދުމަތަކަށް ބުރުލެއް ނާރާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

01:00
މާލޭ ޖަލު ސަރަހައްދުގައި އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
މާލޭ ޖަލު ސަރަހައްދުގައި އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
މާލޭ ޖަލު ސަރަހައްދުގައި އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
މާލޭ ޖަލު ސަރަހައްދުގައި އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
މާލޭ ޖަލު ސަރަހައްދުގައި އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
އިބްރާހިމް މުއާޒު އަލީ، ރައީސް އޮފީހުގެ ތަރުޖަމާން

މިއީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ބަޔަކު ކުރާ ދަށުދަރަޖައިގެ އަމަލެއް. ރައީސުލްޖުމްހޫރިއްޔާ ހުންނެވީ އެމަނިކުފާނާ ދިވެހި ރައްޔިތުން ހަވާލުކުރެއްވި ވާޖިބު އަދާކުރުންމަތީ ހިތްވަރާ ސާބިތުކަމާއެކުކަން ލޮބުވެތި ރައްޔިތުންނަށް ޔަގީންކޮށް އަރުވަން
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މެމްބަރު އަހުމަދު މަހުލޫފް

އަޅުގަނޑުމެންނާ މަޝްވަރާކޮށްގެން ކަންކަން ހައްލުކުރުމަށް ފުލުހުންނާ ސިފައިންނަށް ގޮވާލަން
މެމްބަރު އަހުމަދު މަހުލޫފް

ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރާނީ ދިވެހި ފުލުހުންނާއި ކަރެކްޝަންސް އިން.
23:19

މާލޭ ޖަލު ސަރަހައްދަށް އެއްވެތިބި މީހުން ދުރަށްޖެއްސުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުން

މާލޭ ޖަލު ސަރަހައްދުގައި އިދިކޮޅު ފަރާތްތަކުން އެއްވެފައި
23:02

އިދިކޮޅު ފަރާތްތަކުން މާލޭ ޖަލު ކައިރިއަށް އެއްވެއްޖެ. ފުލުހުން ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން

މާލޭ ޖަލު ކައިރީ އިދިކޮޅު މަޖިލިސް މެމްބަރުން ---
އިރުތިޝާމް އާދަމް، ޔޫތު މިނިސްޓަރު މުޙައްމަދު ސަމާޙު

ދިވެހިރާއްޖޭގެ ރައްޔިތުން ތިބެންވީ ކޮންފިޑެންސާއެކު. އެއްވެސްގޮތަކަށް ހާސްފުޅުވެވަޑައިގަންނަވާނެ ކަމެއް ނެތް
22:52
ޕީޕީއެމްއިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ސަމާހު
އިރުތިޝާމް އާދަމް، ޔޫތު މިނިސްޓަރު މުޙައްމަދު ސަމާޙު

ރައީސް ޔާމީން ހުންނެވީ ކެރިވަޑައިގެން. ވަޒީފާ ދޫކޮށްލާ ގޮތަކަށް ނޫން. އެމަނިކުފާނު ހުންނެވީ ވަރަށް ސާބިތުކަމާ އެކު އަޅުގަނޑުމެން މިތިބީ ރައީސް ޔާމީނާއެކު
އަބްދުއްރަހީމް އަބްދުﷲ، ޕީޕީއެމްގެ ނައިބު ރައީސް މުޙައްމަދު ސަމާޙު

ވަކި ބަޔަކަށް ދީފައިވާ ބާރެއް އެހެން ބަޔަކާ ހަވާލުކުރުމުގެ ބާރު ގާނޫނު އަސާސީން ލިބިގެންނުވޭ
22:41
އިދިކޮޅު ލީޑަރުންގެ ފަރާތުން މިރޭ ބާއްވާ ނޫސް ކޮންފަރެންސް --- ސަން ފޮޓޯ/ ފަޔާޒް މޫސާ
22:29 މުޙައްމަދު ސަމާޙު

ރާއްޖެ ދޫކޮށް ރައީސް ޔާމީން ފުރާވަޑައިގަންނަވަން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަތައް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ދޮގު ކުރައްވައިފި

އަބްދުﷲ ރިޔާޒު

ވަރަށް ސާފުކޮށް ސުޕްރީމް ކޯޓުގެ އަމުރުގައި އެ އޮތީ ނުވަ ބޭފުޅުން މިނިވަންކޮށްދޭށޭ
އަލީ ޒާހިރު، އަދާލަތު ޕާޓީގެ ނައިބު ރައީސް

އަޅުގަނޑު ޗެލޭންޖުކޮށްފަ މި ބުނަނީ ސަރުކާރަކަށް ވެސް އެއްވެސް މުއައްސަސާއަކަށް މި އަމުރު ތަންފީޒު ނުކޮށް ނުތިބެވޭނެއޭ
22:12
އިދިކޮޅު ޕާޓީތަކުން މިރޭ ބާއްވާ އެއްވުމުގެ ތެރެއިން - ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
އިދިކޮޅު ޕާޓީތަކުން މިރޭ ބާއްވާ އެއްވުމުގެ ތެރެއިން - ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
އިދިކޮޅު ޕާޓީތަކުން މިރޭ ބާއްވާ އެއްވުމުގެ ތެރެއިން - ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
އިދިކޮޅު ޕާޓީތަކުން މިރޭ ބާއްވާ އެއްވުމުގެ ތެރެއިން - ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
އިދިކޮޅު ޕާޓީތަކުން މިރޭ ބާއްވާ އެއްވުމުގެ ތެރެއިން - ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
އަބްދުﷲ ރިޔާޒު

ކޮމިޝަނަރ އަރީފް މަގާމުން ވަކިކުރީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރަން މަސައްކަތް ފެށީމަ
އަބްދުﷲ ރިޔާޒު

އެ އަމުރުގައި ބަޔާންކޮށްފައިވާ ނުވަ ބޭފުޅުން މިއަދު ބަންދުގައި ބެހެއްޓިގެން ނުވާނެ
އަބްދުﷲ ރިޔާޒު

ސުޕްރީމް ކޯޓުގެ އަމުރަށް ތަބާނުވެ ވެރިކަމެއް ނުހިންގޭނެ
22:07

ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރުމުގައި އެހީތެރިވެދިނުމަށް އިދިކޮޅު ކޯލިޝަނުން ބައިނަލްއަގުވާމީ ފަރާތްތަކަށް ގޮވާލައިފި

އިބްރާހިމް މުހައްމަދު ސޯލިހު

ފުލުހުންނާއި ކަރެކްޝަންސް އަށް މިރޭ ވެސް މި ގޮވާލަނީ ވީހާވެސް އަވަހަކަށް މި އަމުރު ތަންފީޒު ކޮށްދެއްވާށޭ. ނޫނީ ޝަރީއަތަކާ ކުރުމަތިލާންޖެހިދާނެ
21:52

އިދިކޮޅު ލީޑަރުންގެ ފަރާތުން ބާއްވާ ނިއުސް ކޮންފަރެންސެއް ފަށައިފި

21:52

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރާ އެއް ގަޒިއްޔާއަކުން ހުކުމް ކުރި ލ. ދަނބިދޫ، އަފްޒާ، އަހުމަދު އާމިރު ދޫކޮށްލުމުގެ އަމުރަކަށް އެދި ހެބިއަސް ކޯޕަސްގެ މައްސަލައެއް ކްްރިމިނަލް ކޯޓަށް ހުށަހަޅައިފި

21:33

21:22 މުޙައްމަދު ސަމާޙު

ޔޫތު މިނިސްޓަރު އިރްތިޝާމް އާދަމް ޕީއެސްއެމްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، "ބަގާވާތަކުން ވެރިކަން ވައްޓާލުމަކީ އެއްވެސް ހާލަތެއްގައި ގަބޫލު ކުރެވޭނެ ކަމެއް ނޫން" ކަމަށް.

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މުޙައްމަދު ސަމާޙު

ބޭރުން ސިފައިން ގެންނަ ވާހަކަ އިދިކޮޅުން ދައްކާތީ ކަންބޮޑުވޭ. އެ ފުރުސަތެއް ދިވެހި ސަރުކާރުން ނުދޭނެ. ގައުމުގެ ސަލާމަތަށް ބުރުއަރާ ފަދަ ވާހަކަތައް ނުދައްކާ.
21:19 މުޙައްމަދު ސަމާޙު

ރައީސް ޔާމީނަކީ ރައްޔިތުން ހަވާލުކުރާ ޒިންމާތައް ގާނޫނު އަސާސީއާ އެއްގޮތަށް އަދާކުރައްވާ އިހުލާސްތެރި ވެރިއެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ.

އީވާ އަބްދުﷲ

ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި 12 މެންބަރުންނާއެކު އަޅުގަނޑުމެން އެންމެން މަޖިލީހުގެ ފުރަތަމަ ޖަލްސާއަށް ވަންނާނަން. ރައީސް ޔާމީނަށް ހިޠާބު ދެއްވަން ކެރެންޏާ ދެއްވަންވީ.
20:40

އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި ގަރާރާ ބެހޭގޮތުން ވާހަކަދެއްކުމަށް ގައުމީ މަޖިލީހުގެ މެންބަރުންނަށް ވަނީ ހުޅުވާލާފައި. އެ ޖަލްސާ އެއް ގަޑިއިރަށް ދިގުދެމިގެންދާނެ ކަމަށް ޖަލްސާ ފެށުމުގެ ކުރިން ވަނީ އިއުލާންކޮށްފައި.

20:38

މިހާރު ކުރިއަށްދާ އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ ޗެއާޕާސަން ހަސަން ލަތީފް.

20:35

ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރު ތަންފީޒުކުރުމަށް ބާރުއެޅުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ވީހާވެސް ގިނަ ބަޔަކު މާލެއަށް އައުމަށް ގޮވާލައި، ގަރާރެއް ފާސްކުރުމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާއެއް ފެށިގެން ކުރިއަށް.

20:30
ޕީޕީއެމްއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ޕީޕީއެމްއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ޕީޕީއެމްއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
20:26 ފާތިމަތު ސައީދު

ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅަން ބޭނުންވާ ޝަރުއީ އަދި ގާނޫނީ ކަންކަމުގެ ތަފްސީލު އެ ކޯޓަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް އޮފީހުން ބުނެފި

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

އަޅުގަނޑުމެންގެ ޕާޓީ މެންބަރުންނާއި ވަޒީރުންނާއި ނައިބު ރައީސް ޖިހާދު އަދި މަޖިލިސް މެންބަރުންގެ މެދުގައި އެއްވެސް ނުތަނަވަސްކަމެއް ނެތް. އަޅުގަނޑުމެން އެންމެން މިތިބީ ރައީސް ޔާމީންއާއެކު ސާބިތުކަމާއެކު.
ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

އަޅުގަނޑުމެންގެ ޕާޓީ ތެރޭގައި އެއްވެސް ނުތަނަސްކަމެއް ނެތް. ޕީޖީ ގްރޫޕުގެ މެންބަރުން އޮތީ ވަރަށް ބަދަހިކޮށް.
19:51 މުޙައްމަދު ސަމާޙު

ޕީޕީއެމްއަކީ އަބަދުވެސް ގާނޫނަށް ބޯލަނބައި ކޯޓުތަކުގެ ހުރުމަތާއި ކޯޓުތަކުގެ އަމުރުތަކަށް ބޯލަނބާނެ ޕާޓީއެއް ކަމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ. ނިހާން އެހެން ވިދާޅުވީ އޭނާ ކުރެއްވި ޓުވީޓެއްގައި.

ޕީޖީ އޮފީސް ފާތިމަތު ސައީދު

ސުޕްރީމް ކޯޓުގެ އަމުރާ ގުޅޭ ގާނޫނީ ކަންކަން އެ ކޯޓަށް ހުށަހެޅުމުގެ މަސައްކަތް މިދަނީ ކުރަމުން
ގާނޫނީ ވަކީލު ހުސައިން ޝަމީމް

ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ ބަންދުން ދޫކޮށްލަން ސުޕްރީމް ކޯޓުން އަމުރުކުރި ނުވަ މީހުން ދޫކޮށްދިނުމަށް އެދި
19:11 ފާތިމަތު ސައީދު

ސުޕްރީމް ކޯޓުން ރޭ ދައުލަތުގެ މައްޗަށް ނެރުނު އަމުރަކީ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރެއް ކަމަށާއި އެ އަމުރަށް އަމަލުކުރަން ޖެހޭނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފި.

ގާނޫނީ ވަކީލު ހުސައިން ޝަމީމް

ފާރިސް މައުމޫންގެ މައްސަލަ އާއި ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިއްބެވި ބޭފުޅުންގެ މައްސަލަ ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައި
ގާނޫނީ ވަކީލު ހުސައިން ޝަމީމް

އެބޭފުޅުން ދޫކޮށްނުލާ ކޮންމެ ވަގުތަކު އެ ކުރެވެނީ ގާނޫނީ ކުށެއް
ގާނޫނީ ވަކީލު ހުސައިން ޝަމީމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަންޑާރަ ނައިބާ މަޝްވަރާކުރަން ޖެހޭނެ ކަމަށް ގަބޫލެއް ނުކުރަން
19:08

ހެބިއަސް ކޯޕަސްގެ މައްސަލަތަކަކީ ގާނޫނާ ޚިލާފަށް ހައްޔަރުކޮށްފައިވާ މީހުން ބަންދުން ދޫކޮށްލަން އަމުރުކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅާ މައްސަލަތައް

ގާނޫނީ ވަކީލު ހުސައިން ޝަމީމް

ހެބިއަސް ކޯޕަސްގެ މައްސަލައެއް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިން. މިރޭ އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ކަމަށް ބެލެވޭ
ގާނޫނީ ވަކީލު ހިސާން ހުސައިން

ބަންޑާރަ ނައިބު އެ ހުންނެވީ ގާނޫނު އަސާސީއާ ޚިލާފު ވެވަޑައިގެން
18:15 ފާތިމަތު ސައީދު

އަނިލް ވިދާޅުވީ އެގޮތުން ޓެރަރިޒަމްގެ ބައެއް ކުށް ސާބިތުވެފައިވާ ފަރާތްތަކާއި މިހާރުވެސް ޝަރީއަތުގައި ބައެއް މައްސަލަތައް ހިންގަމުންދާ ފަރާތްތައް އޭގެ ތެރޭގައި ހިމެނޭތީ ކަމަށް.

އެކަންބޮޑުވުންތައް އުއްތަމަ ފަނޑިޔާރާ ހިއްސާ ކުރުމުން " ޑިއު ޕްރޮސެސްއަކުން އަމުރުގައި ވާ ކަންކަން ތަންފީޒު ކުރުމަށް" ވިދާޅުވި ކަމަށް ބަންޑާރަ ނައިބު ވިދާޅުވި.

18:15
އިދިކޮޅު ޕާޓީތަކުން މިއަދު ބާއްވާ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އިދިކޮޅު ޕާޓީތަކުން މިއަދު ބާއްވާ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އިދިކޮޅު ޕާޓީތަކުން މިއަދު ބާއްވާ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އިދިކޮޅު ޕާޓީތަކުން މިއަދު ބާއްވާ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އިދިކޮޅު ޕާޓީތަކުން މިއަދު ބާއްވާ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
18:15 ފާތިމަތު ސައީދު

އަނިލް ވިދާޅުވީ، ދައުލަތުން އެމައްސަލާގައި މަޝްވަރާކުރީ ބޮޑެތި ކުށްތައް ތަންފީޒު ކުރަމުންދާ ފަރާތްތަކެއް ދޫކޮށްލަން އަމުރުކޮށްފައިވާތީ ކަމަށް.

18:13 ފާތިމަތު ސައީދު

ބަންޑާރަ ނައިބު ވިދާޅުވީ، އުއްތަމަ ފަނޑިޔާރާ އެންމެ ބޮޑަށް މަޝްވަރާ ކުރެވުނީ، ސުޕްރީމް ކޯޓުގެ އަމުރުގެ ފަސްވަނަ ނަމްބަރުގައި ފާހަގަކޮށްފައިވާ ބަންދުގައި ބައެއް ގައިދީން މިނިވަން ކުރުމަށް އަމުރުކުރި ކުރުމާ ބެހޭގޮތުން ކަމަށް.

ޑީއާރްޕީގެ ލީޑަރު މުހައްމަދު ނަޝީދު މުޙައްމަދު ސަމާޙު

އަވަސް މުސްތަގުބަލެއްގައި ޖުމުހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިނުގަންނަވާނެ
18:12 ފާތިމަތު ސައީދު

ޑިއު ޕްރޮސެސުން ހުކުމް ތަންފީޒު ކުރުމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި: އަނިލް

ބަންޑާރަނައިބު އަނިލް ވިދާޅުވީ މިހާރު އުއްތަމަ ފަނޑިޔާރާ މަޝްވަރާ ކުރެވި، ގާނޫނީ ކުއްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް.

18:12
އިދިކޮޅު ޕާޓީތަކުން މިއަދު ބާއްވާ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
އިދިކޮޅު ޕާޓީތަކުން މިއަދު ބާއްވާ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
އިދިކޮޅު ޕާޓީތަކުން މިއަދު ބާއްވާ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
އިދިކޮޅު ޕާޓީތަކުން މިއަދު ބާއްވާ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
އިދިކޮޅު ޕާޓީތަކުން މިއަދު ބާއްވާ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
އާޒިމާ ޝަކޫރު

ސަރުކާރުގެ އެދުމަކީ ހަމަޖެހުމާއެކު ސަރުކާރުގެ މަސައްކަތްތަކަށް އެއްބާރުލުން ދެއްވުން
17:54

އެމްޑީޕީ ހަރުގެ ކައިރިން ދެ މީހަކު ވަނީ ހައްޔަރުކޮށްފައި

17:53
އިދިކޮޅު ޕާޓީތަކުން މިއަދު ބާއްވާ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
އިދިކޮޅު ޕާޓީތަކުން މިއަދު ބާއްވާ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
އިދިކޮޅު ޕާޓީތަކުން މިއަދު ބާއްވާ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
އިދިކޮޅު ޕާޓީތަކުން މިއަދު ބާއްވާ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
އިދިކޮޅު ޕާޓީތަކުން މިއަދު ބާއްވާ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
އެޓާނީ ޖެނެރަލް އަނިލް

ޑިއު ޕްރޮސެސްގެ ތެރެއިން މި އަމުރު ތަންފީޒު ކުރުމަށް އުއްތަމަ ފަނޑިޔާރު ވަނީ އަޅުގަނޑު ކައިރީ ވިދާޅުވެފައި. ފުލުހުން ގެންދަވަނީ އެކަން ކުރައްވަމުން
އެޓާނީ ޖެނެރަލް އަނިލް

އުއްތަމަ ފަނޑިޔާރާ ބައްދަލުކޮށް އެ އަމުރުގައި ހުރި ގާނޫނީ ކަންތައްތަކާ ގުޅޭގޮތުން އަޅުގަނޑު މަޝްވަރާކޮށްފިން
17:49
އިދިކޮޅު ޕާޓީތަކުން މިއަދު ބާއްވާ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އިދިކޮޅު ޕާޓީތަކުން މިއަދު ބާއްވާ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އިދިކޮޅު ޕާޓީތަކުން މިއަދު ބާއްވާ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އިދިކޮޅު ޕާޓީތަކުން މިއަދު ބާއްވާ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
17:48

އެމްޑީޕީ ހަރުގެ ސަރަހައްދުން މީހަކު ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލްގައި ގެންގޮސްފި

އިނގިރޭސި ސަފީރު

އެއްވެސް ޝަރުތެއް ނެތި ސަރުކާރުންް ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރާނެ ކަމަށް އުންމީދު ކުރަން
އަބްދުﷲ ނާޒިމް މުޙައްމަދު ސަމާޙު

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ، މިއީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ރައީސް ޔާމީން ކަޑައްތު ކުރައްވާނެ ވަރަށް މުހިންމު މަރުހަލާއެއްކަމަށް.

ރައީސް ޔާމީން ހުންނެވީ ރައްޔިތުންނާ އެކު ސާބިތުކަން މަތީ
17:44
އިދިކޮޅު ޕާޓީތަކުން މިއަދު ބާއްވާ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އިދިކޮޅު ޕާޓީތަކުން މިއަދު ބާއްވާ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އިދިކޮޅު ޕާޓީތަކުން މިއަދު ބާއްވާ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އިދިކޮޅު ޕާޓީތަކުން މިއަދު ބާއްވާ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އިދިކޮޅު ޕާޓީތަކުން މިއަދު ބާއްވާ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އަބްދުﷲ ނާޒިމް މުޙައްމަދު ސަމާޙު

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ޕީއެސްއެމްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މިއީ ރައީސް އަބްދުﷲ ޔާމީނާއި ކުރިމަތި ކުރުވި ފުރަތަމަ އިމްތިހާނި ނޫންކަމަށް.

ރައީސް ޔާމީން ވަނީ ﷲގެ އިރާދަފުޅާއި ރައްޔިތުންގެ ދުއާއާއެކު އެ ހުރިހާ އިމްތިހާނަކުން ފާސްވެފައި.
އަލީ މައުރޫފް މުޙައްމަދު ސަމާޙު

މައުރޫފް ވިދާޅުވީ، އިބުރަތް ހާސިލް ކުރަންވީ މާޒީން ކަމަށާއި، އިދިކޮޅު ކޯލިޝަންގައި އޮތް ޕާޓީ ތަކުގެ މާޒީން ފިލާވަޅުތަކެއް ލިބިގެންދާ ކަމަށް.

އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ހުންނެވީ ރައީސް އަބްދުﷲ ޔާމީނާއި އެކު
އަލީ މައުރޫފް މުޙައްމަދު ސަމާޙު

އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް ޕީއެސްއެމްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ' ގާނޫނީ ސަރުކާރެއް މަގުމަތިން ވައްޓާލުމުގެ ބާރެއް ގާނޫނު އަސާސީން އެއްވެސް ޕާޓީ އަކަށް ދީފައި ނުވާ ކަމަށް.

ސިފައިންނާއި ފުލުހުން ކުރަމުންދާ ގައުމީ ޖިހާދަށް ޝުކުރު އަދާކުރަން. ތިޔަގޮތުގައި ދެމި ތިބޭތި. ސިފައިންނާއި ފުލުހުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ ހައްގުގައި،
17:34

ސަރުކާރުން ބާއްވާ ނިއުސް ކޮންފަރެންސެއް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފެށޭނެ

17:14
ސަރުކާރު ހިންގާ ޕާޓީ، ޕީޕީއޭއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---
ސަރުކާރު ހިންގާ ޕާޓީ، ޕީޕީއޭއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---
ސަރުކާރު ހިންގާ ޕާޓީ، ޕީޕީއޭއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---
މޫސާ ޒަމީރު މުޙައްމަދު ސަމާޙު

ރަށްރަށުގައި ތިބީ ޕީޕީއެމް މެމްބަރުން ހާސް ނުވުމަށާއި އަދި ކަންބޮޑު ނުވުމަށް ޓުއަރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މޫސާ ޒަމީރު އެދިވަޑައިގެންފި.

ހުކުމުގެ ސަބަބުން ސަރުކާރު ހިންގުމަކަށް އެއްވެސް ހުރަހެއް ކުރިމައްޗެއް ނުވާނެ
16:46

"ޕީޕީއެމްގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރަކުވެސް އަދި އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕްގެ މެމްބަރަކުވެސް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފަށް ގުޅައިގެން އެއްވެސް ކަމަކާއި މަޝްވަރާއެއް ނުކުރާނެ."

16:44 މުޙައްމަދު ސަމާޙު

އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، "އިދިކޮޅު އިއްތިހާދުގެ އަތުގައި މަޖިލީހުގެ މެޖޯރިޓީ އޮންނާނީ މަޖިލިސް ޗުއްޓީ ދުވަސް ވަރު އެކަނި. މަޖިލީހުގެ ތެރެއިން ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ. ޕީޕީއެމްގެ މަޖިލިސް މެމްބަރުން ތިބީ ބަދަހި ގުޅުމެއްގައި." ކަމަށް.

އަބްދުއް ރަހީމް އަބްދުﷲ މުޙައްމަދު ސަމާޙު

އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރާ ގުޅޭގޮތުން އެއްޗެއް ވިދާޅުވާން ނެތްކަމަށް.

ސުޕްރީމް ކޯޓުގެ ހުކުމާއި ގުޅޭ ގޮތުން އެއްޗެއް ބުނާކަށް ނެތިން. އިންތިޒާރު ކުރަމުން މިދަނީ ބަންޑާރަ ނައިބުގެ ބަހަކަށް
16:39

"ފުލުހުންނާއި ސިފައިން ގާނޫނުގެ ތެރެއިން އަމަލު ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް. ފުލުހުންނާއި ސިފައިންނަށް އެއްވެސް މީހަކަށް ނުފޫޒު ނުފޯރުވޭނެ."

އަބްދުއް ރަހީމް އަބްދުﷲ މުޙައްމަދު ސަމާޙު

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ "ކެބިނެޓްގެ އެއްވެސް ވަޒީރަކު އިސްތިއުފާ ދެއްވާކަށް ނޫޅޭ. ހުރިހާ މިނިސްޓަރުންވެސް ތިބީ ސަރުކާރުގެ ތަރައްގީ މަޝްރުއުތައް ކުރިއަށް ގެންދިޔުމަށް އަތުގުޅައިލައިގެން." ކަމަށް.

ރައީސް އަބްދުﷲ ޔާމީން ގައުމު ދޫކޮށެއް ނުދާނެ. ރައީސް ޔާމީން ހުންނެވި ސާބިތު ކަމާއިއެކު.
16:34 ފާތިމަތު ސައީދު

ފިޝަރީޒް މިނިސްޓަރު ޑރ، މުހައްމަދު ޝައިނީ ވިދާޅުވީ، "ފޯރީގައި ކަމެއް ކޮށްފި ނަމަ އެބަޔަކާ ގާނޫނު އަރާ ހަމަ ކުރާނެ." ކަމަށް.

16:32 ފާތިމަތު ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، "މިވެގެން އުޅޭ ކަމަކީ ތަރައްގީއަށް ބަޔަކު ހަސަދަވެރިވުން." ކަމަށް.

16:30 ފާތިމަތު ސައީދު

ސަރުކާރުން އޮތީ ސާބިތުކަމާ އެކު ކަމަށް ޕީޕީއެމްގެ ނަައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ.

އަދުރޭ ވިދާޅުވީ މިހާރު މި ގައުމުގައި ހިނގާ ކަންކަމަކީ ވެރިކަމަށް ދަހިވެތިވެފައި ތިބި ބަޔަކު ހިންގާ ޖަރީމާއެއް ކަމަށް.

16:26 ޕީޕީއެމް އޮފީސް

އެމްޑީއޭ އަބަދުވެސް އޮންނާނީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރާއި އެކު. ޕީޕީއެމްއާއި އެކު. ކޯލިޝަން އޮތީ ބަދަހިކޮށް.

16:24 މުޙައްމަދު ސަމާޙު

ކެބިނެޓްގެ ގިނަ މިނިސްޓަރުންނާއި ޕީޕީއެމްގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ގިނަ މެމްބަރުން އަދި މަޖިލިސްމެމްބަރުން ބައިވެރިވާ ނޫސްވެރިންގެ ބައްދަލުވުމެއް މިހާރު ކުރިއަށްދަނީ.

15:55 ފާތިމަތު ސައީދު

ސިޔާސީ ނުވަ ފަރާތެއް މިނިވަންކޮށް ރޭ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަށް ތަބާވެ އަމަލު ކުރުމަށް އިންޑިއާއިން ދިވެހި ސަރުކާރަށް ގޮވާލައިފި.

އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑިމޮކްރެސީއާ ގާނޫނަށް ބޯލެނބުމުގެ ގޮތުން އެ އަމުރަށް ދިވެހި ސަރުކާރުން ބޯލަނބަން ޖެހޭ ކަމަށް.

15:50 މުޙައްމަދު ސަމާޙު

ރޭ ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި، ގާގަނޑަކުން ޖެހި އަނިޔާވި ފުލުހަކަށް އޭޑީކޭގައި ފަރުވާދެމުންދާ ކަަމަށް ފުލުހުން ބުނެފި.

ފުލުހުން ބުނީ އަނިޔާވެފައިވަނީ ޕޮލިސް ސާޖަންޓް އައްސަދު އަބްދުލް މުހުސިން އަށް ކަމަށް. އައްސަދުގެ ބޮލުގެ ތެރެއަށް ލޭ އެޅި އޭނާގެ ބޮލުގެ އޮޕަރޭޝަނެއް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައި.

14:39 ފާތިމަތު ސައީދު

ސިޔާސީ ނުވަ ފަރާތެއް ވަގުތުން މިނިވަން ކުރުމަށް އަމުރުކޮށް ރޭ ސުޕްރީމް ކޯޓުން ކުރި ހުކުމުގެ އިނގިރޭސި ތަރުޖަމާ ޑިޕާޓްމެންޓް އޮސް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން އާންމުކޮށްފި. މިއަދު ހެނދުނު ކުރި ޓްވީޓެއްގައި ޖުޑިޝަލް އެޑްމިނިޓްރޭޝަނުން ވަނީ އިނގިރޭސި ތަރުޖަމާގެ ޕީޑީއެފް ފައިލް އެޓޭޗްކޮށްފައި.

11:42 އަޙްމަދު މުޖްތަބާ

ގާނޫނުއަސާސީ ނެގެހެއްޓުމަށާއި ގައުމުގެ އަމަނާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި، ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒުކުރުމަށް، ސަލާމަތީ ބާރުތަކަށާއި މިނިވަން މުއައްސަސާތަކަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް އަނެއްކާވެސް ގޮވާލައްވައިފި.

11:24 ފާތިމަތު ސައީދު

އަދީބު ދޫނިދޫއިން މާފުށީ ޖަލަށް ބަދަލުކޮށްފި

އަދީބު ދޫނިދޫއިން މާފުށީ ޖަލަށް ބަދަލުކޮށްފި

ސުޕްރީމް ކޯޓުން ރޭ އަމުރު ނެރުނު ފަހުން، ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފި.

އަދީބުގެ ވަކީލު މޫސާ ސިރާޖު ވިދާޅުވީ އަދީބު މާފުށީ ޖަލަށް ބަދަލުކޮށް އެކަން އާއިލާއަށް އަންގާފައިވާ ކަމަށް. އަދި ބަދަލު ކުރި ސަބަބަކީ ކޮބާތޯ އެހުމުން "ނޭނގޭ" ވިދާޅުވި ކަމަށް.

ރޭ ސުޕްރީމް ކޯޓުން ކުރި އަމުރުގައި، ސިޔާސީ ގޮތުން ޖަލަށް ލެވިފައިވާ ގިނަ ފަރާތްތަކެއް ވަގުތުން މިނިވަން ކުރަން އަމުރުކޮށްފައިވާއިރު އެމީހުންގެ ތެރޭގައި އަދީބުވެސް ހިމެނި ވަޑައިގަންނަވާ.

ހިސާން ފާތިމަތު ސައީދު

ދައުލަތާއި ބަންޑާރަ ނައިބު މުހައްމަދު އަނިލް ހިންގަވަމުން ގެންދަވަނީ ރަހީނު ކުރުމުގެ އަމަލެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ގާސިމް އިބްރާހިމްގެ ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވެއްޖެ.

ހިސާން މިހެން ވިދާޅުވީ ސިޔާސީ ލީޑަރުން ވަގުތުން މިނިވަން ކުރުމަށް ރޭ ސުޕްރީމް ކޯޓުން ކުރި އަމުރަށް ދައުލަތުން އަމަލު ނުކުރާކަން ފާހަގަކުރައްވަމުން.

ހިސާން ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރަށް ތަބާނުވުމަކީ ގާނޫނާ ހިލާފުވުން ކަމަށާއި އެއީ ޖިނާއީ ކުށެއް ކަަމަށް.

ސުޕްރީމް ކޯޓުގެ އަމުރަށް އަމަލުކުރުމަށް މިހާރިވެސް އަޅުގަނޑުމެން މި ގޮވާލަނީ
07:50

މި މަސައްކަތް ހުއްޓާލާނީ ސުޕްރީމް ކޯޓުގެ އަމުރުގައިވާ ކަންކަން ތަންފީޒުކޮށް ނިމުމުން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި

07:46

ޖަލުގައި ތިއްބެވި ސިޔާސީ ބޭފުޅުން ދޫކޮށްލުމަށް ހުރަސް ނޭޅުމަށް އިދިކޮޅު ކޯލިޝަނުން މުއައްސަސާތަކަށް ގޮވާލައިފި

ކަރެކްޝަނަލް ސާވިސް

ސުޕްރީމް ކޯޓުގެ އަމުރު ލިބިއްޖެ، އަމުރު ތަންފީޒުކުރުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް މިދަނީ ކުރަމުން
04:41 މާހިލް މުހައްމަދު

ކަލާފާނު ސްކޫލު ކައިރިން ބުރުޒު މަގުގައި ޕާކު ކޮށްފައި އޮތް ޓެކްސީއެއްގައި ރޯކޮށްލައިފި. ނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުލުހުންނާއި ފަޔަރ އެންޑް ރެސްކިއު ގުޅިގެން ވަނީ އަލިފާން ނިއްވާލާފައި.

ބުރުޒު މަގުގައި ރޯކޮށްލި ކާރު ކައިރީގައި ފުލުހުން އަދި ފަޔަރ އެންޑް ރެސްކިއުއިން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
03:40 މުއާވިޔަތު އަންވަރު

ފުލުހުން ގެންދަނީ ބޮޑުތަކުރުފާނު މަގު ޗީބޯ ސަރަހައްދުގައި ތިބި މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސަމުން

ދިވެހި ސަރުކާރު

ސުޕްރީމް ކޯޓުގެ އަމުރުގައި ވާ ކަންކަން ސާފު ކުރުމުގެ މަސައްކަތް އެބަ ކުރަން
މޯލްޑިވްސް ޕޮލިސް ސާވިސް

ދިވެހި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނަން
03:17 މުއާވިޔަތު އަންވަރު

ބޮޑުތަކުރުފާނު މަގު ޗީބޯ ކައިރީ އިދިކޮޅު އިއްތިހާދުގެ ސަޕޯޓަރުން ވަނީ އެއްވެފައި

މޯލްޑިވްސް ޕޮލިސް ސާވިސް

ސުޕްރީމް ކޯޓުގެ އަމުރު ލިބިއްޖެ. އަމުރު ތަންފީޒުކުރުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ގާނޫނީ ލަފާގެ މަތިން މިދަނީ ކުރަމުން
ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން މުހައްމަދު ސިމާއު

ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރަން ހުރަސްއަޅާ ފަރާތްތަކުގެ މައްސަލަ ހުށަހަޅަން އަޅުގަނޑުމެން މިތިބީ ތައްޔާރަށް
ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް މުހައްމަދު ސިމާއު

ރައްޔިތުން މަޖިލީހުގެ މެމްބަރުން މ. ކުނޫޒްގައި ދެއްވާ ޕްރެސް ކޮންފަރެންސް:

ބަންޑާރަ ނައިބްގެ މަސްއުލިއްޔަތުތަކާއި ޒިންމާތައް ނެގުމުގައި ފަރުވާ ކުޑަވެގެންނޭ މިއަދު މިގައުމު މިހާލަތަށް މިދިޔައީ. ރައީސް އަކީ ދިވެހިން އުއްމީދު ކުރި ވަރުގެ ރައީސް އެއް ނޫން. އަޅުގަނޑުމެން ތިބޭނީ ސާބިތުކަމާއެކު ރައްޔިތުންނަށްޓަކައި
02:34
އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމާ މުހައްމަދު ސިމާއު

ރައްޔިތުން މަޖިލީހުގެ މެމްބަރުން މ. ކުނޫޒްގައި ދެއްވާ ޕްރެސް ކޮންފަރެންސް:

މަޖިލިސް ހުޅުވާ ދުވަހު މަޖިލީހަށް ވަދެ، މަޖިލީހުގެ މަސައްކަތް ކުރުމަށް އެއްވެސް ހުރަހެއް ނެތް. މަޖިލީހުގެ ރައީސް މަސީހުއަށް ވެސް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ މަސައްކަތް ކުރުމުގެ ފުރުސަތު ދެއްވާށޭ.
02:31 މުހައްމަދު ސިމާއު

އެމްޑީޕީ ހަރުގެ ސަރަހައްދުން މީހުންނާއި މީޑިއާތައް ފަހަތަށް ޖައްސައިފި

ތިމަރަފުށީ ދާއިރާގެ މެމްބަރު މުސްތަފާ މުހައްމަދު ސިމާއު

ރައްޔިތުން މަޖިލީހުގެ މެމްބަރުން މ. ކުނޫޒްގައި ދެއްވާ ޕްރެސް ކޮންފަރެންސް:

މަޖިލީހުގެ އަމީން އާންމު މަޖިލީހުގެ ގަވާއިދުތަކާ ހިލާފުވާނަމަ ވަކިކުރަން މަޖުބޫރު ވާނެ. އަދި އެންމެ ފުރަތަމަ އަޅުގަނޑުމެން ކުރާނެ ކަމަކީ ބަންޑާރަ ނައިބް އަނިލް މަގާމުން ވަކިކުރަން
މަޑުއްވަރީ ދާއިރާގެ މެމްބަރު އަމީތު މުހައްމަދު ސިމާއު

ރައްޔިތުން މަޖިލީހުގެ މެމްބަރުން މ. ކުނޫޒްގައި ދެއްވާ ޕްރެސް ކޮންފަރެންސް:

ގާނޫނީ ވާޖިބު އަދާކުރުމަށް ރައްޔިތުން މަޖިލީހުގެ އެތެރޭގައި ކުރަންޖެހޭ މަސައްކަތްތަކަށް ހުރަސް ނޭޅުމަށް ގޮވާލަން
02:05
ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ބަންދުން ދޫކޮށްލުން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ބަންދުން ދޫކޮށްލުން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ބަންދުން ދޫކޮށްލުން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
02:04 ޖަޒްލާން މުހައްމަދު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ބަންދުން ދޫކޮށްލައިފި.

ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ނަދީމް ހައްޔަރުކުރީ މިރޭގެ ވަގުތެއްގައި

ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ބަންދުން ދޫކޮށްލުން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
02:01 މުއާވިޔަތު އަންވަރު

އެމްޑީޕީ ހަރުގެތެރެއަށް ފުލުހުން ވަދެއްޖެ. އަދި އެ ސަރަހައްދުގައި ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކަމުންދާ ފަރާތްތައް ހައްޔަރުކުރަމުން ދަނީ.

01:52 މުއާވިޔަތު އަންވަރު އާޓިފިޝަލް ބީޗް ސަރަހައްދުން

އެމްޑީޕީ ހަރުގެ ސަރަހައްދަށް ކަރުނަގޭސް ޖަހައި، އެ ސަރަހައްދުގައި ތިބި އާންމުން ފަހަތަށް ޖައްސަމުން ފުލުހުން ދަނީ.

01:50
އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
01:48 ފާތިމަތު ސައީދު

ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމް ދީނާ ގައުމުގެ ހައްގުގައި ރައީސް ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތަށް ނަސްރު ލިބޭނެ ކަމަށް. އަދި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއެކު އެމަސައްކަތް ކާމިޔާބު ވާނެ ކަމަށް މުއިއްޒު ވިދާޅުވި.

01:44 މުޙައްމަދު ޝަމްޢޫން

އެމްޑީޕީ ހަރުގެ ސަރަހައްދުގައި ތިބި މީހުންނާ ދިމާއަށް ފުލުހުން ކަރުނަގޭސް ޖަހައިފި.

01:44
އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ އިސްމާއިލް އާދަމް
އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ އިސްމާއިލް އާދަމް
އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ އިސްމާއިލް އާދަމް
އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ އިސްމާއިލް އާދަމް
އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ އިސްމާއިލް އާދަމް
އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ އިސްމާއިލް އާދަމް
01:43

ސިޔާސީ ލީޑަރުން މިނިވަންކުރަން އަމުރު ނެރުނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން

01:42 މުޙައްމަދު ޝަމްޢޫން އާޓިފިޝަލް ބީޗް ސަރަހައްދުން

އެމްޑީޕީ ހަރުގެ ސަރަހައްދުގައި ޝީލްޑާއެކު ފުލުހުން ހަރަކާތްތެރިވާން ފަށައިފި.

01:40
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ އިސްމާއިލް އާދަމް
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ އިސްމާއިލް އާދަމް
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ އިސްމާއިލް އާދަމް
01:36 މުއާވިޔަތު އަންވަރު ބީއެމްއެލް ސަރަހައްދުން

ފުލުހުން ދަނީ، ބޮޑުތަކުރުފާނު މަގު، ބީއެމްއެލް ސަރަހައްދުގައި ޝީލްޑާއެކު ހަރަކާތްތެރިވަމުން.

01:32 އަހްމަދު އާޒިފް

ރައީސް ޔާމީން މި ގައުމު ދޫކުރައްވައި ވަޑައިނުގަންނަވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ

01:31 މުއާވިޔަތު އަންވަރު ޖުމްހޫރީ މައިދާން ސަރަހައްދު

ރައީސް އޮފީސް އަދި ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދު ވަނީ އެއްވެސް ވެހިކަލަކަށް އަދި އާންމުންނަށް ވެސް ނުވަދެވޭ ގޮތަށް ބަންދުކޮށްފައި.

01:29 އަލީ ރިފްޝާން

މޯލްޑިވްސް ޕޮލިސް ސާރވިސް ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ސައުދީ: ޕޮލިސް

01:27
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ އިސްމާއިލް އާދަމް
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ އިސްމާއިލް އާދަމް
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ އިސްމާއިލް އާދަމް
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
01:27 ފާތިމަތު ސައީދު

ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ރައީސް މައުމޫނު ސިޔާސީ ލީޑަރުންނަށް މަރުހަބާ ވިދާޅުވެއްޖެ.

01:21 އަލީ ރިފްޝާން

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު ވިދާޅުވީ، "އިރާދަކުރެއްވިއްޔާ މި ވެރިކަމަށް ލޮޅުމެއް ނާންނާނެ" ކަމަށް.

01:20
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ މުއާވިޔަތު އަންވަރު
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
01:20

ޖަލަށްލުމަށް ހުކުމް ކޮށްފައި ތިއްބެވި ބޭފުޅުންގެ ތެރެއިން ސިފައިންގެ ބަޑިގުދަނުގެ ކުރީގެ ވެރިޔާ އަހުމަދު ފަޔާޒު އަލީ ރިޒާ އާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު މިނިވަންކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައެއް ނުވޭ

01:19 އަޙްމަދު މުޖްތަބާ

ﷲގެ ހެޔޮ ރަހްމަތާއެކު ރައީސް ޔާމީނާއެކު ސާބިތުކަމާއެކު ހުންނެވިކަމަށް އިކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވެއްޖެ.

00:59
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
00:58 މުހައްމަދު ސިމާއު

ކުރިއަށްވުރެ ވަރުގަދަކޮށް ރައީސް ޔާމީނާއި ގައުމުގެ ރައްޔިތުންގެ ދިފާއުގައި ހުންނަވާނޭ ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެ.

00:52

ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފަށް ގުޅައި މައުލޫމާތު ސާފުކުރެއްވުމަށް ރައީސް ޔާމީން ވަރަށް ގިނައިން މަސައްކަތް ކުރެއްވި ކަމަށާއި އެހެންނަމަވެސް އަރީފަށް ގުޅޭގޮތެއް ނުވި ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވެއްޖެ

00:52 އަފްރާހް އަބްދުއްރަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަންނަވާނޭކަމަށް ވިދާޅުވެއްޖެ.

00:43

ސުޕްރީމް ކޯޓުގެ އަމުރުގައި ހުރީ ދިވެހި ސަރުކާރުން ވިސްނައި ފިކުރު ކުރަންޖެހޭ ކަންތައްތައް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ

00:41

މިދަނޑިވަޅަކީ ސުލްހައާ އަމާންކަމާ އެކު މަސައްކަތް ކިރައްވަންވީ ވަގުތު ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ

00:39

މޯލްޑިވްސް ޕޮލިސް ސާވިސް ހިންގުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސައުދީއާ ރައީސް ޔާމީން ހަވާލުކުރައްވައިފި

00:38
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
00:38

ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް މަގާމުން ވަކިކޮށްފި

00:36

ސުޕްރީމް ކޯޓުގެ ހުކުމް ކަމަށް ބެލެވޭ އަމުރެއް ވަނީ ލިބިފައި. އެއީ ސައްހަ އަމުރެއްތޯ ބެލުމުގެ މަސައްކަތް މިދަނީ ކުރަމުން - ބަންޑާރަ ނައިބު އަނިލް

00:35

ސުޕްރީމް ކޯޓުގެ އަމުރަށް ސަރުކާރުން އިހްތިރާމް ކުރާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ

00:31
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ
00:30 މުހައްމަދު ސިމާއު

ކަރެކްޝަންގެ ބެލުމުގެ ދަށުގައި ތިބި ސިޔާސީ ލީޑަރުން މިނިވަން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބިއްޖެ. އެނގިފައިވާ ގޮތުގައި، ޖަލުތަކުގައި ތިބި ކުށްވެރިން މިރޭގެ ވަގުތެއްގައި މިނިވަން ކުރާނެ

00:24
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ
00:18
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުން --- ސަން ފޮޓޯ
00:12 މުހައްމަދު ސިމާއު

ވަރަށް ސާބިތު ކަމާއެކު ރައީސް ޔާމީންގެ ފަހަތްޕުޅުގައި އެބަ ހުންނެވި ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ.

00:06 އަޙްމަދު މުޖްތަބާ

ދިވެހި ދައުލަތުގެ ފަރާތުން ބާއްވާ ޕްރެސް ކޮންފަރެންސެއް އެމްއެންޑީއެފްގައި ބޭއްވުމަށް ތައްޔާރުވަމުން އެބަދޭ

00:03 އަޙްމަދު މުޖްތަބާ

ސުޕްރީމް ކޯޓުގެ އަމުރު ދަމަހައްޓާނޭ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ބުނެފި

23:45 މުހައްމަދު ސިމާއު

ސުޕްރީމް ކޯޓުން މިރޭ ކުރި ހުކުމަށް ތަބާވާނެ ކަމަށް ފުލުހުން ނިންމައިފި

ސުޕްރީމް ކޯޓުން މިރޭ ކުރި ހުކުމަށް ތަބާވާން ފުލުހުން ނިންމައިފި ރަސްމީ ޓްވީޓާ އެކައުންޓް މެދުވެރިކޮށް ފުލުހުން ދާދި ދެންމެއަކު ބުނީ، މިރޭ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ތަބާވާން ކޮމިޝަނަރު އޮފް ޕޮލިސް އަދި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ގާނޫނީ ލަފާ ހޯދުމަށްފަހު ނިންމަވައިފި ކަމަށް. އަދި އަމުރަށް އަމަލުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް އެ ޓްވީޓުގައި ބުނެފައިވޭ

23:43 ފާތިމަތު ސައީދު

ސުޕްރީމް ކޯޓު ފަނޑިޔާރުންގެ މައްސަލައެއް ޖުޑިޝަރީއަށް ނުބެލޭނެ: ކޯޓު އަމުރު

އޭގެ އިތުރުން ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރަކާ ބެހޭ އެއްވެސް މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނުބެލޭނެ ކަމަށްވެސް ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ ބުނެފައި.

23:33 ފާތިމަތު ސައީދު

ސުޕްރީމް ކޯޓުގެ ހުއްދަނެތި ފަނޑިޔާރުން އައްޔަނެއް ނުކުރެވޭނެ: ކޯޓު އަމުރު

ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ ޖުޑިޝަރީއާ ގުޅުން ހުރި ނިންމުންތަކެއްވެސް ނިންމަވާފައި. އެގޮތުން ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގެ މަސްއޫލިއްޔަތަކީ ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތަކަށް ވާތީ ސުޕްރީމް ކޯޓުގެ ހުއްދަ ލިބުމެއް ނެތި އެއްވެސް ކޯޓަކަށް ފަނޑިޔާރުން އައްޔަން ނުކުރުމަށް ވަނީ އަމުރު ކޮށްފައި.

23:33 ފާތިމަތު ސައީދު

ސުޕްރީމް ކޯޓުގެ ހުއްދަނެތި ފަނޑިޔާރުން އައްޔަނެއް ނުކުރެވޭނެ: ކޯޓު އަމުރު

ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ ޖުޑިޝަރީއާ ގުޅުން ހުރި ނިންމުންތަކެއްވެސް ނިންމަވާފައި. އެގޮތުން ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގެ މަސްއޫލިއްޔަތަކީ ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތަކަށް ވާތީ ސުޕްރީމް ކޯޓުގެ ހުއްދަ ލިބުމެއް ނެތި އެއްވެސް ކޯޓަކަށް ފަނޑިޔާރުން އައްޔަން ނުކުރުމަށް ވަނީ އަމުރު ކޮށްފައި.

23:31

23:27 މުހައްމަދު ސިމާއު

ސުޕްރީމް ކޯޓުން އިއްވި ހުކުމަށް އިހްތިރާމް ކުރައްވައި އެކަން ތަންފީޒު ކުރެއްވުމަށް ރާއްޖޭގެ ދިފާއީ ބާރު، އެމްއެންޑީއެފް އަށާއި ފުލުހުންގެ އިދާރާއަށް ކުރީގެ ރައީސް މައުމޫން ގޮވާލައްވައިފި. މައުމޫން ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސުޕްރީމް ކޯޓުގެ ހުކުމް ވަރަށް ސާފު ކަމަށާއި އެކަމާ ދެބަސްވެވޭނެ ކަމެއް ނެތް ކަމަށް. އަދި އެ ހުކުމް އެއްކޮށް ތަންފީޒު ކުރައްވަންޖެހޭނެ ކަމަށް ވިދާޅުވެފައިވޭ.

23:21 ފާތިމަތު ސައީދު

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ސާބިތުވެ ހުރީ ރައީސް ޔާމީނާ އެކު ކަމަށް. ނިހާން އެހެން ވިދާޅުވީ ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި.

23:17 މުހައްމަދު ސިމާއު

ސުޕްރީމް ކޯޓުން އިއްވި ހުކުމާއި ގުޅިގެން ގާސިމްގެ މެސެޖް: "އަލްހަމްދުލިﷲ. ގާނޫނު އަސާސީ އާއި ގާނޫނުން ރައްޔިތުންނަށް ލިބިދޭ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ސިޔާސީ މަރުތަޅުން ގައުމު ސަލާމަތް ކުރުމަށް ސުޕްރީމް ކޯޓުން ސާބިތު ކަމާއެކު މިއަދު ތިޔަ ނިންމެވި ނިންމެވުމަށް ޝުކުރުވެރިކަމާއެކު އައްސަރިބަހާއި ސާބަސް ދަންނަވަން،"

23:13 އަޙްމަދު މުޖްތަބާ

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެންބަރެއްގެ ގޮނޑި ނުގެއްލޭކަމަށް، ސުޕްރީމް ކޯޓުން ނިންމުމާއި، ޖަލުގައި ހައްޔަރުކޮށްފައިވާ ސިޔާސީ ލީޑަރުންގެ މައްޗަށް އިއްވާފައިވާ ހުކުމްތައް ރިވިއުކުރުމަށް ސުޕްރީމް ކޯޓުން އެންގުމާ ގުޅިގެން، މިވަނީ އިދިކޮޅު ފަރާތްތަކުން މަގުތަކަށް ނުކުމެ އިހްތިޖާޖުކޮށް އުފާފާޅުކުރަން ފަށާފައި.

އަހުމަދު ޝިފާން، ފުލުހުންގެ ތަރުޖަމާން

ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ގާނޫނާ ހިލާފަށް ވައްޓާލަން އުލުމުގެ ތުހުމަތުގައި މިހާތަނަށް ހައްޔަރުކޮށްފައިވާ ފަރާތްތަކަކީ، މައުމޫން އަބްދުލް ގައްޔޫމް، އަބްދުﷲ ސައީދު، އަލީ ހަމީދު މުހައްމަދު، ހަސަން ސައީދު ހުސައިން، އަބްދުﷲ ސިނާން، އިލްހާމް އަހުމަދު، އިބްރާހިމް ސިޔާދު ގާސިމް، ފާތިމަތު ނާސިރާ، އަހުމަދު ފާރިސް މައުމޫން، ނަޖުމާ އިބްރާހިމް، މުހައްމަދު އަޒްމީ، މުހައްމަދު ނަދީމް، ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ބޮނިއާ ސުދާގަރު މިއީ މިވަގުތު ފުލުހުންގެ ބަންދުގައި ތިބި މައްސަލާގައި ސުވާލު ކުރަމުންދާ ފަރާތްތައް
ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ

ރާއްޖެއަށް ކުރިމަތިވެފައިވާ ސިޔާސީ ހަލަބޮލި ކަމުގައި ސިޔާސީ ބޭނުމެއް ހާސިލުކުރުމަށް އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުންވާ ގޮތަށް ކުރަމުންދާ އެކިއެކި މަސައްކަތްތައް ކުށްވެރިކުރަން. އަދި އެކަންކަން ކުރާ ފަރާތްތައް ރާއްޖޭގައި ތިބިނަމަ ވަގުތުން ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލަން.
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް

އުނދަގޫ ވަގުތުތަކުގައި އެންމެ މުހިންމު މީހުންނަކީ ރައްޔިތުން ކަމަށް ދެކޭ ވެރިންނަކީ ހަގީގީ ވެރިން
00:00 މާހިލް މުހައްމަދު

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުގެ ކުއްލި ބައްދަލުވުމެއް މިވަގުތު ކުރިޔަށްދާ ކަމަށް އިދިކޮޅު މަޖިލީސް މެމްބަރުން ވިދާޅުވޭ.

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ މަޖިލީސް މެމްބަރުން ބައްދަލުވުމެއް ބާއްވަނީ ---
ކުރީގެ ރައީސް މައުމޫން

އަޅުގަނޑު މިހާރު މިދަނީ ފުލުހުން ބަލާ އައިމަ. އެމީހުން އަޅުގަނޑު ހައްޔަރުކޮށްގެން މި ގެންދަނީ. ކޮން ތުހުމަތެއްގައި ކަމެއް އަޅުގަނޑަކަށް ނޭނގޭ. އަޅުގަނޑު ހައްޔަރު ކުރާ ކަހަލަ ކަމެއް ކޮށްފައެއް ނޯންނާނެ. ހުރިހާ ބޭފުޅުންނަށް އެކަމުގެ ޔަގީންކަން އަރުވަން
ހައްޔަރުކުރުމުގެ ކުރިން މައުމޫން ވީޑިއޯ މެސެޖެއް ދެއްވަނީ
00:00

ސުޕްރީމް ކޯޓުގެ ނުވަތަ އެއްވެސް ކޯޓެއްގެ ބެންޗަށް ބަދަލު ގެނައުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން މަޝްވަރާކޮށްފައިނުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ

00:00

ސުޕްރީމް ކޯޓު އަދި އެހެން އެއްވެސް ކޯޓެއްގެ ފަނޑިޔާރުން ބަދަލުކުރަން ސަރުކާރުން އަދި ޕީޕީއެމް އިން މަޝްވަރާކޮށްފައިނުވާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒު ރަޝީދާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ