ބްލަޑް ބޭންކުގެ މުވައްޒަފުން މަސައްކަތަށް އަހުލުވެރިކުރުވުމުގެ ވޯކްޝޮޕެއް ފަށައިފި

ބްލަޑް ބޭންކުގައި މަސައްކަތް ކުރާ މުވައްޒަފުން އަހުލުވެރިކުރުވުމަށް ފެށި ހާއްސަ ވޯކްޝޮޕްގެ ތެރެއިން-- ފޮޓޯ: އެސްޓީއޯ

މޯލްޑިވްސް ބްލަޑް ބޭންކުގައި މަސައްކަތް ކުރާ މުވައްޒަފުން މަސައްކަތަށް އަހުލުވެރިކުރުވުމަށް ހާއްސަ ވޯކްޝޮޕެއް ފަށައިފިއެވެ.

އޭޝިއަން އެސޯސިއޭޝަަން އޮފް ޓްރާންސްފިއުޝަން މެޑިސިން އާއި އިންޑިއަން އިމިއުނޮހެމެޓޮލޮޖީ އިނީޝިއޭޓިވް އާއި ގުޅިގެން އެސްޓީއޯ އާއި އައިޖީއެމްއެޗްގެ ޑިޕާޓްމެންޓް އޮފް ލެބޯޓްރީ މެޑިސިން މެދުވެރިކޮށް ބާއްވާ އެ ވޯކްޝޮޕް ކިޔަވައިދެެއްވަނީ އެމެރިކާގެ ދެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ޑޮކްޓަރުންނެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ މި ވޯކް ޝޮޕްގައި ބްލަޑް ބޭންކްގައި މަސައްކަތް ކުރާ 13 މުވައްޒަފަކު ވަނީ ބައިވެރިވެފައެވެ. މި ވޯކްޝޮޕްގައި އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، އޭޑީކޭ އަދި މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ލެބޯޓަރީގައި މަސައްކަތް ކުރާ މީހުން ވަނީ ބައިވެރިވެފައެވެ.

އެ ވޯކްޝޮޕުގެ ބައިވެރިންނަށް ވަނީ އެންޓިބޮޑީ ސްކްރީނިން އާއި އެންޓިބޮޑީ އައިޑެންޓިފިކޭޝަންގެ އިތުރުން 'އޭ'، 'ބ'ީ އަދި 'އޯ' ގެ ލޭ ވަކިކުރާނެ ގޮތް ކިޔައިދީފައެވެ.

އެސްޓީއޯގެ އިން ބުނީ އެ ވޯކްޝޮޕްގައި އެ ކުންފުނިން ބައިވެރިވީ އެސްޓީއޯއިން އަލަށް ތައާރަފްކުރާ ތަފާތު ޕްރޮޑަކްޓްތައް އެސްޓީއޯގެ ހެލެތް ކެއާގައި މަސައްކަތް ކުރާ ފާރަތްތަކަށް އަހުލުވެރިކުރުވުމުގެ ބޭނުމުގައި ކަމަށެވެ.

comment ކޮމެންޓް