10 ޖީބީގެ ރެމްއެއް ހިމެނޭ އެންޑްރޮއިޑް ފޯނެއް އުފައްދަނީ

ވީވޯ އިން 10 ޖީބީ ރެމް ގެ ފޯނެއް އުފައްދަނީ----

މަޝްހޫރު ބްރޭންޑެއް ކަމަށްވާ ވީވޯއިން 10 ޖީބީ ރެމްއެއް ހިމެނޭ ގޮތަށް އެންޑްރޮއިޑް ސްމާޓް ފޯނެއް އުފައްދަން އުޅޭ ކަމަށް ބޭރުގެ ހަބަރުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، ވީވޯ ބްރޭންޑްގެ އެ ފޯނަން ކިޔާ ނަމަކީ "އެކްސްޕްލޭ7" އެވެ. އެ ފޯނުގައި 512 ޖީބީގެ ސްޓޯރޭޖް ހިމެނެއެވެ.

ޗައިނާގެ ވީވޯ ކުންފުނިން އެ ފޯނު އުފައްދައިފިނަމަ އެ ފޯނު ވެގެންދާނީ އެންމެ ރެމް ބޮޑު އެންޑްރޮއިޑް ފޯނަށެވެ. އެއާއެކު މުޅި އެންޑްރޮއިޑަށްވެސް ބޮޑު ކުރިއެރުމެއް އެ ފޯނުގެ ސަބަބުން ލިބިގެންދާނެއެވެ.

ވީވޯ ކުންފުނިން ބުނާ ގޮތުގައި އެ ފޯނު ވާނީ ޓެކްނޮލޮޖީ ދާއިރާއަށް ވެސް ބޮޑު އިންގިލާބެއް ގެނުވާނެ ފޯނަކަށް ކަމަށެވެ.

ފޯނުގެ ހުރިހާ ފަންކްޝަންތައް އެންމެ ޒަމާނީ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި ފޯނު ލޯންޗް ކުރާނެ ތާރީޚެއް އަދި ކަނޑައަޅާފައި ނުވާކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މައުލޫމާތު: ޑިޖިޓަލް ޓްރެންޑްސް

comment ކޮމެންޓް