ސާނަވީ އިމްތިހާނުގައި ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މާދަމާ ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދަނީ

ސްކޫލެއްގައި އެސެމްބްލީއެއް ކުރިއަށްދަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ފާއިތުވި އަހަރުގެ ސާނަވީ އިމްތިހާނުތަކުން ރާއްޖޭގެ ދަރިވަރުން ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް މާދަމާ ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ އިމްތިހާނުތަކުން ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް މާދަމާގެ ފަތިސްނަމާދު ޖަމާއަތުގައި ކުރުން އޮންނާނެ ކަމަށެވެ.

ފަތިސްނަމާދަށްފަހު ކީރިތި ޤުރުއާން ޚަތިމްކުރުމުގެ ޚާއްސަ ހަރަކާތްތަކެއް ސްކޫލްތަކުގައި ކުރިއަށް ގެންދާނެ ކަމަށާއި
އަދި ހެނދުނު 7:00 ގައި، ސްކޫލްތަކުގައި ޚާއްސަ އެސެމްބްލީއެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ.

މި އެސެމްބްލީގައި ޚާއްސަ ދުއާއެއް ކުރުންވެސް އޮންނާނެ އެވެ. އެސެމްބްލީއަށްފަހު، ދަރިވަރުންގެ ޚާއްސަ ހަރަކާތްތަކެއްވެސް ސްކޫލްތަކުގައި ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ.

ސާނަވީ ތައުލީމު ނިންމާ އިމްތިޙާނުތަކުގައި 2017 ވަނަ އަހަރު ބައިވެރިވި ދަރިވަރުންގެ ތެރެއިން ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ ނިސްބަތް ވަނީ 77 ޕަސެންޓަށް އިތުރުވެފައެވެ.

comment ކޮމެންޓް