އިލެކްޝަން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ރައީސް އޮފީސް

އިލެކްޝަންސް ކޮމިޝަނުގެެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ކުރި އިއުލާނެއްގައި ބުނީ އީސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އީސީގެ މެންބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވަލާފައި މިވަނީ އެ ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އަހުމަދު ސުލައިމާނު އިސްތިއުފާ ދެއްވުމާއި ގުޅިގެންންނެވެ.

ސުލައިމާން އިސްތިއުފާ ދެއްވި ސަބަބެއް އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ.

އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ހުސްވެފައިވާ ކަމަށް އިލެކްޝަނުން ކަނޑައެޅިތާ 60 ދުވަސް ހަމަވެ، ބައި އިލެކްޝަން ނުބާއްވާތީ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ގޮނޑި ގެއްލުނީ ކަމަށް އިލެކްޝަނަށް ކަނޑަ ނޭޅޭނެ ކަމަށް ބުނެ މެމްބަރުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.

comment ކޮމެންޓް