އިންސްޓަގްރާމްގައި ފޮޓޯ ޕޯސްޓުކުރާ ޝެޑިއުލެއް ހެދޭނެ ފީޗާ ތައާރަފް ކުރަނީ

ހޫޓްސޫޓުގައި އިންސްޓަގްރާމް ޕޯސްޓުތައް ޝެޑިއުލް ކުރެވޭނެ --

އިންސްޓަގްރާމްގައި ފޮޓޯއެއް ޕޯސްޓު ކުރާ އިރު ފޮޓޯ އެޑިޓް ކުރުމަށާއި ރަނގަޅު ކެޕްޝަނެއް ޖެހުމަކީ ބައެއް މީހުންނަށް ވަރަށް ގިނަ އިރު ބޭނުންވާ ކަމެކެވެ. ހާއްސަކޮށް އިންސްޓަގްރާމް މެދުވެރިކޮށް ވިޔަފާރި ކުރާ ފަރާތްތަކަށާއި ގިނަ އެކައުންޓު ގެންގުޅޭ ފަރާތްތަކަށް ވަކި ވަގުތުތަކުގައި ގަވާއިދުން ޕޯސްޓު ކުރުމަކީ މުހިއްމު ކަމެކެވެ.

އެހެންކަމުން އިންސްޓަގްރާމުން ތައާރަފް ކުރާ ޝެޑިއުލިންގ ފީޗާއަކީ އެފަދަ ފަރާތްތަކަށާއި ވިޔަފާރިތަކަށް ހާއްސަ ފީޗާއެކެވެ. ނަމަވެސް މިވަގުތު އެފީޗާ ބޭނުން ކުރެވޭނީ ހޫޓްސުއީޓް ފަދަ ފޭސްބުކް މާކެޓިން ޕާޓްނަރެއް ނުވަތަ އިންސްޓަގްރާމް ޕާޓްނަރަކަށް ސަބްސްކްރައިބް ކޮށްފައިވާ ބިޒްނަސް ޕްރޮފައިލްތަކަށް އެކަންޏެވެ.

މީގެ ކުރިންވެސް ހޫޓްސޫޓް ފަދަ ޕްލެޓްފޯމްތަކުން އިންސްޓަގްރާމް ޕޯސްޓުތައް ޝެޑިއުލް ކުރެވެއެވެ. ނަމަވެސް މީގެ ކުރިން ފޮޓޯ ޕޯސްޓު ކުރަން ޖެހޭ ވަގުތު އައުމުން ފޯނަށް އަންނާނީ ނޮޓިފިކޭޝަނެކެވެ. އަދި ޕޯސްޓު ޝެޑިއުލްކޮށްފައި އޮތް ނަމަވެސް، ފޮޓޯ އިންސްޓަގްރާމްގައި ޕޯސްޓު ކުރެވޭނީ އެއެޕަށް ގޮސް އާއްމުކޮށް ފޮޓޯ ޕޯސްޓު ކުރާ އިރު ފުރިހަމަ ކުރަން ޖެހޭ ބައެއް މަރުހަލާތަކަށް ފަހުގައެވެ.

ނަމަވެސް މިފަހަރު ތައާރަފް ކުރާ ޝެޑިއުލިންގ ފީޗާއާ އެކު ވަގުތު ޖެހުމުން އެ ފޮޓޯ އިންސްޓަގްރާމްގައި އޮޓޮމެޓިކްކޮށް ޕޯސްޓު ކުރެވޭނެ އެވެ.

އިންސްޓަގްރާމުން ވަނީ އަންނަ އަހަރު އަންނަންވާއިރަށް ބިޒްނަސް ޕްރޮފައިލްތައް ނޫން އާއްމު ޔޫޒަރުންނަށްވެސް އެފީޗާ ބޭނުން ކުރެވޭ ގޮތް ހަދާނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް