ފޭސްބުކްގައި ޑިޖިޓަލް ފައިސާ އިސްތިހާރު ކުރުން މަނާކުރަނީ

ބިޓްކޮއިން ފަދަ ޑިޖިޓަލް ކަރެންސީ ފޭސްބުކުގައި އިޝްތިހާރު ކުރުން މަނާވާނެ --

ފޭސްބުކުގައި ބިޓްކޮއިން ފަދަ ޑިޖިޓަލް ފައިސާ އިސްތިހާރު ކުރުން މަނާ ކުރަން ނިންމައިފިއެވެ.

ފޭސްބުކްގެ ޕްރޮޑަކްޓް މެނޭޖެމެންޓް ޑިރެކްޓަރު ރޮބް ލެތާން ވިދާޅުވި ގޮތުގައި އެކުންފުނިން ޑިޖިޓަލް ފައިސާ އިސްތިހާރު ކުރުން މަނާ ކުރަނީ ފޭސްބުކުގައި "މީހުންނަށް އޮޅުން އަރާ ގޮތަށް އާއްމުކޮށް އިސްތިހާރު ކުރާ ތަކެއްޗާއި ހިދުމަތްތައް މަނާ ކުރާ" ސިޔާސަތެއްގެ ދަށުންނެވެ.

އަދި އެއީ ވަގުތީ ނިންމުމެއް ކަމަށާއި، ފޭސްބުކުން ނުރަނގަޅު އިސްތިހާރުތައް ދެނެގަނެ އެފަދަ އިސްތިހާރު ރިމޫވް ކުރަން ފަރިތަ ވުމުން ޑިޖިޓަލް ކަރެންސީތައް އަނެއްކާވެސް އިސްތިހާރު ކުރެވޭނެ ކަމަށް ލެތާން ވިދާޅުވި އެވެ.

އެސިޔާސަތުގެ ސަބަބުން ފޭސްބުކްގެ އެޕްގެ އިތުރުން އެކުންފުނިން މިލްކުކޮށްފައިވާ އިންސްޓަގްރާމުގައި ވެސް ޑިޖިޓަލް ކަރެންސީ އިސްތިހާރު ކުރުން މަނާ ވާނެ އެވެ.

comment ކޮމެންޓް