އެނަޓޯލީގެ ހެޓްރިކުން ޓީސީ ޕްލޭއޯފްއަށް، ދެން ވާދަކުރަން ޖެހޭނީ ބެންގަލޫރު އެފްސީއާ

އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ ޓީސީއާއި ބަނގުލަދޭޝްގެ ސައިފް ބައްދަލުކުރި ދެވަނަ ލެގު މެޗުގެ ތެރެއިން: އެ މެޗުން ޓީސީ މޮޅުވީ 3-1ގެ ނަތީޖާއަކުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގު މެޗުގައި ބަނގުލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބު ބަލިކޮށް، އެ މުބާރާތުގައި މުޅިން އަލަށް ވާދަކުރަމުންދާ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުން ޕްލޭއޯފް ބުރުގެ ޖާގައެއް ހޯދައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު ދެވަނަ ލެގު މެޗުގައި ސައިފްގެ މައްޗަށް ޓީސީން ކުރި ހޯދީ 3-1ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއިން ޓީސީން ޕްލޭއޯފްގެ ޖާގައެއް ހޯދީ 4-1ގެ އެގްރިގޭޓަކުން ކުރި ހޯދައިގެންނެވެ.

އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ ޓީސީއާއި ބަނގުލަދޭޝްގެ ސައިފް ބައްދަލުކުރި ދެވަނަ ލެގު މެޗުގެ ތެރެއިން: އެ މެޗުން ޓީސީ މޮޅުވީ 3-1ގެ ނަތީޖާއަކުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިރޭ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީވެސް އަމިއްލަ ފަސްގަނޑުގައި ކުޅެމުންދިޔަ ޓީސީންނެވެ. މެޗުގެ 22 ވަނަ މިނެޓުގައި މުހައްމަދު ސާމިރު ނަގައިދިން ކޯނަރަކުން ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކިރްގިސްތާނު މިޑްފީލްޑަރު ވްލަސިޗޭވް އެނަޓޯލީއެވެ.

ޓީސީން ލީޑު ހޯދުމުގެ ކުރިން ސައިފްގެ ޝެރިގްހަމް ވިލިއަމްއާއި ކިންސްގްލީ ޗިގޯޒޭއަށް ލަނޑުޖަހާނެ ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް، އެ ހަމަލާތަކުގެ ހުރަހަކަށްވީ ޓީސީގެ ގޯލްކީޕަރު އިބްރާހިމް ނަދީމް އާދަމްއެވެ. މިރޭގެ މެޗުގައި ޓީސީގެ ގޯލު ބެލެހެއްޓި ނަދީމްއަކީ އެޓީމުގެ ދެވަނަ ކީޕަރެވެ. މެޗުގެ ފުރަތަމަ 11ގައި އޭނާ ހިމަނާފައިވަނީ ބަނގުލަދޭޝްގައި ކުޅުނު ފުރަތަމަ ލެގު މެޗުގައި ޓީސީގެ އެއް ނަންބަރު ގޯލްކީޕަރު ޑިމިޓްރީ އަސްނިންއަށް އަނިޔާވުމުންނެވެ.

އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ ޓީސީއާއި ބަނގުލަދޭޝްގެ ސައިފް ބައްދަލުކުރި ދެވަނަ ލެގު މެޗުގެ ތެރެއިން: އެ މެޗުން ޓީސީ މޮޅުވީ 3-1ގެ ނަތީޖާއަކުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓީސީން ލީޑު ހޯދާފައި ވަނިކޮށް، ސައިފްއިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 32 ވަނަ މިނެޓުގައެވެ. ކޯނަރެއްގެ ތެރެއިން ސައިފްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކިންގްސްލީއެވެ. އޭނާ އެ ލަނޑު ކާމިޔާބުކޮށްފައިވާ އިރު، ޕެނަލްޓީ އޭރިއާ ތެރެއިން ޓީސީގެ ޑިފެންޑަރުންނަށް އޭނާ ރަނގަޅަށް މާކް ކުރެވިފައެއް ނުވެއެވެ. އެ ލަނޑަށްފަހު ފުރަތަމަ ހާފުގައި ސައިފްއަށް ލީޑު ހޯދުމަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ވެސް ސައިފްއަށް ލަނޑު ޖަހާނެ ރަނގަޅު ތިން ފުރުސަތެއް ލިބިގެންދިޔައެވެ. ދެވަނަ ހާފުގައި ސައިފްއަށް ލިބުނު ފުރުސަތުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ މެޗުގެ 77 ވަނަ މިނެޓުގައި ޝެރިންގްހަމްއަށް ލިބުނު ފުރުސަތެވެ. ކިންގްސްލީ ދިން ބޯޅައަކުން ޓީސީގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ޝެރިންގްހަމް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ ޓީސީއާއި ބަނގުލަދޭޝްގެ ސައިފް ބައްދަލުކުރި ދެވަނަ ލެގު މެޗުގެ ތެރެއިން: އެ މެޗުން ޓީސީ މޮޅުވީ 3-1ގެ ނަތީޖާއަކުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މެޗުގެ 83 ވަނަ މިނެޓުގައި ޓީސީން ވަނީ ޕެނަލްޓީއަކުން އަލުން ލީޑު ހޯދައިފައެވެ. ޓީސީއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އެނަޓޯލީއެވެ. އެ ޕެނަލްޓީއަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ޓީސީގެ އަހްމަދު އާރިފް (އާރީ)އަށް ޕެނަލްޓީ އޭރިއާ ތެރެއިން ސައިފްގެ ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން ޓީސީއަށް ލިބުނު ޕެނަލްޓީއެވެ.

މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ޓީސީއަށް މިސީޒަނަށް ގެނައި ބިދޭސީ މިޑްފީލްޑަރު އެނަޓޯލީ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އެނަޓޯލީ އެ ލަނޑު ކާމިޔާބުކުރީ ސައިފްގެ ޕެނަލްޓީ އޭރިއާ ބޭރުން ޓީސީގެ އާރީއަށް ސައިފްގެ ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން ލިބުނު ހިލޭ ޖެހުމަކުންނެވެ.

އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ ޓީސީއާއި ބަނގުލަދޭޝްގެ ސައިފް ބައްދަލުކުރި ދެވަނަ ލެގު މެޗުގެ ތެރެއިން: އެ މެޗުން ޓީސީ މޮޅުވީ 3-1ގެ ނަތީޖާއަކުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްލޭއޯފް ބުރުގައި ޓީސީ ނުކުންނަން ޖެހޭނީ އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށެވެ. ޕްލޭއޯފްގެ ފުރަތަމަ ލެގު މެޗު މިފެށޭ މަހުގެ 13 ވަނަ ދުވަހު ރާއްޖޭގައި ކުޅުމަށް ހަމަޖެހިފައިވާ އިރު، މިފެށޭ މަހުގެ 20 ވަނަ ދުވަހު ކުޅޭ ދެވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އިންޑިއާގައެވެ.

ބެންގަލޫރުން ޕްލޭއޯފްގެ ޖާގައެއް ހޯދީ އަމިއްލަ ފަސްގަނޑުގައި މިރޭ ކުޅުނު ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގު މެޗުގައި ބޫޓާންގެ ޓްރާންސްފޯޓް ޔުނައިޓެޑުގެ މައްޗަށް 3-0ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ބޫޓާންގައި ކުޅުނު ފުރަތަމަ ލެގު މެޗު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

comment ކޮމެންޓް