އަނެއްކާވެސް ކޯޓުތަކަށް ފަނޑިޔާރުން ހޯދަނީ

ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ފަޑިޔާރުކަމަށް ދާދިފަހުން އައްޔަނުކުރި ބޭފުޅުން ހުވާކުރެއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައިކޯޓާއި ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ފަނޑިޔާރުން ހޯދުމަށް ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އިއުލާނުކޮށްފިއެވެ.

ޖޭއެސްސީން މިއަދު އިއުލާންކޮށްފައި ވަނީ ހައިކޯޓަށް ތިން ފަޑިޔާރުންނާއި ކްރިމިނަލް ކޯޓަށް ދެ ފަޑިޔާރުން އަދި ސިވިލް ކޯޓަށް ދެ ފަޑިޔާރުން ހޯދުމަށެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލައްވަން ޝައުގުވެރިވާ ބޭފުޅުން އަންނަ މަހުގެ 22 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކަމާ ގުޅޭ ލިޔުންތައް އެ ކޮމިޝަނަށް ހުށަހަޅަންޖެހޭނެ ކަމަށް ޖޭއެސްސީ އިން ބުންޏެވެ.

ފަނޑިޔާރުކަމުގެ ޝަރުތަކީ ގާނޫނީ ޝަރީއާ ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމެވެ.

ހައިކޯޓުގައި މިވަގުތު ތިބި ގާޒީންގެ އަދަދަކީ ހަތެކެވެ. މީގެ އިތުރުން ކްރިމިނަލް ކޯޓުގައި މިހާރު ހަތް ގާޒީން ތިއްބެވިއިރު، ސިވިލް ކޯޓުގައި މިހާރު ތިއްބެވީ ޖުމްލަ 12 ގާޒީންނެވެ.

ދާދިފަހުން ވެސް ވަނީ ކްރިމިނަލް ކޯޓާއި ހައިކޯޓަށް ފަނޑިޔާރުން ހަމަޖައްސާފައެވެ.

comment ކޮމެންޓް