ނޮކިއާ 3310 - 4ޖީ ފޯނު ނެރެފި

މޮބައިލް ފޯނުގެ ޒަމާން ފެށިގެން އައި އިރު އެ މާކެޓްގައި ރަސްކަން ކުރި ނޮކިއާގެ އަޑު މަޑުވެފައި އޮންނަތާ އަހަރުތަކެއް ފަހުން އެކުންފުނިން އާ ފޯނެއް މާކެޓަށް ނެރެފިއެވެ.

ނޮކިއާ 3310 4ޖީ އަކީ އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް ބޭނުންކުރާނެ ފޯނެކެވެ. މި ފޯނު މިހާރު ޗައިނާ ގައި ލޯންޗްކޮށްފައިވާއިރު ފޯނާ ގުޅޭ ތަފްސީލުތައް ކުރިއަށް އޮތް މޮބައިލް ވޯލްޑް ކޮންގްރެސް ތެރޭ އާންމުކުރާނެ ކަމަށް ބެލެވެއެވެ.

މި ފޯނު ނެރެފައިވަނީ ނޫކުލަ އަދި ގަދަ ކަޅު ކުލައިގައެވެ. މިއީ މިދިޔަ އަހަރު ނެރުނު ނޮކިޔާ 3310 2ޖީގެ އަޕްޑޭޓެޑް ފޯނެކެވެ. މި ފޯނުގައި ދެ މެގަ ޕިކްސެލްގެ ކެމެރާއެއް ހިމެނެއެވެ. ސްޓޯރޭޖަކީ 512 އެމްބީއެވެ. މިއީ 4ޖީ އެލްޓީއީ ސަޕޯޓު ކުރާ ފޯނެކެވެ.

ފެބްރުއަރީ މަހުގެ ތެރޭ އެމެރިކާ އާއި އެހެން ގައުމުތަކަށްވެސް މި ފޯނު ތައާރަފު ކުރާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް