ޔޫތު މިނިސްޓްރީގެ ދެ ކޯޑިނޭޓަރަކު މަގާމުން ވަކިކޮށްފި

ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމުން ވަކި ކުރި އަމީން (ކ) އާއި މިމްރާހް --- ފޮޓޯ: އަމީންގެ ފޭސްބުކު

ޔޫތު މިނިސްޓްރީގެ ކޯނޑިނޭޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު މިމްރާހު އާއި ހުސައިން އަމީން އެ މަގާމުން ވަކިކޮށްފިއެވެ.

'ސަން' އަށް އެނގިފައިވާ ގޮތުގައި ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމްގެ ސެކެރެޓަރީގެ މަގާމުގައި ހުންނެވި މިމްރަހު އާއި ކޯޑިނޭޓަރު އަމީން މަގާމުން ވަކިކޮށްފައިވަނީ އިއްޔެއެވެ. ސިޔާސީ މަގާމެއްގައި ހުރި އެ ދެ ބޭފުޅުން މަގާމުން ވަކިކޮށްފައިވަނީ ރައިސުލްޖުމްހޫރިއްޔާއެވެ.

މިމްރަހް އާއި އަމީން މަގާމުން ވަކިކުރެއްވުމުގެ ކުރިން އައީ ޔޫތް މިނިސްޓަރު އިރުތިޝާމްއާ ވަރަށް އަރިސްކޮށް މަސައްކަތް ކުރައްވަމުންނެވެ. އެ ދެ ބޭފުޅުން ވެސް މަގާމަށް އައްޔަނުކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ފުރަތަމަ ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލުގެ މިނިސްޓަރު ކަމުގައެވެ.

comment ކޮމެންޓް