މިފްކޯގެ މަސްބޯޓު ދިޔަވުން ކޮންޓްރޯލްކޮށްފި

ފެލިވަރު ކައިރިން ދިޔަވަމުންދިޔަ މިފްކޯގެ މަސް ބޯޓު --- ފޮޓޯ/ އެމްއެންޑީއެފް

ޅ. ފެލިވަރު ކައިރިން ދިޔަވެގެން އަޑިއަށްދަމުން ދިޔަ މިފްކޯގެ މަސްބޯޓު ދިޔަވުން ކޮންޓްރޯލްކޮށްފިއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު އިބްރާހިމް އާޒިމް ވިދާޅުވީ ބޯޓު ދިޔަވަމުންދާތީވެ އެމްއެންޑީއެފްގެ ނޮދާން އޭރިއާ ސިފައިންގެ ސީޖީ ޑައިވަރުންގެ ޓީމުން ބޯޓުގެ ބަނޑު ފިލާއިން ދިޔަވަމުންދިޔަ ތަންތަަން ބައްދާ، ބޯޓު ދިޔަވުން ކޮންޓްރޯލް ކޮށްފަައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ބޯޓުު ދިޔަވުން މުޅިން ކޮންޓްރޯލް ކުރެވުނީ މިއަދު ހެނދުނު 10:30 ހާއިރު ކަމަށެވެ.

އެ މަސްބޯޓުގައި ޖުމްލަ 24 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހީންނާއި 14 ބިދޭސީންނެވެ.

މަސް ބޯޓުގައި ހުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

"މިފްކޯ 101" ނަމަކަށް ކިޔާ އެ ބޯޓު ދިޔަވާކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ހުށަހަޅާފައިވަނީ އިއްޔެ 15:30 ހާއިރެވެ.

comment ކޮމެންޓް