ޔޫއޭއީގެ ރައީސަށް ރައީސް ޔާމީން ތައުޒިޔާ ފޮނުއްވައިފި

ޔޫއޭއީގެ ރައީސްގެ މަންމާފުޅު ފަސްދާނު ލުމަށް ގެންދަނީ ---

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝައިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާންގެ ގެ މަންމާފުޅު އަވަހާރަވުމާއި ގުޅިގެން ޔޫއޭއީގެ ރައީސަށް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތައުޒިޔާ ފޮނުއްވައިފިއެވެ.

ރައީސްގެ މެސެޖުގައި ވިދާޅުވީ ޝައިހް ނަހްޔާންގެ މަންމާފުޅު އަވަހާރަވި ހަބަރު އެއްސެވީ ފުންހިތާމައާއެކު ކަމަށާއި ހިތާމައިގެ މި ދަނޑިވަޅުގައި ރައީސް ޔާމީނާއި ދިވެހި އެންމެހާ ރައްޔިތުންގެ ނަމުގައި ޝައިޚް ނަހްޔާނަށާއި އާއިލާއަށް ތައުޒިޔާ ފޮނުއްވާ ކަމަށެވެ.

ޝައިޚް ނަހްޔާންގެ މަންމާފުޅު ޝައިޚާ ހިއްސާ ބިންތް މުހައްމަދު ބިން އަލް ނަހްޔާން އަވަހާރަވީ އާދިއްތަ ދުވަހުގެ ވަގުތެއްގައެވެ. އިއްޔެގެ މެންދުރު ނަމާދަށްފަހު އެކަމަނާ ފަސްދާނުލާފައިވަނީ އަލް މުދަރީދް މިސްކިތުގެ ގަބުރުސްތާނުގައެވެ.

އެކަމަނާ އަވަހާރަވުމާއި ގުޅިގެން ޔޫއޭއީގައި ވަނީ ގައުމީ ހިތާމައިގެ ތިން ދުވަސް އިއުލާނުކޮށްފައެވެ.

comment ކޮމެންޓް