ކާށި ތެޔޮ: ގިނަ ފައިދާ ތަކެއް ލިބޭ އެއްޗެއް

ކާށި ތެޔޮ އަކީ ސިއްހީ ގިނަ ފައިދާ ތަކެއް ލިއްބައިދޭ ތެލެއް---

ކާށި ތެލަކީ ޒަމާނުއްސުރެ ދިވެހިީންގެ މެދުގައި ވަރަށް މަގުބޫލު ތެލެކެވެ. ބައެއް ބަލިތަކަށް ފަރުވާއެއްގެ ގޮތުގައި، އެނޫންނަމަ ޒީނަތްތެރިވުމަށް ޓަކައިވެސް ކާށި ތެޔޮ ވަރެއް ނެތެވެ. އެކި ބޭނުންތަކުގައި ކާށި ތެޔޮ ބޭނުން ކުރާ މީހުން ގިނައެވެ.

ބަރުދަން ލުއި ކޮށްދޭ

ތިމާއަށް ނޭނގުނު ކަމުގައި ވިޔަސް ކާށި ތެލަކީ ތިމާގެ ބަރުދަން ލުއި ކޮށްދޭ ސަރުބީތައް ނައްތާލުމުގައި އެހީވާ އެއްޗެކެވެ. އާދަކޮށް ގައިގައި ކާށި ތެޔޮ ހޭކުމުން ސަރުބީތައް ނައްތާލައެވެ. ހަށިގަނޑުގައި ހިމެނޭ ކޮލެސްޓްރޯލް ލެވެލް ނައްތާލަދީ ބޭކާރު ސަރުބީތައް ނައްތާލަ ދިނުމަށް އެހީތެރިވެދެއެވެ.

ހަންގަނޑަށް ފަރުވާ އެއް

ހަންގަނޑު ކުރަކިވާނަމަ ކާށި ތެޔޮ ބޭނުން ކުރުމަކީ ބުއްދިވެރި ކަމަކެވެ. ހަންގަނޑު އޮމާންކޮށް ބަހެއްޓުމަށް ވެސް ކާށިތެޔޮ ބޭނުންކުރާއިރު، މި ތެލަކީ ހަންގަނޑު އިންފެކްޓް ވުމުން ސަލާމަތްކޮށްދިނުމުގައި ވެސް އެހީތެރިވެދޭ އެއްޗެކެވެ.

ހާސްކަމުން ދުރުކޮށްދޭ

އޮފީހުގެ މަސައްކަތެއްގައި ވަރަށް ބުރަކޮށް އުޅެ ތިމާ ހާސްކަމުގެ ތެރެއަށް ވައްޓާލައިފިނަމަ އެކަމުން ސަލާމަތްވުމަށް ކާށި ތެޔޮ ބޭނުންކުރާށެވެ. ބޮލުގައި ރިއްސާނަމަ ނިއްކުރި މަތީ ކާށި ތެޔޮ ކޮޅެއް ހޭކުމުން، ބޮލުގައި ރިއްސުން ކުޑަވެ ހާސްކަމުން ތިމާ ދުކޮށްދެއެވެ.

ހަކުރު ބައްޔަށް ފަރުވާއެއް

ހަކުރު މައްޗަަށް ދިޔަ ނުދީ އެއް ވަރެއްގައި ހިފެހެއްޓުމަށް ވެސް ކާށިތެޔޮ ބޭނުންކުރެވިދާނެއެވެ. އޭގެ ސަބަބުން ލޭގައި ހަކުރުގެ މިންވަރު އެއް ވަރެއްގައި ހިފަހައްޓައިދެއެވެ.

އިސްތަށިގަނޑަށް ފަރުވާއެއް

އިސްތަށިގަނޑު ދިގުކޮށްދީ އޮފް ކުރަން ބޭނުންވާ ނަމަ ކާށި ތެޔޮ ބޭނުން ކުރާށެވެ. އިސްތަށި ފޭބުމުން ދުރުކޮށްދޭ، ކާށި ތެލުގެ ސަބަބުން އިސްތަށުގަނޑަށް ބޭނުންވާ ވިޓަމިންސްގެ ބައިތައް ލިއްބައިދީ ބޮލުގައި ހަލާކުވެފަ ހުންނަ އިސްތަށިތަކަށް ފަރުވާ ލިބިގެން ދެއެވެ.

މައުލޫމާތު: އޯގަނިކް ފެކްޓް

comment ކޮމެންޓް