މެލޭޝިއާގެ ޔުނިވާސިޓީތަކުގައި ހުރި ކިޔެވުމުގެ ފުރުސަތުތަކާ ބެހޭ އެކްސްޕޯ އެއް ފަށައިފި

މެލޭޝިއާއިން ލިބެންހުރި ތައުލީމާއި ތަމްރީން އަދި ސްކޮލާޝިޕް އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ "އެޑިއުކޭޝަން މެލޭޝިއާ އެކްސްޕޯ" ޑރ. ނަރީޒު ހުޅުއްވައިދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މެލޭޝިއާގެ ޔުނިވާސިޓީތަކުގައި ހުރި ތައުލީމާއި ތަމްރީން އަދި ސްކޮލަޝިޕްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ "އެޑިއުކޭޝަން މެލޭޝިއާ އެކްސްޕޯ" ފަށައިފިއެވެ.

ދަރުބާރުގޭގައި މިއަދު ފެށި އެ އެކްސްޕޯ އަކީ އެޑިއުކޭޝަން މެލޭޝިއާ ގްލޯބަލް ސާވިސަސް އާއި ރާއްޖޭގެ ޑިޕާޓްމެންޓް އޮފް ހަޔަ އެޑިއުކޭޝަނާ ގުޅިގެން ކުރިއަށް ގެންދާ ސެމިނާ އެކެވެ. އެ ސެމިނާ ފައްޓަވައި ދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަޒީރެވެ.

"އެޑިއުކޭޝަން މެލޭޝިއާ އެކްސްޕޯ" ހުޅުވުމުގެ ރަސްމިއްޔާތުގައި ޑރ. ނަޒީރު ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެޑިއުކޭޝަން މެލޭޝިއާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރު ނަޒީރު ވިދާޅުވީ މެލޭޝިއާ އަކީ ރާއްޖޭގެ ދަރިވަރުން އެންމެ ގިނައިން މަތީ ތައުލީމު ހާސިލް ކުރަން ދާ ގައުމުކަމަށެވެ.

ޖެނުއަރީ 28، 2018: މެލޭޝިއާއިން ލިބެންހުރި ތައުލީމާއި ތަމްރީން އަދި ސްކޮލާޝިޕް އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ "އެޑިއުކޭޝަން މެލޭޝިއާ އެކްސްޕޯ" --- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މި އެކްސްޕޯގެ ތެރެއިން ރާއްޖޭގެ ގިނަ ޒުވާން ކުދިންތަކަކަށް މެލޭޝިއާ އަށް ގޮސް މަތީ ތައުލީމު ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުންމީދު ކުރަން،" ނަޒީރު ވިދާޅުވިއެވެ.

އެ އެކްސްޕޯ އަށް ޒިޔާރަތްކޮށް ވީހާވެސް ގިނަ މީހުން މެލޭޝިއާގައި ދަރިވަރުންނަށް ހުރި ފުރުސަތުތަކާ ބެހޭ ފުރިހަމަ މައުލޫމާތު ހޯދުމަށް ނަޒީރު ވަނީ ގޮވާލައްވައިފައެވެ.

މެލޭޝިއާއިން ލިބެންހުރި ތައުލީމާއި ތަމްރީން އަދި ސްކޮލާޝިޕް އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ "އެޑިއުކޭޝަން މެލޭޝިއާ އެކްސްޕޯ" -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މިއީ އަޅުގަނޑުމެންގެ ދަރިވަރުންނަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއް. ވަރަށް ގިނަ ކުދިން ބޭނުންވޭ މަތީ ތައުލީމު މެލޭޝިއާ އިން ހާސިލް ކުރަން. އެހެންކަމުން މި ފުރުސަތު ދެއްވި ކަމަށްޓަކައި އެޑިއުކޭޝަން މެލޭޝިއާ އަށް ޝުކުރު ދަންނަވަން،" ނަޒީރު ވިދާޅުވިއެވެ.

މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ އެ އެކްސްޕޯގައި މެލޭޝިއާގެ އެންމެ މަތީ ފަންތީގެ ޔުނިވާސިޓީތަކުން ބައިވެރިވެއެވެ. އެކްސްޕޯ ހުޅުވިފައި ހުންނާނީ މިއަދާއި މާދަމާގެ 14:00 އިން ރޭގަނޑު 10:00 އަށެވެ.

comment ކޮމެންޓް