އައިފޯނު އެސްއީގެ އާ ފޯނުގައި ވަޔަލެސް ޗާޖިން

އައިފޯނު އެސްއީ2 ކަމަށް ބެލެވޭ ފޯނެއް---

އެޕަލްގެ އުފެއްދުންތަކަކީ އަގުބޮޑު އުފެއްދުންތަކެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އައިފޯނަށް މަރުދޭ އެތައް ބަޔަކު، އައިފޯންގެ އާ މޮޑެލް ގަންނަން އެތައް މަހެއް ކުރިން ފައިސާ ރައްކާ ކުރަން ފަށައެވެ.

އެންމެ ފަހުން ނެރުނު އެޕަލް އައިފޯނު-8 އަދި އެކްސް އަކީވެސް އަގުގެ ގޮތުންބަލާއިރު އަގުބޮޑު އުފެެއްދުން ތަކެކެވެ.

އެޕަލްގެ އުފެއްދުންތަކަށް، ހާއްސަކޮށް އައިފޯނަށް ލޯބިކުރާ މީހުންގެ ތެރެއިން އަގުބޮޑު ފޯނުތައް ނުގަނެވޭ މީހުންނަށް ހާއްސަކޮށްގެން އެޕަލް އިން ވަނީ "އައިޕޯން އެސްއީ"ގެ ނަމުގައި އަގުހެޔޮ އައި ފޯނެއް ބާޒާރަށް ނެރެފައެވެ.

މިދިޔަ އަހަރުގެ މާޗްމަހު ބާޒާރަށް ނެރުނު އައިފޯން އެސް އީގެ އާ ވާޝަން، އެސްއީ2 މިއަހަރުގެ ޖޫންމަހުގެ ތެރޭގައި ނެރޭނެ ކަމަށް ހަބަރުތައް ބުނެއެވެ.

މި ފޯނާ ގުޅޭ މާބޮޑު ތަފްސީލެއް އަދި އާންމުވެފައެއް ނުވެއެވެ. ނަމަވެސް ފޯނުގައި އިންނާނީ ހަތަރު އިންޗި ޑިސްޕްލޭއެއް ކަމަށާއި ކެމެރާއަށްވެސް ކުދި ބަދަލުތައް އަންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން މި ފޯނަކީ ވަޔަލެސްކޮށް ޗާޖު ކުރެވޭނެ، އެޕަލްގެ އެންމެ ފަހުގެ ޕްރޮސެސަރާއެކު ނެރޭނެ ފޯނެއް ކަމަށް ބެލެވެއެވެ.

މި ފޯނު ރަސްމީކޮށް ލޯންޗުކުރާނީ މިއަހަރުގެ މެއި ނޫނީ ޖޫން ހިސާބުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް