ފާއިތުވި ކުއާޓަރުގައި ޕްލޭސްޓޯރުން 19 ބިލިއަން އެޕް ޑައުންލޯޑު ކުރި

ފާއިތުވި 2017 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ގޫގުލް ޕްލޭ ސްޓޯރުން 19 ބިލިއަން އެޕްލިކޭޝަން ޑައުންލޯޑު ކުރި ކަމަށް ހަބަރުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ޕްލޭ ސްޓޯރުން ފާއިތުވި ކުއާޓަރުގައި ވަނީ ރެކޯޑު ހަދައިފައެވެ. އެންޑްރޮއިޑް ބޭނުންކުރާ މީހުންގެ ފޯނުތަކަށް އެޕްލިކޭޝަން ޑައުންލޯޑު ކުރަން ބޭނުންކުރާ އެންމެ މަގުބޫލު ސްޓޯރަށް 145 ޕަސެންޓުގެ ކުރިއެރުމެއް ވަނީ ލިބިފައެވެ.

ގޫގުލް ޕްލޭ ސްޓޯރު ބޭނުންކުރާ މީހުން އެންމެ ގިނައީ އިންޑިއާ، އިންޑޮނޭޝިއާ އަދި ބްރެޒިލްގައެވެ. އިންޑިއާގައި މޮބައިލް ފޯން ބޭނުންކުރާ މީހުންގެ ތެރެއިން އެޕް ސްޓޯރ އަދި ޕްލޭ ސްޓޯ ބޭނުންކުރާ މީހުން ޑައުންލޯޑުުކޮށްފައިވާ އެޕްލިކޭޝަންތަކުގެ އަދަދު އެމެރިކާގައި އެޕްލިކޭޝަން ޑައުންލޯޑުކުރި އަދަދަށްވުރެ އިތުރު ކަމަށްވެސް ހަބަރުތައް ބުނެއެވެ.

އެންމެ ގިނައިން ޑައުންލޯޑުކޮށްފައި ވަނީ ގޭމިން އެޕްލިކޭޝަންތަކެވެ. އޭގެ އިތުރުން ފައިނޭންސް ކެޓަގަރީގެ އެޕްތައް ޑައުންލޯޑުކުރި މިންވަރުވެސް އޭގެ ކުރީ އަހަރުތަކާ އަޅާބަލާއިރު ވަނީ އިތުރުވެފައެވެ.

ފާއިތުވި ކުއާޓަރުގައި އެޕަލްގެ އެޕް ސްޓޯ އަދި ގޫގުލްގެ ޕްލޭ ސްޓޯރަށް 20 ޕަސެންޓުގެ ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޕްލޭ ސްޓޯ އަދި އެޕް ސްޓޯގެ މާކެޓްގައި އެންމެ ބޮޑަށް ހޭދަކުރި ގައުމުތަކުގެ ކުރީގައި އުޅެނީ އެމެރިކާއެވެ. މި ދެ މާކެޓަށް ބަލާއިރު ތިންވަނަ ލިބެނީ ޖަރުމަނު ވިލާތަށެވެ. އެންޑްރޮއިޑް މާކެޓްގައި ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކުރަނީ ސައުތު ކޮރެއާއެވެ. އައިއޯއެސްގައި އެންމެ ކުރީގައި އުޅެނީ ޓައިވާނެވެ.

comment ކޮމެންޓް