ރޭގަނޑުގެ ކެއުން ކާންވީ އިރުއޮއްސި ހަތެއްގެ ކުރިން

ރޭގަނޑުގެ ކެއުން ކާން އެންމެ ރަނގަޅީ ކޮން އިރަކު ހެއްޔެވެ؟ އަށެއް ނޫނީ ނުވައެއް ޖަހާއިރު ގިނަ ގޭގޭގެ ސުފުރާ މަތި އޮންނާނީ ކެއުމަށް ތައްޔާރުކޮށްފައެވެ. ރޭގަނޑުގެ ކެއުމަކީ ހެނދުނުގެ ނާސްތާއާ އެއްވަރަށް ސިއްހަތާ ގުޅުންހުރި ކެއުމެކެވެ. މުހިއްމު ސަމާލުކަމެއް ދީގެން ކާންޖެހޭ ކެއުމެކެވެ.

ރޭގަނޑު ކާން އެންމެ ރަނގަޅު ވަގުތަކީ ރޭގަނޑު ހަތެއްގެ ކުރިންނެވެ. ހަނދާން ބަހައްޓަންވީ އަނެއް ކަމަކީ ރޭގަނޑުގެ ކެއުން ލުއިކޮށް ގެންދިއުމެވެ. ކެއުން ބަހައްޓާގޮތާއި ކާން ބޭނުންކުރާ އެއްޗެއްސަކީ ނިންޖާއި، ހަށިގަނޑުގެ ހެދިބޮޑުވުން އަދި މެޓަބޮލިކް ރެގިއުލޭޝަނާވެސް ގުޅުންހުރި ކަމެކެވެ.

ބަރުދަން ލުއިކުރުން: ނިއުޓްޝަނިސްޓުންނާއި ޑައިޓީޝަނުން ވިދާޅުވާގޮތުގައި ރޭގަނޑުގެ ކެއުން ކާންވީ އިރުއޮއްސި ހަޔަކާ ހަތަކާ ދެމެދުގެ ވަގުތެއްގައެވެ. ނިދާ ވަގުތާ އެހާ ގާތްކޮށްފައި ކެއުމަކީ ކާއެއްޗެހި ހަޖަމު ކުރަން އުނދަގޫވާނެ ކަމެކެވެ. ހާއްސަކޮށް ކެލޮރީ އެކުލެވޭ ކާނާ ކާނަމަ ނިދާ ގަޑިއާ ގާތްކޮށްފައި ކެއުން ރަނގަޅެއް ނޫނެވެ.

ރޭގަނޑު ކެއުން ނިދުމުގެ ދެތިން ގަޑިއިރު ކުރިން ކެއުމަކީ ކާއެއްޗެހި ހަޖަމު ކުރަން ފަސޭހަވެ، ބަރުދަން ލުއި ކުރަން ކުރާ މަސައްކަތަށް އެހީއަކަށް ވާނެ ކަމެއް ކަމަށް ކްލިނިކަލް ނިއުޓްރިޝަނިސްޓެއް ކަމަށްވާ ޑރ. ރުޕާލީ ދައްތާ ވިދާޅުވެއެވެ.

ނިދަން ފަސޭހަވާނެ: ނިއުޓްރިޝަނިސްޓެއް ކަމަށްވާ މެހެރް ރާޖްޕުތު ވިދާޅުވާގޮތުގައި ރޭގަނޑުގެ ކެއުން ލަސްކޮށްފައި، ބަރުކޮށް ކާނަމަ ބަނޑަށް އުނދަގޫވެ، ނިދަން އުނދަގޫވާނެއެވެ. މީގެ އިތުރުން މިއީ ލޭމައްޗަށް ދިއުމަށް މަގުފަހި ކުރާނެ ކަމެއް ކަމަށްވެސް ރާޖްޕުތު ވިދާޅުވެއެވެ.

ރޭގަނޑުގެ ކެއުން، ނިދުމުގެ ދެތިން ގަޑިއިރު ކުރިން އެކުމަކީ ހިތުގެ ބަލިތަކުން ދުރުކުރުވާނެ ކަމެއްވެސް މެއެވެ. އެންމެ ލަސްކޮށްފައިވެސް ރޭގަނޑު ކެއުން ރަނގަޅީ ނިދުމުގެ ދެގަޑިއިރު ކުރިންނެވެ. ކުރިން ކައިގެން ބަނޑުހައިވާނަމަ، ލޯ ކްރެބް، ލޯ ކެލޮރީ ނަމަވެސް ޕްރޮޓީން އެކުލެވޭ ކާނާއެއް ކައިލެވިދާނެއެވެ. ބަނޑުހައިވެގެން ހުރެ ނިދުމަކީވެސް ރަނގަޅު ގޮތެއް ނޫނެވެ.

comment ކޮމެންޓް