ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި، އެކެއްގެ ހާލު ސީރިއަސް

ހުޅުމާލޭގައި އެކްސިޑެންޓް ވެފައި --- ސަން ފޮޓޯ

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓުގައި ދެ މީހަކަށް ސީރިއަސް އަނިޔާ ވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހް ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވެގެން ދެމީހަކު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

"އެކެއްގެ ހާލު ވަރަށް ސީރިއަސް" އާޝިޔާ ވިދާޅުވިއެވެ.

އަޝިޔާ ވިދާޅުވީ އެކްސިޑެންޓު ވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ދެބެއިން ކަމަށެވެ.

ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެކެއްގެ ހާލު ސީރިއަސް ކަމަށާއި އޭނާއަށް ނޭވާ ވެސް ނުލެވޭ ކަމަށް އާޝިޔާ ވިދާޅުވިއެވެ. އޭނާގެ އުމުރަކީ 25 އަހަރު ކަމަށް މައުލޫމާތު ލިބެއެވެ.

އެކްސިޑެންޓުގައި ހާލު ސީރިއަސްވީ މީހާ ގޮވައިގެން އެމަޖެންސީގައި ހުޅުމާލޭ ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ނަރުހެއް އޭޑިކޭ ހޮސްޕިޓަލަށް ދަރުތުކުރަން ތައްޔާރުވަމުން ދާ ކަމަށް އާޝިޔާ ވިދާޅުވިއެވެ.

އެކްސިޑެންޓުގައި އަނިޔާވި ދެވަނަ މީހާގެ ހާލު ރަަނގަޅު ކަމަށާއި އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިރޭ 8:50 ހާ އިރު ރިޕޯޓުކުރި މި އެކްސިޑެންޓް ހިނގީ ހުޅުމާލޭގެ ހިތިގަސްމަގުގައި، މައި ކޮލެޖު ކައިރިން ކަމަށެވެ. އެކްސިޑެންޓުވީ ޑަބަލްކެބް ލޮރީއަކާއި ސައިކަލެއް ޖެހިގެންނެވެ. އަނިޔާވި ދެ މީހުންނަކީ ސައިކަލުގައި ތިބި ދެ މީހުން ކަމަށާއި، ލޮރީގައި އިން މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ލިބިފައި ނުވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

comment ކޮމެންޓް